އައްދުރަރުލް ކާމިނާގައި މިފޮތުގައި (4/153) އިމާމު އިބުނު ޙަޖަރު ރަޙިމަހުﷲ ބަޔާންކުރައްވާފައިވެއެވެ.

"މޮންގޯލުގެ (ތަތާރުންގެ) ބޮޑުންގެ ބަޔަކު ނަޞާރާ ދީނަށް ވަނުމުގެ އުފަލުގައި ވަރަށް ގިނަ މޮންގޯލުންނަށް ބޭއްވުނު ޙަފުލާއަކަށް، ބޮޑެތި ނަޞާރާއިންގެ ޖަމާޢަތެއް ދިޔައެވެ. ދެން މިތަނުން އެކަކު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބަދުބަސް ބުނަން ފަށައިފިއެވެ.

އެހިނދު އެތަނުގައި އައްސާފައި އޮތް ޝިކާރަކުރާ ކުއްތާއެއް ވިއެވެ. ދެން މީނާ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެއްޗެހި ކިޔަން ފަށައި އޭގެ މައްޗަށް ބަސްތައް ގިނަކުރަން ފެށުމުން އޭނާއާ ދިމާއަށް ފުންމައިގަނެ، ވަރަށް ގަދަޔަށް ވަކިއަޅަން ފަށައިފިއެވެ. އެތަނުގައި ތިބި މީހުން ވަރަށް މަސައްކަތުން އެކުއްތާ އޭނާގެ ގައިން ވަކިކޮށްފިއެވެ.

އަދި އެތަނުގައި ތިބި ޙާޒިރުވެތިބި ބައެއްމީހުން ބުންޏެވެ. "ތިހެން ތިކަންތައް ތިވީ ކަލޭ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބުނި ބަސްތަކުގެ ސަބަބުންނެވެ."

އެހިނދު ޞަލީބީ ކަލޭގެ ބުންޏެވެ. "ނޫނެކެވެ. އެހެންވެއެއް ނޫނެވެ. މިކުއްތާ އަމިއްލަނަފުސަށް ފޮނިބޮޑީއެވެ. އަހަރެންގެ އަތްހަރަކާތްކުރާތަން ފެނުމުން އޭގެ ގައިގައި ޖަހަން އުޅެނީކަމަށް އެޔަށް ހީވީއެވެ."

އަނެއްކާވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބަދުބަސްބުނަން ފަށައިފިއެވެ. (އަދި އެއްޗެހިކިޔުމުގައި އެކަލޭގެފާނުގެ ޢަބުރުފުޅާވެސް ބެހެންފެށިއެވެ.)

އެހިނދު (ވައްވައް ޖަހަމުން ދިޔަ ތެޅެމުންދިޔަ) ކުއްތާގެ ވާގަނޑު ކެނޑުމާއެކު ކުއްލިޔަކަށް ކުއްތާ ޞަލީބީގެ ކަރާދިމާޔަށް ފުންމައިގެން އަރާ ނޭވާހޮޅީގައި(ކަރުގެ ތިރީގައި) ދަތްއަޅައި އެތަން ކަނޑައިލިއެވެ. ހަމަވަޤުތުން ޞަލީބީމީހާ މަރުވެއްޖެއެވެ.
އެވަޤުތު މިތަން ފެނުނު ސާޅީސްހާސް މޮންގޯލުން ވަޤުތުން އިސްލާމްވިއެވެ.” އިމާމު އިބުނު ޙަޖަރު ރަޙިމަހުﷲގެ ބަސްކޮޅު ނިމުނީ.

މަޞްދަރު: އައްދުރަރު އަލްކާމިނާ ފީ އަޢުޔާނިލް މިއަތިއް ޘާމިނާ މި ފޮތުން ތަރުޖަމާކުރެވިފައި.
(الدرر الكامنة في أعيان المائة الثامنة
مجلس دائرة المعارف العثمانية – صيدر اباد/ الهند
الطبعة: الثانية، 1392هـ/ 1972م) (މަކްތަބަތުއް ޝާމިލާ)

މި ވާހަކަ މުޢުޖަމުއް ޝުޔޫޚްގައި އިމާމު ޛަހަބީ ރަޙިމަހުﷲވެސް ބަޔާންކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އައިސީ

    ﷲ އަކްބަރު ! ﷲ އަކްބަރް ! ﷲ އަކްބަރު! އަހުރެން އެޒަމާނުގައި ވީނަމަ އެ ނަބީކަލޭގެފާނުގެ ހަށިފާރަވެރިއެއްގެ ގޮތުގައި މުޅި އުމުރު ހޭދަކޮށްލާނަން. އިންޝާ ﷲ! އަހުރެން އެ ނަބިއްޔާގެ މަށްޗަށް ސަލަވާތް ކިޔަވަން.

    149
    2
  2. ހުދުހުދު

    ތިޔަ ކުއްތާގަ ހުރިވަރުގެވެސް އީމާންތެރިކަމެއް މިސަރުކާތުގެ ވެރިންގެ ކިބައިގައިނެތް.

    128
    3
    • އޭނާރކީ

      ކަލޭ ގަޔަކުވެސް ނެތް

      7
      87
    • ދދދދދދ

      ކުއްތާއަކަށްވުރެ ނިކަމެތި ބައަކަށް ވާނީ އެހާވަރު.

      70
      2
  3. ގގގގގގގ

    ﷲ އަކްބަރު ޢާލަމްތަކުގެ ވެރި ރަސްކަލާނގެ އައް ޚަމްދު ހުރި

    70
  4. ޑީޑީ ޖޖޖޖ

    ކީކޭ ދެން ބުނާނީ ދޯ.

    3
    24
  5. ކިއުންތެރިއާ

    ތިމާ ދުނިޔެއަށް އައި ގޮތާއި މެދު ނުވިސްނޭ މީހުން އުޅޭނީ އެހެން

  6. އިނގެރޭސިޕާސްޕޯޓު

    ބިތިބައުޅޭ މުރުތައްދު ރިޕޯޓް ނެރުނު މީހުން ބުނޭ، ބަހެއް ބުނާއިރަށް ހަރުކައްޓޭ ހައްދުފަހަނަޅައި ގޮސްފައިވާ މީހުންނޭ، ވިސްނަވާށެވެ އެކުއްތާ ވެސް އޭގެ ހިތަށް ކެތްނުކުރެވިގެން އެދިޔައީ އެކަމަކު މިހާރުން މިހާރަށް މުރުތައްދު ވާހަކަތައް ފަތުރާ މީހުންނަށް ކުއްތާއެއް އެޓޭކް ނުކިރިޔަސް އެފަދަ ކަމެއް ހަމަވެދާނެ އީމާންކ ވުމަކީ ހެޔޮގޮތެވެ.