ތިމާ ހިތް އެދޭ ހުރިހާ ކަމެއް ފަހަރުގައި ނުވެދާނެއެވެ. އަދި ތިމާ ބޭނުންވާ މީހެއް ފަހަރުގައި ތިމާއަށް ނުލިބިދާނެއެވެ. ނަމަވެސް އެކަމަކީ ދެރަވެ މާޔޫސްވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. އަދި ތިމާ ބޭނުންވާ މީހެއް ނުވަތަ ތިމާ ހިތް އެދޭ ކުއްޖެއް ނުލިބުމަކީ ތިމާގެ ނުކުޅެދުންތެރިކަމުގައި ނުދެކޭށެވެ.

ހިތް އެދޭ ކުއްޖަކު ހޯދުމަށް އެކި މީހުން ބޭނުން ކުރަނީ އެކި އުކުޅެވެ. ނަމަވެސް އިސްލާމީ ނަޒަރަކުން ބަލާއިރު ތިމާ ހިތް އެދޭ ކުއްޖެއް ހޯދުމަށް ކުރުން އެންމެ މޮޅު އިރުތުވެގެން ވަނީ މާތް ﷲ އަށް ދުޢާ ކުރުމެވެ.

އެހެނީ މުއުމިނުންނަށް ކޮންމެ ކަމެއް ބޮޑުވިކަމުގައިވީ ނަމަވެސް އެންމެ ވަރުގަދަ ހަތިޔާރަކީ ދުޢާއެވެ.

މާތް ﷲ ވަހީކުރައްވަނީ: (وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ) غافر: 60

މަނާއި: "އަދި ތިޔަބައިމީހުން ހައްދަވާ ގެންގުޅުއްވާ އިލާހް ވަޙީކުރައްވައެވެ. ތިޔަބައިމީހުން ތިމަން ރަސްކަލާނގެއަށް ދުޢާކޮށް ދަންނަވާށެވެ، ތިމަން ﷲ އިޖާބަ ކޮށްދެއްވާނަމެވެ."

އެހެންކަމުން ހިތްއެދޭ ކުއްޖަކު ހޯދުމަށްވެސް ކުރުމަށް އެންމެ ރަނގަޅު ކަމަކީ ގިނަގިނައިން ދުޢާކުރުމެވެ. މުއުމިނުން އިޚްލާޞްތެރިކަމާއެކު ކުރާ ދުޢާ ﷲ ރައްދެއްނުކުރައްވާނެއެވެ. އެހެނީ މުއުމިނަކު ދުޢާ ކޮށްފިނަމަ ތިން ކަމުން ކުރެ އެއް ކަމެއް އެމީހަކަށް ދެއްވާނެއެވެ. އެއް ގޮތަކީ ސީދާ އޭނާގެ ދުޢާ އިޖާބަ ކުރެއްވުމެވެ. އަނެއް ގޮތަކީ އެއަށްވުރެ ރަނގަޅު އެހެންގޮތެއް މެދުވެރި ކުރެއްވުމެވެ. ތިންވަނަ ގޮތަކީ އޭނައަށް ދިމާވާން އޮތް ބޮޑު މުޞީބާތަކުން ސަލާމަތްކޮށްދެއްވުމެވެ.

 

 

 

 

މަސްދަރު: އެމްވީ އިސްލާމް ކިޔުއޭ

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މިލަވަ ކިޔާ ދިން ކުއްޖާއަށް

    ވިންދު ޖަހާތީ ކިޔާ ދެމޭ ހިތުގަވާ ހާލު..

    • އެކުއްޖާ

      ތިލަަވަ ކައިއަށް ކިޔާދިން ކުއްޖާ މަށަށް ކިޔާދިނީ މިލަވަ... އަންނާށޭކަލާ.. ނިންޖާއި ފޫހިފިލާ..

  2. އޭނާ

    ވަރަށް ތިލަކޮށް ފަށުވިކޮއް ފަސޭ ހހައިން ދޭ ހަވާ ގޮތަށް އޮތް ވަރަށް މު ހިންމު މެސެޖެއް. އަހ ހަރުމެން ބޭނުންވަނީ މިކަ ހަލަ ހެޔޮ ޢިލްމީ ބަސްބަސް. އޭގެ ސަބަބުން ދެދުނިޔޭގެ ބާއްޖަވެރިކަން އަތުވާން އޮތް ހެޔޮ ބަސްބަސް.
    މިއަދުގެ ދުނިޔޭގާ ސައްތައިން ސައްތަ މި ރާއްޖޭގާވެސް ބައެއް މީ ހުންގެ ޚާއްސަކޮށް ސިޔާސީ ދާއިރާގާ އުޅޭ މީ ހުންނާ ބައެއް ނޫސްވެރިންގެވެސް ވިސްނުމަކަށް ވަނީ މުޖުތަމަޢުގާ ނުވަތަ މީ ހުންގެ ތެރޭގާ އޮންނަ ކަންތައްތައް ބޭނުންކޮއްގެން ބަޔަކާ ދޭތެރޭގާ ނަފްރަތު އުފެއްދުމާ ބައެއްގެ ތާއީދު ނުވަތަ ގިނަ މީ ހުންގެ ސަޕޯޓު ހޯދުން. މިއީ އެންމެ ގިނަ ބަޔަކު ނަރަކަޔަށް ވަންނަ ދެގުނަވަން ކަމައްވާ ދުލުން ކުރެވޭ ވަރަށް ނުބައި ފާފައެއް.މި ނުބައި ވަބާ ފިލުވާލާ އެކަކު އަނެކަކަށް ހިތް ސާފުކޮށް މުޢާމަލާތްކުރުމުގާ ވެސް ތެދުވެރިވެ އިޚްލާސްތެރިވާންވީ. މާދަމާ ﷲ ތަައާލާގެ ދަރުބާރުގާ ތިމާ ބުނި ކޮންމެ ބަހ ހެއް ކުރި ކޮންމެ ޢަމަލަކާ ދޭތެރޭ ޖަވާބުދާރީވާންޖެ ހޭނެ ކަން ޔަޤީންކޮށް ތިމާގެ ނަފްސުން ފައްޓައިގެން ދެން ތިބި މީ ހުން އިސްލާހހު ހުކުރުމައްޓަކާވެސް އަލް އިސްލާމްގެ ތެރެއިން މިފަދަ ހެޔޮ ކަންކަމަށް ނަސޭ ހަތްދޭންވީ އެމީ ހެއްގެ ދާއިރާގާ. އެމީ ހެއްގެ ނުފޫޒު ހިނގާ ހިސާބަކުން.....

    8
    1