الحمد لله رب العالمين. الصلاة و السلام على محمد و آله صحبه أجمعين و بعد:

އިސްތަށީގައި ކަޅުކުލަ ޖެއްސުމަކީ ޙަރާމްވެގެންވާ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނިގެންވާ ކަމެއްކަމަށް ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ. (1) އަންހެނުންނާއި ފިރިހެނުންނަށްވެސް އިސްތަށީގައި ކަޅުކުލަ ޖެއްސުން ޙަރާމްވެގެންވެއެވެ. (2) ބައެއް ޢިލްމުވެރިން އަންހެނުންނަށް ޒީނަތެއްގެ ގޮތުގައި ހުއްދަކުރެއްވިކަމުގައި ވިޔަސް ރަނގަޅު ގޮތަކީ އަންހެނުންނާއި ފިރިހެނުންނަށްވެސް ޙަރާމްވެގެންވުމެވެ.(3)

އެގޮތުން އިސްތަށީގައި ކަޅުކުލަ ޖެއްސުމާއި ބެހޭގޮތުން ނަހީ އައިސްފައިވާ ބައެއް ޙަދީޘްތައް ތިރީގައިއެވަނީއެވެ.

  1. (أُتِيَبِأَبِيقُحَافَةَيَوْمَفَتْحِمَكَّةَوَرَأْسُهُوَلِحْيَتُهُكَالثَّغَامَةِبَيَاضًافَقَالَرَسُولُاللَّهِصلىاللهعليه وسلم ‏"‏غَيِّرُواهَذَابِشَىْءٍوَاجْتَنِبُواالسَّوَادَ‏"‏ ) (4)

މާނައީ: މައްކާ ފަތަޙަކުރެވުނު ދުވަހު (އަބޫ ބަކުރު ރަޟިޔަﷲ ޢަންހު) އެކަލޭގެފާނުގެ ބައްޕާފުޅު އަބޫ ޤުޙާފާ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ގެންނެވިއެވެ. އޭރު އަބޫ ޤުޙާފާގެ ބޮލުގެ އިސްތަށި ހުދުކަން ޘިޣާމާ(ހުދުކުލައިގެ އެއްޗެއް އަޅާގަހެއް) ފަދައެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ކޮންމެސް އެއްޗެއް ބޭނުންކޮށްގެން (އަބޫ ޤުޙާފާގެ ބޮލުގެ) މިއިސްތަށިތަކުގެ ކުލަ ބަދަލުކުރާށެވެ. އަދި ކަޅުކުލަ ޖެއްސުމުން ދުރުވާށެވެ."

މި ޙަދީޘްގައި ކަޅުކުލަ ބޭނުންނުކުރުމަށް އަމުރުކުރައްވާފައިވެއެވެ.

  1. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (يَكُونُ قَوْمٌ يَخْضِبُونَ فِي آخِرِ الزَّمَانِ بِالسَّوَادِ، كَحَوَاصِلِ الْحَمَامِ، لَا يَرِيحُونَ رَائِحَةَ الْجَنَّةِ) (5)

މާނައީ: "ފަހު ޒަމާނުގައި ކޮތަރުގެ ބަނޑު ދަށުގައިވާ ކަޅުކުލަ ފަދައިން، (ބޮލާއި ތުނބުޅީގެ އިސްތަށީގައި) ކަޅުކުލަ ޖައްސާ ބަޔަކު އަންނާނެއެވެ. އެބައިމީހުން ސުވަރުގޭގެ ވަސްވެސް ނުދެކޭ ހުއްޓެވެ."

މި ޙަދީޘްގައި މިވަނީ އެފަދައިން ޢަމަލުކުރާ މީހުންނަށް ވަޢީދުގެ ބަސްފުޅު އައިސްފައެވެ. އެއީ ސުވަރުގޭގެ ވަސްވެސް އެބައިމީހުންނަށް ނުލިބުމެވެ. އެހެނީ ސުވަރުގޭގެ ވަސް ފަސްސަތޭކަ އަހަރުގެ ރާސްތާ ދުރުމިނުގައިވެއެވެ. ޢިލްމުވެރިން ބަޔާންކުރައްވާގޮތުގައި (ވަޢީދުގެ) ޢަޒާބުގެ އިންޒާރު ނައްޞެއްގައި އައިސްފިކަމުގައިވާނަމަ އެކަމެއް ބޮޑު ފާފައަކަށް ވާހުއްޓެވެ. އެހެންކަމުން މިނުބައި ޢަމަލުން ސަލާމަތްވުމުގެ ތަޢުފީޤު އަޅުގަނޑުމެން އެންމެހާ މުސްލިމުންނަށް ދެއްވާށިއެވެ.

وصلى الله وسلم على سيدنا محمد و آله صحبه أجمعين.

