ﷲއަށް އީމާންވުމުގެ މާނައަކީ: ރައްބުވަންތަކަމާއި އަދި އިލާހުވަންތަކަމާއި އިސްމުފުޅުތަކާއި ސިފަފުޅުތަކުގައި އެއްކައުވަންތަ އިލާހެއް މިކައުނު އުފެއްދެވިކަމަށް ވާކަމަށް ޚަބަރުތައް ޤަބޫލުކުރުމާއި އަދި ޙުކުމްތަކަށް އިޤުރާރުވުމާއި އެކަމަށް ބޭނުންވާ (އެންމެހާ) ކަންކަމަށް އިޤުރާރުވުމާއި އަދި އިއުތިރާފުވުމެވެ.

މިމާނައިން ބަލާއިރު ﷲއަށް އީމާންވުމުގައި އެތައްކަމެއް ހިމެނެއެވެ.

އެގޮތުން ފުރަތަމަ ކަމަކީ: ﷲ ސުބުހާނަހޫ ވަތަޢާލާ ވޮޑިގެންވާ ކަމަށް އީމާންވުން.

ﷲ ސުބުޙަނަހޫ ވަތަޢާލާ ވޮޑިގެންވާ ކަމަށް ހަތަރުކަމަކުން ދަލީލުކުރެއެވެ.

ހ. ބުއްދި. ށ. ޙިއްސު. ނ. ފިޠުރަތް. ރ. ޝަރުޢު.

ހ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވާ ކަމަށްވާ ބުއްދީގެ ދަލީލުތައް.

މިކައުނުގައިވާ ކައުނީ ދަލީލުތަކާއި އަދި ޙިއްސީ ކާއިނާތުތަކުން ﷲ ވޮޑިގެންވާކަމަށް ބުއްދީގެ ގޮތުން ދަލީލުކުރެއެވެ. ފަހެ މިޢާލާމްތައް އެއްކޮޅުން އަނެއްކޮޅަށް ހެއްދެވި ފަރާތެއް އަދި އެކަން ހިންގަވައި އަދި ރާއްވަވާ ފަރާތެއް ވުމަކީ ލާޒިމުކަމެކެވެ. ހެއްދެވި ފަރާތެއް ނުވެ މިތަންތަން ވުމަކީ ވާނެކަމެއް ނޫނެވެ. ﷲ ސުބުޙަނަހޫ ވަތަޢާލާ ވަހީކުރައްވާފައިވެއެވެ.

( أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ الْخَالِقُونَ، أَمْ خَلَقُوا السَّمَاوَاتِ وَالْأَرْضَ، بَل لَّا يُوقِنُونَ) سورة الطور: 35-36.

މާނައީ: "ފަހެ އެބައިމީހުން އުފެއްދުނީ އެއްވެސް އެއްޗަކުން ނޫންހެއްޔެވެ؟ ނުވަތަ އެބައިމީހުންނަކީ އުފައްދަވާފަރާތްތައް ހެއްޔެވެ؟ ނުވަތަ އުޑުތަކާއި ބިން ހެއްދެވީ އެބައިމީހުން ހެއްޔެވެ؟ ނަމަވެސް އެބައިމީހުން އީމާންނުވަނީއެވެ."

އެހެންކަމުން ޖުބައިރު ބިން މުޠުޢިމު ރަޟިޔަﷲ ޢަންހު މިއާޔަތްތައް އަޑުއިވުމުން އޭގެފަހުން އެބަސްތައް އެކަލޭގެފާނުގެ (ހިތްޕުޅުން) ނުދެއެވެ. ދެންނެވިއެވެ. "ތިމަންކަލޭގެފާނުގެ ހިތްޕުޅު އުދުހިގެންދާ ފަދައެވެ."

އެއީ އެއާޔަތުން އެކަލޭގެފާނުގެ ހިތަށް ލިބުނު އީމާންކަމުގެ ސަބަބުންނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ އަޅުތަކުންނަށް މައްޗަށް ތިރީގައިވާ މަޚުލޫޤުތަކަށް ދަލީލުތަކެއްގެ ގޮތުގައި ފެންނަ އާޔަތްތަކެއްގެ ގޮތުގައި (އެތަކެއްޗަށް ބެލުމަށް)، އެއިލާހު ދެނެގަތުމަށް ބެލުމަށް އަމުރުކުރައްވާފައިވެއެވެ. އެއީ ﷲގެ މިވަޙީބަސްފުޅުގައިވާ ފަދައިންނެވެ.

(وَفِي الْأَرْضِ آيَاتٌ لِّلْمُوقِنِينَ ) سورة الذاريات: 20.

މާނައީ: "ޔަޤީންކުރާ ބަޔަކަށް ބިމުގައި (ކުޅަދުންވަންތަކަމުގެ) ހެކިތަކެއްވެއެވެ."

މުރާދަކީ ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކަށް ބަލާށެވެ. އެއީ އެތަނުގައިވާ ތަކެތީން އެތަކެތި ހެއްދެވި ފަރާތުގެ މަތިވެރިކަމާއި އަދި އެފަރާތެއްގެ ޤުދުރަތުގެ ރިވެތިކަމާއި އަޖައިބުކަމަށް ދަލީލުކުރާތީއެވެ. އެއީ އެތަނުގައި ﷲ އުފައްދަވައި ލައްވަވާފައިވާ ތަކެތީގެ ވައްތަރުތަކުގެ ސަބަބުންނެވެ."

