الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد:

އަންހެނުން ޤާޟީކަމަށް އައްޔަކުރުމަކީ ހަރާމްވެގެންވާ ކަމެކެވެ. އެކަމަކީ ޤުރުއާނާއި ޞަރީޙަ ސުންނަތުން ސާބިތުވެގެންވާ ކަމެކެވެ. އަދި މި އުންމަތް ތަބާވުމަށް ނަބިއްޔާ صلى الله عليه وسلم އަމުރުކުރެއްވި ހަތަރު ޚަލީފާއިންގެ ސުންނަތުންނާއި އަމަލުފުޅުންވެސް ސާބިތުވެގެންވާ ކަމެކެވެ. އަދި ހަތަރު މަޒުހަބާއި ޖުމްހޫރު ޢިލްމުވެރިންގެ ބަހެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަހީކުރައްވާފައިވެއެވެ. مَّن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّـهَ (سورة النساء: ٨٠)

މާނައީ: ފަހެ ރަސޫލާއަށް ކިޔަމަންވެއްޖެ މީހާ، ފަހެ ހަމަކަށަވަރުން ﷲއަށް ކިޔަމަންތެރިވެއްޖެއެވެ.

މި އާޔަތުގެ ތަފްސީރުގައި އިމާމް އިބްނު ކަޘީރު ރަހިމަހުﷲ ވިދާޅުވިއެވެ. "ﷲ ތަޢާލާ މިއާޔަތުގައި މި ޚަބަރު ދެއްވަނީ ﷲގެ އަޅާ އަދި ރަސޫލާ މުޙައްމަދު صلى الله عليه وسلم ފަހެ ހަމަކަށަވަރުން އެކަލޭގެފާނަށް ތަބާވެއްޖެ މީހާ ﷲއަށް ތަބާވެއްޖެއެވެ. އެކަލޭގެފާނަށް އުރެދުނުމީހާ ﷲއަށް އުރެދިއްޖެއެވެ."

ޙަދީޘުން ދަލީލު:

ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. لن يفلح قوم ولوا أمرهم امرأة (رواه البخاري)

މާނައީ: "އެބައެއްގެ ކަންކަމުގެ މައްޗަށް އަންހެނަކު ވެރިކޮށްފި ބަޔަކު ކާމިޔާބު ނުވާ ހުއްޓެވެ."

އިމާމު އަބޫދާވޫދު އައް ސަޖިސްތާނީގެ ދަރިވަރު އިމާމު ޚައްޠާބީ މި ހަދީޘް ޝަރަހާގައި ވިދާޅުވެފައިވެއެވެ. "މި ހަދީޘުން އަންހެނުން ވެރިކަމަށް ގެނައުމާއި އަދި ޤާޟީކަމަށް ގެނައުން ހުއްދަނޫން ކަމަށް ހުއްޖަތް ގެނެވެއެވެ."

އަދި އިމާމު ޝައުކާނީ ވިދާޅުވެފައިވެއެވެ. "އަދި ކަންކަމުގެ ބޮލަކީ ﷲގެ ޙުކުމަށް ޤަޟާކުރުމެވެ."

އެހެންކަމުން ނަބިއްޔާ صلى الله عليه وسلم ގެ ބަސްފުޅު މިކަމުގައި ސާފުވެގެން ހިނގައްޖެއެވެ. އަދި މި އުއްމަތުގެ އެންމެ ހެޔޮވެގެންވާ ހަތަރު ޚަލީފާއިން އެފަދައިން ކަންތައްކުރައްވާފައިނުވުމުން، މުސްލިމުން އެކަމުގައި ކަންކުރަންވީ ގޮތް އެވަނީ ސާފުވެފައެވެ. އެހެނީ އަހުލުއް ސުންނަތު ވަލްޖަމާޢަތަކީ ނަބިއްޔާ صلى الله عليه وسلم ގެ ހަދީޘްތައް ޞަހާބީންނަށް ފަހުމުވީ ގޮތުގެ މައްޗަށް ފިޤުހު ނަގާ ޖަމާޢަތެވެ. އަދި މި އުންމަތުގެ ޖުމްހޫރު ޢިލްމުވެރިންގެ ބަހަކީވެސް އަންހެނާ ޤާޟީކަމަށް އައްޔަންކުރުން ހުއްދަވެގެން ނުވާނެކަމަށެވެ. އެހެންކަމުން ހުއްދަކަމަކަށް ނުދެކޭނަމަ، އެކަންކުރުމުން ފާފަވެރިނުވާނެ ކަމަށް ދެކޭނަމަ، އެ ދެކެނީ އެކަމަކީ ހުއްދަކަމެއް ކަމަށެވެ. ސަބަބަކީ ހުއްދަނުވުމަކީ ހަރާމްވުމެވެ.

