ޝައްކެއްވެސް ނެތް ގޮތުގައި އިސްލާމް ދީނަކީ ހަގީގީ ހަމައެކަނި ދީނެވެ. އިސްލާމް ދީނުގެ އަސްލުތަކާއި ކީރިތި ގުރުއާނަކީ އެހެން ދީންތަކާއި ޙިލާފަށް ވަކި މީހަކަށް ނުވަތަ ބަޔަކަށް ފައިދާ އެއް ވާގޮތަށް އޮތް ދީނެއް ކަމުގައި ނުވާއިރު އިސްލާމް ދީން ދިރާސާ ކުރާ ކޮންމެ މީހަކުވެސް މި ދީނުގެ އަސްލުތައް އެނގުމުން އިސްލާމްދީން ގަބޫލުކުރެއެވެ. ޖަޕާނުގެ މަޝްހޫރު ސައިންޓިސްޓަކަށްވެސް ވީ ހަމަ މިފަދަ ގޮތެކެވެ.

އާއްމުގޮތެއްގައި މޮޅަށް ކިޔަވައިގެން ތިބޭ ގިނަ ސައިންޓިސްޓުންނަކީ އެއްވެސް ދީނެއް ގަބޫލު ކުރާ ބައެއް ނޫނެވެ. އެމީހުންނަށް ހީވާ ގޮތުގައި ދުނިޔެ އާއި މުޅި ދުނިޔެ އިން ފެންނަ ހުރިހާ އެއްޗަކީ މުޅިންވެސް ސައިންސެވެ. އެއްކައުވަންތަ ކަލާނގެ އެއް ވާކަމަށް ގަބޫލުކުރަން އެމީހުން ދެކޮޅު ހަދައެވެ. ޑރ. އަޓޫޝީ ކަމަލް އޮކުޑާ އަކީވެސް ކުރިން މިފަދަ މީހެކެވެ. އޭނާގެ ހަޔާތުގެ ބޮޑު ބައި ހޭދަ ކުރީ ކަލާނގެ އެއް ނުވާ ކަމަށް ގަބޫލު ކުރާ މީހެއްގެ ގޮތުގައެވެ.

ޖަޕާނުގެ ކެއިއޯ ޔުނިވާސިޓީގައި ޕޮލިޓިކަލް ސިސްޓަމްގެ ޕްރޮފެސާއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި މި ސައިންޓިސްޓު އެ ޔުނިވާސިޓީގައި ހޭދަކުރި 6ވަނަ އަހަރު ތެރޭގައި ވަނީ އޭނާގެ ހަޔާތުގެ މަގްސަދު ހޯދުމަށްޓަކައި ތަފާތު ދީންތަށް ދިރާސާ ކުރަން ފަށާފައެވެ. އެއްދުވަހެއްގައި އޭނާ ތަފާތު ރިސާޗް ގަނޑުތައް ބަލަމުން ދަނިކޮށް ވަނީ ގުރުއާނުގެ އަޔާތެއް ފެނިފައެވެ. މި އާޔަތް ވެގެން ދިޔައީ ޑރ. އޮކުޑާގެ މުޅި ހަޔާތް ބަދަލު ކޮށްލި އާޔަތަކަށެވެ.

﴿٢٦﴾ "وَلَقَدْ خَلَقْنَا الْإِنسَانَ مِن صَلْصَالٍ مِّنْ حَمَإٍ مَّسْنُونٍ" އަލް ޙިޖުރު ސޫރަތުގެ 26 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ. މާނަ : (تغيّر ވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެންއައި މަށިން ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ.)

މަތީގައި އެވާ އާޔަތް ކިޔަފާއި ޑރ. އޮކުޑާ ވަނީ އިސްލާމްވެފައެވެ. އިންސާނުން ހައްދަވާފައ ވަނީ މަށިންކަން އޭގެ ކުރިންވެސް އޮކުޑާ އަށް ވަނީ އެނގިފައެވެ. އަދި އިސްލާމް ވުމަށްފަހު ޑރ. އޮކުޑާ ވިދާޅުވެފައި ވަނީ އިސްލާމް ދީނަށް ވަނުމުގެ ނަސީބު ލިބިގެން ދިއުމަކީ އޭނާ އަށް ލިބުނު އެންމެ ބޮޑު ނަސީބު ކަމަށެވެ. އިސްލާމްވުމަށް ފަހުގައި އިސްލާމް ދީނާއި ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދައި، އަރަބި ބަސް ދަސްކުރުމުގެ ގޮތުން ޑރ.އޮކުޑާ ވަނީ ސީރިޔާ އަށްވެސް ދިރިއުޅުން ބަދަލު ކޮށްފައެވެ.

