އަންހެނާގެ އައުރައަކީ މޫނާއި ދެއަތްތިލަ ފިޔަވާ އެހެން ހުރިހާ ތަނެކެވެ. މިކަމާ ދެބަހެއް ނުވެވޭނެ ކަމަށް އިސްލާމީ ގިނަ އިލްމުވެރިން ވިދާޅުވެއެވެ. ނަމަވެސް ބުރުގާ އެޅުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ދެކޭ މީހުން އަޅުގަނޑުމެންގެ މުޖުތަމައުގައި ވަރަށް މަދެވެ. ބުރުގާ އަޅައިގެން އުޅެފައި އެ ބުރުގާ ނަގާ އަންހެނުންވެސް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އަދި ދީނުގައި ބުރުގާ އަޅަން އޮންނަ ގޮތް އެއްފަރާތްކޮށް ފެޝަނާއި އެއްގޮތަށް ބުރުގާ އަޅާ އަންހެނުން އިތުރުވާތީއެވެ. ބުރުގާ ނާޅާ އުޅޭ އަންހެނުންނަކީ އައުރަ ނިވާ ނުކޮށް އުޅޭ އަންހެނުންނެވެ. މިކަމަކީ އެކަމާއި މެދުގައި ދެބަސް ވެވޭނެ ކަމެއް ނޫނެވެ.

އެހެނަސް އެއާއި ވިދިގެން ދެން އުފެދޭ ސުވާލަކީ ބުރުގާ ނާޅާ އަންހެނާއަށް ސުވަރުގެ ވަދެވޭނެތޯއެވެ.

މުއުމިނު އަންހެނާ އޭނާގެ އައުރަ ނިވާކުރުމަކީ ވާޖިބެއްކަން ދީނުގެ ހުރިހާ ޢިލްމުވެރިން އިއްތިފާޤުވެލައްވައެވެ. މާތް ﷲ ވަޙީ ކުރައްވަނީ

( يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلابِيبِهِنَّ ذَلِكَ أَدْنَى أَن يُعْرَفْنَ فَلا يُؤْذَيْنَ ..... ) އަލްއަޙްޛާބު 59. މާނައީ:

" އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، މުއުމިނުންގެ އަންހެނުން، އެކަނބަލުންގެ ފޭރާންތަކުން (ޖިލްބާބުތަކުން) ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ. އެކަނބަލުންނަކީ މުއުމިނު ޢިއްފަތްތެރި އަންހެނުންކަން އެނގިގެންވުމަށާއި ފާސިޤުންގެ ކިބައިން އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާ ގާތްކަން ބޮޑެވެ."

މިގޮތުން މުއުމިނު އަންހެނާގެ މޫނާއި ދެ އަތްތިލަނޫން އެހެން ހުރިހާ ތަނެއް ނިވާކޮށް ފޮރުވުމަށް ހުރިހާ ޢިލްމުވެރިންވެސް އިއްތިފާޤުވެލައްވައެވެ. ހިޔާލުތަފާތު ވެފައިވަނީ މޫނު ނިވާކުރުމާމެދުގައެވެ. ބައެއް ޢިލްމުވެރިން މޫނު ނިވާކުރުން ވާޖިބު ކުރައްވާއިރު، ބައެއް ޢިލްމުވެރިން ވާޖިބެއްކަމަށް ދެކިވަޑައިނުގަންނަވައެވެ. އަދި ވާޖިބެއްކަމަށް ދެކިވަޑައިނުގަންނަވާ ޢިލްމުވެރިންވެސް ފިތުނަވެރި ޙާލަތްތަކުގައި މޫނު ނިވާ ކުރަންޖެހޭނެކަމަށް ވިދާޅުވެއެވެ.

ވީމާ، މުއުމިނު އަންހެނުންނަށް އޮތީ އެކަނބަލުންގެ ޢައުރަ ނިވާކޮށްގެން ތިބުމެވެ.

