މުސްލިމުންގެ ޤަބޫލުކުރާގޮތުގައި ނިދުމަކީ ﷲ ތަބާރަކަ ވަތަޢާލާ އެއިލާހުގެ އަޅުތަކުންގެ މައްޗަށް ރަހުމަތެއްގެ ގޮތުގައި ލައްވަވާފައިވާ ކަމެކެވެ. ﷲ ތަބާރަކަ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

وَمِنْ رَحْمَتِهِ جَعَلَ لَكُمُ اللَّيْلَ وَالنَّهَارَ لِتَسْكُنُوا فِيهِ وَلِتَبْتَغُوا مِنْ فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ (ޤަޞަޞް ސޫރަތް 73)

މާނައިގެ ތަރުޖަމާއީ: އެއިލާހުގެ ރަޙުމަންވަންތަކަމުން ތިޔަބައިމީހުން އަރާމުކުރުމަށާއި އެއިލާހުގެ ފަޟުލުވަންތަކަމުން ދެއްވާ ރިޒުޤުހޯދުމަށް މަސައްކަތް ކުރުމަށް، އެއިލާހު ތިޔަބައިމީހުންނަށްޓަކައި، ރޭގަނޑާއި، ދުވާލު ލެއްވިއެވެ. (އެއީ) ތިޔަބައިމީހުން ޝުކުރުކުރޭތޯއެވެ.

އަދިވެސް އިލާހު ވަޙީކުރައްވާފައިވެއެވެ.

وَجَعَلْنَا نَوْمَكُمْ سُبَاتًا (ސޫރަތުއް ނަބައު: 9)

މާނައިގެ ތަރުޖަމާއީ: "އަދި ތިޔަބައިމީހުންގެ ނިންޖަކީ ތިޔަބައިމީހުންނަށް ހުރި އަރާމުކުރުމެއްކަމުގައި ތިމަން އިލާހު ލެއްވީމެވެ."

އިންސާނާ ދުވާލުގެ ބުރަ މަސައްކަތަށްފަހު ރޭގަނޑުގެ ވަގުތުގައި މަސައްކަތްހުއްޓުމަށްފަހު ހޭދަކުރާ ވަޤުތަކީ އިންސާނާއަށް ހަމަޖެހުން ލިބި އިންސާނާގެ ކުރިއެރުމާއި އަދި ހެދިބޮޑުވުމާއި މުރާލިކަން ގެނެސްދޭ ވަޤުތެކެވެ. މިމަތިވެރި ނިޢުމަތަށް ﷲ ސުބުހާނަހޫ ވަތަޢާލާއަށް ޝުކުރު އަދާކުރުމުގެ ގޮތުން ނިދުމުގައި އަންނަނިވި އަދަބުތަކުގައި ހިފެހެއްޓުން މުސްލިމުންގެ މައްޗަށްވެއެވެ.

01.ބޭނުމަކަށްޓަކައި މެނުވީ ޢިޝާ ނަމާދުގެ ފަހުން ހޭލާ ނުހުރުން. އެއީ މިސާލަކަށް އިލްމު ދަސްކުރުން ފަދަ މެހެމާނެއް ޒިޔާރަތްކުރުން ފަދަ ނުވަތަ ޢާއިލާމީހުންގެ އެއްވުމަކަށް ފަދަ ބޭނުމެއް ޖެހިގެން މެނުވީ ނުނިދައި ނުހުރުން. (ޖެހިގެން އޮތްބައި އެއީ އެއްޕެރެގްރާފެއް)

(113 ވަނަ ސަފުހާ ސުކޭން ކޮށްފައިވާ ކޮޕީގެ> )

އަބޫ ބަރުޒާ ރަސޫﷲ ޞައްލަﷲ އަލައިހި ވަސައްލަމައާއި ބެހޭގޮތުން ރިވާކުރައްވާ ގޮތުގައި އެކަލޭގެފާނު ޢިޝާ ނަމާދުގެ ކުރިން އަވަހާރަފުޅު ލެއްޕެވުމަށް ރުހިވަޑައިނުގަންނަވައެވެ. ޙަދީޘް ބައްލަވާ (1)