ދެން އޮތީ ޚިލާފުއޮތުމުން ޚިލާފަށް ބުރަވެ އެފަދައިން ދެކުމެވެ. ނަމަވެސް ޚިލާފު ބެހެނީ ދެބަޔަކަށެވެ. މުޢުތަބަރު ޚިލާފާއި މުޢުތަބަރު ނޫން ޚިލާފެވެ. މުޢުތަބަރު ޚިލާފެއްނަމަ އެފަދައިން ބުނެވިދާނެއެވެ. ނަމަވެސް ދަލީލަށް ރުޖޫޢަވުމުން އެއީ އެފަދަ ޚިލާފެއް ނޫންކަން އެނގެއެވެ. އެފަދައިން ބުނާ މީހުންގެ މައްޗަށް ދަލީލަކީ ހުއްޖަތެކެވެ. ސަބަބަކީ ޙަދީޘަކީ އޭގެ ބޭރުފުށުގެ މައްޗަށް މާނަކުރެވޭނެ އެއްޗަކަށް ނުވާކަމެވެ. އަދިވެސް މި ހަދީޘް ރައްދުކުރާ ފަރާތްތައް ގެންނަ ބައެއް ޝުބުހަތައްވެއެވެ.

  1. "އިމާމު ތަބަރީ ހުއްދަކުރައްވައެވެ."

އިމާމު އިބުނުލް އަރަބި އަޙްކާމުލް ޤުރުއާނުގައި މިކަން ޞައްހަވެގެންނުވާ ކަމަށް ރިވާކުރައްވާފައިވެއެވެ. އަދި އިމާމު ތަބަރީގެ އެއްވެސް ލިޔުމެއްގައި އެފަދައިން ނުވާކަމަށް ޢިލްމުވެރިން ބަޔާންކުރައްވައެވެ.

  1. "އިމާމް އަބޫ ޙަނީފާ ހުއްދަކުރައްވައެވެ."

އެކަލޭގެފާނުގެ ދުވަސްވަރަކީ ބިދުޢަތައް ފެތުރުނު ދުވަސްތައް ކަމުން ޙަދީޘް އެކަލޭގެފާނު ކޮންމެކޮންމެ ބޭކަލެއްގެ ކައިރިން ނުނަންގަވައެވެ. އެކަމުގެ ސަބަބުން ޙަދީޘް ނުފޯރުން ފަދަ ސަބަބާއި ހުރެ، ނުވަތަ ޞައްޙަމަގުން ނައުމުގެ ސަބަބުން އެކަލޭގެފާނު އިޖްތިހާދު ކުރައްވާފައިވެއެވެ. މިއީ އެފަދަ މައްސަލައަކަށް ވެދާނެއެވެ.

  1. "މިއީ ކިސްރާއާއި ބެހޭގޮތުންވާ ޙަދީޘެކެވެ."