އަންހެނާގެ ޢައުރައަކީ ފޮރުންވަންޖެހޭ އެއްޗެއްކަން ޤަބޫލުކޮށް އެހެންނަމަވެސް ބުރުގާ ނާޅާ އަންހެންނާ މާތް ﷲ ގެ އިރާދަފުޅާ މިންވަރުފުޅުން ސުވަރުގެ ވަންނާނެއެވެ. އަދި އޭނާއަކީ ކާފަރެކޭ ނުބުނެވޭނެއެވެ. ހަމައެހެންމެ އޭނާއަކީ ނަރަކައިގައި އަބަދުގެ އަބަދަށް ދެމި އޮންނާނެ މީހެއްނޫނެވެ. އެހެންނަމަވެސް އެފަދަ މީހަކު އެވަނީ ވަރަށް ބޮޑު ނުރައްކަލެއްގައެވެ. ސަބަބަކީ އައުރަ ނިވާނުކުރުމަކީ ބޮޑެތިފާފަތަކުގެ ތެރެއިން ފާފައަކަށް ވާތީއެވެ. މާތް ﷲ އެމީހެއްގެ ފާފަ ނުފުއްސަވައިފިނަމަ ނަރައިކައިގެ ވޭންދެނިވި ޢަޛާބު އެމީހަކަށް ޙައްޤުވެގެންވުމާއި އަދި އެކަމުގެ ވަޢީދުގެ ބަސްފުޅުއައިސްފައިވާތީއެވެ.

ބުރުގާ އެޅުމަކީ (އައުރަނިވާކުރުމަކީ) ވާޖިބެއްކަމާމެދު އިންކާރުކޮށް ނުވަތަ އެއަށް ފުރައްސާރަކޮށް މަލާމާތް ކުރުމަކީ މުރުތައްދުވެ ދީނުންބޭރުވާނެ ކަމެކެވެ. އެއީ ދީނުގައި ކަނޑައެޅިގެން ބަޔާންވެގެންވާ ކަމަކަށް އެނގިހުރެ އިންކާރުކޮށް ނުވަތަ މަލާމާތްކުރުމަކީ އެމީހަކު ދީނުންބޭރުވެ ކާފަރު ވާނޭ ކަމެއްކަމަށްވާތީއެވެ. މިފަދަ މީހަކު މަރުވުމުގެ ކުރިން މާތް ﷲއަށް ތައުބާވެ އިސްތިޣްފާރުކުރަންޖެހޭނެއެވެ. އެހެންނޫނީ އެކަމުގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑެވެ.

ޖަވާބު: އެމްވީ އިސްލާމް ކިޔުއޭ

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ކަހުރަބު

    ނުވަދެވޭނެ

    40
    64
  2. ނަނަނަ

    އަންހެނުންނާ އަޅައިގަނެގެން ނެއްޓެން ނޭނގިގެން އަބަދު އުޅޭނީ.. 4 އަނބިން ހޯދޭނެ ގޮތަކާ ދޭތެރޭ އަބަދު ވިސްނާނީ.. ހަމަ ވަހުށީކަން ބޮޑީ..

    30
    108
    • އަންނި

      އަންހެނެއް މަވެސް މިއީ. ކިތަންމެ ހޫނުވެ ދާހިއްލިއަސް އިލާހީ ގާނޫނަށް ގޮންނުޖަހަންވެގެން ބުރުގާ އަޅައިގެން އުޅެނީ. ހޫނުވޭ އެކަމަކު ބުރުގާގެ ސަބަބުން ލިބޭ އެހެން ފަސޭހަތައް މާގިނަ. ބުރުގާ އާއި ނުބެހި އަގީދާ ވަރުގަދަ ކުރިއްޔާާ މާ ރަނގަޅު. ބުރުގާ އިން އެކަނި ސުވަރުގެ ނުވަދެވޭނެ. އަދި ބުނަން މަގޭ ފިރިމީހާ ދެވަނަ އަންބެއް ހޯދަން މަހިތެއް ނޭދޭ. އެކަމް ހަމަ ޔަގީނުންވެސް ދިވެހި ފިރިހެނުންހެން ހިލޭ އަންހެނުންގެ ފަހަތުން ދުވަންޏާ 2 އަދި 3 ވެސް މަ ހޯދަދޭނަން.

