ފޮޓޯއިން ތިޔަ ފެންނަނީ ނައިޖީރިއާ އަށް ނިސްބަތްވާ ފުލުސް އޮފިސަރެކެވެ. މި ފުލުސް އޮފިސަރު ވަނީ އޭނާ ދުނިޔޭގައި ހުރިހައި ހިނދަކު އޭނާ އަށް ލިބޭ ފައިސާ އިސްލާމް ދީނަށް ޙަރަދުކުރަން ވައުދުވެފައެވެ.

”އަހަރެން ދުނިޔޭގައި ހުރިހައި ހިނދަކު އަހަންނަށް ލިބޭ ފައިސާ ޙަރަދު ކުރާނީ އިސްލާމް ދީނަށް. އަދި އިސްލާމް ދީން ފެތުރުމާއި ދީން ވަރުގަދަ ކުރުމުގެ މަސައްކަތް އަހަންނަށް ވީ ވަރަކުން ކުރާނަން. އިންޝާﷲ“

މީޑިއާ ރިޕޯޓުތައް ބުނާގޮތުން އާއްމުގޮތެއްގައި ނައިޖީރިއާގެ ފުލުހުންދެކެ އާއްމުން ވަރަށް ރުޅި އާދެއެވެ. ނަމަވެސް މި ފުލުސް އޮފިސަރު އިސްލާމް ދީނަށް ޙަރަދުކުރާވަރުން ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމް އޭނާ އަށް އަންނަނީ ލިބެމުންނެވެ.

އޭނާ މިހާރު މިސްކިތެއް ބިނާކޮށްފައި ވާއިރު އެ މިސްކިތުގައި ވަނީ ވުލޫ ކުރަންވެސް ވަކިން ޙާއްސަ ބައެއް ހަދާފައެވެ. އާއްމު ގޮތެއްގައި ނައިޖީރިއާގެ މިސްކިތްތަކުގައި ވުލޫކުރާ ތަންތަނެއް ނުހުރެއެވެ. އެހެންކަމުން އޭނާ އެޅި މިސްކިތް ޙާއްސަވެގެން ދެއެވެ.

ދުނިޔެމަތީގައި މިސްކިތެއް އެޅުމަކީ މަރުވުމަށް ފަހުގައިވެސް އޭގެ ސަވާބު މީހާ އަށް ލިބިލިބި ހުންނާނެއެވެ. އަދި ސުވަރުގޭގައި އެމީހަކަށް ބޮޑު ގަނޑުވަރެއްވެސް ބިނާ ކުރެވިގެންދާނެއެވެ.

އެހެންކަމުން ތަނަވަސްކަން ލިބިގެންވާ ކޮންމެ މީހަކުވެސް މިސްކިތެއް ބިނާ ކުރުމަކީ ވަރަށް ބުއްދިވެރި ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކުކުޅު ކޮށްޓައް އެރި ފުރޭތަ

    ދިވެހި ބޭފުޅެއް ކަމަށް އަޅުގަނޑު ހީކުރީ.

    36
    • ޛަހަހއ

      އަސްލުވެސް ވަރަށް ވަތަރު ވަކިން ހައްސަ ކޮއް ޔުނިފޯރމް

      24
    • ކިޔާ

      ފުރޭތަވެސް މިހާރު ވަގުތު ނޫހުގެ ހަބަރުތައް ކިޔާ ކޮމެންޓުވެސް ކުރަން ފެށީ ދޯ..

      15
  2. ޔާ ﷲ

    ހޫނު މަރުޙަބާ ތި ހިއްވަރުގަދަ ޒުވާނާއައް...އިސްލާމް ދީން ވަރުގަދަ ކުރަން އުޅެންޏާ ﷲގެ ރުހުން ލިބޭނެ.. އެކަމުގެ ނަތީޖާ ތިއެޅި މިސްކިތުން ޞަވާބާއި ދަރުމަ މަރުވުމައް ފަހު ވެސް ލިބޭނެ...

    106
    2
  3. ކިޔާ

    ސާބަހޭ އޮފިސަރ.!!މިއީ ހަރުދަނާ ބުއްދިވެރި ޒުވާނެއް..ތިމަސައްކަތުގަ މާތްﷲ ބަރަކާތް ލައްވާށި..

    32