އެހެންބުނާ މީހުންނަށް ޢާއިޝާ ރަޟިޔަﷲ އަންހުގެ އަރިހުން އަންހެނުންނަށް އާންމުން މެދުގައި ޙުކުމް ނުވާކަމަށް ޙަދީޘް ފުދިގެންވެއެވެ. އަދި މީ އެއްވެސް އިލްމުވެރިއެއް މިހާތަނަށް ބުނެފައިވާ ބަހެއްނޫނެވެ. އެހެނީ ދަލީލަކީ އެ އަންނަން ދިމާވި ޙާއްޞަ ސަބަބުގެ މައްޗަށް ދަލީލާއެކު ނޫނީ ލިމިޓްވާ ކަމެއް ނޫނެވެ.

  1. "މިއީ އާހާދު ޙަދީޘެކެވެ. އާހާދަށް އަމަލުކުރާކަށް ނުޖެހޭނެއެވެ."

އާހާދު ހަދީޘަށް އަމަލުކުރަންޖެހޭނެއެވެ. އެއީ ޞައްޙަވެއްޖެނަމަ ޙުއްޖަތެކެވެ. މި ޙަދީޘަކީ ޤުރުއާނަށްފަހު އެންމެ ޞައްޙަ ފޮތްކަމުގައި ޞަޙީޙް ބުޙާރީގައިވާ ޙަދީޘެކެވެ. އެ މާނައިން އެހެން ހަދީޘްޘައް އައިސްފައިވެއެވެ. އެހެންކަމުން މިއީ ބާޠިލުބަހެކެވެ. އަދި ﷲ ގެ ރިސާލަތާއިގެން އެންމެ ބޭކަލެއް ފޮނުއްވުމުން އެންމެ ބޭކަލެއްގެ ކިބައިން އަޔަސް ޞައްޙަވެއްޖެނަމަ ޤަބޫލުކުރަންޖެހޭނެކަމަށް ދަލީލު ލިބެއެވެ. މިފަދައިން ޝެއިޚް އަލްބާނީ އާޙާދު ޙަދީޘްގެ ދިފާޢުގައި ވިދާޅުވެފައިވެއެވެ.

އެހެންކަމުން ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތާއި އަދި އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ އަހުލުވެރިން މަޒުހަބެއް ކަމަށް ދެކިގެން ތިބި ޝާފިޢީ މަޒުހަބުގައިވެސް އޮތް ގޮތަކީ އަންހެނުން ޤާޟީކަމަށް އައްޔަންކުރުން ހުއްދަވެގެން ނުވުމެވެ. ޙަރާމްވުމެވެ. އެކަންކޮށްފިނަމަ ފާފަވެރިވާނެއެވެ. އަދި އެކަންކޮށްފިނަމަ އެކަންވެގެންދާނީ ހުއްދަނުވާނެ، ފާފަވެރިވާނެ ކަމަކަށެވެ. އަދި އަޅުގަނޑުމެންގެ ދިވެހިންގެ މަޒުހަބާވެސް ފުށު އަރާކަމަކަށެވެ. ވީމާ ދުޢާއަކީ ﷲ ރުއްސަވާގޮތަށް އަމަލުކުރުމުގެ ތައުފީޤު އަޅުގަނޑުމެން އެންމެނަށް ދެއްވާ، ބާޠިލު ބާޠިލުގެ ގޮތުގައި ވަކިކުރުމުގެ ތަޢުފީޤު ދެއްވުމެވެ. އަދި ނަބިއްޔާގެ ސުންނަތަށް ނަޞްރުދޭ ބައެއްކަމުގައި އަޅުގަނޑުމެން އެންމެން ލައްވައި ފާފަފުއްސަވާށިއެވެ.

