ޔޫރަޕު މީހަކު މުސްލިމެއްގެ އަރިހުން ސުވާލުކުރިއެވެ. "ތިޔަބައިމީހުން ކާއިރު ސަމުސާ ބޭނުން ނުކުރަނީ ކީއްވެހެއްޔެވެ؟" މުސްލިމު މީހާގެ އޭގެ ޖަވާބުގައި ބުންޏެވެ. "އަހަރެންގެ ސަމުސަލަކީ އަހަރެންގެ އަތާއި އަހަރެންގެ އިނގިލިތަކެވެ. މި ސަމުސާ ކާން ހަމައެކަނި ހަމައެކަނި ބޭނުންކުރާ މީހަކީ އަހަރެންނެވެ.

އަދި އަހަރެން އެހެން އެއްވެސް މީހަކަށް މިސަމުސަލެއް ބޭނުމެއް ނުކުރެވޭނެއެވެ. އަދި މިސަމުސާ ދޮވެ ސާފުކޮށް ހަދަނީވެސް އަހަރެން އެކަންޏެވެ. ނަމަވެސް ތިބާ ތިޔަގެންގުޅޭ ދަނގަޑުން ހެދި ސަމުސާ ދޮވެފައި އޮތްކަންވެސް ނުވަތަ ނޫންކަންވެސް ތިބާއަށް ނޭންގޭނެއެވެ. އަދި އެސަމުސާ ބޭނުންކުރީ ކިތައް މީހުންނެއް ކަމާއި އަދި އެސަމުސާ އޮތީ ތާހިރުކޮށްކަމެއް އަދި ނޫންކަމެއް ތިބާއަށް ނޭންގޭނެއެވެ. އަދި ތިބާގެ ކުރިން އެސަމުސާ ބޭނުންކޮށްފައިވާ މީހާއަކީ ސިއްހަތު ރަނގަޅަށް ހުރި ނުވަތަ ބަލި މީހެއްކަމުގެ ޔަގީންކަންވެސް ތިބާއަށް ނޯންނާއެވެ."

އަހަރެމެން މިގެންގުޅޭ ސަމުސާ މާ ރަނގަޅެވެ. އެކަމަކު ދަނގަޑުން ހެދި ސަމުސަލުން ކެއުމަކީ ދީނީ ގޮތުން މައްސަލައެއް ނޫނެވެ. ނަމަވެސް އަތުން ކެއުމަކީ އެންމެ މޮޅު އިތުރުވެގެންވާ ރަސޫލުﷲ ގެ ޞައްލަﷲ އަލައިހި ވަސައްލަމަގެ ސުންނަތުން ސާބިތުވާ ގޮތެވެ. މާތް ﷲ އަހަރެމެންނަށް ސުންނަތަށް ތަބަޢަވެ ކާމިޔާބު ލިބިގެންވާ ބަޔެއްކަމުގައި ލައްވާށިއެވެ. އާމީން

މިއީ އައް ލުއު ލުއު ވަލް މަންޘޫރު މިފޮތުން ތަރުޖަމާކުރެވިފައިވާ ލިޔުމެކެވެ.