الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين و بعد:

ކީރިތި ޤުރުއާނުގައި ރަޖަމްކުރުން ނެތްކަމަށް ބުނާ މީހުންނަށް އެތައް ރައްދުތަކެއްވެއެވެ.

ފުރަތަމަ ރައްދަކީ:

ހ. ރަޖަމާއި ބެހޭ އާޔަތެއް ކީރިތި ޤުރުއާނުގައި ﷲ ބާވާލެއްވިއެވެ. ނަމަވެސް އެއާޔަތްވަނީ ޙުކުމް މަންޞޫޚު ނުކުރައްވައި ނަމަވެސް އެއާޔަތްކިޔެވުން މަންސޫޚުކުރައްވާފައެވެ.

ޞަޙީހް ބުޚާރީގެ 6830 ވަނަ ޙަދީޘްގައި ޢުމަރު ރަޟިޔަﷲ ޢަންހު މިންބަރަށް އަރާވަޑައިގެން ދެއްވި ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

(إِنَّ اللَّهَ بَعَثَ مُحَمَّدًا صَلَّى اللهُ عَلَيْهِ وَسَلَّمَ بِالحَقِّ، وَأَنْزَلَ عَلَيْهِ الكِتَابَ، فَكَانَ مِمَّا أَنْزَلَ اللَّهُ آيَةُ الرَّجْمِ، فَقَرَأْنَاهَا وَعَقَلْنَاهَا وَوَعَيْنَاهَا، رَجَمَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَرَجَمْنَا بَعْدَهُ، فَأَخْشَى إِنْ طَالَ بِالنَّاسِ زَمَانٌ أَنْ يَقُولَ قَائِلٌ: وَاللَّهِ مَا نَجِدُ آيَةَ الرَّجْمِ فِي كِتَابِ اللَّهِ، فَيَضِلُّوا بِتَرْكِ فَرِيضَةٍ أَنْزَلَهَا اللَّهُ، وَالرَّجْمُ فِي كِتَابِ اللَّهِ حَقٌّ عَلَى مَنْ زَنَى إِذَا أُحْصِنَ مِنَ الرِّجَالِ وَالنِّسَاءِ، إِذَا قَامَتِ البَيِّنَةُ، أَوْ كَانَ الحَبَلُ أَوِ الِاعْتِرَافُ)

މާނައީ: ހަމަކަށަވަރުން ﷲ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ފޮނުއްވެވީ ޙައްޤާއިގެންނެވެ. އަދި އެކަލޭގެފާނަށް ޤުރުއާން ބާވާލެއްވިއެވެ. ފަހެ އެކަލޭގެފާނަށް ﷲ ބާވާލެއްވި ފޮތުގައި ރަޖަމުގެ އާޔަތްވެއެވެ. އެއާޔަތް ތިމަންބޭކަލުން ކިޔަވައި އަދި އެނގި އެއާޔަތުގެ ޚަބަރު ރަނގަޅަށް އެނގެއެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރަޖަމްކުރެއްވެވިއެވެ. އަދި އެކަލޭގެފާނަށްފަހު ތިމަންބޭކަލުންވެސް ރަޖަމުކުރެއްވީމުއެވެ. މީސްތަކުންގެ މައްޗަށް ޒަމާން ދިގު ދެމި މީހަކު މިހެންބުނެފާނެކަމަށް ތިމަންކަލޭގެފާނު ބިރުވެތިވަމެވެ. "ﷲ ގަންދީފައި ބުނަމެވެ. ތިމަންމެންނަކަށް ﷲގެ ފޮތަކުން ރަޖަމުގެ އާޔަތެއް ނުފެނުނެވެ." އަދި އެހެންބުނެ ﷲ ބާވާލެއްވި ފަރުޟެއް ދޫކޮށްލުމުގެ ސަބަބުން އެބައިމީހުން މަގުފުރެދެއެވެ. ކައިވެނިކޮށްހުރެ ޒިނޭކުރާ ފިރިހެނާ އާއި އަދި އަންހެނާ ,ހެކިބަހުން، ނުވަތަ (އަންހެނާ)ބަނޑުބޮޑުވުމުން ނުވަތަ އިޢުތިރާފުން (ސާބިތުވެއްޖެނަމަ) އެބަޔަކު ރަޖަމުކުރުމަކީ ﷲގެ ފޮތުގައި ބަޔާންވެފައިވާގޮތުގެ މަތިންކުރަންޖެހޭނެކަމެކެވެ."