وما علينا إلا البلاغ المبين. وصلى الله وسلم على محمد وآله و صحبه أجمعين

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ކީކޭ

    ތިހުރިހާ ކަމެއް އެނގިތިބެ ނޫންތޯ އަންނިއާ އެއްކޮޅައް ވޯޓް ދިނީ އިސްލާމްދީނާއި އެއްގޮތައް އައަމަލު ނުކުރަން ވެގެން އަންނިފަހަތުން އެންމެންދުވެ ބައިލަނީ ރަސޫލާއައް ނިކަނެތި ބަސްބުނާއިރުވެސް ދެންކޮނވާހަކައެއް ދައްކަން ތިއުޅުއްވަނީ

    46
    4
  2. 1111

    މި ލިޔުން ކިޔާލުމުންވެސް ދޭހަވަނީ މައުމޫނާއި ހުސައިން ރަޝީދުފަދަ ހަވާނަފްސުގެ އަހުލުވެރި ފުޅަކާ ދަންނަ އެދުރުން ރާއްޖެއާއި ދުނިޔޭގެ ކަންކޮޅުތަކުގައިވެސް ގިނަވެ އާންމު ވެއްޖެކަމެވެ.
    އަހުލުވެރީންގެ ބާހާލެވޭ 3 ބައިގެ ތެރެއިން ކުނިމެހިތަކެއްފަދަ، އެކޮޅުމިކޮޅަށް ދާ އެއްވެސް އަގެއްނެޔްތް ބަޔަކު ފާވާނެކަންވެސް ސާބިތެވެ.

    37
    1
  3. ސައިމާ

    ޤައުމުގެ ވެރިކަމާއި ޤާޟީކަންކުރުން އެކަނިތޯ އަންހެނުންނަށް ހުއްދަ ނުވަނީ؟ މިނިސްޓަރުކަމާއި، ޕީޖީކަމާއި، އެހެންވެސް ތަންތަނުގެ ވެރިންގެ ގޮތުގައި އަންހެނުންނަށް ތިބުން ހުއްދަތޯ؟ ވަޒީރުންނަކީވެސް ރައްޔިތުންގެ ވަރަށްގިނަ ޙައްގުތައް ހިމެނޭ ކަންކަމުގައި ގޮތްނިންމާ ބައެއް. މިސާލަކަށް ފްލެޓް ދޫކުރުން. މިހާރު އެމިނިސްޓްރީގަހުރީ އަންހެން ބޭފުޅެއް. ޕީޖީއަކީ މީހުންގެ މައްޗަށް ދަޢުވާތައްކުރާ ފަރާތް. އެކަންކުރަން ހުރީ އަންހެން ބޭފުޅެއް. ހުއްދަވާނެތޯ؟ ފަނޑިޔާރުކަމަށް އަންހެނަކު ލާންއުޅޭއިރަށް ފަޔަށް ހިނިއަރައިގެން މިއުޅެނީ ކީއްވެތޯ؟

    17
    33
    • ލަޔާން

      ފަޑިއާރުކަމަށް ލީމަ. ކަމަކު ނުދޭ އެއްގޮތަކަށް ވެސް ވެރިކަމަށް އަދި ފަޑިއާރުކަމަށް ލާން.

      8
      1
    • މާ

      އެހެރީ ޤުރުއާން އަދި ކީރިތި ރަސޫލާގެ ހަދީސް ސުންނަތުން ސާބިތުވާން. ވެރިއަކަށް އަންހެނުން ލުމަކީ ހަރާމް ކަމެއް ކަން. ހަރާމް އޭ މި ބުނެވެނީ ހުއްދަ ނޫން ކޮންމެ ކަމެއް އެއީ ހަރާމް ކަންކަން.މިއާ ހިލާފަށް މިކަންކަން ކޮށްފިނަމަ އެބައެއްގެ މައްޗައް ހަލާކު އަންނާނެ ކަމެއްގެ ގޮތުގައި އެ އާޔަތް ތަކުންނާ ހަދީސް ތަކުން ސާބިތު ވާން އެބަހުރި. އެހެންވީމާ އޭގެއިން އިނގޭ އެއްޗަކީ ބައެއްގެ ލީޑަރަކަށް އަދި ޤައުމެއްގެ ރައީސް ކަން އަންހެނުން ކުރުން ހަރާމޭ. މިކަންކަން ހޯދާ ބަލާފަ ތިޔަ ގޮތް ގޮތަށް ވާހަކަ ދެއްކުން މުހިންމު. ތި ބައްޓަމަށް ތިޔަ ވާހަކަ ދެކެވެނީ ފެމިނިޒަމް އުސޫލުން. މީން ވައިލް ފެމިނިޒަމް އެއީ ވެސްޓާން ގައުމުތަކުން ގެންގުޅޭ އެއްޗެއް. މިގައުމުގަ ވެސް ފެމިނިޒަމް ކޮޕީ ކުރަން އުޅޭ ޖާހިލުން މަދެއް ނޫން. ދެކެވޭ ކޮންމެ ފަދަ ވާހަކަ އަކުން ތިމާ މުރުތައްދު ވޭތޯ ކާފަރު ވޭތޯ ބެލުމެއް ނެތި،

