"ޝައިހުން" މި ލަނގަބަކީ ތައުލީމީ ގޮތުން ވަކި ފެންވަރެއް ހުރުމުން ދެވޭ ލަގަބެކެވެ. އެގޮތުން އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ދީނީ އެތަކެއް އިލްމުވެރިއެއް އެބައުޅެއެވެ. އަދި ޝައިހުންގެ ފެންވަރުގެ ކިތަންމެ އިލްމުވެރިއަކު އެބައުޅެއެވެ. ނަމަވެސް ހިތާމައަކީ ޝައިހުންނާއި ދިމާއަށް މަލާމާތުގެ އިނގިލި ދިއްކުރާ ބަޔަކުވެސް މިގައުމުގައި އުޅޭތީއެވެ.

ދިވެހި ޝައިހުންނަކީ ސިޔާސީ ބައެއް ކަމަށް އެއްބަޔަކު ބުނާއިރު އަނެއްބައިމީހުން ބުނަނީ އެމީހުންނަކީ "ރޯނު އެދުރުން" ކަމަށެވެ. ނަމަވެސް ހަޤީގަތަކީ ޝައިހުންނާއި ދިމާއަށް މަލާމާތުގެ އިނގިލި ދިއްކުރާ މީހަކީ އިސްލާމީ ހުދޫދުތަކާއި ރިވެތި އުސޫލުަތަކާއި ހިލާފުވެފައިވާ މީހަކަށް ވުމެވެ.

ކޮންމެ މީހަކުވެސް ހެޔޮކަމެއް ކޮށްފިނަމަ އެކަން ބަލައިގަންނަން ވާނެއެވެ، އަދި ރަގަނޅުގޮތް އަންގައިފިނަމަ އެ ގޮތް އެންގީ ކާކުތޯ އެއީ ކީއްކުރާ ކޮންފެންވަރެއްގެ މީހެެއްތޯ ބެލުމަށްވުރެ އައުލާކަން ބޮޑީ އެ ހެޔޮކަމުގައި ހިފުމެވެ.

އެހެނީ ހެޔޮކަންކަން ކުރުމަށް އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވުމަށް މާތް ﷲ އަންގަވާ ވަހީކުރައްވާފައިވާތީއެވެ.

ޝައިހުންނަށް ފުރައްސާރައާއި ކުރުމަތިލާން ޖެހެނީ ކީއްވެ؟

ދިވެހިންގެ ތެރޭގައިވެސް އެތަށް ޝެއިހުންނެއް އުޅޭއިރު އެ ޝައިހުންނަކީ ދީނީ ގޮތުން އެހެން މީހުންނަށްވުރެ ފެންވަރު ރަނގަޅު ބައެއް ކަން ގަބޫލުކުރަން ޖެހެއެވެ. އެހެންކަމުން އެ އިލްމުވެރިންނަށް ދީނުގެ ހުކުމްތަށް އެގުމަކީ ވުން އެކަށީގެންވާ ކަމެކެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ ގައުމެކެވެ. ނަމަވެސް މިގައުމުގެ އާދަކާދައާއި މިގައުމުގައި ކުރިން އޮތް އިސްލާމީ ވަހުދަތު މިވަނީ ވަރަށް ބޮޑަށް ކިލަނބު ވެފައެވެ. ނަތީޖާއެއްގެ ގޮތުން މިގައުމުން މިދަނީ ހުޅަނގުގެ ކާފަރުން ކުރާ އެތަކެއް ކަމެއް ފެންނަމުންނެވެ. ފާޅުގައި ޒިނޭ ކުރަނީއެވެ. މިޔުޒިކާއި ލަވަ މުބަރާތާތްތަށް ފުލުފުލުގައި ބާއްވާ މީހުން ފަސާދަ ކުރަނީއެވެ. މަޖަލާއި ސަކަރާތުގައި ވަގުތުތަށް ބޭކާރު ކުރަނީއެވެ.

މި ހުރިހާ ކަމެއް ތިމާ އުޅޭ ގައުމުން ފެންނަމުންދާއިރު އެކަންތަށް އިސްލާހުކޮށް އެކަންކަން ކުރުމުގައި ޝާމިލްވާ މީހުންނަށް ނަސޭހަތްދީ އެފަދަ މީހުން ހެޔޮމަގަށް އެޅުވުމަށް މަސައްކަތް ކުރާ އެއްބަޔަކީ ޝައިހުންނެވެ. އެކި އެކި ޕޯޑިއަމްތަކާއި އެކި އެކި ދަރުސްތަކުގައި ރެއާއި ދުވާލު ގައުމުގައި ހިނގަމުންދާ މުންކަރާތްތަކުގެ ވާހަކަ ޝައިހުން ދަނީ ދައްކަމުންނެވެ.

