ސެކިޔުލިރިޒަމްއާއި އިލްޙާދުގެ މައްޗަށް ބިނާވެފައިވާ ފިކުރީ އޮއިވަރުގެ ނުރައްކާތެރި އަސަރު އަޅުގަނޑުމެންގެ މުޖުތަމަޢުތަކަށް ވަރަށް ބޮޑަށް ކުރަމުން އެބަދެއެވެ. ކަންމިހެންހުރިއިރު އިލްޙާދީ ފިކުރުތަކުގެ ބިޔަރާޅުތައް އަޅުގަނޑުމެންގެ ދިވެހި ދީބުގެ ގޮނޑުދޮށްތަކަށް މުގުރަމުންދާތާ 25ކަށް އަހަރުވެދާނެއެވެ. ”ސެކިޔުލަރިސްޓްވުމާއި އެތީސްޓްވުން: ސަބަބުތަކާއި އޭގެ ފަރުވާ“ މި މަޢުޟޫއުގެ ދަށުން ސިލްސިލާ ލިޔުންތަކެއްގެ ގޮތުގައި މި ހުށައަޅާލަނީ ޝައިޙް އަހްމަދު ޔޫސުފު އައްސައްޔިދު ޢަރަބިބަހުން މިފިކުރީ އޮއިވަރުގެ މައްޗަށް އަލިއަޅުއްވައި ލިޔުއްވައިފައިވާ سابغات (ސާބިޣާތު) މިފޮތުގެ ޚުލާސާ ތަރުޖަމާއެކެވެ.

ސެކިޔުލަރިސްޓް އަދި އެތީސްޓް ފިކުރީ އޮއިވަރުގެ ސިފަތައް

ސެކިޔުލިރިޒަމްއާއި އިލްޙާދުގެ މައްޗަށް ބިނާވެފައިވާ ފިކުރީ އޮއިވަރަކީ އެއްވެސް މަންހަޖެއްގެ މައްޗަށް ބިނާވެފައިވާ އެއްޗެއްނޫނެވެ. މި ފިކުރުގައި ބޮޑަށް އިސްކަންދެވިފައިވަނީ ދީންތަކަށް (ޚާއްސަކޮށް އިސްލާމްދީނަށް) ފާޑުކިޔުމަށާއި، ދީނާއިމެދު ޝައްކު އުފެއްދުމަށެވެ. އިލްޙާދީ ފިކުރުގެ އެންމެ މުހިންމު ރުކުނަކީ ކަލަކު ވޮޑިގެންވާކަމަށް އިންކާރުކުރުން ކަމުގައިވީނަމަވެސް، އެމީހުންގެ މުޅި ފޯކަސްހެން ހުއްޓިފައިވަނީ ދީނަށް ފާޑުކިޔުމަށެވެ. ހަދީސްތަކަށާއި، ރަސޫލާ صلى الله عليه وسلم ގެ މަތިވެރި ޝަޚްޝިއްޔަތްފުޅަށް ކުޑައިމީސް ބަސްތައް ބުނުމަށާއި، ދީނުގެ ޙައްދުތަކާއިމެދު ފާޑުކިޔުމަށެވެ.

ދީނާއިމެދު ޝައްކުއުފެއްދުމަށްޓަކައި ދީނާއި ގުޅޭ އެކި ރޮނގުތަކުން ސުވާލު އުފައްދާ، އެއްވެސް ހުދޫދެއްނެތި މިސުވާލުތައްކުރެއެވެ.

އެހެންކަމުން މި އޮއިވަރު ފަތުރާމީހުންނާއިކުރިމަތިލުމަށްޓަކައި ޢިލްމީގޮތުން ވަރަށް ބޮޑަށް ތައްޔާރުވާންޖެހެއެވެ. މި އޮއިވަރު ފަތުރާމީހުން ގެންގުޅެނީ "މިނިވަންކަން، މިނިވަންކަމާއެކު ވިސްނުން، ވާރުތަވެފައިވާކަންކަމާއިމެދު ތަހްލީލީ ނަޒަރަކުން ބެލުން" ފަދަ ވަރަށް ޖާޒުބީ ޝިޢާރުތަކެކެވެ.

