الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين و بعد:

ﷲ ވޮޑިގެންވާ ކަމުގެ ފިތުރަތުގެ ދަލީލުތައް

ވަރަށް ގިނަ މީހުން އެމީހުންގެ ފިޠުރަތުގައި ﷲވޮޑިގެންވާ ކަމަށް ޤަބޫލުކުރުމުގެ ޢަޤީދާ ގެއްލިގެން ނުގޮސް ހުރެއެވެ. އަދި ޖަނަވާރުތަކަށް ދަންދެންވެސް ﷲ ވޮޑިގެންވާ ކަމަށް ޤަބޫލުކުރެއެވެ. ފިޠުރަތް ބިނާވެފައިވަނީ ﷲގެ ސުބުޙާނަހޫ ވަތަޢާލާ ދެނެގަނެ އެއިލާހު އެއްކައުވަންތަ ކުރުމުގެ މައްޗަށެވެ.

ﷲ ސުބުޙާނަހު ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَإِذْ أَخَذَ رَبُّكَ مِن بَنِي آدَمَ مِن ظُهُورِهِمْ ذُرِّيَّتَهُمْ وَأَشْهَدَهُمْ عَلَىٰ أَنفُسِهِمْ أَلَسْتُ بِرَبِّكُمْ ، قَالُوا بَلَىٰ ، شَهِدْنَا ، أَن تَقُولُوا يَوْمَ الْقِيَامَةِ إِنَّا كُنَّا عَنْ هَـٰذَا غَافِلِينَ، أَوْ تَقُولُوا إِنَّمَا أَشْرَكَ آبَاؤُنَا مِن قَبْلُ وَكُنَّا ذُرِّيَّةً مِّن بَعْدِهِمْ ، أَفَتُهْلِكُنَا بِمَا فَعَلَ الْمُبْطِلُونَ)

މާނައީ: " އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ އާދަމުގެދަރިންގެ ކިބައިން އެއުރެންގެ ބުރިކަށިތަކުން އެއުރެންގެ ދަރިފަސްކޮޅު ނެރުއްވައި އެއުރެންގެ އަމިއްލަ ނަފުސުތަކުގެ މައްޗަށް އެބައިމީހުން ހެކިކުރެއްވިހިނދު ހަނދުމަކުރާށެވެ. (އެކަލާނގެ ވަޙީކުރެއްވިއެވެ.) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ކަމުގައި، ތިމަންރަސްކަލާނގެ ވޮޑިގެން ނުވަންހެއްޔެވެ؟ އެބައިމީހުން ދެންނެވިއެވެ. ނޫނެކެވެ. (އިބަރަސްކަލާނގެއީ، އަޅަމެންގެ ވެރިރަސްކަލާނގެއެވެ.) އެކަމަށް އަޅަމެން ހެކިވެއްޖައީމުއެވެ. (އެކަން އެހެންވީ) މިކަމާމެދު ޣާފިލުވެގެންވާ ބަޔަކު ކަމުގައި ހަމަކަށަވަރުން، ތިމަންމެންވީމުއޭ، ޤިޔާމަތްދުވަހުން ތިޔަބައިމީހުން ބުނާނެކަމަށްޓަކައެވެ.

ނުވަތަ ތިޔަބައިމީހުން ޝަރީކުކޮށްއުޅުނުކަން ކަށަވަރީ މީގެކުރިން ތިމަންމެންގެ ކާބަފައިންނޭ ބުނެފާނެކަމަށްޓަކައެވެ. ތިމަންމެންވީ، އެބައިމީހުންގެ ފަހުން އައި ދަރިފަސްކޮޅެއްކަމުގައެވެ. ފަހެ، ބާޠިލުގޮތަށް އުޅުނުމީހުން ކުރިކަންތަކަށްޓަކައި، ތިމަންމެން ހަލާކު ކުރައްވަނީތޯއެވެ؟"

މިއާޔަތްތަކުންވެސް އިންސާނާގެ އަޞްލުބިނާވެފައިވަނީ ފިޠުރަތުގެ މަތީގައިކަމާއި އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވާކަމަށް ހެކިވާ ހެކިވުމުގެ މަތީގައި ކަމަށް ދަލީލުކޮށްދެއެވެ." ޝެއިޚުގެ ބަސްކޮޅު ނިމުނީ.

އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَا مِنْ مَوْلُودٍ إِلَّا يُولَدُ عَلَى الْفِطْرَةِ فَأَبَوَاهُ يُهَوِّدَانِهِ أَوْ يُنَصِّرَانِهِ أَوْ يُمَجِّسَانِهِ) رواه البخاري في صحيحه: 1292

މާނައީ: "އުފަންވާ ކޮންމެ ކުއްޖަކީވެސް ފިޠުރަތުގެ މަތީގައި އުފަންވާ ކުއްޖެއްކަމުގައި މެނުވީ ނުވެއެވެ. އެކުއްޖާ (ޝިރުކުރުކުރާ ނުވަތަ ﷲގެ އެއްކައުވަންތަކަން ނަފީކުރާ) ޔަހޫދީއަކަށްވެސް އަދި ނަޞާރާއަކަށްވެސް އަދި މަޖޫސީއަކަށްވެސް ހަދަނީ އެކުއްޖާގެ މައިންބަފައިންނެވެ."

ފަހުގެ ދިރާސާތަކުގައި ބައެއް ޖަނަވާރުންވެސް ހެއްދެވި އެއްކައުވަންތަ ފަރާތެއް ވޮޑިގެންވާކަމަށް ފިޠުރަތުގެ ގޮތުން ޤަބޫލުކުރާ ކަމަށް ދައްކާފައިވެއެވެ.

ﷲވޮޑިގެންވާ ކަމުގެ ޝަރުޢީ ދަލީލުތައް.

"ރަސޫލު ބޭކަލުން ވަޑައިގެންފައިވަނީ ހުރިހާ ޚަލްޤުތަކުންނަށް މުނާސަބު ވެގެންވާ ﷲ ޝަރިޢަތާއިގެންނެވެ. މިކަމުން ދަލީލުކޮށްދެނީ އެފޮނުއްވި ފަރާތަކީ ހުރިހާ ޚަލްޤުތަކެއްގެ ވެރި އިލާހު ކަމެވެ. ޚާއްޞަކޮށް ﷲގެ ފޮތްކަމަށްވާ ޤުރުއާނެވެ. އެފޮތަކީ އެފޮތާއި އެއްފަދަ ވެގެންވާ އެއްވެސް އެއްޗެއް ގެނައުމުން އިންސާނުންނަށް ނުކުޅެދިފައިވާ ފޮތެވެ.

ދުނިޔޭގައިވާ ހުރިހާ ހައިވާނުތަކާއި ފެތުރިފައިވާ ބިންތަކާއި އަދި ފަރުބަދަތަކާއި ކޯރުތަކާއި އަދި ފެންގަނޑުތަކުން ދަލީލުކޮށްދެނީ ﷲ ވޮޑިގެންވާ ކަމެވެ. އަދި މީސްތަކުންގެ ބަސްތައް ތަފާތުވުމާއި އަދި ކުލަތަކާއި އަދި އެބައިމީހުންގެ މެދުގައިވާ ބުއްދިއާއި އަދި ފަހުމްވުމުގެ ތަފާތާއި އަދި ޙަރަކާތްތަކާއި އަދި އުފާވެރިކަމާއި އަދި ހިތާމަތަކާއި އަދި އިންސާނާގެ ހަށިގަނޑުގައި ލެއްވިފައިވާ ގުނަވަންތައް އެތަނަކަށް ބޭނުންޖެހިފައިވާ ތަނެއްގައި ލެއްވުމާއި މިކަންކަމުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވާ ކަމަށް ދަލީލުކޮށްދެއެވެ.

