ދުނިޔޭގައި ނަޞާރާ ދީން ފެތުރެން ފެށުނީންސުރެ އެ ދީން ބާރުވެރި ކުރުވައި، ދުނިޔޭގެ ހަތަރު ބިތުގައި އެ ދީން ފެތުރުމަށް އެދީނުގެ އަހުލުވެރިން މަސައްކަތް ކުރާކަމީ އެނގެން އޮންނަ ހަޤީގަތެކެވެ. ނަޞާރާ ދީން ފެތުރުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޮނުވާ އުޅުނު މީހުންނަށް ކިޔަނީ "މިޝިނަރީ" އިންނެވެ. މިޒަމާނުގައިވެސް މިޝީނަރީންގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާއިރު މިއަދު އަޅުގަނޑުމެންގެ މި އިސްލާމީ ފަސްގަނޑަށްވެސް މި ބައިމީހުންގެ ނުރައްކާ މިވަނީ ފޯރަން ފަށާފައެވެ.

މީގެ ކުރިންވެސް ރާއްޖެއަށް ފޮނުވި މިޝިނަރީން ވަނީ ދިވެހި ބަހަށް ތަރުޖަމާ ކޮށްފައިވާ ބައިބަލްތަކެއް މި ޤައުމުގައި ފަތުރަން މަސައްކަތް ކޮށްފައެވެ. އެތަކެތި ތަރުޖަމާ ކޮށްފައިވަނީ ކަނޑައެޅިގެން ކޮން ބައެއްކަން މިއަދާ ހަމައަށްވެސް ބުނަން ނޭނގޭއިރު، މިއަދު އަނެއްކާވެސް ފެންމަތިވެފައި މިވަނީ މިފަދަ ނުރައްކާތެރި މައްސަލައެކެވެ.

އިތުބާރު ހުރި ގޮތަކަށް "ވަގުތު" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދިވެހިރާއްޖޭގައި މިހާރުވެސް ނަޞާރާ ދީން ފެތުރުމުގެ މަސައްކަތް ދަނީ ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ. މި މީހުން އެ މަސައްކަތް ކުރަމުންދަނީ "އިންސްޕިރޭޝަނަލް ފިލްމްސް" އިން ތައްޔާރުކޮށްފައިވާ "އީސާގެފާނުގެ ވާހަކަ" މި ފިލްމަށް ދިވެހި ބަހުން އަޑުއަޅައިގެންނެވެ. ދެ ގަޑިއިރުގެ މި ފިލްމުން ފެނިގެންދަނީ އަދި އިވެނީ ދިވެހި ބަހުން އަޑުއަޅާފައިވާ އިސްލާމް ދީނާ ތައާރަޟުވާ މަންޒަރުތަކާއި ވާހަކަތަކެކެވެ. އަދި ނަޞާރާ ދީން ގަބޫލުކުރާ މީހުންގެ ފޮތް ކަމަށްވާ "ބައިބަލް" ގެ އިނގިރޭސި އޯޑިއޯވެސް ބޭނުންކޮށްފައިވެއެވެ.

މީގެ އިތުރުން ނަޞާރާ ދީން ފެތުރަމަށް މަސައްކަތް ކުރަމުންދާ މީހުން ވަނީ ބައިބަލްގެ އެންޑްރޮއިޑް އެޕްލިކޭޝަނެއްވެސް ދިވެހިންގެ މެދުގައި ފަތުރަން މަސައްކަތް ކޮށްފައެވެ. މި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ ބައިބަލްގެ އޯޑިއޯވެސް އަޑުއެހޭ ގޮތަށްކަން ފާހަގަކުރުނެވެ.

"ވަގުތު" އަށް ލިބިފައިވާ މި ވީޑިއޯ ކޮޕީއެއް އިތުރަށް ބެލި ބެލުމުން ތަފާތު ތިން އަންހެން އަޑެއް ވަނީ ފާހަގަ ކުރެވިފައެވެ. އަދި ގާތްގަނޑަކަށް އަށް ވަރަކަށް ތަފާތު ފިރިހެން އަޑު ފާހަގަކުރެވިފައިވާއިރު، މީގެ ތެރޭގައި ދިވެހިންނަށް ފަރިތަ ބައެއް އަޑުތައްވެސް ހިމެނޭކަން ފާހަގަ ކުރެވުނެވެ.