ﷲ ވޮޑިގެންވާކަމަށްވާ ޙިއްސީ ދަލީލުތައް.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވާ ކަމަށް ދަލީލުކުރާ ފިޠުރަތުގެ ދަލީލުތައް.

"ފަހެ ހަމަކަށަވަރުން އިންސާނާ އޭނާގެ ރައްބު ސުބުޙާނަހޫ ވަތަޢާލާއަށް ބޭނުންވާ ދުނިޔޭގެ ކަންކަމުގައި ދުޢާކޮށް ހަދައެވެ. މިފަދައިން ދުޢާކުރާއިރު ދަންނަވައެވެ. އޭ ރައްބެވެ.. އަދި ބޭނުންވާ ކަމުގެ ވާހަކައިން ބަޔާންކޮށް ދަންނަވައެވެ. ފަހެ އެކަންތައް އެމީހަކަށް އިޖާބަނުވެ ނުދެއެވެ. ފަހެ އެމީހަކަށް އެކަން ލޮލުން ފެނިދެއެވެ. މިކަމުން ﷲ ވޮޑިގެންވާކަން ދަލީލުނުކުރޭ ހެއްޔެވެ؟

މިކަމަށް ކާފަރުންނާއި މުލްހިދުން އިޤުރާރުވެފައި އެބަހުއްޓެވެ. އަޅުގަނޑަށް އިވިފައިވާ މިވާހަކަ ކިހާ ފުރިހަމަ ހެއްޔެވެ؟ އަޅުގަނޑަށް(ޝެއިޚު ޢަބްދުﷲ ތައްޔާރު) މިވާހަކަ ބަޔާންކޮށްދެއްވީ ދާޢީއެކެވެ. ދެންނެވިއެވެ. "ޤައުމަކަށް ދިޔުމަށްޓަކައި ތިމަންމެން ދަތުރެއްގައި ވީމެވެ. އަދި މަތިންދާ ބޯޓަށް އެރީމެވެ. ދަތުރުކުރަނިކޮށް މަތިންދާބޯޓުގައި ކަމެއް ހިނގައިފިއެވެ. އެވަޤުތު ހުރިހާ ފަޅުވެރިންނަށްވެސް އެމީހުން މަރުވެދާނެ ކަމުގެ އިޙުސާސްކުރެވެން ފަށައިފިއެވެ. އަދި ސަލާމަތް ވާނެ އެއްވެސް ގޮތެއް ނެތްކަމުގެ އިޙުސާސްކުރެވެން ފަށައިފިއެވެ. ދެން ތިމަންނާވެސް މުޞްހަފުނަގައި ކިޔަވަން ފަށައިފީމެވެ. ދެން ތިމަންނާގެ ކައިރިޔަށް ކަލަކުވާކަމަށް ޤަބޫލުނުކުރާ މުލްޙިދެއް (އެތީސްޓެއް) އައިސްފިއެވެ. އަދި ވަރަށް ބާރު އަޑުން ބުނަން ފަށައިފިއެވެ. ގިނައިން ކިޔަވާށެވެ. އަދި ކައިރިއަށް ހުއްޓި އަރިމަތީގައި ހުރެގެން ބުނަމުން ދިޔައެވެ. ގިނައިން ކިޔަވާށެވެ. އަދި އަޑުގަދަކޮށް ކިޔަވާށެވެ. ފަހަރެއްގައި ﷲ އަހަރެމެން ނަޖާކޮށްދެއްވަފާނެއެވެ. ﷲއަށް ޙަމްދު ހުއްޓެވެ. އެނުރައްކާތެރި ދަތުރުން އަހަރެމެން މިންޖުވެ ސަލާމަތް ވިއެވެ."

އެމުލްޙިދުގެ އެކަމާއި މެދުގައި އެއްވެސްވަރަށް ހައިރާން ވާކަށް ނުޖެހެއެވެ. އޭގެ ކުރިން ކީރިތި ޤުރުއާނުގައި ބަޔާންކޮށްދެއްވާފައިވާ މުޝްރިކުންވެސް އެފަދައިން ކަންތައް ކުރިއެވެ. (ﷲވަޙީކުރައްވާފައިވެއެވެ.)

(فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّـهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ) سورة العنكبوت: 65.

މާނައީ: "ފަހެ އެބައިމީހުން ނަވަށް އެރިހިނދު، އެކަލާނގެއަށް އީމާންކަން ޚާލިޞްކުރާ ޙާލުގައި، اللَّهއަށް އެބައިމީހުން ދުޢާކުރެއެވެ. ފަހެ އެކަލާނގެ އެބައިމީހުން ސަލާމަތް ކުރައްވައި އެއްގަމަށް ގެންނެވިހިނދު، އެބައިމީހުން(އެކަލާނގެއަށް) ޝަރީކު ކުރެއެވެ."

މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވާކަމުގެ ޙިއްސީ ދަލީލެވެ."

وصلى الله وسلم على محمد و على آله و صحبه أجمعين. آمين.

(ނުނިމޭ) .