الحمد لله رب العالمين. والصلاة و السلام على أشرف الأنبياء و المرسلين. أما بعد:

"ބަނީ އިސްރާއީލު ބާގައިގެ ވަރަށް ގާތް ދެރަޙުމަތްތެރިއަކު އުޅުނެވެ. އެތަނުން އެކަކު ފާފަކޮށް ހަދައެވެ. އަދި އަނެއްމީހާ އަޅުކަން ކުރުމުގައި ބުރަކޮށް މަސައްކަތް ހަދައެވެ. އަދި އަޅުކަންކުރުމުގައި ހީވާގިކޮށް އުޅޭމީހާއަށް އޭނާގެ ރަޙުމަތްތެރިޔާ ފާފައިގެ މަތީގައި ވަނިކޮށް ފެނިއްޖިއްޔާ އަބަދުވެސް އެކަން ހުއްޓެން އޮއްވާ ހުއްޓުމަށް ބުނެއެވެ.

އެއްދުވަހު މީނާއަށް މީނާގެ ރަޙުމަތްތެރިޔާ ފާފަވެރި ޢަމަލެއްގެ މަތީގައި ވަނިކޮށް ބުނެފިއެވެ. ތިކަމުން ދުރުވެވެން އޮއްވާ ދުރުވާށެވެ. ދެން އޭނާގެ ރަޙުމަތްތެރިޔާ ބުންނެވެ. ﷲ ގަންދީފައި ބުނަމެވެ. ތިމަންނާ ދޫކޮށްލާށެވެ. ތިބާ ފޮނުއްވުނީ އަހަރެންގެ މައްޗަށް ފާރަލާ ބަލަހައްޓަން ހެއްޔެވެ؟ ދެން އަޅުވެރި ރަޙުމަތްތެރިޔާ ބުންޏެވެ. "ﷲ ގަންދީފައި ބުނަމެވެ. ﷲ ކަލެއަށް ފާފަ ނުފުއްސަވާނެއެވެ. ނުވަތަ ﷲ ތިބާ ސުވަރުގެ އަކަށް ނުވައްދަވާނެއެވެ.

ދެން ﷲ އެދެމީހުންގެ ރޫޙު ގެންދަވައިފިއެވެ. އަދި ﷲގެ ޙަޟްރަތުގައި އެދެމީހުން ޙާޟިރުކޮށްފިއެވެ. ދެން ހީވާގިކޮށް އަޅުކަންކުރި މީހާއަށް ބުންޏެވެ. ތިބާއަށް ތިމަން ﷲ އެނގޭ ހެއްޔެވެ؟ ނުވަތަ ތިމަންﷲގެ އަތްޕުޅުގެ މައްޗަށް ތިބާއަށް ބާރުލިބިގެންވޭ ހެއްޔެވެ؟ އަދި ފާފަކުރިމީހާއަށް ވަޙީކުރެއްވިއެވެ. ތިމަންއިލާހުގެ ރަޙުމަތުން ތިބާ ސުވަރުގެ ވަންނާށެވެ. އަދި އަނެއްމީހާއަށް ވަޙީކުރެއްވިއެވެ. އެފާފައާއިގެން(އެބުނި ބަހާއިގެން) ތިބާ ނަރަކައަށް ދާށެވެ."

ދެން އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. "އެއިލާހުގެ އަތްޕުޅުގައި ތިމަންކަލޭގެފާނުގެ ނަފުސުވާ ފަރާތް ގަންދެއްވައި ބުނަމެވެ. އޭނާ އެބުނި ބަހަކީ ދުނިޔެއާއި އާޚިރަތް ފަސާދަކޮށްލަނިވި ބަހެކެވެ."

މިއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަ ކިޔާދެއްވާފައިވާ ވަރަށް ޢިބުރަތްތެރި ވާހަކައެވެ.

ވާހަކައިގެ މަސްދަރު: ސުނަނު އަބީ ދާވޫދު. (4901) ޞައްޙަ ކުރެއްވި ޝެއިޚު އަލްބާނީ ރަޙިމަހުﷲ.