_______________
ބައްލަވާ.

  1. مجموع فتاوى و رسائل لابن العثيمين رحمه الله. 11/122
  2. المجموع شرح المهذب للنووي رحمه الله. 1/294
  3. فتاوى نور على الدرب لابن باز رحمه الله. رابط:

http://www.binbaz.org.sa/node/11146

  1. صحيح مسلم. رقم الحديث: 2102
  2. سنن أبي داود. رقم الحديث: 4212 و صححه الألباني رحمه الله.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. Anonymous

    ތީ ދޮގު! ހަރާމް ނުން ކަމެއް ނެތެއްނުން! އިސްލާމް ދީނަކީ ތިހާ އުދަގޫ ދީނެއް ނުން! ދުނިޔެ ޢާބާދު ކުރަން ވެސް ވަނީ އަންގާފަ! ޒުވާން އިރު ނުރަވާ މީހުން ކަޅު ނުކޮށް ކިހިނެތް ވަޒިފާ އާ ެހެން ކަންކަމުގަ ކުރި ހޯދަނީ! އެ ގޮތުން ދުނިޔެ އާބާދު ކުރަނީ! ތީ ހާބީން ގެ އަމިއްލަ ވިސްނުން!

    15
    69
    • ލޮލް

      ބުރޯ ކަޅުކުލަ ނޫން އެހެން ކުލަ ޖެއްސޭނެ ހަހަ

      42
      1
      • ޙެހެހ

        ރަސޫލާގެ ހަދީޝްގައިވެސް އެއޮތީ ކަޅުނުކުރަން ، އެހެންވީމަ ނުކުރަންވީ ،

        27
        1
    • ޢަލީ

      ހާބީންއުޅޭނީ އަބަދުވެސް ދީނަށްއުޅެން ދޫނުދީ!

      5
      7
    • ޙެހެހ

      ކަލޭކީއްވެ ނަމާދުކުރާއިރު ވަކިރަކްއަތްތަކަުން ކުރަން އެނގުނީ ، ކަލޭބުނަންވީނު ޤުރުއާނުގައި އޮތީ ނަމާދުކުރާށޭ ، ކުރަންވީ ގޮތެއްނެތޭ ، ހެޔޮވާނެތަ ޖާހީލްވެގެން އުޅެން

      18
      1
    • އަޅު

      ލައްބަ އަބްނޯމަލް ވިއްޔާ ނޯމަލް ކުރުން ދީނުގަ ހުއްދަވާނެނު. އޮޅުވާލުމާ މަކަރުހެދުން ހަރާމް.

  2. ހަޤީޤަތް

    ތިހަދީސްގެ ފަހުބައި ސައްހަކަމާމެދު ގިނަޢިލްމުވެރިން ދެބަސްވޭ ތަސޫލާ ވަކިކުލައެއް ނުޖެއްސުމަށް ހަދީސްކުރައްވާފައެއްނުވޭ އަދި ކަޅުކުލަ ނުޖެއްސުމަށް އޮތްބަޔަކީ ރާއީ އިތުރުކުރި ބައެއްކަމަށް ޑޮކްޓަަރ އަބުދުއްސައްތާރު ލައިވު ދީނީ ޕްރޮގުރާމުގައި ވިދާޅުވެފައިވޭ ސާފުނުވާނަމަ ޔޫޓިޔުބުގައި ހުރި ސައްތާރު، ފައްޔާޒު.، މަޖީދުދެ ދީނީ ޕްރޮގްރާމުތަކުގެ ޕާޓުތައް ބައްލަވާލީމަ ސާފުވާނެ!!!

    17
    5
  3. ނަނަނަ

    މީގެ އެންމެ މޮޅުތަންކޮޅަކީ ފަހުޒަމާން އަދި ނާންނައިރު އެޒަމާނުގަ އަންނާނެކަމަށް ބުނާ ވަރަށް ގިނަ ކަންތައްތައް މިއުޅެނީ އައިސްގެން. ހިތަށް އަރާ އޭއައިގެ ވާހަކަ ނާދޭބާއޭ. އެވާހަކަވެސް އައިއްސަ އޮތީ ދޯ.

    8
    9
    • ދޮގު

      ބަލ ނަބިއްޔ ފޮނުވުނ އެއ ފަހުޒަމާނުގ ބޮޑ އަލާމާތެއ ކަނ ނޭންގ މީހާއަށ ފަހ ޒަމާނ ނޭންގޭނެ

    • ކައްނާޑި

      ތަންދޮރުު ނޭނގޭޭ މީހުންް ކޮމެންޓްް ލިޔާނީީ ދަންނަަ މީހުންގެެ ގާތުންް އޮޅުންފިލުވާފަަ. ކީރިތިި ރަސޫލާާ މުޙައްމަދުު ޞޢވވ އަކީީ ފަހުޒަމާނުގެެ ނަބިއްޔ!

  4. ޙާރޫން

    ޜަސޫލު ބޭކަލުންގެ ތުނބުޅި ކޮޅު ނުވަތަ ބޮލުގެ އިސްތަށިކޮޅުގައި ހުންނެވިކުލަ ވިދާލުވެލައްވަބަލަ!