މި އޮއިވަރުގެ އަސަރުކޮށްފައިވާ ބައެއްމީހުން އެކަން ފާޅުކުރާއިރު، ގިނަ މުލްޙިދުން އުޅެނީ އެކަން ސިއްރުކޮށްގެންނެވެ. ކަންމިހެންހުރިއިރު، މި ފިކުރު ފަތުރާމީހުން އެންމެ ވަރުގަދަޔަށް ވަކި ހިއްޕާލާފައިވަނީ ސޯޝަލް މީޑިއާގައެވެ. ގިނަބަޔަކު އެތީސްޓްފިކުރުގައިޖެހެނީ ސޯޝަލް މީޑިއާގެ ތެރެއިން ލާފައެވެ. އެހެންކަމުން ފަސްވަޤުތު ޖަމާޢަތުގައި ނަމާދުކުރާ ޒުވާނާވެސް މި ފިކުރުގައި ޖެހިދާނެއެވެ. އަދި ތަޤްވާވެރި ޞާލިޙް ދެމަފިރިޔަކަށް ލިބިފައިވާ ދަރިފުޅުވެސް މުލްޙިދަކަށް ބަދަލުވެދާނެއެވެ. އެއްފަހަރަކު ލައިވް ދީނީ ޕްރޮގްރާމަކަށް މިފަދަ އަންހެންކުއްޖަކު ގުޅިއެވެ. އަދި އޭނާ އިސްލާމްދީން ޤަބޫލުނުކުރާ ވާހަކައާއި އޭނަގެ ނަޒަރުގައި ދީނުގައި ހުރި މައްސަލަތަކުގެ ވާހަކަ ދައްކަމުންދިޔައެވެ. ދެން ކުއްލިއަކަށް ވާހަކަދެއްކުން ހުއްޓާލާފައި، ވަގުތުކޮޅަކަށް ހުރިއެވެ. އެއަށްފަހު އެއަންހެންކުއްޖާ ބުނީ ވާހަކަ މެދުކަނޑާލީ އޭނަގެ ބައްޕަ އެކޮޓަރިއަށް ވަނުމުންކަމަށާއި އޭނަގެ ބައްޕައަކީ مطوعއެއް (ތަޤްވާވެރި މީހެއް) ކަމުގައެވެ.

މިއޮއިވަރުގެ އެންމެ ނުރައްކާތެރިކަމަކީ މި އޮއިވަރުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ބަޔަކީ ދެ ޖިންސުގެ ޒުވާނުންކަމުގައިވުމެވެ. އަދި މި އޮއިވަރު ފަތުރާމީހުން ދަނީ އެމީހުންގެ މުޑުވަށް ރަނގަޅުކުރުމަށްޓަކައި ތަޢްލީމީ ދާއިރާއަށްވަދެ، އެމީހުންގެ ފިކުރު ކުޑަކުދިންނަށް އުނގަންނައިދެމުންނެވެ.

އެތީސްޓްވުމަށް ނުވަތަ ދީނާއިމެދު ޝައްކުކުރާ މީހަކަށް ވުމަށް މެދުވެރިވާ ސަބަބުތައް

  • ދާޚިލީ ސަބަބުތައް:

ހ.އީމާންތެރިކަން ދަށްވުން

ށ.ހިތުގެ ޢަމަލުތައް މަދުވުން. (ހިތުގެ ޢަމަލުތަކަކީ ﷲ ތަޢާލާއާއިމެދު އޮންނަ ލޯބި އަދި ތަވައްކަލް ދަށްވުން) އަދި ހަސަދަ އާއި ކިބުރުވެރިކަމުން ހިތްހިލަވުން

ނ.ދީނީ ޢިލްމު ލިބިފައިނެތުން

ރ.ހުސްވަގުތުގިނަވެ، ކުރާނެ ކަމެއްނެތިފައި ހުންނަންޖެހުން.

