ރަމަޟާން މަހަކީ އާއްމުގޮތެއްގައި މުސްލިމުންގެ ގާތުގައި އިސްރާފް ބޮޑު މަހެއް ކަމަށާއި، އެއީ ޝައިތާނާގެ ސިފައެއް ކަމަށް މިއަދު ހުތުބާގައި ވިދާޅުވެއްޖެއެވެ.

"އިސްރާފް ކުރުމުގެ ނުބައިކަން" މި މައުޟޫއަށް މިއަދު ރާއްޖޭގައި އެކި ކަންކޮޅުތަކުގައި އިއްވި ހުތުބާގައި ވިދާޅުވެފައިވާގޮތުގައި، ރަމަޟާން މަހު ރޯދަ ވީއްލުމަށްޓަކައި ތަފާތު އެތައް ބާވަތެއްގެ ކާބޯތަކެތި ތައްޔާރުކުރުމަކީ މިއަދު ދުނިޔޭގެ މުސްލިމުންގެ އާދައެއް ކަމަށާއި، މީސް މީޑިޔާ މެދުވެރިކޮށް މިކަމުގައި އެކަކު އަނެކަކު ވާދަކުރާތަންވެސް ފެންނަ ކަމަށެވެ.

"މީގެ ތެރެއިން އެމީހުންނަށް ކައިބޮއި ހެދެނީ ވަރަށް މަދު އެތިކޮޅެކެވެ. ކެއުމަށް ތައްޔާރުކުރާ ގިނަ އެއްޗެހިތައް އުކާލެވެނީ ކުނިގޮޑަށެވެ. މިއީ ކިހާބޮޑު އިސްރާފެއްހެއްޔެވެ. އިސްރާފް ކުރުމަކީ މުސްލިމުންގެ ސިފައެއް ނޫނެވެ. އިސްރާފް ކުރުމަކީ ޝައިތާނާގެ ސިފައެކެވެ". ހުތުބާއި ވެއެވެ.

މިއަދުގެ ހުތުބާގައި ވިދާޅުވެފައި ވަނީ އިންސާނުންނާއި މިއަދު ކުރިމަތިވެފައިވާ އިޖްތިމާއީ އަދި އިގްތިސާދީ ބަލިމަޑުކަމުގެ ތެރޭގައި އިސްރާފް ކުރުން ވާކަމަށާއި، ތަނަވަސްކަމާއި، މުއްސަނދިކަން އިންސާނުންގެ ތެރެރިން ބަޔަކަށް ލިބިއްޖެނަމަ އެ މީހުންގެ ހަރަދުތައް އިތުރުވެ، ހޭދަތައް ގިނަވާނެ ކަމަށެވެ.

މިއަދުގެ ހުތުބާގައި ވިދާޅުވެފައި ވަނީ، އިސްރާފަކީ ކޮންމެ ކަމެއްގައިވެސް ހައްދުފަހަނާ އަޅާ ދިޔުން ކަމަށާއި، އެއީ ހަމައެކަނި ކެއުން ބުއިމާއި ހަރަދުބަރަދާއިވެސް ގުޅިފައިވާކަމެއް ނޫންް ކަމަށެވެ.

"އުރެދުންތަކަށް އަރައިގަތުން ގިނަކޮށް ކުފްރުވުމާއި ހަމައަށް ހިނގައްޖެނަމަ އެއީ އިސްރާފް ކުރުމެކެވެ". މިއަދުގެ ހުތުބާގައި ވެއެވެ.

އަދި ކާބޯތަކެތި ގަނެ އެ ތަކެތި ރަނގަޅު ގޮތުގައި ބޭނުން ނުކުރުމަކީވެސް އިސްރާފެއްކަމަށް ހުތުބާގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވެންއިޓް

    ރަމަޟާން މަހަކީ އިސްރާފް ބޮޑު މަހެއް، އެއީ ޝައިތާނާގެ ސިފައެއް ކަމަށް ބުނާނަމަ މާލެ ސަރަހައްދުގައި ތިބޭ ދަ ރާއްޖެތެރެއަންސް ޖެހޭނެއޭ މިކަން ވިސްނަން އެމެން ރިސޯރޓް ގައި ރަނގަޅަށް ރޯދަ ވީއްލަން ހުރުމުން އެ ރޯދަ ވީއްލުން ދޫކޮށްފައި ރިސޯރޓްގެ ލޯންޗް ގައި ޕެޓްރޯލް އިސްރާފު ކޮށްގެން އެބައާދެއޭ އެއާލާތުން މާލެ އަށް ރޯދަ ވީއްލަން މީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫނޭ މީއޭ މަމެން އެކިޔާ އެއްޗަކީ ދަ ރާއްޖެތެރެއަންސް ވަން ސެންސް މިސިންގް ވާނެއޭ ވެން އިޓް ކަމްސް ޓު ދަ ރާއްޖެތެރެއަންސް ދޭ އާރ ކްއައިޓް ގަމާރު ދޯ ވޮންޓް ޔޫ ނޯ އިޓް ވޮންޓް ޔޫ ވޮންޓް ޔޫ ވޮންޓް ޔޫ ޑާންސް ޑާންސް ޑާންސް ޑާންސް..

  2. ޥގ

    އިސްލާމިކްމިނިސްޓަރު ގޭގަ އެއްވިސް އެއްޗެއްނުކައްކާތޯ މިރޯދަމަހު؟؟؟

  3. މުސްލިމް

    ما شاء الله. جزاك اللهُ خيرًا