ޢަރަޤުވެގެން ނިޔާވާމީހުންނަކީ ޝަހީދުންކަމަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޞައްޙަ ހަދީޘްފުޅުން ސާބިތުވެއެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ޞައްޙަ ޙަދީޘްފުޅުތަކުގައި ވެއެވެ.

(الغَرِيقُ شَهِيدٌ، وَاْلمَبْطُونُ شَهِيدٌ، وَاْلحَرِيقُ شَهِيدٌ، وَاْلمَيِّتُ بِالطَّاعُونِ شَهِيدٌ، وَاْلمَرْأَةُ تَمُوتُ فِيْ نِفَاسِهَا شَهِيدَةٌ، وَصَاحِبُ اْلهَدْمِ شَهِيدٌ)

މާނައީ: ގެނބިގެން މަރުވާ މީހާއަކީ ޝަހީދެކެވެ. ބަނޑުގެ ބައްޔެއްގައި މަރުވާ މީހާއަކީ ޝަހީދެކެވެ. އަލިފާނުގެ ހާދިސާއެއްގައި މަރުވާ މީހާއަކީ ޝަހީދެކެވެ. ޠާޢޫނު ބަލި ޖެހިގެން މަރުވާ މީހާއަކީ ޝަހީދެކެވެ. ނިފާސްކަމުގައި މަރުވާ އަންހެނާ އަކީ ޝަހީދެކެވެ. ވެއްޓޭ ޢިމާރާތެއްގެ ދަށުވެ މަރުވާ މީހާއަކީ ޝަހީދެކެވެ.

މިއަދު މެންދުރު 12:00 ހާއިރު ހދ. ނޮޅިވަރަންފަރުން އެއަތޮޅު ހަނިމާދޫއަށް ދަތުރުކުރަމުން ދަނިކޮށް ގެނބިގެން ނިޔާވި ފަސް މީހުންނަކީ ޝަހީދުން ކަމުގައި ލައްވާށިއެވެ. އަދި އެ ފަސް މީހުންގެ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.

މި ހިތާމަވެރި ހާދިސާގައި ނިޔާވީ ތިން އަންހެނަކާއި ފިރިހެނެއްގެ އިތުރުން އުމުރުން ތިން އަހަރުގެ އަންހެންކުއްޖެކެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހުދުހުދު

    ޔާﷲ ނިޔާވި އެންމެންނަކީ ޝަހީދުން ކަމުގައި ލައްވާދޭ. އާއިލާ އަށް
    ކެތްތެރިކަން ދެއްވާދޭ އާމީން

    114
    1
    • އިބްރާހީމް

      އާމީން

      54
  2. ޒިކުރާ

    ނޫސްތަކުގައި މިފަދައިން ޖަހާ ވާހަކަތަކުން ނިކުންނާނެ ރިޕްލް އެފެކްޓް ކަލްކިއުލޭޓްކުރެއްވިންތޯ. މިާރުވެސް މިގައުމުގައި ޝަހީދު ވާންބޭނުންވާ އެތއްބަޔަކު އެބައުޅޭ.

    14
    36
    • މީދާ

      ޝަހީދުވާން ބޭނުންނުވާނެ މުއުމިނުން، އެކަމަކު ގިނަ ޝަހީދަކީ އަމިއްލަބާރު އޭގަ ހިނގާކަންކަމެއްނޫން.

      8
      1
  3. ދޮންބެ

    ކިތަންމެ ބޭނުންވިޔަސް އެމީހަކައްލިބެންނެތްދަރަޖައެއް ނުލިބޭނެ އެދަރަޖަލިބޭނީ އެދަރަޖަﷲދެއްވިއަޅަކައް މިކަން ހަނދާންބަހައްޓަވާ

    45
    1
  4. ނތށ

    ﷲއަކްބަރު

    13
  5. Muslim

    ފުރިހަމަ މުސްލިމެއްގެ ގޮތުގައިވާހާލު މަރުވުމުން ށަހީދަކަށް ވާނީ... ޔާ ﷲ ނިޔާވި އެންމެނަށް ށަހީދުންގެ ދަރަޖަ ދެއްވާށި..އާމީން

    19
  6. ބޮނބި

    އެއްވެސް މީހަކަށް އެންނޭގޭނެ އެއްނުންތޯ!! ހުރިހާ ކަމެއްވެސް މޮޅަށް ދެނެވޮޑިގެން ވަނީ މާތްﷲ... ގެންބިގެން މަރުވިނަމަވެސް އެމީހެއްގެ ނިޔަތެއް އެހެން އިންސާނަކަށް ނޭގޭނެހެން ހީވަނީ!!!
    މިއަދު ހިންގާދިޔަ ހިތާމަ ވެރިހާދިސާގައި މި ދުނިޔެ ދޫކުރެއްވި އެންމެންނަކީ ސުވަރުގޭގެ އަހުލު ވެރިން ކަމުގައިލައްވާ، މާތްﷲ އެ މަރުހޫމުންނަށް ޝަހީދުންގެ ދަރަޖަ މިންވަރުކުރައްވާށި!! އަދި އާއިލާއަށް ެ ކެއްތެރިކަން ދެއްވާށި!! އާމީން.???

    13
  7. ހެޔޮދުޢާ

    އެއީ މާތް ﷲ ދެއްވާ ނިޢުމަތެއް އެކަލާނގެ އިރާދަކުރައްވާ މީހަކަށް. ޝަހީދެއްކަމަށް ވެސް ދެނެވޮޑިގެންވަނީ މާތް ﷲ. އެއީ މިސްރުގެ ފިރުއަޢުނު ރެމްސިސް 2 ވެސް މާތް ﷲ ޢުޤޫބާތެއްގެ ގޮތުން ޣަރަގު ކުރެއްވި.

    14
    1
  8. އާދު

    ވަރައްބޮޑައްމާރފް ކުރައްވާ އަހަރެެންނައް ފެންނަގޮތުން ޔެލޯ އެލާރޓް ނެރެފައޮއްވާ ގަދަކަނޑަކައް ކިތަންމެކައިރިޔަސް ޑިންގީ އެއްގަ ނިކުތުމަކީ ގޯހެއްނޫންބާ....ﷲރަހުމަތް މަރުވިމީހުނަށާ އާއިލާއައްކެތްތެރިކަންދެއްވާށި އަދި ދިވެހިންނަކީ ހެޔޮވިސްނޭބަޔަކުކަމުގަލައްވާށި..އާމީން

    12
    1
  9. ނާނު

    އާމީން.