ވާހަކައިން ލިބޭ ޢިބުރަތްތައް:

ހ. ނޭނގޭ ޙާލު ﷲގެ މައްޗަށް ބަސްބުނުމަކީ ބޮޑުވެގެންވާ ޖަރީމާއެއްކަން އަދި ނަރަކައަށް އެކަމުގެ ސަބަބުން ވެއްޓިގެން ހިނގައިދާނެ ކަމެއްކަން.

ށ. ދުލަށް ރައްކާތެރިވުމުގެ މުހިންމުކަން.

ނ. ވަރަށް ގިނަ މީސްތަކުން ނުވިސްނާ ބުނާ ބަހެއްގެ ސަބަބުން ނުވަތަ ޢިލްމު ނުލިބި ބުނާ ބަހެއްގެ ސަބަބުން ނަރަކައަށް ވަންނަން ޖެހިދާނެކަން.

ރ. ދީނާއި މެދު ޢިލްމު ނެތް ޙާލު ވާހަކަ ދެއްކުމުގެ ނުބައިކަން. އެހެނީ ދީނަކީ ﷲއަށާއި އަދި އެއިލާހު ދީން ބަޔާންކޮށްދެއްވަން ފޮނުއްވީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ނިސްބަތްކުރެވޭ ކަމެކެވެ.

ޙަދީޘްގެ ނައްޞު.

(كَانَ رَجُلَانِ فِي بَنِي إِسْرَائِيلَ مُتَوَاخِيَيْنِ فَكَانَ أَحَدُهُمَا يُذْنِبُ وَالْآخَرُ مُجْتَهِدٌ فِي الْعِبَادَةِ فَكَانَ لَا يَزَالُ الْمُجْتَهِدُ يَرَى الْآخَرَ عَلَى الذَّنْبِ فَيَقُولُ أَقْصِرْ فَوَجَدَهُ يَوْمًا عَلَى ذَنْبٍ فَقَالَ لَهُ أَقْصِرْ فَقَالَ خَلِّنِي وَرَبِّي أَبُعِثْتَ عَلَيَّ رَقِيبًا فَقَالَ وَاللَّهِ لَا يَغْفِرُ اللَّهُ لَكَ أَوْ لَا يُدْخِلُكَ اللَّهُ الْجَنَّةَ فَقَبَضَ أَرْوَاحَهُمَا فَاجْتَمَعَا عِنْدَ رَبِّ الْعَالَمِينَ فَقَالَ لِهَذَا الْمُجْتَهِدِ أَكُنْتَ بِي عَالِمًا أَوْ كُنْتَ عَلَى مَا فِي يَدِي قَادِرًا وَقَالَ لِلْمُذْنِبِ اذْهَبْ فَادْخُلْ الْجَنَّةَ بِرَحْمَتِي وَقَالَ لِلْآخَرِ اذْهَبُوا بِهِ إِلَى النَّارِ قَالَ أَبُو هُرَيْرَةَ وَالَّذِي نَفْسِي بِيَدِهِ لَتَكَلَّمَ بِكَلِمَةٍ أَوْبَقَتْ دُنْيَاهُ وَآخِرَتَهُ.)

وصلى الله وسلم على محمد و على آله و صحبه أجمعين. آمين.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކުރަފި

    އެކަކުވެސް ނެތް ދާން ނުޖެހޭ

  2. ހޫ

    މިއީ ވަރަށް ގިނަ ދިވެހިންވެސް ކުރާކަމެއް. ބައެއް ހަބަރުތަކުގެ ކޮމެންޓު ތަކުންވެސް ފެންނާނެ ކާފަރުންނާ ދިމާލައް މިވެނި މީހަކަށް އޮތީ ނަރަކައޭ ކިޔާ ތިމާ ވަރު ބަޔަކު ނެތިގެން ﷲ އާމެދު ނޭގޭ ބަސްބުނާ މީހުން. އެންމެ ފަހުވަގުތު ވާނެ ގޮތްވެސް އެނގޭނީ އެކަލާނގެއަށް އަހަރެމެން އިންސާނުން ނަކަށް ނޫން.