 

"ވަގުތު" އަށް މި ވީޑިއޯ ހިއްޞާކުރި ނަން ހާމަކުރަން ބޭނުން ނުވާ އުމުރުން 24 އަހަރުގެ ޒުވާނާ ބުނީ އޭނާ އާއި އޭނާގެ ރަހުމަތްތެރި އިތުރު ދެ ޒުވާނަކު މާލޭގެ ނަން މަޝްހޫރު ރެސްޓޯރެންޓްގައި ކޮފީ ބޯން ތިއްބައި، އެ ރެސްޓޯރެންޓުގެ އެހެން ކޮފީ މޭޒެއްގައި ތިބި ހުދު ނަސްލުގެ ހަތަރު ބިދޭސީންގެ ތެރެއިން އެކަކު އައިސް އެމީހުންގެ ގާތުގައި "ނަޞާރާ ދީނާ" ބެހޭގޮތުން ވާހަކަ ދެއްކުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެމީހާ ދަމުން ކޮންމެ މީހަކަށް 4ޖީބީގެ މެމޮރީ ކާޑެއް ދިނުމަށްފަހު، އޭގައިވާ ތަކެތި ބެލުމަށް އެދިފައި ދިޔަކަމަށްވެސް އެ ޒުވާނާ ބުންޏެވެ.

އިސްލާމްދީން ނޫން އެހެން ދީނެއް ފެރުތުމަށް ފާޅުކަން ބޮޑު ގޮތެއްގައި ބަޔަކު ރާއްޖޭގައި ހަރަކާތްތެރިވިކަން ކަށަވަރު ކުރެވިފައިވާއިރު، މި މަސައްކަތުގައި ދިވެހި ބަހުން އަޑުއަޅާފައިވާ ވީޑިއޯ ބޭނުންކޮށްފައިވުމުން، މި މަސައްކަތަށް ވާގިދޭ ދިވެހިން ތިބިކަން ކަށަވަރެވެ. މާލޭގެ ނަން މަޝްހޫރު ރެސްޓޯރެންޓެއްގައި ރޯމާ ދުވާލު މިފަދަ މަސައްކަތެއް ބޭރުގެ ބަޔަކު ކޮށްފައިވާއިރު، ސުވާލު އުފެދެނީ މި މަސައްކަތް ކުރާ ކިތައް މީހުން ރާއްޖޭގައި އުޅޭކަމާއި މެދުގައެވެ. އަދި މި މީހުންގެ މަސައްކަތުން ނެރެން ބޭނުންވާ ނަތީޖާ ހާސިލުވެފައިވާ މިންވަރާއި މެދުގައެވެ.

މިކަމާ ގުޅިގެން ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިފަދަ ކަމެއްގެ މަޢުލޫމާތު އެ މިނިސްޓްރީއަށް އަދި ކަމާގުޅޭ ވުޒާރާއަކަށްވެސް ލިބިފައި ނުވާކަމަށެވެ.

ރާއްޖޭގައި ނަޞާރާ ދީން ފަތުރަން ބޭނުންކޮށްފައިވާ އަސްލު މެމޯރީ ކާޑުގެ ފޮޓޯއެއް

ދިވެހިންގެ މެދުގައި އެހެން ދީންތައް ފެތުރުމަށް މީސް މީޑިއާގައި ބަޔަކު ކުރަމުންދާ މަސައްކަތް ހުއްޓުވަން ދިވެހި ސަރުކާރުން މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން މީސްމީޑިއާގެ އެކި ވަސީލަތްތަކުގައި ދައުރު ކުރަމުންދިޔަ ދީނާ ހިލާފު ފޮޓޯ، ވީޑިއޯ އަދި ލިޔުންތައް ނައްތާލައި، ދިވެހިރާއްޖެއަށް އެފަދަ ތަކެތި ވާސިލު ނުވެވޭނެގޮތް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހަދާފައިވާކަން ފާހަގަކޮށްލެވެއެވެ.

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވުމުން، ބޭރުގެ ބައެއް ޖަމާއަތްތަކުންނާއި ވަކިވަކި ފަރުދުން ދިވެހިރާއްޖޭގައި އެހެން ދީންތައް ފެތުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދެއެވެ. ވޭތުވެދިޔަ ހަފްތާގައި ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެފައިވަނީ، އެހެން ދީނެއް ދިވެހި ފަސްގަނޑުގައި ވުޖޫދު ވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން އިތުރުކުރަން ޖެހިފައިވާ ކަމަށެވެ.

