އާދުވަހަކަށް އިރުއޮއްސުނީއެވެ. ޒުވާނުންގެ ޕާރޓީތަކާއި ޑީޖޭތައް މިހިރަގެން ގިނަވަނީއެވެ. މިޔުޒިކު ޖަހައި ހެދުން ލައިގެން ތިބެމެ އޮރިޔާމާން ދެ ޖިންސު މަސްހުނިވެ ތަފާތު ހަފްލާތައް ބާއްވައި ހެދެމުން މިހިރަދަނީއެވެ. ނަމަވެސް އެއްފަހަރުވެސް ވިސްނާލީ ކާކުތޯއެވެ؟ މިދައްކަނީ މިއަދު ޒުވާނުންނާއި އަދި މި ދިވެހިރާއްޖެ ވެއްޓިފައިވާ ދަށުދަރަޖައިގެ ވާހަކައެވެ. ނަމަވެސް މިވާހަކަ ދައްކާމީހުން ގޯސްވުމަކީ ހަމަ އާދައިގެ ކަމެކެވެ.

ރާއްޖޭގައި މާދުރުނޫން މާޒީއެއްގައި ބޭއްވި ފިލްމް ފެސްޓިވަލަން ބަލާލަމާ ހެއްޔެވެ. ބައެއް އަންހެން ތަރިން ހެނދުން އަޅާފައި ހުރިގޮތް ކުރުގޮތަކަށް ސިފަކޮށްލާނަމަ، "މަތިންއޮތީ ހާކޮށެވެ. ތިރިންއޮތީ ހާއަޅައަޅައެވެ." ބުނުމުން ދިވެހި ބަސް ދަންނަ މީހަކަށް ވީޔާ ފަހުމުވާނެއެވެ. އެއްޒަމާނެއްގައި މިއީ މުޖުތަމަޢުގައި "ވަކިބަޔަކު" ކޮށް އުޅުނު ކަމެކެވެ. ނަމަވެސް މިހާރުވެސް އެކަންކުރަނީ ހަމަ އެމީހުންނެވެ. ނަމަވެސް ތަފާތު ވެފައިމިވަނީ ނަމެވެ. އެމީހުންނަށް ދެވުނު ނަންމިވަނީ ރީތިކޮށްލެވިފައެވެ. ފާފަވެރިންތަކެއް ކަމުގައި ބުނެވެމުން ދިޔަ މީހުން އެވަނީ ފަންނުވެރިންނަށް ވެފައެވެ. ފަންނާނުންނަށްވެފައެވެ.

ޤައުމުގެ އިސްލާމްދީން ހިމާޔަތްކުރެއްވުމުގެ ޒިންމާ ނަގާފައިވާ ވެރިފަރާތުންވެސް މަތިންނާއި ތިރިންނާއި މެދުން "ހާއަޅައަޅާ" ތިބި އަންހެން"ފަންނުވެރީން" ގެ ޝަރަފުގައި އެެއަތް ޖައްސަވަނީއެވެ. ދެން ޒުވާނުން ފަޅުރަށް ރަށަށްއަރައި ހަނދުވަރުމަތީގައި "އަތްޖަހާނެހާ" ގޮތަކަށް އަތްޖަހައި އަތްތަޅައި އުޅެންވީނޫންތޯއެވެ؟ ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ. ފާފަވެރިން ފަންނުވެރިންނަށް ވެއްޖެއެވެ. ބަނގުރާ ވައިނަށް ވެއްޖެއެވެ. އެއްޖިންސުން ގުޅުން ހިންގުން މިނިވަންކަމަކަށް ވެއްޖެއެވެ. ދީނަށް ފުރައްސާރަކުރުން ފެޝަނަކަށް ވެއްޖެއެވެ. ޒިނޭކުރުން މެޓައެއްނޮޅާލުން ކަހަލަ ކަމަކަށް ވެއްޖެއެވެ. ދީނަށް ގޮންޖެހުން މިނިވަން ނޫސްވެރިކަމަށް ވެއްޖެއެވެ. ކޮރަޕްޝަން "ދެފުށް"ފެންނަ ވެރިކަމަށްވެއްޖެއެވެ. މަތިން ތިރިއަށެވެ. ވަކި މީހެއްގެ ވާހަކައެއްނޫނެވެ.