މުއައްލިފު ޒިކުރުކުރައްވާފައިވެއެވެ. "ޢަޤީދާއާއި ގުޅޭ ވަސްވާސްބަލި ޖެހިފައިވާ އަންހެނަކު ތިމަންނައާއި ކެނޑިނޭޅި އޭނަގެ ޝައްކުތައް ފިލުވުމަށް ސުވާލުކުރަމުންދިޔައެވެ. ދީނީގޮތުން ވަސްވާސްބަލީގެ ފަރުވާ ކިޔައިދީގެން އެއަންހެންމީހާ އެކަމުން ސަލާމަތްކޮށްދެވޭތޯ މަސައްކަތްކުރީމެވެ. އެކަމަކު ރަނގަޅުވާގޮތެއްނުވިއެވެ. އެ އަންހެންމީހާ ނަފްސާނީ ބަލީގެ ޑޮކްޓަރަކަށް ދައްކައިގެން ފަރުވާވެސް ހޯދިއެވެ. އެކަމަކު ބަލި ފަސޭހައެއް ނުވިއެވެ. ދެން ތިމަންނަ އެ އަންހެންމީހާގެ ދުވަހުގެ ތާވަލް އޮންނަގޮތް އޮޅުންފިލުވާލިއިރު އެނގުނީ އެއަންހެންމީހާގެ ހުސްވަގުތު ވަރަށް ގިނަކަމެވެ. ދެން ތިމަންނަ އެއަންހެންމީހާ އަބަދުވެސް ކޮންމެވެސް ފައިދާހުރިކަމެއްގައި މަޝްޣޫލްވާގޮތަށް ވަގުތުތައް ރާވާލަން އެހީވެދިނީމެވެ. އެކަމުގެ ނަތީޖާ ވަރަށް އަވަހަށް ފެނުނެވެ. އޭނަ މާގިނަ ދުވަހެއްނުވެ އަޤީދާއާއި ގުޅޭ ވަސްވާސްބަލިން ސަލާމަތްވެއްޖެއެވެ. އޭނާގެ ހިތަށް ނުތަވަސްކަން ގެނުވާފަދަ ވަސްވާސްތަކާއި ޝައްކުތައް އޭނަގެ ހިތަށް އެރުން މުޅިން ހުއްޓުނެވެ."

ކުރާނެ ކަމެއްނެތި ހުހަށް ހުންނަންޖެހުމަކީ މީގައި ސިކުނޑިއާއި ރޫޙަށް ވަރަށްބޮޑު ހުސްކަމެއް ގެނެސްދޭ ކަމެކެވެ.

މިހެން ހުންނަންގެހިއްގެނަމަ، މި ފަދަ ނުބައި ޚިޔާލުތަކާއި ޝައްކުތައް މީހާގެ ސިކުނޑީގައި ކިއްލާހަދާ ބޭކާރު ކަންކަމާއި ފިކުރުތަކުގައި މީހާ މަޝްޣޫލްކުރުވަމުން ދާނެއެވެ. އެކަހެރިނުވުމަށް ރަސޫލާ

ބ.ނަފްސާނީ މައްސަލަތައް

ތިމާއަށް ކުރިމަތިވެފައިވާ މުޞީބާތްތަކެއްގެ ސަބަބުން ﷲ ތަޢާލާގެ ޤަޟާ ޤަދަރަށް ނުރުހުންވެ، ﷲ ތަޢާލާ ވުޖޫދުގައިނުވާ ކަމަށް ޤަބޫލުކުރާ ހިސާބަށްދެއެވެ. ނުވަތަ ﷲ ތަޢާލާގެ ޢަދުލުވެރިކަމާއިމެދު ސުވާލުކޮށް، ތިމަންނައަށް މި މުޞީބާތްމެދުވެރިވާންވީ ކީއްވެހޭ ބުނާ ހިސާބަށްދެއެވެ. (?why me)

މިކަމަކީ މިޒަމާނަށް ޚާއްސަ ކަމެއްނޫނެވެ.