އެހެން ކަމުން ﷲ ސުބުޙާނަހޫ ވަތަޢާލަ ވަޙީކުރައްވާފައިވެއެވެ.

(وَفِي أَنفُسِكُمْ ، أَفَلَا تُبْصِرُونَ ) سورة الذاريات: 21.

މާނައީ: "އަދި (ﷲގެ ފަރާތުންވާ އާޔަތްތައް) ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކުގައިވެސްމެއެވެ. ފަހެ، ތިޔަބައިމީހުން ވިސްނައި ނުބަލަނީ ހެއްޔެވެ؟"

"އަޖައިބުކަމާއެވެ. އިލާހަށް އުރެދެނީ ކޮންފަދަ އަކުންހެއްޔެވެ؟

ނުވަތަ ދެކޮޅު ހަދާ މީހާ އިލާހަށް ދެކޮޅު ހަދަނީ ކޮންފަދަ އަކުންހެއްޔެވެ؟

ކޮންމެ ޙަރަކާތެއްވަނީ ﷲގެ (އިރާދަފުޅާ) އެކުގައެވެ.

އަދި ކޮންމެ ހަމަޖެހުމަކުން އެކަން ފެންނާނެއެވެ.

އަދި ކޮންމެ އެއްޗަކުން ﷲ ވޮޑިގެންވާކަމަށް ދަލީލުކުރެއެވެ.

އަދި ﷲގެ އެއްކައުވަންތަ ކަމަށް ދަލީލު ކުރެއެވެ. " (ޅެންބައިތުތަކެއްގެ މާނަ)

އަބު ނުވާސް ތެދުބަސްބުނަމުން ވިދާޅުވެފައިވެއެވެ.

"ބިމުގެ ބަގީޗާތަކައި ބަލައި ވިސްނާށެވެ.

އެމިލްކު ވޮޑިގެންވާ ފަރާތުން އުފައްދަވާފައިވާ އަޘަރުތަކަށެވެ.

ރިހިންވާ ލޯތަކަށްވާ ޢަލާމަތްތަކެކެވެ.

ވަށައިގެންވަނީ ބޯވެގެންވާ ރަންގަނޑެކެވެ.

ޒަބަރްޖަދުން ހުޅުވިފައިވާ ހުޅުވުމުގެ މައްޗަށްވާ ހެކިތަކެކެވެ.

ﷲއަށް އެއްވެސް ބައިވެރިއެއް އަދި ޝަރީކެއް ނުވެއެވެ. "

ޢާލަމްކުގެ ހުރިހާ މަޚުލޫޤުންގެ ވެރިރައްބާ ބެހޭ ގޮތުން ސުވާލުކުރެވުމުން އަޢުރާބީ ބުނެފައިވާ ބަހުގެ ރީތިކަމާއެވެ.

"ޞަހަރާ ތެރޭގައި އުޅޭ ބަދަވީންގެ މީހަކާއި ސުވާލުވެވުނެވެ. ކަލޭގެ ވެރިރައްބު ދެނެގަންނަނީ ކިހިނަކުން ހެއްޔެވެ؟ އޭނާ ބުންޏެވެ. ފިޔަވަޅުތަކުން ދަލީލުކޮށްދެނީ މީހަކުގޮސްފިކަމެވެ. ޖަމަލުން ދަލީލުކޮށްދެނީ ޖަމަލުތަކެއް ވާކަމެވެ. ފަހެ ބުރުޖުތައް ވާ އުޑާއި އަދި ފަރުބަދަތަކުގެ މެދުގައިވާ ބޮޑެތިމަގުތައްވާ ބިމާއި ބޮޑެތި ރާޅުތައްވާ ކަނޑުން އައްސަވާ ވޮޑިގެންވާ ދެކެވޮޑިގެންވާ ﷲ ސުބުޙާނަހޫ ވަތަޢާލާ ވާކަން ދަލީލުނުކޮށްދޭ ހެއްޔެވެ؟

(ނުނިމޭ)

وصلى الله وسلم على محمد و آله و صحبه أجمعين. آمين.