އިސްލާމް ދީނާއި، ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ދިފާއުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެއް ކަމަށާއި، އެކަން ކޮންމެ މީހަކުވެސް އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ކުރަން ވާނެ ކަމަށް ހުތުބާގައި ވިދާޅުވެއްޖެ އެވެ.

ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ދެކެ ލޯބިވުމާއި ގުޅޭގޮތުން މިއަދު ރާއްޖޭގެ އެކޮ ކަންކޮޅުތަކުގައި އިއްވި ޙުތުބާގައި ވިދާޅުވެފައި ވަނީ، މާތް ރަސޫލާ އީމާންވުމަކީ އީމާންކަމުގެ ރުކުނެއް ކަމަށާއި، އެކަލޭގެފާނަށް ކިޔަމަންގަތުމާއި، އެކަލޭގެ ފާނުގެ މަތިވެރި މަގާމަށް ގަދަރުކޮށް، އިހްތިރާމްކޮށް، އަދަބުތައުލީމް އަދާކޮށް، އެ މީހެއްގެ އަމިއްލަ ނަފްސާއި، މުދަލާއި، އަނބިދަރީންނަށްވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވެ، އެކަލޭގެ ފާނަށް ނަސްރު ދީގެން މެނުވީ އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމަ ނުވާނެ ކަމަށެވެ.

އެކަލޭގެފާނާއި، އެކަލޭގެ ފާނުގެ ތެދުމަގަށް ނަފްރަތު ކުރުމާއި، ކުޑަމީސް ބަސް ބުނެ، ފުރައްސާރަ ކުރުމަކީ އީމާންކަމުގެ ދާއިރާއިން ބޭރުވާނެ އަމަލެއް ކަަމަށް އިލްމްވެރިން ވިދާޅުވެފައިވާކަމަށް ހުތުބާގައި ވިދާޅުވެފައި ވެއެވެ.

ހުތުބާގައި ވިދާޅުވެފައި ވަނީ މާތް ނަބިއްޔާގެ އަދުލުވެރިކަމާއި، އޯގާވެރިކަމާއި، މާތްކަމާއި، އެކަލޭގެފާނު ގެނެސްދެއްވި ހަބަރުތަކުގެ ތެދުކަމުގެ މައްޗަށް މިތުރުންނާއި، ހަތުރުން ހެކިވާނެ ކަމަށެވެ. އަދި ނަބީބޭކަލުންނަށް ފުރައްސާރަ ކުރުމަކީ މިހާރު އެކަނި ވަމުންދާ ކަމެއް ނޫން ކަމަށާއި، މީސްތަކުންގެ ގާތަށް މާތްﷲ ފޮނުއްވި ކޮންމެ ނަބީ ބޭކަލަކާއި ރަސޫލު ބޭކަލަކަށް ފުރައްސާރަ ކުރި ބަޔަކު އުޅުނު ކަމަށް ހުތުބާގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޒަރާނާ.

    ދިވެހިރާޖޭގެ ރަ އިސް އަ އް ނުކެރުނު ފުރާންސްގެ ރަޢިސް އައ އްޓުވީޓް މެދުވެރިކޮ އް އެދެ އްކި ވާހަކަ ކު އްވެރިކުރަން މިވެސް އެކަމު މުސްލިމެކޯ

    19
    3
  2. ގެރިމޯދީ

    މިއަދުގެ ހުކުރު ނަމާދު، ޖަލާލުއްދީން މިސްކަތުގައި ކުރި އިރު، އެންމެފަހު ރަކުއަތުގައި، އެއްބަޔަކު ސަޖިދާގައި ތިއްބާ ސަލާމްދީ ހުކުރު ނަމާދު ނިއްމާފި.
    މިހާރު ހީވަނީ، ހުކުރުވެސް ކުރަނީ ކުރުވާ ޖެއްސުމެއް ގޮތުގައި. މައިކެއްގެ އަޑެއްނީވެ ދާނެ.

    14
    1
    • ނަމާދު ކުރާކަށް ކަލޭމެންނަކަށް ނޭނގޭ

      ނަމާދުގައި ކަލޭމެން އެހެން ދުނިޔެއަކަށް ގޮސް ޝައިތޯނީ ވަސްވާހުގައި އުޅެންޏާ ވާނީ ތިހެން.

  3. ހާން

    ދެން ކީއްވެ މިގައުމުގަމިހިރަ ރައީސް ކީރިތި މޫރިތި ރަސޫލާއަށް ފުރަށްސާރަ ކުރާއިރު ފުރާންސުގެ ރައީސް ކުއްވެރިނުކުރަނީ އެންމެކުޑަމިނުން ފުރާންސުގެ އުފެއްދުންތަށް ބޮއިކޮޓު ކުރަންވެސް ގޮވާނުލާ އަދި ހުތުބާގަ ފުރާންސުކުއްވެރިވެސްނުކުރޭ..!!!

    21
    3
  4. ޒުންބާ

    ރާއްޖޭގެ އެރައީސް ފުރާްންސުގެ އެމަނުއެލްް މަހީކުރީ މީހަމަ އެއްކަހަލަ ދެމީހުންކަމަށްް އަޅެފަހެ އެރައީސް ބިތާވެފަތަ މިހުންނަނީ މިފަދަނުރަށްކާތެރި ކަމެއްކުރާއިރުވެސް އަނގައިންނުބުނެ ރައީސެކޯމިއީވެސް ހުވައެއްކޮށްގެންހުރި.

  5. ލޮލް

    ވާޖިބަކަށް ވެފަ ދިފާއު ކުރެވޭބާ؟