ދީނީ ހޭލުންތެރިކަން ކުޑަ ފަރާތްތަކަށް މިފަދަ ވަސީލަތްތަށް ބަޔަކު ފޯރުކޮށްދީ އެ މަންޒަރުތަކާއި އަޑުތައް ދައްކުވައިދިނުމުގެ ފުރުޞަތު ދެވިއްޖެނަމަ، އެ މީހުންގެ އީމާންތެރިކަމާއި އަޤީދާއަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރާނެއެވެ. އެހެންކަމުން މިފަދަ މަސައްކަތްތަކަކީ މިހާރުން މިހާރަށް ބަލައި، ތަހްޤީގުކޮށް ހުއްޓުވަންޖެހޭ ކަންކަމެވެ. ހަމަ އެހެންމެ އިސްލާމް ދީން ނޫން އެހެން ދީންތައް ރާއްޖޭގައި ފެތުރިޔަ ނުދިނުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެވެސް ފަރުދީ ޒިންމާއެއްކަން ޤައިމެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ބަތޮލް

    އެމްޑީޕީ އާނިއާގެ އަޑު އަޅާފައިވާ ވީޑިއޯ ދޯ. މިނިވަން ރޭޑިޔޯގައިވެސް ވަރަށް ފާޑަކަށް މީނާގެ ބަސްމަގު ގެންގުޅުނީ.

  2. ރީޝްމާ އާދަމް

    ލާދީނީ ބަިގަނޑުގެ ކަމެއްތީ! އަޑިގައި ތިބޭނީ އަންނިއާއި އޭނަޔަށް ވާގިދޭ އަދާލަތުގެ ވެރިން!

  3. އަލީ

    ތި ވީޑިއޯތަށް އުޅޭތާ ވަރަށް ދުވަސްވެއްޖެ. ފަސްވަރަކަށް އަހަރުކުރިން އަޑުއެހިން.

  4. އާދަނު

    ލާރި ދެންޏާ ދިވެހިން ކޮންމެކަމެއްވެސް ކުރާނެ. އަޑު އެޅި މީހުންވެސް ބޮޑު ލާރިގަނޑެއް ލިބުނީމަ ތިކަން ކޮށްލާފައި ތިއޮތީ.

  5. ޝާހިދު

    ކޮންމެ ދުވަހަކު އިންޑިއާ ޗެނަލްތަކުން ބުދަށް އަޅުކަންކުރާ މަންޒަރު ދައްކަމުން ދާއިރު ކުޑަކުދިންވެސް ތިބެނީ ބަލަން.... މީނުވާނެތޯ އކުދިންގެ ސިކުނޑި އާއި ކުޅެނީ ކަމަށް.

    • ގަނޑިޔާ!!!

      ތީ ރަނގަޅު ވާހަކައެއް.

  6. ރީމް

    އެފްބީގައި ހިންގާ ބަސްކޮށާރު ކިޔާޕޭޖެއް މިކަންތައް ހުއްޓުވޭވަރުގެ ބަޔަކުނެތް..ޕޮލިހުންބުނީ އެއީ ކުރިން ރަގަނޅު ޕޭޖަކޭ ހީވަނީ ބަޔަކު ހެކްކޮށްގެން އުޅޭހެންނޯ...ބަލަ އެކަމަކުވެސް މިކަން ހުއްޓުވަން އެބަހެހޭދޯ..

  7. ޓާމީ

    ތިގޮތައް ކުރިންވެސް ބަޔަކު އުޅުނު. ލިފްލެޓް ތަކެއް އަޅާހެދި. ރަގަޅައް ބެލެއިރު ކޮންމެވެސް ދީނީ ގުރޫޕެއް ބަޔަކު ބޮލައްޖަހަން ކުރިކަމަކައްވީ. މި ބުނީ މިފަހަރު އެހެން ވަނީއެކޭ ނޫން އެކަމަކު ހަގީގަތް ބަލަންޖެހޭ.

  8. މަހަށްދޭބަލަ

    މީ ދޯ ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ކުރާ ކަމަކީ. ތަމެން މަހަށް ދޭބަލަ ދެން. މަހަށް މަހަށް މަހަށް މަހަށް މަހަށް ދޭބަލަ.

  9. ތިމަންނަ

    ކަޑައެޅިގެން ދީނާ ޚީލާފުކަންތައްތައް ، ރާއްޖެގައި ކުރަމުންދާއިރު އަދި އެކަންކަން ކުރުމަށް މަގުފަހިކޮށްދެމުން ދާއިރު ، މިކަންތައް ހުއްޓުވުމަށް ސަރުކާރު "ހުންއައިސް ހީކަރުވާ ރަޖާލަފަ" އޮތީމަ ދެން ވާނެގޮތް ފެންނަމުން މިދަނީއެވެ.