      31
      7
      • މަ

        ނުރައްކާ ބައްޔެއް އެރީމަށް ވުރެ ރަނގަޅު ކަައިވެނިނުކޮށް ދުވަހަކު ފިރިހެނަކާ ވައިނޭޅިހުންނަން

        4
        5
    • އައިޝާ

      ހެޔޮ ކަމެއް ހަނދާންކޮށް ދިނީމަ އުނދަގޫވެ ރުޅި ގަަދަަ ވަންޔާ އެއީ ތިމާގެ މައްސަލައެއް. އިސްލާހުވޭ. ހަގީގަތެއް ބަދަލެއް ނުވާނެ.

      45
      0
    • އައިޝާ

      ހެޔޮ ކަމެއް ހަނދާންކޮށް ދިނީމަ އުނދަގޫވެ ރުޅި ގަަދަަ ވަންޔ އެއީ ތިމާގެ މައްސަލައެއް. އިސްލާހުވޭ. ހަގީގަތެއް ބަދަލެއް ނުވާނެ.

      23
    • ހުވަދު

      ހަތަރު އަނބިންގެ ވާހަކައެއްނޫން އެއޮތީ ދައްކާފަ. ބުރުގާއާ ބެހޭގޮތުން. އޮރިޔާން ނިވާކުރުމާއި ބެހޭގޮތުން. ހެޔޮ ވިސްނުން ދެއްވާށި.

      41
      1
      • ބަނަސް

        އަންހެނާގެ ބޮލުގެ ފުއްކިބަޔަކީ އޮރިޔާންތަ

        2
        3
    • ޗޯރޭ

      ދެން ފިރިހެނުންނާ ތަ ފިރިހެނުން އިންނަންވީ.. 4 އަނބިންވެސް ފިރިހެނުންނަށް ހުއްދަކުރައްވާފައިވަނީވެސް ކަމަކުދޯ؟ ނޫންނަމަ 4 ފިރިންއެއްނުންދޯ ހުއްދަކުރައްވާނީ؟ ވަހުށީ ވާގޮތަށް ބުރުގާ ވެސް ނަމެއްގަޅައިގެން ހުރިހާ ސާމާނެއް ސޭލް އަޅުވައިގެން އުޅެންޏާ ބަލަންވެސް ބަލާނެ. އަދި ފިރިހެނުން ކީއްކުރަން އަންހެނުންވެސް ވަހުށީވާނެ. ތިކަހަލަ ކަޓު ވިސްނުންދޫކޮށްލަބަ..

      27
      1
    • ހަހަހާ

      ކޮބާ މީގަ އަންހެނުންނާއި އަޅާގެން ނެއްޓެން ނޭގިފަ؟ ހެޔޮގޮތުގަ ނޫޅެވުނަސް ތި ފެމިނިޒަމް ކާޑު ކުޅެން ނޫޅެބަ، ވަހުޝީ ވާތީ ދޯ ގުނަވަންތައް ވަންހަނާ ކުރާނެގޮތެއް ހޯދާ އެގޮތައް ނޫޅެވިގެން ދުވާނީ. ފާހިޝް ގޮތުގައި އުޅެފަ އަދި ހެޔޮނުބައި ވިސްނާދޭ މީހުނާ ގެޅެންވެސް ވޭ!

      22
      3
    • ޢަލީ

      ތިކަހަލަމީހުން އެއްޖިންސުގެމީހުންނާއި ކައިވެނިކުރަނީ، ރުހުމުގައި 4ވަނަ އަނބިއަކަށްވެސް ވެވޭނީ!

