ﷲއަށްއަށް އީމާންވުމުގައި ﷲގެ އިސްމުފުޅުތަކާއި ސިފަފުޅުތަކަށް އީމާންވުމުގައި ހިމެނޭކަންކަން

ﷲގެ އިސްމުފުޅުތަކާއި ސިފަފުޅުތަކަށް އީމާންވުމުގެ މާނައަކީ ﷲގެ ސުބުޙާނަހޫ ވަތަޢާލާގެ ޒާތުފުޅަށް ޤުރުއާނާއި އަދި އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނިސްބަތްކުރައްވާފައިވާ ސިފަފުޅުތަކާއި އަދި އިސްމުފުޅުތައް އެ ސިފަފުޅުތަކަށް އެކަށީގެންވާ ގޮތުގައި ސާބިތުކުރުމެވެ. އެއީ އޭގެ މާނަ ނުވަތަ ލަފުޒު ބަދަލުކުރުމެއްނެތި، އަދި ނަފީކުރުމެއްނެތި، ވައްތަރު ނުވަތަ ގޮތް ބަޔާންކުރުމެއްނެތި އަދި އެއްވައްތަރު ނުވަތަ އަޅާކިޔުމެއްނެތި ޤަބޫލުކުރުމެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَلِلَّـهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا) سورة الأعراف: 180.

މާނައީ: "އަދި ﷲއަށް އެންމެ ރިވެތި ވެގެންވާ އިސްމުފުޅުތައް ލިބިވޮޑިގެންވެއެވެ. ފަހެ (އެއިސްމުފުޅުތަކުން) ތިޔަބައިމީހުން އެއިލާހަށް ދުޢާކުރާށެވެ."

އަޅާގެ މައްޗަށްވަނީ  ﷲގެ އިސްމުފުޅުތަކާއި އަދި ޞިފަފުޅުތަކުގެ މަތިވެރިކަން ދެނެގަނެ، ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އެއިސްމުފުޅުތަކާއި ސިފަފުޅުތަކުން (ދުޢާކުރުމާއެކު) އަޅުކަންކުރުމެވެ. މި އިސްމުފުޅުތަކަށް އީމާންވުމުން އަޅާއަށް ލޯބިކުރުމާއި އަދި ބިރުވެތިވުމާއި އުއްމީދުކުރުން، އަޅުކަންވެވޭ ފަރާތްކަމަށްވާ ﷲ ސުބުޙާނަހޫ ވަތަޢާލާގެ މައްޗަށް އަށަގަނެއެވެ."

ﷲއަށް އީމާންވުމުގެ ފައިދާތައް

ﷲއަށް އީމާންވުމުން މަތިވެރިވެގެންވާ ފައިދާތައް ޙާޞިލުވެއެވެ. އޭގެ ތެރޭގައި:

ހ. ﷲއެއްކައުވަންތަ ކުރުން ޙާޞިލުވުން އަދި އެހެން ފަރާތްތަކަށް ބަރޯސާވުމުން ބަރީޢަވުން.

ށ. ރިވެތި ވެގެންވާ އިސްމުފުޅުތަކުންނާއި އަދި މަތިވެރިވެގެންވާ ސިފަފުޅުތަކުން ﷲއަށް ލޯބިކުރުމާއި މަތިވެރިކުރުން ފުރިހަމަވުން ޙާޞިލުވުން.

ނ. ﷲ އަމުރުކުރެއްވި ގޮތަށް އަޅުކަން ކުރުން ޙާޞިލުވެ އަދި އެއިލާހު މަނާކުރެއްވި ގޮތުން އެއްކިބާވެވުން.

ރ. މަޚުލޫޤުންގެ އަޅުވެތިކަމާއި އަދި އެމީހުންނަށް (ބަރޯސާވާން ނުޖެހޭ ކަންކަމުގައި) ބަރޯސާ ވުމުން ދުރުހެލިވުން ޙާޞިލުވުމާއި އަދި މަޚުލޫޤުންނަށް ބިރުވެތިވުމާއި އަދި އުއްމީދުކުރުމާއި އެދުމާއި އަދި އެމީހުންނަށްޓަކައި ޢަމަލުކުރުމާއި މިކަންކަމުން ދުރުހެލިވުން. ހަމަކަށަވަރުން ޙަޤީޤީ ޢިއްޒަތަކީ މިއެވެ.

والله أعلم. وصلى الله وسلم على محمد وآله و صحبه أجمعين.
(ނޯޓު: މިއީ ޚުލާޞާ އަރުކާން މިފޮތުން ތަރުޖަމާކުރެވިފައިވާ ލިޔުމެކެވެ)

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. الحمد لله