  4. ÅCŴ

    ????????

  5. ޝަޙީމް

    "އަދި އަޅުގަނޑުމެންގެ ދިވެހިންގެ މަޒުހަބާވެސް ފުށު އަރާކަމަކަށެވެ." އިސްލާމުދީނުގަ "މަޒުހަބު" ކިޔާއެއްޗެއް އޮންނަކަމަށް ގުރުޢާނުން ސާބިތުވޭތަ؟ އަދި އެހެންނޫނަސް ދީނުގަ އަންގަވާފައިވާ ބައެއްކަންކަމަކީ ވަކިހާލަތަކާ ގުޅިގެން އައިސްފަހުންނަކަންކަން. މިސާލަކަށް ހަނގުރާމައިގެ މައިދާނުގަ ހަމަލާދިނުމަށް އޮންނަ ހުކުމުތައް ޢާއްމު ހާލަތްތަކުގައި އެއްވެސް މުޖުތަމަޢެއްގަ ތަންފީޒެއްނުކުރެވޭނެ. ކަނޑައެޅިގެން ކީރިތި ޤުރުޢާނުން ހަރާމުނުކުރާކަމެއް އަހަރެމެން ފަހުޒަމާނުގެ ޢިލްމުވެރިންނަށްވެސް ހަރާމެއްނުކުރެވޭނެ.

    6
    22
    • ލަޔާން

      ކުރީގެ ރައީސަކު ފަޑިއާރުކަން އަންހެނަކަށް ދިނީމަ ވީވަރަށް ގޯސް, ފެއިލް ވީ، މީހާރަށް ވުރެން ކަންތަށް ބޮއްސުންލާ އިސްތިއުފާ ދިނީ..... ފަޑިއާރުކަން ދޭން އުޅޭ އަންހެން ލޯޔަރުންނަށް ފަޑިއާރުކަން ދިނުމާ 100% ދެކޮޅު.

  6. ހުތު

    ކިތަންމެވަރަކަށް ހުއްޖަތްދެއްކިޔަސް ދީން ގަބޫލުނުކުރާ އެތީސްޓުން ތިއެއް ގަބޫލެއް ނުކުރާނެ. ސައިންސްގެ އަލީގައިވިޔަސް މަހަކު އެއްފަހަރު އަންހެނުންނަށް މައްސަރުކަންތަކާޖެހޭ. މައްސަރުކަންތަކުގައި ހަށިގަނޑުގައި ގިނަވާ ހޯމޯންތަކުގެ ސަބަބުންނާއި މަސްދެބައިވާ (ޕީރިއަޑު މަސް) ދުވަސްވަރު ގިނަވާ ހޯމޯންތަކުގެ ސަބަބުން ވިސްނުމަށާއި އިހުސާސަށް ބަދަލު އާދޭ. ފިރިހެނުންނާ އަޅާކިޔާއިރު ފިރިހެނުންނަށް މުޅި އަހަރުދުވަހު ހޯމޯންތައް ހުންނާނީ އެވަރެޖްކޮށް އެއްވަރެއްގަައި ހިފެހެއްޓިފައި. ހޯމޯނާހެދި ފިރިހެނުންނަށް އުދަގޫތަކެއް ދިމަލެއް ނުވޭ. މިގޮތަށް އަންހެނުން މޫޑުގޯސްވާ ފަހަރު ފަހަރު އެންމެ ވިސްނުންތޫނުވެރިކަމާއެކު ހުކުމްކުރެވޭނެ ކަމަށް ގަބޫލެއް ނުކުރެވޭ. ދެން ވިސްނާލާ އެއްވެސް އުޅުމެއް ހަމައެއްނެތް އަންހެނުންގެ ހާލަތު.. އާން މިހާރު ކޯޓުތަކުގައި އެބަތިބި ހަމައެއް ނެތް ފިރިހެނުންތަކެއް. އެކަމަކު އެއަށް ވުރެ ނުބައިވާނެ އެފަދަ އަންހެނުންތަކެއް ސިޔާސީ ބޭނުމަށް އިސްކުރިއްޔާ! ސިޔާސީ ބޭނުމަކީ 3 ބާރު އެމްޑީޕީ ދަށަށް ގެންދިޔުން