މިފަދަ ބައެއް މީހުންގެ ޚަބަރުތައް ﷲ ތަޢާލާ ޤުރުއާނުގައިދެއްވާފައިވެއެވެ. މިގޮތުން ތަޤްވާވެރިކަމާއެކު އަޅުވެރިކޮށް އުޅެފަ، މުޞީބާތެއް މެދުވެރިވުމުން އަޅުކަންކުރުން ދޫކޮށްލާ ނުބައިމަގަށް ކައްސާލާ މީހުންގެ ވާހަކަ ބަޔާންކުރައްވަމުން ﷲ ވަޙީކުރައްވައިފައިވަނީ:

وَمِنَ النَّاسِ مَن يَعْبُدُ اللَّـهَ عَلَىٰ حَرْفٍ ۖ فَإِنْ أَصَابَهُ خَيْرٌ اطْمَأَنَّ بِهِ ۖ وَإِنْ أَصَابَتْهُ فِتْنَةٌ انقَلَبَ عَلَىٰ وَجْهِهِ خَسِرَ الدُّنْيَا وَالْآخِرَةَ ۚ ذَٰلِكَ هُوَ الْخُسْرَانُ الْمُبِينُ ﴿١١﴾

"شك އެއްގެމަތީގައި ތިބެގެން، اللَّه އަށް އަޅުކަންކުރާ މީހުން، މީސްތަކުންގެ ތެރެއިންވެއެވެ. ފަހެ، އެމީހަކަށް ހެޔޮކަމެއް ދިމާވެއްޖެނަމަ، އެކަމުން ހިތްހަމަޖެހެއެވެ. އަދި އޭނާޔަށް ބަލާއެއް مصيبة އެއް ޖެހިއްޖެނަމަ، كفر ވެރިކަމަށް ފުރޮޅިދެއެވެ. އޭނާޔަށް ދުނިޔެއާއި آخرة ގެއްލުނީއެވެ. ބަޔާންވެގެންވާ ގެއްލެނިވުމަކީ ހަމައެއީއެވެ." (ސޫރަތުލް ޙައްޖު 11)

މި އާޔަތް ތަފްސީރުކޮށްދެއްވަމުން އައްޝެއިޙް ޢަބްދުއްރަޙްމާން އިބްނި އައްސަޢްދީ رحمه الله ވިދާޅުވެފައިވެއެވެ.

ބައެއް މީހުންނަކީ އީމާންކަން ވަރަށް ބަލިކަށި މީހުންނެވެ. އެފަދަ މީހުންގެ ހިތަށް އީމާންކަމެއްނުވަދެއެވެ. ދީނުގެ އަޅުކަންތައްތައް ތިމާ އުޅޭ ރަށުގެ މީހުންފަދައިން ކުރަމުންދެއެވެ. އެފަދަ މީހުންނަށް މުޞީބާތެއްކުރިމަތިވެއްޖެނަމަ، މާޔޫސްވެ، ދީނުގެ އަޅުކަންތައްތައް މަތިން ފޫހިވެ ދީނާއި ދުރުވެއެވެ. އެފަދަ މީހުންނަށް ދިރިއުޅުމުގައި ކުރިމަތިވާ އިމްތިޚާންތަކުގެ ކުރިމަތީގައި ސާބިތުވެ ކެތްތެރިއެއްނުވެއެވެ. މުޞީބާތެއްކުރިމަތިނުވެ، ފުރިހަމަކަމާއެކު ރިޒުޤު ލިބެމުންދާނަމަ، އޭނާ ދީންވެރިކަމާއެކު އުޅެއެވެ. އެކަމަކު މުޞީބާތެއްޖެހޭއިރަށް، މާޔޫސްވެ، ދީނުގެ އަޅުކަންތައްތައް މަތިން ފޫހިވެ ދީނާއި ދުރުވެއެވެ.

