މުދަލު ޒަކާތަށް އިހުމާލުވުމަކީ، ދުނިޔެއާއި، އާޚިރަތުގައި ތިބާގެ ހަލާކުކަމުގައި ވެދާނެ ކަމެއް ކަމަށާއި، އެކަމަކީ މުދަލުގެ ބަރަކާތް ނެތި، އެމުދަލަކީ ވަބާއެއްކަމުގައި ވެދާނެކަމެއް ކަމަށް ހުތުބާގައި ވިދާޅުވެއްޖެއެވެ.

"އިސްލާމް ދީނުގައި ޒަކާތުގެ މަންޒިލާއި މަގާމު" މި މައުޟޫއަށް މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުތުބާގައި ވިދާޅުވެވެފައި ވަނީ، އިސްލާމް ދީނުގެ ފަސް ރުކުނުގެ ތެރެއިން، އިތުރު އިސްލާމްކަމެއް ދީ އިސްލަމް ދީނުގައި ބިނާ އާރާސްތު ކުރުމުގައި ބޭނުންވަނީ ޒަކާތަށް އިސްަކަން ދިނުން ކަމަށެވެ. އަދި ޒަކާތުގެ މުހިންމުކަމާއި އޭގެ މަންޒިލާއި މަގާމް ދެނެގަނެ، މުޖުތަމައުއަށްވެސް އޭގެ މުހިންމުކަން އޮތްކަން ހެޔޮހިތުން ގަބުލުކޮށް، އެކަމަށް އަމަލީ ސިފަ ގެންްނަން ޖެހޭ ކަމަށެވެ.

ހުތުބާގައި ވިދާޅުވެފައި ވަނީ، ޒަކަތާއި ގުޅިފައި ވަނީ މުދަލާއި ކަމަށާއި، މުދަލަކީ އެ އެއްޗެއް މައްޗަށް ނުހުނު ލޯބި ޖެހިފައިވާ އެއްޗެއް ކަަމަށެވެ.

"މުދަލަކީ ޒީނަތެކެވެ. ބައެއް ފަހަރު ނުރައްކާތެރި ފިތުނައެކެވެ. ބޮޑުވެގެންވާ އިމްތިހާނެކެވެ. ހެޔޮގޮތުގައި އޭގެ ބޭނުންހިފައި، ޒަކާތް ނެރެ، އޭގެން ސަދަގާތްދީ ހަދާނަމަ، ސުވަރުގެ ވަނުމަށް އޮތް ސަބަބުްވެސް މެއެވެ". ހުތުބާގައި ވެއެވެ.

ހުތުބާގައި އިތުރަށް ވަނީ، މުދަލަށާއި، ގިނަގުނަ ރިޒްޤަށް ޝުކުރުވެރިވުމަށްޓަކައި، މުދަލުގެ ޒަކާތް، ފަސްނުކޮށް ނެރުއްވުމަށް ނަސޭހަތްތެރިވެފައެވެ. އަދި ޒަކާތަކީ މުދަލަށް ތާހިރުކަމާއި، އިތުރުވުމާއި، ގެނުވައިދޭ އަޅުކަމެއް ކަމަށްވެސް ވެއެވެ.

"އުނިކަމާއި، ފަސާދައިން، މުދާ ރައްކާތެރިކޮށް، ސަލާމަތް ކޮށްދޭ ޢަމަލެކެވެ. ފަހެ ތަނަވަސްކަން ލިބިފައިވާ މީހުންގެ މުދަލުގައި، އޭގެ ޙައްޤުވެރިންނަށްޓަކައި ﷲ ލެއްވެވީ ނުހަނު ކުޑަކުޑަ މިންވަރެކެވެ. އެއީ ސާޅީސް ބައިކުޅަ އެއްބައެވެ. އެމިންވަރާމެދު ދަހިވެތިކަން ފާޅުނުކުރާށެވެ! އެމިންވަރު ނެރުން ފަސްނުކުރާށެވެ! ފަހެ، ހަމަކަށަވަރުން، މުދަލު ޒަކާތަށް އިހުމާލުވުމަކީ، ދުނިޔެއާއި، އާޚިރަތުގައި ތިބާގެ ހަލާކުކަމުގައި ވެދާނެއެވެ. މުދަލުގެ ބަރަކާތް ނެތި، އެމުދަލަކީ ވަބާއެއްކަމުގައި ވެދާނެއެވެ". ހުތުބާގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކިނބޫ

    ކަން އޮތީ ތިހެން. އެހެނެއްކަމަކު ތީ ބަޖެޓް އަވަދިވެއްޖެކަމުގެ ރަނގަބީލެއް ނޫންބާ! ހަމަ ގައިމުވެސް އިސްލާމްދަިނުގަ އަންގަވާފަ އޮތް ކަމަކަށް ވެގެން ތިކަން ކުރާކަށް ބާރު އަޅާނެ ބަޔަކު ބާރުތަކަކު ނެތް. ދީނުގެ ހުކުމްތަކާމެދު ސުވާލު އުފައްދާ އިންކާރުކުރާ ބައެްްވީމަ އަހާލެވުނީ. ސޮރީ.

  2. ދަވްތޫރް އަބުދުލް އަޒީޒް

    މުދަލު ޒަކާތަށް އިހުމާލުވުމަކީ، ދުނިޔެއާއި، އާޚިރަތުގައި ތިބާގެ ހަލާކުކަމުގައި ވެދާނެ ރަގަޅު އެކަމަކު މިވެރިން މިއުޅެނީ ރައްޔަތުން އަޅުވެތިކޮއް އެންމެ ނިކަމެތި މީހާ އަތުންވެސް ޖިޒީނަގައިގެން އިސްލާމް ދީނުގައި މިގޮތައް 6% ޖީއެސްޓީ ގެ ނަމުގައި ޖިޒީނެގިދަނެތޯ މީވަރައް ބޮޑުސުވާލެއް މީހާ ނުކައި ނުބޮއި ހުއްޓަސް މި 6% ޖިޒީ ނަގާ ކައްވަޅައްދަންދެން ކަފުނަށާ ސަންދޯކައްވެސް ޖިޒީ ދައްކަން ޖެހޭ މީ ދީނުގަ އޮއްކަމެއްތޯ ނޫނީ ނެއްކަމެއްތޯ އަމިއްލަޔަށް ހަދައިގެން ރައްޔަތުން އަތުން އަތުލަނީ މީކޮންކަހަލަ ކަމެއްތޯ