"އިސްލާމްވުމުގެ ކުރިން އަހަރެންގެ ހަޔާތް ވަރަށްވެސް ހުސް. ކިތަންމެ ކިޔަވައިގެން ހުއްޓަސް ހަގީގަތުގައި އޭރު އަހަރެންގެ ދެލޯ ދުނިޔެ އަކަށް ނުހުޅުވޭ. އޭރު އަހަރެން ވީ ޖާހިލުކަމުގެ ތެރޭގައި" އިސްލާމް ދީން ގަބޫލުކުރުމަށް ފަހު ޑރ. އޮކުޑާ ވިދާޅުވިއެވެ.

މިއަދު ޑރ. އޮކުޑާ އަކީ ޖަޕާނުގައި އިސްލާމް ދީން ފެތުރުމަށް އެންމެ ގަދަޔަށް މަސައްކަތް ކުރަމުން އަންނަ އެކަކެވެ. އެބޭފުޅާ ވިދާޅުވެފައި ވަނީ އޭނާގެ އަމާޒަކީ މާތްﷲ އަށް އީމާންވާ މީހުންގެ އަދަދު ޖަޕާނުން ވީހައިވެސް ބޮޑަށް އިތުރު ކުރުމަށް ކަމަށެވެ.

ޑރ.އޮކުޑާގެ އިތުރުން އެހެން ބައެއް ސައިންޓިސްޓުންނާއި އާއްމުންވެސް އިސްލާމް ދީނުގެ އަސްލުތަކާއި ކީރިތި ރަސޫލާގެ ސުންނަތާއި ހަދީޘް އަދި ޙާއްސަކޮށް ކީރިތި ޤުރުއާން ދިރާސާކޮށް، އޭގެ މާނަ ބެލުމަށްފަހު އިސްލާމް ދީން ގަބޫލުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. މިވަގުތު ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ދީނަކީވެސް އިސްލާމް ދީނެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ބުއްޅަ

  ހަރުކަށި....؟؟؟
  މަޑުކަށި.....؟؟؟؟

  11
  15
 2. ޙަސީނާ

  الله أكبر

  33
 3. Anonymous

  ނަމާދުނުކުރާމީހުންނަށް ނަމާދުކުރުމަށް ގޮވާލަދީބަލަ

  29
  1
 4. ވިސްނުން

  ޖަޕާނު މީހުންނަށް ދަރުސްދޭން ޝޭކުން ދާން ވެއްޖެއެއްނު އަވަހަށް

  4
  15
 5. ބަސްހުއްޓި

  ހައިރާންވަނީ ދުނިޔޭގައި މިއުޅޭ މޮޅެތި ސައެންސްވެރީންނަށް މިކަހަލަ ކަންތައް ވިސްނައިގަންނަން ނޭނގި މުޅި އުމުރު ހޯދަ ހޯދާ ތިބެފަ އެކޮޅަށް ކަނޑާލާތީ.

  16
  • އަޙްމަދު

   އެއީ އެމީހުން ކިޔަވަނީ އަކީ ހައްގު ހޯދުމަކަށް ނޫން، ވިސްނަނީ ކަންކަން ވާ ގޮތާ މެދު، އެކަންކަން އެހާ ފުރިހަމައަށް ލައްވާފައިވާ ފަރާތެއް ވާނެ ކަމަކާ މެދު ނުވިސްނާ، އެ ފަރާތަށް ވާސިލުވެވޭނެ ގޮތެއް ހޯދަން ނޫޅޭ.

   13
   1
  • ާައައްމަޑޭ

   ހިދާޔަތްދެއްވާފަރާތްތައް

 6. ޖަޕާން

  އެއޮތްފަދަ ޖަޕާނުންވެސް އެ ސަލާމަތްވީ މީނާ އެކަނި އަލްހަމްދު.
  މާޝާﷲ. އަހަރެމެންގެ ތެރެއަށް މޮޅު ސައެންސްވެރިޔަކު އިތުރުވެއްޖެ.
  ދެން ނުބުނެވޭނެ މަމެން މީ ޖަހުލުންނެކޭ އެއް.

  19
  1
  • އަލްޖެބްރާ

   ކޮބާ އެންމެ މޮޅެތި ސައެންސްވެރީން މިހާރުވެސް ތިބީ މުސްލިމުންގެ ތެރޭގަ. އެކަމަކު ހަނދުކޭތަ ހިފާނެ އިރެއްވެސް މިއެނގެނީ 3 މީހުންނަށް

   6
   2
 7. ކިއުންތެރިޔާ

  ވަރަށް އުފާވެރި ޚަބަރެއް. މާތްﷲ އަޅަމެން އިންސާނުންނަށް ހެޔޮވިސްނުން ދެއްވާށި!

  11