އަންހެނާގެ އައުރައަކީ މޫނާއި ދެއަތްތިލަ ފިޔަވާ އެހެން ހުރިހާ ތަނެކެވެ. މިކަމާ ދެބަހެއް ނުވެވޭނެ ކަމަށް އިސްލާމީ ގިނަ އިލްމުވެރިން ވިދާޅުވެއެވެ. ނަމަވެސް ބުރުގާ އެޅުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ދެކޭ މީހުން އަޅުގަނޑުމެންގެ މުޖުތަމައުގައި ވަރަށް މަދެވެ. ބުރުގާ އަޅައިގެން އުޅެފައި އެ ބުރުގާ ނަގާ އަންހެނުންވެސް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އަދި ދީނުގައި ބުރުގާ އަޅަން އޮންނަ ގޮތް އެއްފަރާތްކޮށް ފެޝަނާއި އެއްގޮތަށް ބުރުގާ އަޅާ އަންހެނުން އިތުރުވާތީއެވެ. ބުރުގާ ނާޅާ އުޅޭ އަންހެނުންނަކީ އައުރަ ނިވާ ނުކޮށް އުޅޭ އަންހެނުންނެވެ. މިކަމަކީ އެކަމާއި މެދުގައި ދެބަސް ވެވޭނެ ކަމެއް ނޫނެވެ.

އެހެނަސް އެއާއި ވިދިގެން ދެން އުފެދޭ ސުވާލަކީ ބުރުގާ ނާޅާ އަންހެނާއަށް ސުވަރުގެ ވަދެވޭނެތޯއެވެ.

މުއުމިނު އަންހެނާ އޭނާގެ އައުރަ ނިވާކުރުމަކީ ވާޖިބެއްކަން ދީނުގެ ހުރިހާ ޢިލްމުވެރިން އިއްތިފާޤުވެލައްވައެވެ. މާތް ﷲ ވަޙީ ކުރައްވަނީ

( يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلابِيبِهِنَّ ذَلِكَ أَدْنَى أَن يُعْرَفْنَ فَلا يُؤْذَيْنَ ..... ) އަލްއަޙްޛާބު 59. މާނައީ:

" އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، މުއުމިނުންގެ އަންހެނުން، އެކަނބަލުންގެ ފޭރާންތަކުން (ޖިލްބާބުތަކުން) ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ. އެކަނބަލުންނަކީ މުއުމިނު ޢިއްފަތްތެރި އަންހެނުންކަން އެނގިގެންވުމަށާއި ފާސިޤުންގެ ކިބައިން އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާ ގާތްކަން ބޮޑެވެ."

މިގޮތުން މުއުމިނު އަންހެނާގެ މޫނާއި ދެ އަތްތިލަނޫން އެހެން ހުރިހާ ތަނެއް ނިވާކޮށް ފޮރުވުމަށް ހުރިހާ ޢިލްމުވެރިންވެސް އިއްތިފާޤުވެލައްވައެވެ. ހިޔާލުތަފާތު ވެފައިވަނީ މޫނު ނިވާކުރުމާމެދުގައެވެ. ބައެއް ޢިލްމުވެރިން މޫނު ނިވާކުރުން ވާޖިބު ކުރައްވާއިރު، ބައެއް ޢިލްމުވެރިން ވާޖިބެއްކަމަށް ދެކިވަޑައިނުގަންނަވައެވެ. އަދި ވާޖިބެއްކަމަށް ދެކިވަޑައިނުގަންނަވާ ޢިލްމުވެރިންވެސް ފިތުނަވެރި ޙާލަތްތަކުގައި މޫނު ނިވާ ކުރަންޖެހޭނެކަމަށް ވިދާޅުވެއެވެ.

ވީމާ، މުއުމިނު އަންހެނުންނަށް އޮތީ އެކަނބަލުންގެ ޢައުރަ ނިވާކޮށްގެން ތިބުމެވެ.

އަންހެނާގެ ޢައުރައަކީ ފޮރުންވަންޖެހޭ އެއްޗެއްކަން ޤަބޫލުކޮށް އެހެންނަމަވެސް ބުރުގާ ނާޅާ އަންހެންނާ މާތް ﷲ ގެ އިރާދަފުޅާ މިންވަރުފުޅުން ސުވަރުގެ ވަންނާނެއެވެ. އަދި އޭނާއަކީ ކާފަރެކޭ ނުބުނެވޭނެއެވެ. ހަމައެހެންމެ އޭނާއަކީ ނަރަކައިގައި އަބަދުގެ އަބަދަށް ދެމި އޮންނާނެ މީހެއްނޫނެވެ. އެހެންނަމަވެސް އެފަދަ މީހަކު އެވަނީ ވަރަށް ބޮޑު ނުރައްކަލެއްގައެވެ. ސަބަބަކީ އައުރަ ނިވާނުކުރުމަކީ ބޮޑެތިފާފަތަކުގެ ތެރެއިން ފާފައަކަށް ވާތީއެވެ. މާތް ﷲ އެމީހެއްގެ ފާފަ ނުފުއްސަވައިފިނަމަ ނަރައިކައިގެ ވޭންދެނިވި ޢަޛާބު އެމީހަކަށް ޙައްޤުވެގެންވުމާއި އަދި އެކަމުގެ ވަޢީދުގެ ބަސްފުޅުއައިސްފައިވާތީއެވެ.

