ޕޮމްޕޭއަކީ ރޯމަނުންގެ އެންމެ ގަދީމީ އެއްރަށެވެ. އަދި އެއީ މީގެ އަހަރުތަކެއް ކުރިން ރޯމަނުންގެ އެންމެ ގަދަރުވެރި މީހުން އުޅުން ރަށެވެ. އާބާދީގައި 20،000 މީހުން އުޅުން ޕޮމްޕޭއަކީ އެ ޒަމާނުގައި އުމްރާނީ ގޮތުން އެންމެ ބޮޑަށް ކުރިއަރާފައިވާ ރަށެވެ.

އަދި އެއީ ޒަމާނީ ވަސީލަތްތަކާއި ގުދުރަތީ ތީރިކަމަށް ނަން މަޝްހޫރު ރަށެކެވެ. އެރަށުގެ މަގުތަކާއި އިމާރާތްތަކަކީ އެފަދަ ދެވަނައެއް ނެތް ތަންނަނެވެ. ޕޮމްޕޭގެ އަހުލުވެރިންނަކީ އިޓަލީގެ ރޯމަނުންގެ އެންމެ ތަނަވަސް ރަށެވެ. އަދި ޕޮމްޕޭގެ އަހުލުވެރިންނަކީ ގާފިލްކަންމަތީ ދުނިޔަވީ އެދުމާއިގެން މަސްއޫލުވެ އުޅުނު މީހުންނެވެ.

ޕޮމްޕޭގައި ރާވިއްކާ ގެތަކާއި ހަށިވިއްކާ އިމާތްތަށް ހެދިފައި ހުށްޓެވެ. އަދި ގިނަ މީހުން އެއްފަހަރާ ފެންވެރޭނެ ފަދަ ބޮޑެތި ގިފިލިތަށް އެރަށުގައި ހެދިފައި ހުށްޓެވެ. އަދި އެރަށަކީ އެއް ޖިންސުން ގުޅުން ހިންގުމާއި ޖުވާ ކުޅުމާއި ޒިނޭ އާއި އަޅުންނަށް އިހާނެތިކޮށް ހިތުންފަދަ އެތަކެއް ފާހިޝް ކަންކަމެއް ކުރުމުގައި ދެމިތިބި މީހުން އުޅުން ރަށެކެވެ. ނަތީޖާއަށްވީ މާތް ﷲ ކޯފާ އެބައިމީހުންނާ ބައްދަލުކުރުމެވެ.

ޕޮމްޕޭގެ އަހުލުވެރިން ނެތިގެން ގޮސްފައިވަނީ ޕޮމްޕޭގެ ކައިރީގައިވާ އަލިފާން ފަރުބައެއް ކަމަށްވާ ވާސިލިއަސް ގޮވުމުގެ ސަބަބުންނެވެ. އަދި އެ ފަރުބަދައިން ފޭބި އަޅިއާއި އަލިފާނާއި އެ ފަރުބަދައިން ފޭބި ވިހަ ގޭހުގެ ސަބަބުން ޕޮމްޕޭގެ އަހުލުވެރިން ނެތިކޮށްލިއެވެ.

އަދި އެމީހުންނަކީ ފާހިޝް ކަންކަމުގެ ބޮޑުން ކަން މިހާރު މިބިމުގެ 10 ފޫޓް އަޑީގައިވާ ޕޮމްޕޭއަށް ނަޒަރު ހިންގާލުމުންވެސް ވަރަށް ހާމަކަން ބޮޑު ގޮތެެއްގައި އެހުރީ ފެންނާށެވެ. އެބައިމީހުން ފަނާވެގެން ގޮސްފައިވަނީ އެމީހަކު ކުރަން ހުރި ކަމެއް ކުރަނިކޮށެވެ. ޒިނޭ ކުރަމުންދާ މީހުން ޒިނޭ ކުރަނިކޮށެވެ. ގާތުން ކިރުދޭން އިން މައިމީހާ އެގޮތުގައި އިންދައެވެ.

މިއީ މިއަދު އަޅުގަނޑުމެން އިބްރަތް ހާސިލް ކުރަންވީ ކަމެކެވެ. ފާހިޝް ކަންކަމާއި މަޖަލާއި ސަކަރާތުގައ ވަގުތުތަށް އިސްރާފުކުރަމުން ގެންދާއިރު މާތް ﷲ ކޯފާއެއް އައިސްދާނެ ކަމަށް ބިރުވެތިވާން ޖެހެއެވެ. އަދި ހެޔޮ އަމަލުތަށް ކުރުން ގިނަކޮށް އާޙިރަތުގެ ފޮނި މީރުކަން ހޯދަން ގަދައަޅައި މަސައްކަތް ކުރަން އެބަޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ހަމައަހާލީ

  އަބަދުބެސް މީގެ އެތަށް ސަތޭކަ އަހަރުކުރީގެ ކަންކަމުން މިސާލުޖަހާތަން ފެންނަނީ ފަހުގެ ތާރީހެއްގަ ހިގާފަވާ ތިފަދަ ކަމެއް ނެތްތަ؟

  19
  29
  • އިބުރައި

   އިބުރަތްހޯދަން ވަކިޒަމާނެއްގެ ވާހަކަޔެއް ކިޔަން ޖެހޭތަ. ކޮންމެ ވާހަކައަކުންވެސް އިބުރައި ޙާސިލްކުރަންވީ

   43
   6
  • ހިތާމަހުރި

   "ހަމައަހާލީ" ނަމުގަ ކޮމެންޓް ކޮށްފަ އިން ބޭފުޅާ، އެދެނީ ފަހުގެ ތާރިީޚެއްގައި ވެސް މިކަހަލަ ބިރުވެރި ހިތާމަހުރި ކަމެއް ވާންތަ؟

   6
   1
 2. ކައްބެ

  ފަހުގެތާރީހެއްގަ ސުނާމީ ފަހުގެތާރީހުހޯދަން އުޅޭމީހާއަށް ސުނާމީ އިބުރަތަކަށް ފަހެނުވޭތޯއެވެ އެޒަމާނުގަވެސް އަދި މިޒަމާނުގަވެސް ކަމެއްވާތަން ލޮލުންފެނި އަތުންހިފީމަ ނޫނީ ގަބޫލުނުކުރާބަޔަކު ވެއެވެ ﷲ އީ އެޒަމާނަށްވެސް އަދި މިޒަމާނަށްވެސް ކުޅަދުންވަންތަ އިލާހުއެވެ.

  8
  1
 3. ޖުއްބާ

  އެބައުޅޭ އެބައުޅޭ....

  1
  1
 4. ޢަޤީދާ

  ޖާހިލުން އޭރުވެސް މިހާރުވެސް އަބަދުވެސް އުޅޭނެބައެއްކަން ހަދާން ބަހައްޓަންވާނެ....