ޔޫރަޕު މީހަކު މުސްލިމެއްގެ އަރިހުން ސުވާލުކުރިއެވެ. "ތިޔަބައިމީހުން ކާއިރު ސަމުސާ ބޭނުން ނުކުރަނީ ކީއްވެހެއްޔެވެ؟" މުސްލިމު މީހާގެ އޭގެ ޖަވާބުގައި ބުންޏެވެ. "އަހަރެންގެ ސަމުސަލަކީ އަހަރެންގެ އަތާއި އަހަރެންގެ އިނގިލިތަކެވެ. މި ސަމުސާ ކާން ހަމައެކަނި ހަމައެކަނި ބޭނުންކުރާ މީހަކީ އަހަރެންނެވެ.

އަދި އަހަރެން އެހެން އެއްވެސް މީހަކަށް މިސަމުސަލެއް ބޭނުމެއް ނުކުރެވޭނެއެވެ. އަދި މިސަމުސާ ދޮވެ ސާފުކޮށް ހަދަނީވެސް އަހަރެން އެކަންޏެވެ. ނަމަވެސް ތިބާ ތިޔަގެންގުޅޭ ދަނގަޑުން ހެދި ސަމުސާ ދޮވެފައި އޮތްކަންވެސް ނުވަތަ ނޫންކަންވެސް ތިބާއަށް ނޭންގޭނެއެވެ. އަދި އެސަމުސާ ބޭނުންކުރީ ކިތައް މީހުންނެއް ކަމާއި އަދި އެސަމުސާ އޮތީ ތާހިރުކޮށްކަމެއް އަދި ނޫންކަމެއް ތިބާއަށް ނޭންގޭނެއެވެ. އަދި ތިބާގެ ކުރިން އެސަމުސާ ބޭނުންކޮށްފައިވާ މީހާއަކީ ސިއްހަތު ރަނގަޅަށް ހުރި ނުވަތަ ބަލި މީހެއްކަމުގެ ޔަގީންކަންވެސް ތިބާއަށް ނޯންނާއެވެ."

އަހަރެމެން މިގެންގުޅޭ ސަމުސާ މާ ރަނގަޅެވެ. އެކަމަކު ދަނގަޑުން ހެދި ސަމުސަލުން ކެއުމަކީ ދީނީ ގޮތުން މައްސަލައެއް ނޫނެވެ. ނަމަވެސް އަތުން ކެއުމަކީ އެންމެ މޮޅު އިތުރުވެގެންވާ ރަސޫލުﷲ ގެ ޞައްލަﷲ އަލައިހި ވަސައްލަމަގެ ސުންނަތުން ސާބިތުވާ ގޮތެވެ. މާތް ﷲ އަހަރެމެންނަށް ސުންނަތަށް ތަބަޢަވެ ކާމިޔާބު ލިބިގެންވާ ބަޔެއްކަމުގައި ލައްވާށިއެވެ. އާމީން

މިއީ އައް ލުއު ލުއު ވަލް މަންޘޫރު މިފޮތުން ތަރުޖަމާކުރެވިފައިވާ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަނގަޅު

    ސާފުކޮށް ބާއްވައިފިނަމަ ސަމުސާ މާ ސާފު ވާނެ އަތަށް ވުރެ

    4
    18
    • ......

      ސަމުސާ ސާފުކޮށް ބާއްވާ ވަރަށް ނުވަތަ ސާފު ކުރާ ވަރަށް އަތްވެސް ސާފު ކުރެވޭނެ...ސާފުކޮށް ބާއްވާފިއްޔާ އަތްވެސް ސާފުވާާނެ...އަލަށް ސަމްސަލެއް ހަދާ އެ ޝޯ ކޭސްއަކަށް ލާފަ ބޭއްވީމަ އޭގަ އެބުނާ ކަން ކަން ނުހުންނާނެޔޭ ނުބުނީ ކީއްވެތޯ އަހާލެވިދާނެތަ މަށަށް

    • ސަމުސާ

      ސާފުކޮށް ބޭއްވީ ސަމުސަލަކީވެސް އަތަކީވެސް ސާފުކޮށް އޮންނާނެ އެއްޗެއް. ގިނަ ފައިދާ ހޯދަން ބޭނުން ނަމަ ރަނގަޅަށް އަތް ސާފުކޮށްގެން ކެއުމުން މާ ގިނަ ފައިދާ ލިބޭނެ. އަތުން ރަނގަޅަށް ކާތަކެތި އެއްކޮށްފައި މޮޑޭނަމަ ހަޖަމުގެ ނިޒާމަށް ލުއިވާނެ. ކާތަކެތީގެ ތެރޭގައި ނުގުޅޭ އެއްޗެއް އޮތަސް ކެއުމުގެ ކުރިން ދެނެގަނެވޭނެ. އަހަރެމެންނަށް ނޭގުނު ނަމަވެސް ކޮންމެ ދުވަހަކު އަހަރެމެންގެ ހަށިގަނޑުގެ ތެރެއަށް ވަރަށް ގިނަ ވައްތަރުގެ ޖަރާސީމު ވަންނާނެ އަދި ނުކުންނާނެ. ވަރަށް މަދު ޖަރާސީމަކަށް އަހަރެމެންގެ ހަށިގަނޑަށް ހަމާލާދީ ގެއްލުމެއް މިދެވެނީ. މި ހަގީގަތް ގަބޫލުކޮށްފައި ސާފުތާހިވެގެން އަތުން ކެއުން މޮޅުއިތުރީ.

      12