02.ވުޟޫމަތީގައި ނިދުމަށް ހިންމަތްކުރުން. ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިކަމަށް ބަރާއު ބިން ޢާޒިބު ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ.: ((إذا أتيت مضجعك فتوضأْ وضوءك للصلاة))(2) މާނައިގެ ތަރުޖަމާއީ: "ތިބާ ތިބާގެ ތަންމައްޗަށް (ނިދުމަށް) އަންނަ ނަމަ ނަމާދަށް ވުޟޫކުރާފަދައިން ވުޟޫކުރާ ހުށިކަމެވެ."

03.ނިދަން އޮށޯންނައިރު ކަނާތްފަޅިއަށް އަރިއަށް ވާ ގޮތަށް އޮތުން، އަދި ބާލީހުގައި ކަނާތްފަޅިއަށް އަރިއަށް އޮވެ ބޯ އަޅައިގެން އޮތުން. އޭގެ ފަހުން ވާތްފަޅިއަށް ބަދަލުކުރުމަކުން މައްސަލައެއްނެތެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ: ((إذا أتيت مضجعك فتوضأْ وضوءك للصلاة، ثم اضطجع على شقك الأيمن))

މާނައިގެ ތަރުޖަމާއީ: " ތިބާ ތިބާގެ ތަންމައްޗަށް (ނިދުމަށް) އަންނަ ނަމަ ނަމާދަށް ވުޟޫކުރާފަދައިން ވުޟޫކުރާ ހުށިކަމެވެ. އަދި ކަނާތްފަޅިއަށްވާގޮތަށް އޮށޯންނަހުށިކަމެވެ." އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ.

((إذا أويت إلى فراشك فتوضأْ وأنت طاهر فتوسدْ يمينك)) (3) މާނައިގެ ތަރުޖަމާއީ:" ތިބާގެ ތަންމައްޗަށް އަންނަހިނދު ވުޟޫކުރާހުށިކަމެވެ. އަދި ކަނާތްފަޅިއަށް އެނބުރިއޮވެ ބާލީހުގައި ބޯއަޅާހުށިކަމެވެ. (ނުވަތަ އޮށޯވެއޮންނަ ހުށިކަމެވެ.)"

04.ދުވާލުވިޔަސް އަދި ރޭގަނޑުވިޔަސް ބަންޑުން އޮވެ ނުނިދާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ: ((إنه ضجعة أهل النار)) މާނައިގެ ތަރުޖަމާއީ: "ހަމަކަށަވަރުން އެއީ ނަރަކައިގެ އަހުލުވެރިން ތިބޭގޮތެވެ." އަދި ވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްފުޅުކުރައްވާފައިވެއެވެ. ((إنه ضجعة لا يحب الله عز وجل)) (4) މާނައިގެ ތަރުޖަމާއީ: "ހަމަކަށަވަރުން ބަންޑުން އޮންނަ އޮތުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެގޮތަކަށް އޮތުމަށް ނުރުއްސަވާ ގޮތެކެވެ."

05.ނިދާއިރު އަންނަނިވި ޒިކުރުތައް ކިޔުން.

ފުރަތަމަ:

سبحانَ اللهِ والحمدُ للهِ و الله أكبرُ ފުރަތަމަ ދެކަލިމަ 33 ފަހަރު އަދި ތިންވަނަ ކަލިމަ 34 ފަހަރު ކިޔުން. އަދި އެޔަށްފަހު لا إله إلا الله وحده لا شريك له، له، له الملك و له الحمد، و هو على كل شيء قدير ކިޔުމެވެ.