      10
      1
  3. Anonymous

    އަޅަންވީ ބުރުގާއެއް ނޫނެވެ. އަޅަންވީ މޫނުބުރުގާއެވެ. މޫނުބުރުގާ އެޅުމަކީ ބުރުގާ އެޅުމަށްވުރެ ރަނގަޅު ކަމެކެވެ.

    24
    5
  4. މީ

    ރަސޫލާގެ ހަދީޘްގަ އޮވޭ ފޭރާން ލައިގެން އޮރިޔާމުން އުޅޭ އަންހެނާއަށް ސުވަރުގޭގެ ވަސް ވެސް ނުދުވާނޭ

    111
    7
    • ކޮސް

      އެވައްތަރު ކިތައް ހަދީސު އޮވޭ އެއާ އިދިކޮޅަށް ވެސް؟

      2
      25
  5. ކުރަނޑި

    ބުރުގާ އަޅައިފިނަމަ ކޮންމެ އަންހެނަކަށް ވެސް ސުވަރުގެ ވަދެވޭނެތަ؟

    4
    8
  6. ފިކުރު

    ކީރިތި ޤުރުއާންގެ އެންމެ އާޔަތަކަށް އިންކާރުކޮށް ދެކޮޅު ހެދުމަކީ މުޅި ޤުރުއާން ދޮގު ކުރުން ފަދަ ކަމެއް. ކަމުގެ ސީރިއަސްކަން ނޭނގެނީ އެކަން ބަލާ ހޯދަން ނޫޅޭތީ، އެއީ އެމީހާގެ ކަންނެތްކަމުން ނޫނީ ބޮޑާ ކަމާއި ކިބުރުވެރިކަމުން ނޫނީ އެއަށްވުރެ ނުބައިނަމަ ޖާހިލުކަމުން. ޤުރުއާނުގައި އެވާ ކޮންމެ ކަމެއް މާތް ﷲ ވަޙީ ކުރައްވާފައި އެވަނީ އެކަންތައް ބަލާ ހޯދާ އެއަށް ފުރިހަމައަށް ކިޔަމަންވުމަށް. އެއީ އަމަލީ، އިލްމީ، ހިކްމަތް އަދި ދިރިއުޅުމުގެ ކަމަކަށްވިޔަސްމެ.

    26
    1
  7. ކިއުންތެރިއެއް

    ތިޔަޢީ ޢާލަމީ ބަހުސަކަށް ހަދަންވެއްޖެ ކަމެއް!

    4
    1
  8. ކުރަނޑިފަތި

    ތުނބުޅި ބާލާފަ ތިބޭ މީހުނައް ސުވަރުގެ ވަދެވޭނެތަ....

    10
    3
  9. ރާއިލް

    މައުޟޫއުގައިވާ ވާހަކަޔާ ނުވެސް ގުޅޭ އަދި މުޅިން އެހެން މިސްރާބަކަށް އަނބުރާލާ ކޮމެންޓް ކުރާ މީހާގެ ވިސްނުން މިހާރު އެނގިއްޖެއްނު! ދީނުގެ ކަންކަމުގެ ތެރެއަށް މަލާމާތާ ފުރައްސާކުރަން ފެށޭނީ އެކަހަލަ ގޮތަކަށް. އެހާލަތުގައި ވަނިކޮށް މަރާ ބައްދަލުކުރަން އެކަކުވެސް އެދޭނެބާ!

    15
  10. އަލީ

    މުއުމިން އަންހެތަކުންގެ މައްޗަށް ވާޖިބެއްކަމުގަ އޮންނަނީ. މުއުމިނުންނަކީ ހަމަޔަގީނުންވެސް ސުވަރުގެވަންތަވެރިން. މުއުމިން އަންހެންތަކުންގެ ސިފަތައް މާތްނަބިއްޔާ ބަޔާންކޮށްދެއްވާފައިވޭ. ކޮންމެ މުސްކިމަކީ މުއުމިނެއްނޫން.

