ކައިވެންޏަކީ ވަރަށްވެސް މަތިވެތި ގުޅުމެކެވެ. އެހެނީ އެ ގުޅުމުގެ ސަބަބުން ހަލާލު ގޮތުގައި ޖިންސީ އެދުންވެރިކަން ފުއްދުމުގެ ދޮރު ހުޅުވި ޒިނޭ ފަދަ ފާހިޝް އަމަލުތަކާއި ދުރުހެލިވުމަށް މަގުފަހިވާތީއެވެ. އަދި އަހުލާޤީ ބޮޑެތި ކުށްތަކުން ރައްކާތެރިވުމަށް މަގުފަހިވާތީއެވެ.

ކައިވެންޏަކީ ދެމެފިރިން އެއްދާންކުރުން ހުއްދަކޮށްދޭ ޝަރުޢީ އަގުދެކެވެ. ދެމަފިރިން އެއްދާން ކުރުމުގައި ހަފްތާޔަކު ނުވަތަ ރެއަކު ވަކި އަދަދެއް ކުރުމަށް އިސްލާމް ދީނުގައި ކަނޑައޅުއްވާފައެއް ނުވެއެވެ. ހަފްތާޔަކު ނުވަތަ ރެއަކު އެދެމަފިރިން ބޭނުންވަރަކަށް ކުރެވިދާނެއެވެ. އޭގައި މިންވަރެއް ކަނޑައަޅާނީ އެދެމަފިރިންނެވެ. އެހެނީ އެއީ އެދެމީހުންގެ ޙައްޤެއް ކަމަށްވާތީއެވެ.

ރަސޫލާ މުހައްމަދުއް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވަނީ: ( إِذَا أَتَى أَحَدُكُمْ أَهْلَهُ ثُمَّ أَرَادَ أَنْ يَعُوْدَ فَلْيَتَوَضَّأَ بَيْنَهُمَا وُضُوْءًا ، فَإِنَّهُ أَنْشطَ فِيْ الْعَوْدِ ) رواه مسلم 1/171

މާނައީ: "ތިޔަބައިމީހުންގެ ތެރެއިން މީހަކު ތިމާގެ އަނބީމީހާއާއި އެއްދާންކުރުމަށްފަހު، ދެން އިތުރަށް އެކަން ކުރަންބޭނުންނަމަ އެދެމެދުގައި ވުޟޫއެއް ކުރާށެވެ. ހަމަކަށަވަރުން އެވުޟޫގެ ސަބަބުން އިތުރު ތާޒާކަމެއް ދެވަނަ ފަހަރަށް ގެނެސްދޭނެއެވެ."

މިހަދީޘްގައި މިވާ ( ثُمَّ أَرَادَ أَنْ يَعُوْدَ ) "ދެން އިތުރަށް އެކަން ކުރަންބޭނުންނަމަ" ދަލީލު ކޮށްދެނީ އަނބިފިރިކަމުގެ ގުޅުން ވަކިއަދަދެއް ދީނުގައި ކަނޑައެޅިފައިނުވާކަމެވެ.

ކޮންމެއަކަސް އަނބިފިރިކަމުގެ ގުޅުމަކީ އަނބިމީހާއާއި ފިރިމީހާގެ ދެމެދުގައިވާ ޚާއްޞަ ކަމެކެވެ. އެކަމަށް އަދަދެއް އަދި ވަގުތެއް ކަނޑަޅަނީ އެދެމަފިރިންނެވެ. އެހެންނަމަވެސް ދެމެފަރިން ނުވަތަ ދެމީހުންކުރެ މީހެއްގެ ބަލި ޙާލަތު ހުންނަގޮތުން ކަމާބެހޭ ޑޮކްޓަރަކު ވަކި ވަރަކަށް ވުރެ ގިނައިން އެއްދާން ކޮށްފިނަމަ ދެމީހުންނަށް ނުވަތަ ދެމީހުންކުރެ މީހަކަށް ގެއްލުމެއްވެދާނެ ކަމަށް ލަފާދެއްވައިފިނަމަ އެކަމުގައި ދެމީހުންގެ މަސްލަޙަތަށް ވިސްނުން މުހިންމެވެ،

ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަމީދު

    ފަހުގެ ދިރާސާ ތަކުން ދައްކަނީ އަބިފިރކަމުގެ ގުޅުން ގިނައިން ހިންގިވަރަކަށް ޕްރެސްޓޭޓް ކެންސަރާއި ހާޓް އެޓޭކް ،ސްޓޯރޯކް ފަދަބަލިތަށް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭކަން ، އަދި އަންހެނުންގެ ޖިންސީގުނަވަނުގެ ތަފާތު މައްސަލަތަށް ރަގަޅުވެ ސްޓޓރެސް ފަދަ މައްސަލަތަށް ކުޑަވާކަމަށް ، އެކަމަކު މިދިރާސާއަކީ ލޯބިން އުޅޭ ދެމަފިރިންގެ ދިރާސާތަކެއް ، ހަމަނުޖެހޭ ދެމެފިރިންގެ ވާހަކަތަކެއްނޫން

    21
    1
  2. ފެނޭދޯ

    ކޮބާ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

    2
    11
  3. އހ

    މިރޭ ޖެހޭނެ ދުންބުރުވާލަން..

    7
    4
  4. ަސޭޓު

    ނަސިީބު ތީ

    3
    3
  5. ޢަބުސީ

    ސަތޭކަ ފަހަރު ދުވާލަކު

    3
    2