ދެންފަހެ އިތުރަށް ބަޔާންކުރާނެ އިތުރުކަމެއް އެބައޮތްތޯއެވެ؟ މިފަދަ މުންކަރާތްތަކަކީ މަނާކުރެވެން ޖެހޭނެ ކަންކަމެވެ. މިއީ އިސްލާމީ ޤައުމެއްކަމުގައިވާނަމަ ކުރެވެން ޖެހޭނެއެވެ. އެހެނީ އިސްލާމްދީން ގޮވާލަނީ ރިވެތި ވެގެންވާ ޢިއްފަތްތެރިކަމަށެވެ. ފާފަތަކުން ދުރުވުމަށެވެ. އިސްލާމްދީން ގޮވާލަނީ ރިވެތި އަޚުލާޤަށެވެ. އެދީން ދަސްކޮށްދެނީ ހަމަހަމަކަމެވެ. ޒުވާނުންނަކީ ޒިންމާދާރު ބަޔަކަށް ހަދައިދޭ ދީނަކީ އިސްލާމްދީނެވެ. ބައެއްމީހުން ޒުވާނުން ދީނަށް އުޅެން ބެނުންނުވަނީ މަސްތުގައި ޖައްސާފައި ބޭތިއްބުމުން ކޮންޓުރޯލު ކުރަން ފަސޭހަވާނެތީއެވެ. އެކިއެކި ފާޙިޝް "ފަންނުތަކުގައި" ބައިތިއްބަން ބޭނުންވަނީ މިސަބަބުތަކަށް ޓަކައެވެ. ހޭވެރިވެލައްވާށެވެ. އާދުވަހަކަށް އެހެރަ އިރުއަރައި އޮއްސިގެން ދަނީއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. އަދުރޭ

    ނޫސްވެރިންތަ, ފިތުނަވެރިންތަ, ނޫނީ ދޮގުވެރިންތަ....

    22
    63
    • އަބްދުއްލަޠީފު

      ތިވާހަކަ އެބައޮތް ނޫސްވެރިޔާ ލިޔެފަ. ދެން ކަލޭ އިތުރަށް ކޯއްޗެއްލިޔާކަށް.

      41
      6
    • ސާދަ

      އަސަރު ކޮށްފިދޯ

      37
      7
    • ހުވަދު

      ސަންދޯކޭ ނުކިޔަ އިސްލާހުވެބަލަ...

      19
      2
  2. ސޮރު

    ޝައްކެއް ނެތް ފާފަވެރީން. އެނޫން ބަޔަކު ތިޔަ ކަހަލަ ކަމެއް ނުކުރާނެ. ރަޖަމް

    70
    5
  3. ހުސޭނުބޭ

    ހެޔޮ އަމަލުތަކާއި ފާފަ ކަނޑައެޅުއްވީ ޤިޔާމަތް ޤާއިމްކުރައްވާ އެޔަށް ޖަޒާދެއްވާ މާތްﷲއެވެ. ބަޔަކު ފާފެއް ރީތިކުރަން ކިތަންމެ ރީތި ކުލައެއްޖައްސައި ޒީނަތްތެރިކުރިޔަސް އެއީ ހެޔޮކަމެއްކަމުގައި ވާނެ ހަމަ އެއްގޮތެއްވެސް ނޯންނާނެއެވެ. އަދި އެކަމުގެ އަޒާބުން ރެކެވޭނެ އެއްވެސް ގޮތެއްވެސް ނޯންނާނެއެވެ.

    60
    3
  4. ބާރީ

    ވ . ފުރިހަމަ

    55
    3
  5. ޙާލަތު

    ކަންހުރީ ތިދެންނެވި ބީދައިންނެވެ. އެހެންނަމަވެސް ޙާލަތަކީ ދުރުން ބަލާމީހުނަށް ފެންނަ އެއްޗަކަށްވެސް ވަނީ ވެފައެވެ. ވެރިކަމުގެ ބާރުވެރިން ހިންގާ މުންކަރާތް ފެންނަނީ ވެރިކަމުގެ ބާރު ލިބެންދެނެވެ. ވެރިކަމުގެ ބާރު ލިބުމުން ކަންކަން އިސްލާޙް ކުރުމުގެ ގަޓު ހުންނާތީއެއް ނުފެނެއެވެ. މީވެސް އަދުގެ ޙާލަތެވެ. މާތްﷲ އަޅަމެނަށް ތެދުމަގު ދައްކަވާ ޘާބިތުކަން ދެއްވާށިއެވެ. އާމީން

    55
    3
  6. މަ

    ހަމަ ހަޤީގަތް. މީ މަ ވެސް ދައްކާ ވާހަކަ.

