ކީރިތި ރަސޫލުﷲ صلى الله عليه وسلم ގެ ތެދުމަގަށް ނަފްރަތުކުރުމާއި ކުޑައިމީސް ބަސްބުނެ ފުރައްސާރަކުރުމަކީ އީމާންކަމުގެ ދާއިރާއިން ބޭރުވާނެ އަމަލެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.

މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ޚުޠުބާގައި ވަނީ ކައުއިތުރު މައި ނަބިއްޔާ صلى الله عليه وسلم އަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެއްކަން ވެސް ހަނދާންކޮށްދީ އެކަލޭގެފާނަށް ކިޔަމަންގަތުމާއި އެކަލޭގެފާނުގެ މަތިވެރި މަގާމަށް ޤަދަރުކޮށް އިޙްތިރާމްކޮށް އަދަބުތަޢުޘީމް އަދާކުރުމަކީ އިސްލާމްދީނުގެ އެންމެ ބޮޑެތި ވާޖިބުތަކުގެ ތެރެއިން ހިމެނޭ ވާޖިބެއްކަން ވެސް ހަނދާންކޮށްދީފައެވެ.

"އެމީހެއްގެ އަމިއްލަ ނަފްސާއި، މުދަލާއި، އަނބިދަރިންނަށްވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވެ އެކަލޭގެފާނަށް ނަޞްރުދީގެން މެނުވީ އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ." ޚުޠުބާގައި ވެއެވެ.

ކީރިތި ރަސޫލު صلى الله عليه وسلم ދުނިޔެއަށް ފޮނުއްވެވީ އިންސާނިއްޔަތައް ރަހުމެއްކަމުގައި އަދި ހިދާޔަތުގެ މަގަށް އަލިކުރާ ވޮށެއްގެ ގޮތުގައިކަން ބަޔާންކުރައްވަމުން ޚުޠުބާގައި ވަނީ އަލް އަންބިޔާ ސޫރަތުގެ 107 ވަނަ އާޔަތާއި އެއާޔަތުގެ މާނަ ގެނެސްދީފައެވެ. އެއާޔަތުގެ މާނައިގައި ވަނީ "އަދި عالم ތަކަށް رحمة އެއްކަމުގައި މެނުވީ، ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ."

އެކަލޭގެފާނު އިސްލާމީ އުއްމަތައް ލޯބިކުރައްވާ ވަރު ބަޔާންކުރައްވަމުން ކީރިތި ޤުރުއާނުގެ ތައުބާ ސޫރަތުގެ 137 ވަނަ އާޔަތް މިއަދުގެ ޚުޠުބާގައި ގެނެސްދީފައިވެއެވެ. އެއާޔަތުގެ މާނައިގައި ވަނީ "ހަމަތިޔަބައިމީހުންގެ ތެރެއިންވާ رسول އަކު ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ތިޔަބައިމީހުންނަށް އުނދަގޫވެ ދަތިވެއްޖެ ކޮންމެ ކަމެއް، އެކަލޭގެފާނަށް ބޮޑުކަމަކަށް ވެއެވެ. އެކަލޭގެފާނީ (ތިޔަބައިމީހުންނަށް ތެދުމަގު ލިބުމުގެ މައްޗަށް) ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ. مؤمن ންނަށް ނުހަނު އޯގާވެރި، رحم ހުރި ބޭކަލެކެވެ."

މާތް ނަބިއްޔާ ދެކެ ލޯބިނުވެ އަޅުގަނޑުމެންގެ އީމާންކަން ފުރިހަމަ ނުވާނެކަމަށް ޚުޠުބާގައި ވިދާޅުވެފައިވެއެވެ. ބުޚާރީ އާއި މުސްލިމް ރިވާ ކުރައްވާފައިވާ ހަދީޘެއް ވެސް ޚުޠުބާގައި ގެންނަވާފައިވެއެވެ. އެހަދީޘްގެ މާނައިގައި ވަނީ "އެމީހެއްގެ މައިންބަފައިންނާއި، ދަރިންނާއި އަދި އެންމެހާ މީސްތަކުންނަށްވުރެ، އެމީހެއްގެ ގާތުގައި އެންމެ ލޮބުވެތިކަން ބޮޑު ބޭކަލަކީ ތިމަންކަލޭގެފާނު ކަމުގައި ވެއްޖައުމަށް ދާންދެން އެމީހެއްގެ އީމާންކަން ފުރިހަމަ ނުވާހުއްޓެވެ."