ޞަޙީޙް ބުޚާރީ،

ޞަޙީޙް އިބުނި ޙިއްބާނުގައި އަދިވެސް އެތައް ޙަދީޘް ފޮތްތަކެއްގައި ޞައްޙަ ސަނަދުން މިއާޔަތް ބަޔާންވެފައިވެއެވެ.

(الشَّيْخُ وَالشَّيْخَةُ فَارْجُمُوهُمَا الْبَتَّةَ نَكَالًا مِنَ الله وَالله عَزِيْز حَكِيْم)

ޞައްޙަކުރެއްވީ ޝެއިޚު އަލްބާނީ.

(ތަޢުލީޣާތުލް ޙިސާން އަލާ ޞަޙީހް އިބުނި ޙިއްބާން، ލިޔުއްވީ: އަލްބާނީ،1424، ޙަދީޘް ނަމްބަރު: 4411، 6 ވަނަ މުޖައްލަދު، 425 ވަނަ ޞަފްޙާ) (އަދިވެސް މިއާޔަތް އެހެންލަފުޒަކުން ވެސް ބަޔާންވެފައިވެއެވެ)

މިއާޔަތް ޢުމަރު ރަޟިޔަﷲ ޢަންހު ނުލިޔުއްވި ސަބަބަކީ ކިޔެވުން މަންސޫޚުވެފައިވާ އާޔަތެއްކަމުގައިވާތީ ފަހުން އަންނަ މީހުންނަށް އޮޅިދާނެތީއެވެ. އަދި މުޞްފަހުގެ އަރިމަތީގައި ލިޔުއްވާން އުޅުއްވީ ފަހުން އަންނަ މީހުން އިންކާރުކޮށްފާނެތީއެވެ.

އިމާމު ބައިޙަޤީ މަތީގައި ބަޔާންކުރެވުނު ޙަދީޘް އެކަލޭގެފާނުގެ ސުނަނު މިފޮތުގައި ބަޔާންކުރެއްވުމަށްފަހު ވިދާޅުވިއެވެ. "އެކަމުން ރަޖަމުގެ އާޔަތް ޙުކުމް ޘާބިތުވެގެންވާ ކަމަށް ދަލީލުކޮށްދެއެވެ. އަދި އާޔަތް ކިޔެވުން މަންސޫޚުވެފައިވާކަން އެނގެއެވެ. އަދި އެކަމުގައި ޚިލާފެއްވާކަމެއް ތިމަންކަލޭގެފާނަކަށް ނޭންގެއެވެ."

މަޞްދަރު: ސުނަނުލް ކުބްރާ، 8/367، ދާރުލް ކުތުބުލް ޢިލްމިއްޔާ.

ބައެއްމީހުން ބުނެއެވެ. ތި ރަޖަމުގެ އާޔަތް އައިސްފައިވަނީ ޢުމަރު ރަޟިޔަﷲގެ ޢަންހުގެ ކިބައިން އެކަންޏެވެ. ނަމަވެސް އެއާޔާތް ބާވާލެއްވި ކަމަށް އިބުނު މާޖާގައިވާ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ޙަދީޘުންވެސް ސާބިތުވެއެވެ.

(«لَقَدْ أُنْزِلَتْ آيَةُ الرَّجْمِ ...فَلَقَدْ كَانَتْ فِي صَحِيفَةٍ تَحْتَ سَرِيرِي)

މާނައީ: "ހަމަކަށަވަރުން ރަޖަމުގެ އާޔަތް ބާވާލެއްވުނެވެ....އެ (ލިޔެވުނު) ފަތްފުށްކޮޅު އޮތީ ތިމަންކަމަނާގެ އެނދުގެ ދަށުގައިވާ ފަތްފުތްކޮޅެއްގައެވެ."

