ބޮލީވުޑްގެ މަޝްހޫރު ބަތަލް ރަންބީރު ކަޕޫރުގެ ގޭގައި ގެންގުޅުނު އޮޅު ކުއްތާއެއް ދަތް އަޅައިގެން އެމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

ރަންބީރު ހޮސްޕިޓަލަށް ގެންދިޔަކަން ޔަގީންވީ ބުދަ ދުވަހު ކަމަށްވެއެވެ. ހޮސްޕިޓަލަށް ގެންދިޔައީ ކުއްތާ ދަތް އެޅުމުން އިންފެކްޓްވުމުގެ ފުރުސަތު އޮތުމުންނެވެ.

ރަންބިރު ކަޕޫރަކީ ދެ ކުއްތާ އޮޅުކޮށްގެން ގޭގައި ގެންގުޅޭ މީހެކެވެ.

އެންޓަޓެއިންމެންޓް ޕޯޓަލްއިން ބުނީ އެ ކުއްތާ ދަތް އެޅީ ރަންބީރުގެ މޫނުގައި ކަމަށާއި ދަތް އެޅުމުގެ ސަބަބުން އޭނާގެ މޫނު ދުޅަ ވެފައިވާ ކަމަށެވެ.

އަދި ކުއްތާ ދަތް އެޅުމުން މޫނު ދުޅަވެ، އިންފެކްޓް ނުވަނީސް އެކަށީގެންވާ ފަރުވާ ރަންބީރަށް ހޯދާ ދިނުމަށް އޭނާގެ ޓީމުން މަސައްކަތް ކުރި ކަމަށްވެއެވެ.

ކޮވިޑް-19 ގެ ހާލަތު އޮތުމާއެކު ރަންބީރު އަށް ބޭނުންވާ އެންމެ އެކަށީގެންވާ ފަރުވާ ނުލިބިދާނެތޯ އޭނާގެ މޫނުގައި ކުއްތާ ދަތް އެޅިތަން ދައްކާ، އެތަން އިތުރަށް ޓެސްޓް ކުރުމަށް ކަމާބެހޭ ފަރާތްތަކުން ހުއްދަ ހޯދުމަށް ރަންބީރުގެ މީޑިއާ ޓީމުން މަސައްކަތް ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ރަންބީރުގެ ޓީމުން ވަނީ އޭނާ ހޮސްޕިޓަލަށް ދިޔަކަން މީޑިއާ އަށް ނޭންގުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ.

އެ ވާހަކަ މީޑިއާ އަށް ލީކުވީ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ބަޔަކު މީޑިއާ އަށް މައުލޫމާތު ދިނުމުންނެވެ.

ރަންބީރުގެ މޫނުގައި ކުއްތާ ދަށް އެޅުމުގެ ސަބަބުން ލިބުނު ގެއްލުމަކީ އޭނާގެ މޫނުގައި ލަކުނެއް ލާ އޭނާގެ ކެރިޔާ އަށް އަސަރުކޮށްފާނެ ފަދަ ކަމެއްތޯ ނުވަތަ ނޫންތޯ އަދި މިހާތަނަށް ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝެލީ

    ވީހާވެސް ގިނާން ޖަނަވާރުތައް ގެންގުޅެންވީ އިންސާނުންނަށްވުރެ ވެސް ލޯބިވާ އެއްވެސް ތިލަ

    6
    1
  2. ޕީސް

    ތިތަނުން ކޮބާ ކުއްތާ އަކީ އަސްލު؟

    3
    1