ﷲ ހަޟްރަތުގައި ހަމައެކަނި ޤަބޫލުކުރައްވާނެ ދީނަކީ އިސްލާމްދީންކަން ކީރިތި ޤުރުއާނުން ހެކި ދައްކަވަމުން ޚުޠުބާގައި ވިދާޅުވެފައިވެއެވެ. އާލް އިމްރާން ސޫރަތުގައި ﷲ ވަހީކުރައްވާފައި ވަނީ "دين އެއްގެ ގޮތުގައި إسلام دين ނޫން دين އެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) قبول އެއް ނުކުރައްވާ ހުށްޓެވެ. އަދި، آخرة ގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ."

ބިމުގައި ފަަސާދަ ނުކުރުމަށާއި އިސްލާމްދީނައިގެން ވަޑައިގެންނެވި މާތް ނަބިއްޔާ އިސްލާމީ އުއްމަތައްޓަކައި ދޫކުރެއްވި ތަރިކަހައިގައި ވަރުގަދައަށް ހިފެހެއްޓުމަށް މިއަދުގެ ޚުޠުބާގައި ވަނީ ވަސިއްޔަތް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ހަމީދު

  ރަސޫލާއައް ފުރައްސާރަކުރެވިއްޖެއިޔާ މުސްލިމުން އެކަލޭގެފާނައް ނަސްރުދޭންޖެހޭ. އެކަން ކުރަން އެންމެ މޮޅުގޮތަކީ އެކަލޭގެފާނޔގެ ސުންނަތް ވީހާވެސް ހާމަކަންބޮޑުކޮއް މި މުޖުތަމައުގައި އަމަލުކުރުން. އޭރުން މިބައިގަނޑުމީހުންނައް ވިސްނޭނެ މިކަހަލަ ޒާތުގެކަންކަން ކުރާވަރަކައް ދީނައް މީހުން ކަމޭހިތާ އަދި ނަސްރުދޭނެ މިންވަރު ވާނީ އިތުރުކަން.

  29
  1
 2. ސޮނިފުހޭ

  އެންމެ ހައި ދިވެހިން ރަސޫލަަާ އަށް ގަދަރު ކުރުމުގެގޮތުން ވާ ލޯބި ހާމަ ކުރުމަށް ތިބައިމިިީހުންގެ އަޑުތަށް ގަދަކުރާތި އަތުވެދާނެ ކޯފާ އަކަށް ބިރުވެތިވޭ އެއީ ދިވެހިންގެ ސާހިބާ

  30
  2
 3. ާައަސްލަމް

  ސަހިންދާ ކިބަ އިން މުޅި ދުނިޔެ ސަލާމަތް ކުރަންޖެހެ

  26
 4. ހުދުހުދު

  އީމާންކަން ބޭނުންބައެއްދޯ ތިޔަކަމާ ވިސްނާނީ. މަގައުމުގައި ތިބެގެނެއް އިސްލާމް ދީނަށާއި އެދީނުގެ އެއްވެސް ކަމަކަށް ހަޖޫޖަހައި ފުރައްސާރަކުރުމަކަށް ޖާގަދެވިގެނެއްނުވާނެ. މިހާރުން މިހާރަށް މިބައިގަންޑު އަތުލާ ހައްޔަރުކުރޭ ގައުމުދޫކޮށް ފިލާގެން ނުދަނީސް.

  25
  1
 5. ދޮގެއް؟

  މިސަރުކާރު ކޮނޑަށް ލައިގެން ތިބި، އިލްމުވެރިންގެ ޓެގްގަ މީހުން ފުރައްދާ ބައިގަނޑުގެ ޒިންމާ ބޮޑުކޮށް އަދާކޮށް ނިމުނީ ތިހިސާބުން. ވައްސަލާމއ

 6. ޝާންދާ

  ހިނގާ އެންމެން މަގުމައްޗަށް އެއްވެ ލޯބިވާކަން ދައްކަން

  2
  1
 7. އަބްދޫ

  ޥެރި މީހާ އަށް ކިޔަމަން ވުމަށް އަންގަ ވާފަ ވަނީ އުރެދުމަކަށް އަމުރު ނުކުރާހާ ހިނދަކު .ބަޔަކު ރަސޫލާ އަށާ ކީރިތި ގުރްޢާނަށާ އިސްލާމްދީނަށް ފުރައްަާސާރަކޮށް ހަދާ އިރު ވެރިމީހާ އެކަން ނުހުއްޓުވާ އަޅަާނުލާ ހުރެއްޖެނަމަ ބެލެވޭނީ އެ ފުރައްސާރައިގެ ބައިވެރިޔަކަށް އެ ހިސާ ބުން އެ ވެރިޔަކަށް ކިޔަމަން ވުމެއް ނެތް.އަދިއެ ވެރިޔަކުގެ ކިބައިން ވެރިކަމުގެ ހައްގު އެވަނީ ނެތިގެން ގޮސްފާ.

 8. އިއްސެ

  ޔާﷲ އެބައި މީހުނަށް ތެދުމަގު ދައްކަވާށި .އާމީން.