މާތް ﷲ ވަނީ އިންސީންގެ އިތުރަށް އެތަށް ސަތޭކަ ދިރޭތަކެއްޗެއް އުފައްދަވާފައެވެ. އޭގެ ތެރޭގައި ޖިންނި ސައިތާނުންވެސް ހިމެނެއެވެ. ބައެއް ފަހަރު ޖިންނި ސައިތާނުންގެ ފަރާތުން އިންސީންނަށް ބައެއް ކަހަލަ ގޯނާތަށް ވެއެވެ. ނަމަވެސް ގިނަ ފަހަރަށް އެފަދަ ގޯނާތަށް ވަނީ އިންސީންގެ ވެސް އިހުމާލުންނެވެ. އަދި ޖިންނިއެއް ތިމާއާއި އަވަލަވައިފިނަމަ ބައެއް ކަލަހަ އަލާމާތްތަށް ފެންނާނެއެވެ. ހަމަ އެފަދައިން ރޫހާނީ ކަމެއްގެ ސަބަބުން ތިމާއަށް ދަރިން ނުލިބެނީނަމަ ނުވަތަ ބައިގެންދަނީ ނަމަ ފެންނާނެ ބައެއް އަލާމާތްތަށް ވެއެވެ.

އަންހެން މީހާގެ ފަރާތުން ފެންނާނެ ބައެއް އަލާމާތް:

- ބަނޑުގެ ތަންތަން ކޮޅު ހަރުވެފައި ހުރުން
- މައިބަދައިގައި ގަދަޔަށް ރިއްސުން
- ކުރިމަތި ފަރާތުން ދިލަގެނުން
- ކުރިމަތި ފަރާތް އައްސިވާގޮތްވުން
- ޖިމާއުވުމަށް ފޫހިވުން
- ދުވަހުގެ އެކި ވަގުތު ތަކުގައި ގަދަޔަށް ބޮލުގައި ރިއްސުން
- ބަނޑުތެރޭގައި އެއްޗެއް ދުވާ ކަމުގެ އިހުސާސް ކުރެވުން
- އުނަގަނޑުގެ ތިރީގައި ގަދައަށް ރިއްސުން
- ސިއްހީ މައްސަލައެއް ނެތި އޯވަރީގައި ސިސްޓް އިފެދުން
- ކުރިމަތި ފަރާތް ހިރުވުން

ފިރިހެން މީހާގެ ފަރާތުން ފެންނާނެ އަލާމާތްތަށް:

- ބޮލުގައި އާދަޔާއި ހިލާފަށް ރިހުން
- ކުރިމަތިފަރާތް އައްސުވުން، ހާއްސަކޮށް ޖިމާއުވާން އުޅޭ ވަގުތުގައި
- ކުރިމަތިފަރާތުން ދިލަނެގުމާއި ގުނަވަނުގެ ހޫނު ގަދަވުން، ނުވަތަ އެފަދަ އިހުސާސެއް ކުރެވުން
- ސިއްހީ މައްސަލައެއް ނެތި މަނި ބޭރުވުމުގެ ޕްރެޝަރު ދައްވުން
- މޭފިތޭގޮތް ވުން
- ޖިމާއުވާން ފޫހިވުން

ރޫހާނީ ކަންކަމާއި ރޫހާނީ ބަލިތައް ޖެހުމަކީ ކޮންމެ މީހަކަށްވެސް ދިމާވެދާނެ ކަމެކެވެ. އިސްވެ ބަޔާންކުރެވުނު އަލާމާތް ތަކުގެ ތެރެއިން އަލާމާތެއް ފެންނަނީ ނަމަ، ލަސްނުކޮށް ރުޤްޔާ ކުރުން މުހިންމެވެ. އެހެނީ ރުޤްޔާއަކީ ރޫހާނީ ކަންކަމަށް އޮތް ފަރުވާއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޢަލިބެ

  ލޮލް. ކާކު ގަބޫލު ކުރާނީ މިކަހަލަ ކޮސް ވާހަކަ؟

  11
  101
 2. ޔާނީ

  ޖިންނި އެއީ އުޅޭ އެއްޗެއް ނޫން. މޮޔަ ނުގޮވާ.

  11
  91
  • ޛޖ

   ކަލޭތީ މުސްލިމެއްތަ؟

   14
   2
  • ޙައިރާނޭ

   ޔާނީ ތީ ކާފަރު ޖިންނިއެއް ނޫންތަ؟ ކަލެއަށް ޤުރުއާން ދޮގުކުރެވޭތަ؟ ހޭބަލި ނުވެބަލަ ތިގޮލާ.?

 3. ބާރީ

  މީ ހަމަ މީހުން ވާވައްދައިގެން އަތުން ފައިން މަސައްކަތްނުކޮށް ކައިގެން ބޮއިގެން ލައިގެން އުޅެން ވެގެން ދައްކާ ފްލޯކު ވާހަކަ. ﷲ ގެ އެންގެވުމަށް އިންސާނާ ބިން ތައުމީރުކޮށް އިލްމީގޮތުން ކުރި ހޯދައި އިސްލާމީ ހަޟާރަތް ބިނާ މި ކުރަނީ ތި ކަހަލަ ކަނޑުކޮހުންނަށް މި މާތް ހަޟާރަތުން ޖާގަ ދޭކަށް ނޫން. ގޭގަ މަޑުން އޮވޭ ކޮސް ނުގޮވާ މޮޔަ ނުގޮވާ.

  9
  42
 4. ހުސެން

  ރޫހާނީ ބަލިޢޭ؟ މޮޔަގޮވަން ވީ ނު.

  8
  37
 5. ާާަާދިޔާނާ

  ސިސްޓު އުފެދޭކަށް މެޑިކަލް މައްސަލަ ޖެހޭކަށް ނުޖެހޭ

  1
  3
 6. މުހުސިން

  ޕަކާސް. ރޫހާނީ ބައްޔޯ.