  10. އިބްރާހީމް

    ނަސާރާ ދީންފެތުރުމަށް ފުރުޞަތު ލިބޭނީ އިސްލާމީ ހޭލުންތެރިކަން އެންމެ އެދެވޭގޮތަށް ކުރެވެމުން ނުދާތީ އެވެ. މޯޅްޑިވިއަން އައިޑޮލްއަކީވެސް ނަޞާރާދީންފެތުރުމަށް ހިންގޭ އެއްޙަރަކާތެވެ.ހަމައެފަދައިން ރަސްމީ ފަރާތްތަކުން ހިންގާ އެކިއެކި ޓީވީ ޕުރޮގްރާމްތަކަށް އެސް އެމް އެސްއިން ޖަޖުކުރުމަކީވެސް ދީނާއި ޚިލާފުޢަމަލެކެވެ.އަދި ސްކޫލްތަކުގައި މުޖުތަމަޢަށް ނުކުތުމަށް ތައްޔާރު ވަމުންދާ ދަރިވަރުންނަށް ނަޞޭޙަތްދިނުމުގެ ދާއިރާ ހަނިކުރެވިފައިވުމަކީވެސް މިފަދަ ދަރިވަރުންގެ ހިތްތަކަށް ނަޞާރާދީނުގެ ފިކުރު ފޯރުކޮށްދިނުމަށް މަގުފަހިވެފައިވާކަމެކެވެ.ހަމަ އެފަދައިން އެމްޑީޕީ ގެ ޢަމަލުތަކުން ފެނިގެންދަނީ މިފަސްގަނޑުގައި ކޮންމެ ގޮތެއްހަދައިގެންވެސް އެމީހުންގެ އެކުވެރިން ދީންމިތަނުގައި ފެތުރުމެވެ.

  11. އިސްލާމް

    އަހަރުމެން ގޮސް އެމީހުންގެ ފަސްގަޑުގައި އިސްލާމް ފެތުރީމަ ހަމަ ބަރާބަރު. އެއީ ހަމައެކަނި އަހަރުމެންނަށް ލިބިގެންވާ ހައްގެއް. މުސްލިމުންވެސް އިސްލާމް ދީން އައި ދުވަހުން ފެށިގެން ކުރަމުން އަންނަނީ ހަމަ އެ މަސައްކަތް. މި ފަސްގަޑަކީވެސް ކުރިން އެހެން ދީނެއް އޮތް ފަސްގަޑެއް. މުސްލިމުން އައިސް މިއޮތީ ބަދަލު ކޮށްފަ. މިތަނުން ބަޔަކު ގޮސް ހިފައިގެން އައި ކަމެއް ނޫން. މިތަނަށް އެހެން ދީނެއް ގެންނަށެކޭ ނޫން. އެކަމަކު ކަމަކީ ކުރިން އެމީހުން ކުރި ކަމެކޭ ކިޔާފަ އެމީހުންނަށް އެކަމާ ޖެއްސޭނެ ވަކި މައްސަލައެއް ނެތް.

    • ާއައްޔަ

      ކަލޭ އިސްލާމް ޖަހައިގެން ކޯންޗެއް ކިޔަން ތި އުޅެނީ.. ބަލަ ޙައްޤުދީނަކީ އިސްލާމްދީނޭ އެހެންވީމަ އިސްލާމް ދީން ފަތުރަންވެސް ޖެހޭނެ.. އެ ދީނުގަ ހުރެފަ އެހެން ދީނަކަށް ނުވެސް ދެވޭނެ.. ތައުބާވޭ

      • އިސްލާމް

        މަށަކީ މުސްލިމެއް. ކަލެއަށްވުރެ ރަގަޅު މުސްލިމެއް. މަ ކޮންެމެ ދީނެއްގަ ހުއްޓަސް އެއީ ކަލެއާ ކޮން ބެހޭ ކަމެއް. ދީނޭ ކިޔައިގެން ކަލެއަށް މަށަށް އަމުރު ނެރެވެންޏާ މަށަށްވެސް ދީނޭ ކިޔައިގެން ކަލެއަށްވެސް އަމުރު ނެރެވޭނެ. މަ ނަރަކައަށް ގޮސްދާނެތީ ކަލެއަށް ކޮންހާ ބާރެއް ތިކުރަނީ؟ މަ ނަރަކައަށް ދިޔައިމަ ކަލޭވެސް ނަރަކައަށް ދަނީތަ؟ އެހެން މީހުންގެ ކަންތަކާ ނުބެހި ހުރެވޭތޯ ބަލާބަލަ!