    13
  7. ހަސަނު

    ވަރަށް ފެންވަރުދަށް ލިޔުމެއް އެއްވެސް އޮއްޓަރެއް ނެތް. އަންހެނުން ޤާޟީކަމަށް އައްޔަކުރުމަކީ ހަރާމް ކަމަށް ސާބިތެއްނުވޭ.

    3
    16
  8. މާލެ

    ޢަދިމިމީހުންބުނާނެ މިސްކިއްތަކުގަ ބަންގިނުގޮވިޔަސް ދާންބޭނުންވާމީހާ ދާނެޔޭ އެއޭކޮއްމެހެން ގޮވައިގެންގެންދަން ޖެހޭތަނެއްނޫނޭ ދެން ކޮއްމެވެސްތަނަކުން ހަދޭސެއްނެރެފަ ބުނާނެ އޭރުގަ އެހެން އެކަންކުރީމުސްލިމުން މަދުވީމައޭ މީމިމީހުންގެވާހަކަހުންނަގޮތް މަގާމުގެދަހިވެތިކަމުން

  9. ބުރޯ

    އެ ކަނބަލުން ތިބެންވާތަން އަހްޒާބް ސޫރަތުގެ 33 ވަނަ އާޔަތުގަ ނުވޭތަ ؟އެފަދައިން އެ ކަނބަލުން ތިއްބަފާމް ހުރިހާ ފިރިހެންތަކުން ވަޒީފާއަށްނިކުމެ ކުރިހާއަންހެންތަކުން ކައިވެނީގެ ގުޅުމުންގުޅިގެން ހުރިހާ އަންހެތަކުންނަށް ހަރަދު ކުރެވޭނަމަ ދުނިޔޭގަ ފަސާދަ އެއް ނޯންނާނެ ވައްކަންކުރުމާ މަގުފޭރުމެއްނޯންނާނެ.

    • އޯހް

      މައްސަލައަކީ ތިކަން ތިހެން އޮއްވާވެސް ފިރިހެނުން ޚަރަދު ދޭން ބޭނުން ނުވުމޭ. އެމީހުން ދިނިއްޔާ ކައިގެން ނުދިނީމަ ނުކައިތިބުން ދޯ ދީނުގަ އަންގަވާފައިވާގޮތަކީ.

  10. އަންހެނާ

    ދިވެހި ރާއްޖޭގައި ދެނެއް އަންހެނުން މާ ދަށް ބަޔަކަށް ހަދައިގެން ކަލޭމެންނަކަށް ބަނޑުދަށުލައިގެން ދަރިން ވިއްސާކަށް ނުތިބެވޭނެ. އަންހެނުން ދެން އަރާނީ ކުރިޔަށް. އަހަރެމެން މިދަނީ ކަލޭމެން ޖާހިލުންނާ ފެޔަށް ތަހުޒީބާ ދިމާއަށް ކުރިޔަށް . ދެނެއް މިކަމެއް ނުހުއްޓުވޭނެ. ކުރިޔަށް ދިވެހި އަންހެނުން.