ކީރިތި ރަސޫލަ މުޙައްމަދު صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ހަޔާތްޕުޅުގައި މަޑުކުރެއްވި ކަމަށް ބުނާ ގަހެއް އަދިވެސް އެގޮތުގައި އެބަހުރި ޚަބަރު ރާއްޖޭގެ މީސް މީޑިއާގައި ފާއިތުވި ހަފްތާގައި ވަނީ ވަރަށް ބޮޑަށް ދައުރުވެފައެވެ. އެއާއި އެކު އެގަހުގެ މައުލޫމާތު ހޯދަން ގިނަ ބަޔަކު ވަނީ ޝައުގުވެރިވެފައެވެ.

ޖޯޑަންގައި ހުންނަ މި ގަހަށް ތަފާތު ނަންނަމުން މުހާތަބު ކުރެވެއެވެ. އޭގެ ތެރޭގައި "ނިއުމަތުގެ ގަސް" ނުވަތަ "ސަހާބީ" ވެސް މި ގަހަށް ކިޔައި އުޅެއެވެ.

މިގަސްދޮށުގައި ކީރިތި ރަސޫލަ މުޙައްމަދު صلّى اللّـه عليه وسلّم މަޑުކުރެއްވީ އެކަލޭގެފާނުގެ އުމުރުފުޅުން ކޮން ދުވަސްވަރެއްގައި ކަމާއި މެދު އިލްމުވެރިންގެ މެދުގައި ވަނީ ޚިޔާލުތަފާތުވުން އުފެދިފައެވެ.

ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި ކީރިތި ރަސޫލަ މުޙައްމަދު صلّى اللّـه عليه وسلّم މި ގަސްދޮށުގައި މަޑުކުރެއްވީ އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު އަބޫޠާލިބުގެ ފާނާއި އެކު އުމުރުފުޅުން 10 އަހަރާއި 12 އަހަރާއި ދެމެދުގެ ދުވަސްވަރެއްގައި އޭރުގެ ޝާމްކަރަ އަށް ކުރެއްވި ވިޔަފާރި ދަތުރުފުޅެއްގެ ދަތުރުމަތީގައެވެ.

އެ ދަތުރުފުޅުގައި ނަޞާރާދީނުގެ ފާދިރީއެއް ކަމަށްވާ ބަހީރާއަށް ކީރިތި ރަސޫލަ މުޙައްމަދު صلّى اللّـه عليه وسلّم ފެނިވަޑައިގެންނެވިއެވެ. އެއީ މި ގަސް ކައިރީގައި އެދުވަސް ވަރު ހުރި ފައްޅިއެއްގައި ހުރި ފާދިރީއެއް ކަމަށް ވެއެވެ. ބަހީރާ ވަނީ ކީރިތި ރަސޫލަ މުޙައްމަދު صلّى اللّـه عليه وسلّم ގެ ފަރާތްޕުޅުން ފެންނަމުން ދިޔަ ސިފަތަކަށް ބެއްލެވުމަށް ފަހު އެއީ އެންމެ ފަހުގެ ރަސޫލާ ކަމަށް އަބޫޠާލިބުގެ ފާނުގެ އަރިހުގައި ވިދާޅުވެފައެވެ.

ނަމަވެސް ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި ކީރިތި ރަސޫލަ މުޙައްމަދު صلّى اللّـه عليه وسلّم މި ގަސްދޮށުގައި މަޑުކުރެއްވީ ހަދީޖަތުގެ ފާނުގެ ވިޔަފާރި މުދަލައިގެން ޝާމްކަރައަށް ކުރެއްވި ދަތުރުގައެވެ. އެއީ ހަދީޖަތުގެފާނުގެ ހާދިމް މައިސަރަތު އާއި އެކު ކުރެއްވި ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި ކީރިތި ރަސޫލަ މުޙައްމަދު صلّى اللّـه عليه وسلّم އާއި މި ގަސްދޮށުން ބައްދަލުވެ ވަޑައިގެންނެވީ ނަޞާރާދީނުގެ ފާދިރީއެއް ކަމަށްވާ ނަސްތޫރާ އާއި ކަމަށް އިލްމުވެރިން ވިދާޅުވެއެވެ. ނަސްތޫރާ ވެސް ވަނީ ކީރިތި ރަސޫލަ މުޙައްމަދު صلّى اللّـه عليه وسلّم ގެ ފަރާތްޕުޅުން އޭނާ އަށް ފެނުނު ކަންތައްތަކަށް ބެލުމަށް ފަހު އެއީ އެންމެ ފަހުގެ ރަސޫލާ ކަމަށް ހެކިވެ ވަޑައިގެންފައެވެ.