ނަތީޖާއަކަށް ވަނީ ދިވެހިން ކުރަމުން ގެންދާ ބައެއް މުންކަރާތްތަކަކީ ކިހާވަރެއްގެ ކަމެއްކަން ޝައިހުންގެ ކިބައިން އެނގުމެވެ. އަދި އެއީ ދީނި ގޮތުން ކޮންފެންވަރެއްގެ ކަމެއްކަންވެސް ހާމަވުމެވެ.

ކޮންމެހެނަކަސް މިކަމަކީ ބައެއް ދިވެހިން (މުންކަރާތްތަކަށް ދެވިހިފައިފައި ތިބޭ ފަރާތްތައް) އެހައި ގަޔާވާ ކަމެއް ނޫނެވެ. އެހެންކަމުން އެފަދަ މީހުން ކުރާހާވެސް ކަމަކީ ޝައިހުންނަށް މަލާމާތް ކުރުމާއި ފާޑު ކިޔުމެވެ. ކިތަންމެ ރަގަނޅަކަށް ކަމެއް ކޮށްދިނަސް ގޯސްވާނީ ޝައިހުންނެވެ. ޝައިހުން ނުބައިމީސް ކުރަން ބަޔަކު މީހުން މަސައްކަތް ކުރިއަސް ހަޤީގަތުގައި އެބައިމީހުން އެކުރަނީ ވަރަށްވެސް މަތިވެރި ކަމެކެވެ. އަދި އެބައި މީހުންނަކީ މަޝްއޫލިއްޔަތު ބޮޑު ބައެކެވެ.

އެހެންކަމުން ޝައިހުންނަށް ދޭންވާ ފުރިހަމަ ލޯބި ދޭން އެބަޖެހެއެވެ. އަދި ޝައިހުންނަށް އިހްތިރާންކޮށް ގަދަރު ކުރަން އެބަޖެއެވެ. ޝައިހުންނަކީ ތުރާލެއް ކަމަށް ނުދެކި އެއީ މާތް ﷲ ދެއްވި ނިއުމަތެއްކަމަށް ދެކެން އެބަޖެހެއެވެ،.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޙްމަދް

    އިސްލާމްދީނުގެ މި"ޢިލްމު" ޖެހުނު ކޮއްމެ ދިމާލަކުން ޖެހުނު ކޮއްމެ މީހަކުގެ ފަރާތުން ނަގަން ކަމުދާނެ ކަމުގައި ބުނަން ހެޔޮވާނެތޯ!؟
    الإمام مالك بن أنس (ت179)رحمةالله ވިދާޅުވެފއި ވެއެވެ.
    ހަމަކަށަވަރުން މި ޢިލްމަކީ ތިބާގެ ހަށިގަނޑުގައިވާ މަހެވެ.
    މި ޢިލްމަކީ ތިބާގެ ހަށިގަނޑުގައިވާ ލެޔެވެ.
    މި ޢިލަމާ މެދުގައި ޤިޔާމަތް ދުވަހު ތިބާއާއި ސުވާލު ކުރެވޭނެއެވެ.
    ފަހެ ތިބާ މި އިލްމު ހޯދީ ކޮންތާކުންތޯ ބެލުން ހުއްޓެވެ.

  2. ސ ނުން ސޮނިބެ (އަންނި)

    އިމުރާނު، ހުސެން ރަސީދު، އިލިޔާސް، މީ ވެރިކަން ހޯދުމަށް ގަދައަޅާ މަސައްކަތްކުރާ ބައެއް. ބަޤާވާތްކުރުން ދީނުގައި ހަރާމް. ދެން ޑިމޮކުރަސީ އެއީ ހަޤީގައުގައި ޤުރުއާނާ ސުންނަތަށް ވުރެ ރަނގަޅު ގޮތެއްގެ ލަގަބު ދީގެން ރަތްލާޖެހި ކާފަރުންގެ ފިކުރެއް. ދެން ޑިމޮކުރަސީގެ ހިޔަލުގައޭ އުފަލުގައޭ... މީ ލާދީނީވުން ނޫންތޯ. ޑރ.ސަހީދު އަންނި މި މުސްލިމުންތޯ ނޫންތޯ ވެސް ވަކިނުވާ ސޭހުންތީ. 3 ފަހަރު މުރުތައްދުވީމަ ވާންޖެހޭ ގޮތް ބުނެނުދީ. ވެރިކަމަށް މިވެރީން ނުގެނެވިގެން ކަރުން ނާރު ނަގާފަ ލޮލުން ފެން ބާލާފަ ގުރާ ގޮވާހެން ރީތިވީހާ ރާގު ރާގަށް ވެރިމީހާއަށް ބަދު ދުޢާ ކުރުންމީ މި ދީނުގެ އަދަބު އަހުލާގުތޯ... ވެރިކަމާއި ހެދި ދީން މިވެރީން ހަތިޔާރަކަށް ނުހަދާތޯ