  5. ނަޞްރުﷲ

    މިތަނުގައި ލިޔެފައިވާ ޚިޔާލުތައް ކިޔާލުމުން ވެސް މާތް ނަބިއްޔާގެ ޙަދީޘްފުޅުތަކުގެ ތެދުކަން ހާމަވެއެވެ. އެޒަމާނެއް މިޒަމާނެއް ނޭނގޭ ބަޔަކަށް ފަހުޒަމާނެއް ފަހެ އެނގޭނީ ކިހިނެއްތޯއެވެ!!!
    ޙަދީޘްފުޅެއްގެ ކުރީބައި ޞައްޙަވެފައި މެދުބައި ޞައްޙަނުވެ އަދި އޭގެ ފަހުބައި ޞައްޙަވުމާއި، ކުރީބައި ޞައްޙަ ވެފައި ފަހަތުބައި ޞައްޙަ ނުވީ ވާހަކައެވެ.
    އެގޮތަށް ރިބާ ވެސް ބަޔަކު ޞައްޙަ ކޮށްފިއެވެ. ބަގުރާ ގެ ޙުކުމުގެ އެއްބައި ޞައްޙަނުވާ ކަމުހައި ހަދައި އެވެސް ހުއްދަ ކޮށްފިއެވެ. ޒިނޭގެ ޝަރުޢީ ޒިނޭއާއި ގާނޫނީ ޒިނޭ ވާކަކުގައެވެ. ހިލޭއަންހެނުންނާއި ފާޙިޝް ގައިގޯޅިވުން ވެސް ހުއްދަ ކުރީ ޙަދީޘްފުޅުގެ އެއްބައި ޞައްޙަނުވެގެންނެވެ. މުސްލިމު މުޖުތަމަޢެއްގެ ތެރޭގައި ބިކިނީގައި އުޅުންވެސް ހުއްދަ ކުރީ ޙަދީޘް ފުޅުގެ އެއްބައި ޞައްޙަ ނުވާކަމަށް ހަދައިގެންނެވެ. މިހުރިހައި ކަމެއްގެ ވަކާލާތު ކުރަނީ އިސްލާމީ ޢިލްމުވެރިކަމުގެ ތާކިހާ އަޅައިގެންނެވެ. މިގައުމުގައި 30 އަހަރު ވެރިކަން ކުރީ އަޒުހަރުން ކިޔަވައިގެން އައިސް ތިބި ދެމަފިރިންނެވެ. ބުރުގާ ނޭޅުނީ ގުރުއާނާއި ޙަދީޘް ފުޅުތަކައި އެއްބައި ޞައްޙަ ނުވާކަމަށް ދެކިގެން ކަމުގައި ވެސް ވެދާނެއެވެ.
    އާދޭހެވެ! ތިމާމެންގެ ހުރި މުނާފިގުކަމާއި ޖާހިލުކަން ނޫނީ އިސްލާމް ދީނުގެ ޙުކުމްތަކަށް އިންކާރެއް ނުކުރާނެއެވެ.

    29
    1
  6. ފުރަތަމަ

    ފުރަތަމަ ހަދީސުގައި ހަރާން ކޮށްފައިވަނީ ބޯ ގުދުރަތީ ގޮތުން ހުދުކޮށް ބެހެއްޓުން. ކޮންމެވެސް ކުލަ އެއް ޖެއްސުމަށް އަމުރުކޮށްފައި އެވަނީ.

    4
    0
  7. ބާއީ

    ޝައްކެއްވެސް ނެތް. އިސްލާމް ދީން އުނދަގޫވާނެ ހިތުތެރޭ މުފިގުކަން އަށަގެންފިނަމަ.

    14
  8. Anonymous

    ހުރިހާ ހެޔޮ އަމަލެއްކޮށް ފާފައިން ދުރުވެ އުޅުނު މީހާ ތުބުޅި ކަޅުކުރުމުގެ ސަބަބުން ސުވަރުގޭގެ ވަސްވެސް ނުދުވާ. ވިސްނާލާފަ ބުނެބަލަ މީތި ހަމަޖެހޭތަ. ފަހުޒަމާނުގަ އަންނާނެ ދީނަކީ ބަޔަކަށް ތަކްލީފަކަށް ހަދާ ދީނާމެދު ނަފްރަތު އުފައްދާ ބަޔެއްވެސް. ކުލަޖެއްސުމުގެ ހަދީސްގަ ގިނައިން އޮތީ ހުދު ނޫން ކުލަޔަކަށް ބަދަލު ކުރުން. ދެން މިކަމުގަ ހަރާން ހަލާލް ޓެގު އަޅުވަން ނޫޅެބަލަ ހެޔޮނުވާނެ.

    7
    2
  9. ީހިޔަމަ

    ކަޅައްވުރެ 1ޝޭޑް ދަށް ކުރޭ.