    16
  11. ކިއުންތެރިއެއް

    ތިޔައީ އާލަމީ ބަހުސަކަށް ހަދަންވެއްޖެ މައްސަލައެއްކަމަށް ފެނޭ

    3
    1
  12. މ

    މައުމޫނު ޤިޔާމަތްދުވަހުން އަންހެނުން ސަލާމަތް ކުރަންދާނެބާ؟

    8
    6
  13. ެއަސްލު

    މާނަ އޮޅުވާލަނީ ބަދަލުނުކުރެވޭނެތީ އެބުރެކެޓް ތަކުގައި ވާ ވާހަކަ ތަކަކީ މާނައެނޫ އެއީ ޖަބާރު ބަޔަކު ލިޔާ އެމީހުނަ ފެންނަ އެމީހުން ދެކޭގޮތް މިކަން ކުރާ މީހުންނަ ސީދާ ނަރަކަ......

    5
    1
  14. ށސަ

    ސަހީހް މުސްލިމް 2128 ވެސް ބައްލަވާ

  15. އިސްލާމް

    އިސްލާމް ދީނާ ވަހާބީ ދީނާ ތަފާތު. އިސްލާމުންގެ ގުރުއާނުގައި އައުރައަކީ ދެއަތްތިލަޔާ މޫނާކަމަށް ވަހީކޮށްފަ އޮންނަ ބަސްފުޅެއް ނޯވޭ. އެގޮތަށް އޮތް އާޔަތެއް ގުރުއަނުގައި ނޯންނާނެ. ތަފްސީރުގައި ވައްހާބީން އެހެން ލިޔެ އުޅޭ އޮޅުވާލުމަށްޓަކައި. އައުރަ ނަގާފައި އޮންނަނީ ލޮއިފް ހަދީސްތަކުން. އަރަބީ ސަގާފަތުން. އަރަބި އަންހެނުން އަދި ފިރިހެނުންވެސް ބުރުގާ އަޅާ. ފިރިހެނުން އަޅާ ބުރުގާއަށް ކިޔަނީ ފަގުޑި.

    5
    9
    • ހަސަން

      ހެޔޮކަނަކަމަށް އަމުރުކޮށް ނުބައިކަންކަން މަނާކުރުމަކީ ވައްހާބީވުންކަމަށްވާނަމަ މަކީ 100% ވައްހާބީއެއް!

      10
  16. އެކަމަކުވާ

    ސުވަރުގެ ވަންނާނެ މީހުންނާއި ނުވަންނާނެ މީހުން ނިންމެވުމަކީ ހަމައެކަނި މާތްﷲ އަށް ޙައްޤެއް. އެކަމާމެދު އަހަރެމެނަށް ޖަދަލުކޮށް ވާހަކަ ދައްކައެއް ނުހެދޭނެ. އެހެނަސް ސުވަރުގެ ލިބުމަށް އެދި ކޮންމެ މީހަކަށްމެ ކުރެވިދާނެ ކަންކަން ބުނެދީ ނަސޭޙަތްތެރިވުމަކީ އެހެން މުސްލިމުންނަށް އަހަރެމެން އަދާކޮށްދޭންޖެހޭ ޙައްޤެއް. ސޯ ޕްލީސް ޑޯންޓް ޓޭކް ގޯޑްސް ރައިޓް އިންޓު ޔޯ ހޭންޑް އެންޑް ސްޕީކް އަބައުޓް އިޓް. މޭ ﷲ އެކްސެޕްޓް އަވަރ ގުޑް ޑީޑްސް އެންޑް ފޮގިވް އަވަރ ސިންސް.

  17. އަހަންމަދު

    މިކަމުގައި މައުމޫނުގެ ބަހެެއް ހޯދާނުލީ ކީއްވެތޯ؟