ބުރުގާ އެޅުމަކީ (އައުރަނިވާކުރުމަކީ) ވާޖިބެއްކަމާމެދު އިންކާރުކޮށް ނުވަތަ އެއަށް ފުރައްސާރަކޮށް މަލާމާތް ކުރުމަކީ މުރުތައްދުވެ ދީނުންބޭރުވާނެ ކަމެކެވެ. އެއީ ދީނުގައި ކަނޑައެޅިގެން ބަޔާންވެގެންވާ ކަމަކަށް އެނގިހުރެ އިންކާރުކޮށް ނުވަތަ މަލާމާތްކުރުމަކީ އެމީހަކު ދީނުންބޭރުވެ ކާފަރު ވާނޭ ކަމެއްކަމަށްވާތީއެވެ. މިފަދަ މީހަކު މަރުވުމުގެ ކުރިން މާތް ﷲއަށް ތައުބާވެ އިސްތިޣްފާރުކުރަންޖެހޭނެއެވެ. އެހެންނޫނީ އެކަމުގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑެވެ.

ޖަވާބު: އެމްވީ އިސްލާމް ކިޔުއޭ

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ކަހުރަބު

  ނުވަދެވޭނެ

  12
  28
 2. ބޮނަކު

  ހިލޭ އަންހެނެއްގެ އަތުގައި އަތް ބީއްސާ މީހާ ނަރަކައިން ސަލާމަތްވާނެތަ؟

  33
  4
 3. މަ

  ބުރުގާ އެޅުމަކީ އެހެންގޮތެއް ކަމަށް ދެކޭ މީހުން ސުވަރުގެ ވަންނާކަށް ބޭނުމެއްނުވާނެ. އެމީހުން ވަންނަން ބޭނުންވާނީ އެހެންތަނަކަށް ތޯއްޗެ. ޔާ ﷲ މިއަޅާ އަށާ އެންމެހާ މުސްލިމުންނަށް ހެޔޮގޮތް މިންވަރު ކުރައްވާށި. އާމީން.

  65
  13
 4. އިރުވާހުދު

  ފިރިހެނުންގެ ވާހަކަވެސް ލިޔެބަލަ

  31
  3
 5. Anonymous

  އީމާންކަމަކީ ހިތުގެ އިއުތިާދާއި ދުލުގެ ބުނުމާއި ބޭރުފުށުގެ އަމަލެވެ. މިއިން އެއްކަމެއް އުނިވިޔަސް އީމާންކަން ނަފީވެއެވެ. ހަދިޘް

  28
  4
 6. ހިޖާބު

  މިހާރު އަސްލު ގިނަމީހުން ބުރުގާ އަަަަަޅަނީ ބޭރަށް ނިކުންނަންވީމަ ފެޟަނަކަށް މިދެން ވަރަށްދެރަ ކަމެތް

  39
  10
 7. ބޮކި

  މޫނާ ދެއަތް ފިޔަވާ އެކަމަކު މޫނު ފޮރުވާކަށެއް ނެތް ދެއްތޯ އަންގާފައެއް !

  19
  11
 8. ހިޖާބު

  މޫނު ފޮރުވަންނެތަސް މޫނުފޮރުވުން
  ރަނގަޅު އެއީ އެކަމުގެނުރައްކާތެރިކަން ބޮޑުކަމުން

  19
  5
 9. ބުރުގާ

  މިލިޔުމުގައި އެބޮތް ނުރުގާ ނޭޅިޔަސް ވަދެވޭނެ ކަމަށް.

  ބުރުގާ އަޅައިގެންހުރެ ފާހިޝް އަމަލުތަކަށް އަރައިގަންނަމީހުން ގިނަ ކަމަށް ބެލެވޭ. ބުރުގާއަކީ ބޯމަތީގަ ޒީނަތްތެރިވުމަށް އަޅާ ފޮތިކޮޅަކަށް ހަދާ މޭމަތި ނުފޮރުވާ، ފޫކޮޅުފެންނަ ގޮތަށް ހެދުންއަޅާ މީހާއަށް ހަމަ ބުރުގާ އެޅީތީ ސުވަރުގެ ވަދެވޭނެތޯ؟

  ބުރުގާ ނާޅާ ކޮނމް މީހަކީ ނުބައި މީހަކަށް ނުބެލެވޭނެ. ބަރާބަރަށް ނަމާދުކުރާ ، ޤުރުއާން ކިޔަވާ ރަނގަޅަށް އުޅެފަވެސް ބުރުގާ ނާޅާ އުޅޭމީހުން ވަރަށް ގިނަ. މިމީހުންނަށް ސުވަރުގެ ނުވަދެވޭނެއޭތޯ ؟

  29
  3
  • ޢަފީ

   އެހާ ސޯލިހު ރަނގަޅު މީހުން ﷲ ގެ ވަހީ ބަސްފުޅަށް ތަބާ ނުވަނީ އެމީހުން ގެ އީމާން ތެރިކަން ނެތީމަ ނޫންތޯ

   19
   2
 10. ޙހހހ

  އައުރަ ނިވާކުރަން އޮންނަނީ އަންގަވާފަ ދެން އެހެން ވީމާ ބުރުގާ އެޅުން ދޯ އެންމެ ރަނގަޅު ވީ ބުރުގާ ނާޅައި ސުވަރުގެ ވަދެވުނަސް.

  14
  3