މުސީބާތްތަކަށް ކެތްތެރިވުމާއި މުސީބާތްތައް ދުރުކޮށްދޭ ނުވަތަ ލުއިކޮށްދޭ ކަންކަމާއި ގުޅޭ ލިޔުމެއްގެ ލިންކް ތިރީގައި މިވަނީއެވެ.

ޅ. މުޅި މުޖުތަމަޢު މާއްދިއްޔަތަށް ލެނބިފައިވާލެއް ބޮޑުކަމުން ކުރިމަތިވާ ޕްރެޝަރުތައް

  • ޚާރިޖީ ސަބަބުތައް:

ހ. ސޯޝަލް މީޑިއާ

ށ. ފިލްމުތަކާއި ވާހަކަފޮތްތައް

ނ. އިމެއްނެތް ޝަޙްވަތުގެ ރާޅުބާނި

ރ. އިސްލާމީ އުއްމަތުގެ ހުސްވެފައިވާ މަތިވަރާއި، ހުޅަނގުގެ ތަހްޒީބާއި ކުރިއެރުން

ބ. ޢައިރު މުސްލިމް ސަޤާފަތްތަކަށް ހުޅުވިފައިވާވުން

ދީނާއިމެދު ޝައްކު އުފެއްދުމުގެ މި ޙަރަކާތާއި ތިން ގޮތަކަށް މަސައްކަތްކުރަންޖެހެއެވެ. އެއީ މިޙަރަކާތުގެ އަސަރުކުރާ އަދި ކޮށްފައިވާ ގިންތިތަކަށް ބަލައިގެންނެވެ.

މަސައްކަތްކުރަންޖެހޭ ގޮތުގެ އުސްލޫބު ގިންތި
މި ގިންތިއަށް އަމާޒުކޮށް ހިންގަންޖެހޭނީ ރައްކާތެރިކުރުމުގެ

ޕްރޮގްރާމްތަކެވެ. (preventative)

ދީނާއިމެދު ޝައްކު އުފެއްދުމުގެ މި ޙަރަކާތުގެ އަސަރުނުކުރާ މީހުން
މި ގިންތިއަށް އަމާޒުކޮށް ހިންގަންޖެހޭނީ ފަރުވާދިނުމުގެ ޕްރޮގްރާމްތަކެވެ. އެތީސްޓުން، އިސްލާމްދީނާއިމެދު ޝައްކު ކުރާ މީހުން
މި ގިންތިއަށް އަމާޒުކޮށް ހިންގަންޖެހޭނީ ޢިލްމީ ބަހުސްތަކާއި އަދި އެމީހުންގެ ނަޒަރިއްޔާތުތަކާއި ޢަޤީދާގެ ދޯހަޅިކަމާއި، އެމީހުން އިސްލާމްދީނާއި މެދު ކުރާ ތުހުމަތުތަކުގެ އަސްލެއްނެތްކަން ބަޔާންކުރުމުގެ ޕްރޮގްރާމްތަކެވެ.

އަދި ބާރު ލިބިފައިވާ ފަރާތްތަކުން އެމީހުން ހިންގާ ޕްރޮގްރާމްތަކާއި، ސޯޝަލް މީޑިއާގައި އެމީހުންގެ އިލްޙާދީ ޕްރޮޕަގަންޑާ ފެތުރުން ހުއްޓުވަންޖެހޭނެއެވެ.

މަސްދަރު: އިލްމް.އެމްވީ / މުހައްމަދު މައުމޫން

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރޯނުބެ

    ނުކުރެވޭނެ ފަރުވާއެއް.
    ކުރެވޭނެ ކަމަކީ ފާރުގަނޑުގައި މަލަން އެޅުން.
    ދުލާއި ކަރު ބުރިކުރުން.

    6
    17
  2. އަހުމަދު

    މ މިފަދަ ލިޔުންތައް ގިނަގިނައިން ޝާޢިއު ކުރު މަށް އެދެން

    21
    7