ސިޔަރަތު ފޮތްތަކުގައި ލިޔެވިފައި ހުންނަ ގޮތުގައި މިގަހަކީ އީސާގެ ފާނުގެ ޒަމާނުގައި ވެސް ހުރި ގަހެކެވެ.

މިގަސް ހުންނަނީ ޖޯޑަންގެ ހަނަފަސް ސަހަރާއެއްގައެވެ. ގަހުގެ ވަށައިގެން އެތައް ކިލޯމީޓަރަކަށް ފެތުރިފައި ވަނީ ހަނަފަސް ކަމެވެ. ނަމަވެސް މިގަސް ހުންނަނީ ވަރަށް ފެހިކޮށް، ނިކަން ވަރުގަދަކޮށެވެ.

މި ގަހަކީ މިހާރު ވަރަށް ބޮޑަށް ހިމާޔަތްކޮށް ބަލަހައްޓަމުން ގެންދާ ގަހެކެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ހަސިލް

    ތިގަހައް އެހެންވިއްޔާ 1400 އަހަރު ވެދާނެތާ. އެކަން ކާބަންޑޭޓިން ހަދައިގެން ޔަގީން ކުރެވިދާނެ. އެކަމަކު އެއީ ވަރައް ނާދިރުކަމެއް.

    50
    20
    • ޢާދެ

      صلى الله عليه وسلم

      116
      1
    • އަހްމަދު

      ﷲގެ ކުޅަދުންވަންތަކަމަކީ ނާދިރުކަމެއްނޫން.

      186
      2
    • ބޯކިބާ

      ދުނިޔޭގަ ހުރި އެންމެ ދުވަސްވީ ގަހަށް މިހާރު 4،800 އަހަރު ވެއްޖެ، ދެން މީގަ ނާދިރުކަމެއް ކޮބާތަ.

      86
      8
  2. އަހުމަދު

    ތިޔަގަހުގެ އުމުރު ސައިންސްގެ އަލީގަ ހޯދިދާނެ!!

    59
    3
  3. ޒާރީ

    ހަނަފަސް ސަހަރާއެއްގައިވާ މިގަސް ކައިރީގައި ފެން ގަނޑެއް އޮތުމަކީވެސް އަޖާއިބެއް. އެފެނުގެ ސަބަބުން އެގަހަށް އަބަދާއަބަދު އާރޯކަމާ ތާޒާކަން ލިބޭނެ.

    145
    3
  4. އައްޑޫ މީހާ

    ތިޔައީ މާތް ﷲ ކުޅަދުންވަންތަކަން ދިރި ތިބީންނަށް ކަށަވަރުވާނެ ހެއްކެއް އެކަމަކުވެސް އެކަމާއި ދެކޮޅުހަދާ އިންސާނުން ދުނިޔޭގައި ދިރިއުޅޭތީ ހިތާމަކުރަން މިގަހަކީ ކޮން ބާވަތެއްގެ ގަހެއްކަން ހާމަކުރިނަމަ ހަބަރު މިޔަށްވުރެ ފުރިހަމަވާނެ

    90
    4
  5. ޑ

    خديجة بنت خويلد رضي الله عنها
    أم المؤمنين.

    45
    2
  6. ދިރާސާ

    ވަރަށް ރިވެތި ގަހެއް ދޯ

    83
    2
  7. ޚެޕް

    ތީ ކޮންކަހަލަ ގަހެއް ބޮޑަށް ވައްތަރީ ޒައިތޫނި ގަހަކާ. މި ލިޔުމުގައި ތިއީ ކޮން ބާވަތެއްގެ ގަހެއްކަން ބުނެދިން ނަމަ ވަރަށް ފުރިހަމަ ވާނެ

    66
    4
  8. ބަރުގޮނު

    ކީރިތި ރަސޫލާގެ މުޢުޖިޒާތެއް. ހާމަވަނީ ހަމަ ﷲ ގެ ކުޅަދުންވަންތަވެރިކަމެވެ.

    51
    1
  9. ޕުއްޕުޚާން

    صلى الله عليه وسلم

    70

    39
    1
  10. ސަލާހު

    ސައިންސުވެރިންނަކައްނުހޯދޭނެ ތީވާނެކަމެއްނޫ

    15
  11. ސޮފޫރާ

    سُبْحـٰنَ الـلّٰـهِ

  12. ޖ

    سبحانﷲ

  13. Anonymous

    10:24
    صلى الله عليه وسلم