ފޮޓޮއިން ތިޔަ ފެންނަނީ ސައުދީ އަރަބިއްޔާގައި މީގެ 2 އަހަރު ކުރިން ބިނާކޮށްފައިވާ މިސްކިތެކެވެ. މި މިސްކިތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މުސްލިމުން މީސް މީޑިއާ މެދުވެރިކޮށް ގިނަ ތައުރީފްތަކެއް ކުރެއެވެ.
ވަށައިގެން ބޭރު އެއްކޮށް ފެންނަހެން ހަދާފައިވާ މި މިސްކިތް ބިނާކުރުމަށް ބޭނުން ކޮށްފައި ވަނީ ވަރުގަދަ ބިއްލޫރި އާއި ދަގަނޑުގެ އިތުރުން އެލްމުނިއަމް އާއި ކަރަންޓު ލައިޓުތަކެކެވެ.
މިސްކިތް ބިނާކުރަން ބޭނުން ކޮށްފައިވާ މި ސާމާނުތަކަކީ ޔޫރޮޕްގެ ބައެއް ގައުމުތަކުގައި މުސްލިމް ރެފިއުޖީން އެ ގައުމުތަކަށް ވަނުން ހުއްޓުވުމަށް ބޭނުންކުރާ ސާމާނުތަކެވެ. އަދި އެމެރީކާގައި ގިނަ މުސްލިމުންތަކެއް ހައްޔަރުކޮށްގެން ގެންގުޅޭ ގުއަންޓަނަމޯ ބޭ ޖަލުވެސް ހަދާފައި ވަނީ ހަމަ މި ސާމާނުތައް ބޭނުންކޮށްގެނެވެ.
މިސްކިތް ފަރުމާ ކުރި އާޓިސްޓް މި ސާމާނުތައް ބޭނުންކޮށްފައި ވަނީ މި ދެންނެވި ތަންތަނަށް ބަލައިގެން ކަމުގައި ވާއިރު މުސްލިމުން ހުއްޓުވަން ބޭނުން ކުރާ ސާމާނުތައް ބޭނުންކޮށްގެން މިސްކިތެއް އަޅައިގެން އާޓިސްޓް ދޭން ބޭނުންވާ މެސެޖަކީ މުސްލިމުންނަކީ ސުލްހަ އަށް ލޯބި ކުރާ ބައެއް ކަމެވެ.
”ޕެރަޑައިސް ހޭސް މެނީ ގޭޓްސް“ ނުވަތަ ”ސުވަރުގޭގައި ބައިވަރު ދޮރާށިތައް ހުރޭ“ މި ނަމުގައި ހިންގާ ޕްރޮޖެކްޓެއްގެ ދަށުން އާޓިސްޓު އަޖްލަން ގަރެން ވަނީ މިފަދަ އިތުރު މިސްކިތްތައް ބިނާކުރަން ނިންމާފައެވެ.
މި މިސްކިތް މިހާރު ވަނީ ކެނަޑާގެ ވެންކޫވާ ވެނިއާ ޕާކަށް ގެންގޮސްފައެވެ. އެ ޕާކުގައި މިސްކިތް 2 އަހަރު ދުވަހުގެ މުއްދަތަށް ބަހައްޓަން ނިންމާފައި ވާއިރު އެތައް ބަޔަކު އެ މިސްކިތް ބަލައިލުމަށް ޕާކަށް ޒިޔާރަތް ކުރެއެވެ.
2 އަހަރަށް ފަހުގައި މިސްކިތް އަނެއްކާވެސް ސައުދީ އަށް ގެންނަން އޮތް ނަމަވެސް، އެހެން ގައުމަކަށްވެސް މިސްކިތް ފޮނުވުމުގެ ފުރުސަތު އޮތް ކަމަށް އަޖްލަން ވަނީ ބުނެފައެވެ.
މިފަދަ ރީތި އަދި މާނަފުން މެސެޖުތައް ރައްދުވާ މިސްކިތްތައް ދިވެހި ރާއްޖޭގައިވެސް ވަރަށް ފުރިހަމަ އަށް ބިނާ ކުރެވޭނެއެވެ.
ކަމްކު ނު ދޭ ނަމާ ދަށް ތިބޭ އިރު ބޭރު ފެންނަނަމަ ޚުޝޫޢަތް ތެރިކަން ކުޑަވާނެ ކަމަށްލަފާ ކުރެވެނީ ހަމައެކަނި ރީތި ވުމަކުން ނުފު ދޭނެ
ޙުކުރަށް ލަހުން ގޮސް ބޭރު މަގުމަތީ ހުންނަ އިރު ޙުޝޫއަތްތެރިކަން ކުޑަވާކަމަކަށް ލަފައެއް ނުކުރެވޭ ދޯ...މިކޮމެންޓް ސެކްސަންގައި ބޭކާރު ވާހަކަ ވަރަށް ގިނަ...
މޮލުކަމަކީ ހުރަހެއް ނެތި އަޅުކަން ކުރެވޭކަން
އަވަހަށް ރާއްޖެ ގެނެސް ލޮނުޒިޔާރަތްކޮޅުގައި ބައިންދާ
ކޮއްކޯ ބޭބެމެންގެ ރަށުގައިވެސް ހުރޭ ތިޔަކަހަލަ ބިއްލޫރިމިސްކިތެއް އަޅެނިކަން ބަލައިލާން އައިސްބަލަ ބޭބެމެންގެ ރަށަށް (ދިޔަމިގިއްޔަށް)