(ސުނަނު އިބުނު މާޖާ، 1/625،)

ދެވަނަ ރައްދަކީ:

ށ. އިސްލާމްދީނުގެ ޝަރުޢުކުރެއްވިފައިވާ ހުރިހާކަމެއް ބަޔާންވެފައިވަނީ ކީރިތި ޤުރުއާނުގެ ޒަރީއާއިން އެކަންޏެއް ނޫނެވެ. އިސްލާމްދީނުގައި ބަޔާންވެފައިވާ އެތައްކަމެއް ކީރިތި ޤުރުއާނުގައި ތަފްސީލު އައިސްފައިނުވެއެވެ. އެގޮތުން ނަމާދުގެ ތަފުޞީލާއި ޒަކާތުގެ ތަފްޞީލުވެސް އަދިވެސް އިސްލާމްދީނުގެ އެތައްކަމެއް ބަޔާންވެފައިވަނީ މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުންނެވެ. އެއީ އިސްލާމްދީނުގެ ދެވަނަ މަޞްދަރެވެ. އަދި ކީރިތި ޤުރުއާނުގައި އެއީ އެކަލޭގެފާނުގެ ބަސްފުޅުތަކަކަކީ ވަޙީކަމަށް ބަޔާންވެފައިވެއެވެ. އަދި އެކަލޭގެފާނުގެ އަމުރުފުޅުތަކަށް ބޯލެނބުމަށްވެސް އަންގަވާފައިވެއެވެ. އެހެން ކަމުން ރަޖަމުގެ ޙުކުމް މަންސޫޚުނުކުރައްވައި ކިޔެވުމުގެ ޙުކުމް މަންޞޫޚުކުރެއްވުމުގެ ސަބަބުން އެއާޔަތް ފެންނަތް ނެތުމުން އެކަމަށް އިންކާރުކުރެވޭކަށްނޯންނާނެއެވެ. ސަބަބަކީ ސުންނަތުން އެކަން ސާބިތުވާތީއެވެ. އަދި ސުންނަތުގައި ހިފުމަށް ޤުރުއާން އަމުރުކުރާތީއެވެ. ޖާހިލަކު ނުވަތަ އިސްލާމްދީން ޤަބޫލުނުކުރާ މީހަކު މެނުވީ އެކަމަށް އިންކާރެއް ނުކުރާނެއެވެ.

وصلى الله وسلم على محمد و على آله وصحبه أجمعين. آمين.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ާައާވިމް

    ބަޔަކު ބިރުގަތީ! އެއްޗެއް ނޭގުނަސް ވާހަކަދައްކާތި

  2. ކަށި

    ގުރުއާނުގައި ނެތް އާޔަތެއް މިހާރު ލިޔެފައި އޮތީ ކާކު ކޮން ފޮތެއްގައި؟ މަންސޫޚު ނުކުރައްވާ އާޔަތެއް ނަމަ ގުރުއާނުގައި އޮތީހެއްނު؟ ތިޔަ ބުޚާރީ އަކީ މުސްލިމެއްތަ؟ އޭނާ ލިޔުނު އެއްޗެއް ލިޔުނީ ރަސޫލާ އަވަހާރަވީތާ 200އެއްހާ އަހަރު ފަހުން. ބުންޏޭ ބުންޏޭ ކަހަލަ ކިތަންމެ އެއްޗެއް އެބަހުރި. ޣައިރު މުސްލިމުން އަރަބިބަހުން ލިޔެފައި ހަދީސާ ކިޔާފައި ހުރި އެތައް އެއްޗެއް އެބަހުރި. މި ލިޔުނު މީހާ ބުނެބަލަ މީ ދޮގެކޭ.

    • ކަށި އަކީ ޖާހިލެއް

      ތިޔައީ ހަމަ ފައްކާ ޖާހިލެއް. ތިޔަ ކަހަލަ ޖާހިލުން ރަސޫލުﷲ ސައްލަﷲ އަލައިިހި ވަސައްލަމަ ދީނަށް ގޮވާލެއްވުމުން އެކަލޭގެފާނަށް ޖެއްސުންކޮށް ތިޔަކަހަލަ ރައްދުދީ އުޅުނު.