        • ނަސޭހަތް ދޭން ޖެހޭ

          ފާޅުގައި ތިގޮތަށް އުޅެންޏާ ނުވާނެ މުނާފިގަކަށް. މި ގައުމުގެ ދީނާއި ގަވާޢިދުތަކަށް ޙުރުމްތް ތެރެރިކޮށް ނުހިތަންޏާ އަހަރެމެންނަށް އުނދަގޫ ނުކޮށް މި ގައުމުން ފައިބާ!

  12. ކޮބާހޭ

    ތިޔާ ކަމަކީ ތިޔާއީ ރަންރީނދޫ ޓްވިޓަރޭ މެން އެމެން އަލްޖަޒީރާ އަށް ދޭން ތައްޔާރު ކުރި ސްޓީލިންގް ޕެރެޑައިޒް ގޮތަށް އެމެން އެމެންގެ ޕާރޓީގެ ބޮޑޭގެ ސެކްރެޓޭރިއެޓް މަގާްމ ގައި ތިބެގެން އެމެން ނެރެގެން އުޅޭ އެއްޗއް ކަން މަމެންނަށް ޔަގީންވެ ކަށަވަރެވެ. ތިޔާއީ ރަންރީނދޫ ޓްވިޓަރޭ މެން ރިޗަރޑް ބްރެންސަނޭ މެން އަތުން ކަޓް ކައިގެން އެމެން އަތުން ކަޓް ކާލައިގެން ތައްޔާރު ކޮށްފައިވާ އޯޑިއޯ އެކެވެ. އެ ކަލޭގެ އަޑު އެެއީ އެއް އަޑު ކަން އެންމެންނަށް އިނގޭނެ ނޫންތޭ. ކޮބާ ޕޮލިހުން.

  13. ފައިޒް

    އަދި ކިރިޔާދޯ ރެޔަކާލީ މީގެ އަހަރެއްހާ ދުވަސް ކުރިން އަހަރެން ތިކަން ފުލުހުންގެ ސަމާލުކަމަށް ގެނައިން ތިޔަ ފިލްމު ގެ ކަންތައް....

  14. މުއްލާ

    Luަޅުގަނދު ނަރުވީމަ ސުވާލޫ ކުރެވޭ އިރު ޖައާބުގައި ބުނެވޭނެތަ އަޅުގަނޑު އުޅުނީ މިނިސްޓަރ އެންގެވި ގޮތަށޭ؟ ރައިސް އެންގެވި ގޮތަށޭ؟ ޝެއިހޫން އެންގެވި ގޮތަށޭ؟ ޕޯޕުން އެންގެވި ގޮތަށޭ؟ ކާކޫ މަގޭ ހަޔާތުގެ ޒިންމާނަގަނީ؟ ވިސްނާ ފިކުރު ކުރާ ފަރާތްތަކަށޤ ތެދުމަގު ދައްކަވާނެ ކަން އަންގަވާފައިވާ ކަމަށް ޢަޑުއެހިން. ދީނަކި މުބާރާތެއްނޫން. މަގޭ ހަޔަތް، މާގޭ ނިންމުން. އަޅުންވަނީ ރަސޫލު ޒަމަނުއްސުރެ މިނިވަން ކުރި.....

  15. ފަޤީރު ކަލޯ!

    ތިކަން ހުއްޓުވާކަށް ބޭނުމެއްނުވޭ! ހުއްޓުވަން ބޭނުން ވިނަމަ ތަޢުލީ މަންހަޖު ބަދަލުކޮށް، އެދާއިރާ ހިންގުން ދީނަށް ލޯބިކުރާ ޢިލްމީ އަދި ހަރުދަނާ މީހުން އެކަންކަމަށް އިސްކުރީހެވެ. ދީން ދެކެ ލޯބިވާ ކަމުގެ އަޑުއަރުވައި، ދީނާދުރަށް މީސްތަކުން ގެންދިއުމުގެ ހުރިހައި ކަމެއް ކުރުމުގެ ވިސްނުން އުފަންކުރުވާދާއިރާ އަކީ މެދުމަދަރުސީ ތަޢުލީމީ ދާއުރާއެވެ. އެހިސާބުން ފެށިގެން ގޮސް ސްކޫލު ނިމޭއިރު ކުއްޖާ ހުންނާނީ ދެފެން ދޭތެރޭގައެވެ. ދެންމަތީ ތަޢުލީމު ނިމޭއިރު ހުންނާނީ އިސްލާމް ދީނުން މުޅިން އަތްދޫވެފައެވެ. އެހިސާބުން ރާއްޖެއިންބޭރުން އެކިސިފައިގާ ތަމްރީނުތައް ލިބެންފަށައެވެ. މިފަދަ ވާހަކައެއް ފުރިހައަކަށް ކޮމެންޓަކުން ކިޔައި ނުދެވޭނެއެވެ. ޝުކުރުރިއްޔާ!