    49
    3
  7. ލޮޖިކް

    ފަންނުވެރިންނަކީވެސް ތިބޭބައެއް!

    18
    7
  8. ގަމު މީހާ

    މާޝާﷲ... ހަމަ 100 ގެ ލިޔުމެއް......ލިޔުން ތެރިޔާ އަށް ސާބިތުކަން ދެއްވާށި....

    78
    5
  9. ޔޭ

    ވަރަށް ހިތްހަމަޖެހޭ ރިޕޯޓެއް. ޙަމަތެދެއްތިބުނީ. ފަންނުވެރިންނެއްނޫން. ޙުސްފާފަވެރިން

    62
    4
  10. ޢަލިބެ

    މި ދިވެހިރާއްޖޭގައި ފަންނުވެރިންކަމަށް ދެކެނީ މިޔުޒިކްކުޅޭ މީހުންނާއި ފިލްމުކުޅޭމީހުން. މަސައްކަތްތެރިކަމާއި ހުނަރުވެރިކަމާ ފުރިހަމަކަމާއެކު ޤުރުއާން ކިޔެވުމާއި ދީނީ ކަންކަން އޮޅުންފިލުމާއި ދީން ހުއްދަކުރާގޮތަށް ހުންނަހެދުން ފަރުމާކުރުމަކީ ފަންނެއްނޫން. އިނާމާއި އެވޯޑާއި ދޭނީ މިކަންކަމާއިދިކޮޅު މިކަންކަމާއިދިކޮޅު ކަންކަމަށް. ސަޤާފީ އަދި ތަރިކައިގެ ކަންކަމުގައި ލަފާދޭންތިބޭނީ އެފަންނުގެ ތަޖުރިބާއާއި އެޚިދުމަތުގައި ގިނަދުވަސް ހޭދަކޮށްފައިވާ މީހުންނަށްވުރެބޮޑަށް ބޮޑުންބުނާގޮތަށް އާދެ ދަންނަވާ މީހުން.

    40
    2
  11. އަލީ

    މި ނޫހުންވެސް އަދި އެހެން ނޫސްތަކުންވެސް ފަންނުވެރީން ނަމުގައި ފާފަ ވެރިން ޕްރޮމޯޓް ކުރަނީތޯއެވެ. އެނގިހުރެ މިކަން ކުރުމަކީ ހާދަހާވާ ގެއްލުން ހުރި ކަމެކެވެ.

    10
    2
  12. އަހުމަދު

    ވ ރަނގަޅު ވާހަކަ އެއއއއށް

    9
    1
  13. ހެލްޕު

    ހަރުކަށިކަން ތިއީ ~ "އެމްޑީޕީ އެންމެންގެ ބަސްމަގު ހުންނަގޮތް"

    10
    2
  14. Anonymous

    ފަންނުވެރިންނާއި ފާފަވެރިންގުޅުވާލެވޭބީދާއިން، " ވެރިން" ނާއި ފާފާ ވެސް އަދި ވިޔަފާރިވެރިންނާއި ފާފާ ވެސް ކިބުރުވެރީންނާއި ބޮޑާވެރިންނާއި ފާފަވެސް ގުޅުވާލަދެއްވާފައި އިތުރު ލިއުމެއް ގެނަސްދެއްވުން އެދެން - ލިއުން ވ ފުރިހަމަ އަދި ވެސް ފުރިހަމަކޮށްލަދެއްވާ

    10
    1
  15. ތާކިހާ

    ދީނުގެ ނަމުގައި ތާކިޔާ ފެހުން އެއީ ކޮންފަންނެއްތޯ،

    6
    12
  16. ތާކިހާ

    ފަންނާނުންނާއި ފާފަ- ވެރިންނާއި ފާފަ- ކުއްވެރީންނާއި ފާފާ - ކިބުރުވެރީންނާއި ފާފަ- ބޮޑުންނާނާއި ފާފާ ވެސް ހަމަހަމަ ކަމާއި އެކުގުޅުވާލަދެއްވާ،

    10
    1
  17. ބަލާ

    ކަލޭ މެން ފާފަ ކުރާ ގޮތަށް އެހެން މީހުން ފާފަ ނުކުރުމަކީ މައްސަލައެއް ނޫން