    • ރެނދު

      ރަސޫލާ(ޞ) ގެ ޒަމާނުގައިވެސް ޢަބްދުﷲ ބުނު އަމްރޫ ބުނުލްއާސް ފަދަ ބައެއް ޞަހާބީން ޙަދީސް ލިޔުއްވާފައިވޭ. ހުއްދައާއެކު.

  3. Happy

    ބިރުގަތި ތަ!!!!

  4. ޔޯލަ

    އަޖައިބެއް. ތިބުނާ ރަޖަމްގެ އާޔަތް ކުރިން އޮތް ކަމަށް މީގަވެސް އެބައޮތް ބުނެފަ. އެކަމް ކިއްވެތަ މިހާރު ނެތީ؟ ގުރުއާން ބަދަލުވީތަ؟ މުސްލިމުން ގަބޫލުކުރަންވީ ގުރުއާން. އެފޮތަަކަށް ބަދަލު އައިސްފަނެކަން.
    ރަޖަމްކުރުމަކީ ތައުރާތުގެ ހުކުމް. އެ ހުކުމްވަނީ ބަދަލުކޮށްފައި އިސްލާމްދީން އައުމަށްފަހު. ގިބްލަވެސް ބަދަލުވިޔެއްނު

    • ޔޯލަ އަށް ރައްދު

      ބަލަ ތިބާ ވުޟޫކުރާގޮތް ޤްރުއާންގައި އެބައޮތްތަ؟ ތިބާ ހިނައިގަންނަ ގޮތާ ތަރުތީބުތައް ޤުރުއާންގައި އެބައޮތްތަ؟ ތިބާ ނަމާދު ކުރާނެ ގޮތާ ރުކުންތަކުގެ ތަރުތީބު ޤުރުއާންގައި އެބަ އޮތްތަ؟ އަދިވެސް މިކަހަލަ ކިތަންމެ ކަމެއް ޤުރުއާންގައި ނުވޭ. އެކަންކަން ދަސްކޮށްދެއްވާފައިވަނީ ލޮބުވެތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަ ސުންނަތުން. އަދި ދީނުގެ ވަރުގަދަ ހުކުމްތައް ގުރުއާންގައި ބަހުން ބަހަށް އައިސްފައި ނުވާ އެތައް ކަމެއް އަހަރުމެންގެ މައްޗަށް އެ ހުކުމްތައް ޤާއިމް ކުރަން ވަނީ އެކަލޭގެފާނު ވަނީ އަމުރު ކުރަށްވާފައި.

  5. ސިރި

    ވީމާ ކީރިތި ގޫރުއާން މި ފުރިހަމަވަނީ ގުރުއާން ބާވާލެއްވިތާ އެތަން އަހަރު ތަކެއް ފަހުން އުފަންވި ޝޭޚުންގެ ފޮތްތައްވެސް އެއްކުރީމަތާ. ބަލަ ގުރުއާނަކީ ގިޔާމަތާ ހަމަޔަށް އެއްވެސް ބަދަލެއްނުގެނެވޭނެ މުއުޖިޒާތެއް. އަދި މިދީނަކީ އެންމެ ލުއިފައސޭހަދީން، ޒީނޭ ކުރެވުނީމާ 4 މީހުންގެ ހެކިބަހުން ސާބިތުވަންޖެހޭ، އަދި އެހެކިދޭމީހުންނަކީ އެކަމަށް ކޮލިފައިވާފެންވަރުގެ ބަޔަކަށް ވާންޖެހޭ. ނޫހް ސޫރަތް ރަގަޅަށް ކިޔާލަ އޭރުން އެގޭނެ ހެކިސާބިތުވެއްޖެނަމަ ދެވޭއަދަބު، އަދި ޒިނޭ ކުރާމީހުންނަށްވެސް ތައުބާގެ ދޮރު އޮވޭ.

    • ބީރު

      އެހެންވިއްޔާ ކަލޯ ފިތުރު ޒަކާތްދައްކަނީ ކޮންއެޗަކު އެވާހަކަ އޮވެގެން. ނަމާދުަތަކު ރަކުއަތްތަކުގެ އަދަދު އެނގުނީ ކޮންއެއްޗަކުން

  6. ކޮސް

    ޝުބުހަތު ޝޭޚުން އަނގަބެދުނީތަ؟