    • ބުލޫ

      ތެދެއްތިބުނީ....މަވެސް މިހުރީ ބުނަން އޮތްއެތި ބޮޑުކަމުން ފޮނުވާ ކޮމެންޓުވެސް ޖަހައި ދޭނެކަމުގެ އެއްވެސް ޔަޤީންކަމެއް ނެތީމަ އެއްޗެއްނުބުނަންވެގެން.

      • ހަސަން

        އަޅުގަނޑަށްވެސް2017 ގައި ސީޑީ އެއްލިބުނު އަދިވެސް އެބައޮތް އެސީ ޑީ

  16. ދެލައްކަ ވާހަކަ

    އިސްލާމްދީން ޤަބޫލް ނުކުރާ ދިވެހިންގެ 99% މީހުންގެ ސިޔާސީ ގޮތުން ތާއީދު ކުރާ ފަރާތަކީ ނަޝީދު ކަމަށް ވަނީ ކީއްވެގެން ތޯއެވެ.އެކަހަލަ އެއްވެސް މީހަކު މައުމޫނަށް ނުވަތާ ޔާމީނަށް ނުވަތަ ޤާސީމަށް ތާއީދު ކުރާތީއެއް ނުފެނެއެވެ.މިދެއްކީ ލައްކަ ވާހަކަ އެވެ

  17. ރާއްޖެ

    ރާއްޖޭގައި ނަސޯރާދީން ފަތުރަން މަސައްކަތް ކުރާދިވެހިން ހޯދައި އެމީހުންނަށް ވިސްނައިދިނުމާއި އިސްލާމް ދީނުގެ މައުލޫމާތު އިތުރު ކޮށް
    ދިނުން ވަރަށް މުހިއްމެވެ

  18. Anonymous

    ތަޢުލީމީ ދާއިރާ އިސްލާހު ކުރޭ!

  19. Anonymous

    އަޅުގަނޑަށްވެސް ތީގެ ސީޑީއެއް ލިބުނު 2017 ގައި މިހާރުވެސް އެބައޮތް

  20. ދިވެހިން

    ދިވެހިން ހުރިހަަ ކަމެއް ތި ނަގަނީ ނެގެތިވް ކޮށް. އޭނަ އެވާހަކަ ދެއްކީމަ ތިމާވެސް އޭނަޔާ ގާތްވެލާފަ ދެން އިސްލާމްދީނުގެ ވާހަކަ ދައްކަބަލަ. ދިވެހިން ހުރިހަާ ކަމެއް މަނާކޮށްފަ ސެކިއުލާ ވީމަ ވީ، ތިމާގެ އަޤީދާ ވަރުގަދަނަމަ ތިބުނާ ބައިބަލް ބެލީމަ އަޤީދާ ވާނީ ވަރުގަދަ. މިހާރު ތިހަދާހެން ހަދަންޔާ މާދަން މިޖީލުގެ ދަރިން ބަލާނެ ތި، އިސްލާމުން އެމީހުން ގޯސް ކުރާނީ. ދީނުގަ އޮންނަނީ ތަހުޤީގުވެސް ކުރަން.

    • ދޫކޮއްލާ

      އިސްލާމީ ޤައުމެއް ނަމަ ގައުމުގެ ވަރިޔާގެ މައްޗަށް ލާޒިމު ކުރޭ، ރައްޔިތުން ހޭލުންތެރި ކޮށް ޢަޤީދާ ވަރުގަދަ ކުރުމުގެ އިތުރަށް، ދީނާ ޚިލާފު ވާހަކަ ދައްކާ މީހުން ހައްޔަރުކޮށް އަދަބު ދީގެންވެސް މައިތިރި ކުރުމަށް ވެސް.