ރަސޫލުﷲ ޞައްލަﷲގެ ޢަލައިހި ވަސައްލަމަގެ އަރިހުން އެކަލޭގެފާނުގެ ދަރިކަނބަލުން ފާޠިމާ ރަޟިޔަﷲ އަންހާ އާއި އެކަމަނާގެ ފިރިކަލުން އަލީ ރަޟިޔަﷲ ޢަންހު ދެކަނބަލުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އެދެކަނބަލުންގެ ގޭގައި މަސައްކަތްކުރާނެ ޚާދިމާއަކަށް އެދި ދެންނެވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: ((ألا أدلكما على خير مما سالتما، إذا أخذتكما مضجعكما فسبحا ثلاثا و ثلاثين، و احمدا ثلاثا و ثلاثين، و كبرا أربعا و ثلاثين، فهو خير لكما من خادم)) (5)

ޙަދީޘްގެ މާނައިގެ ތަރުޖަމާއީ: "ހަމަކަށަވަރުން ތިޔަ ދެކަނބަލުން އެދުނު ކަންތަކަށްވުރެ ހެޔޮކަމަކަށް ތިމަންކަލޭގެފާނު ބުނެދެއްވަން ހެއްޔެވެ؟ ތިޔަ ދެކަނބަލުން ނިދަން ތަންމައްޗަށް އެރައިވަޑައިގަތުމަށްފަހު 33 ފަހަރު ތަސްބީހަ (ސުބުޙާނަﷲ) ކިޔާށެވެ. އަދި 33 ފަހަރު ހަމްދު (އަލްޙަމްދުﷲ މިފަދައިން) ކިޔާށެވެ. އަދި 34 ފަހަރު ތަކުބީރު (ﷲ އަކުބަރު) ކިޔުއްވާށެވެ. އެއީ ޚާދިމަކަށްވުރެ އެކަން ތިޔަދެކަނބަލުންނަށް ހެޔޮވެގެންވެއެވެ."

ދެވަނަ:

ސޫރަތުލް ފާތިޙާ ކިޔެވުމަށްފަހު ބަޤަރާ ސޫރަތް ފެށިގެން ގޮސް (يُفْلِحُوْنَ) މިހިސާބަށް ކިޔެވުން. އަދި އާޔަތުލް ކުރުސިއާއި އަދި ބަޤަރާ ސޫރަތް މިތަނުން (لِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ) (ބަޤަރާ ސޫރަތުގެ ފަހު ދެއާޔަތް) ސޫރަތް ނިމެންދެން ކިޔެވުން. އެފަދައިން ކަންތައްކުރުން އެދެވިގެންވާ ކަމުގައި ވާރިދުވެގެންވެއެވެ.

ތިންވަނަ:

އެންމެފަހުން ދުލުން ކިޔާއެއްޗަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ވާރިދުވެފައިވާ މިދުޢާ ކަމުގައި ހެދުން: (( باسمك الله اللهم وضعت جنبي و باسمك أرفعه ، اللهم إن امسكت نفسي فاغفرلها و أرسلتها فاحفظها بما تحفط به الصلحين من عبادك، اللهم إني اسلمت نفسي عليك، فوضت أمري إليك، و ألجأت ظهري أليك، أستغفرك و أتوب إليك، آمنت بكتاب الذي أنزلت، و بنبيك الذي أرسلت، فاغفرلي ما قدمت وما أخرت، وما أسررت وما أعلنت، وما أنت أعلم به مني، أنت المقدم و أنت المؤخر، لاإله إلا أنت، رب قني عذابك يوك تبعث عبادك )) (6)

(ސުކޭން ކޮށްފައިވާ 114 ވަނަ ސަފުހާ)

ހަތަރުވަނަ:

ނިދާފައި އޮއްވާ ހޭލެވިއްޖެނަމަ މިފަދައިން ކިޔުން. لا إله إلا الله وحده لا شريك له، له، له الملك و له الحمد، و هو على كل شيء قدير، الحمدلله، و سبحان الله، و لاإله إلا الله، و الله أكبر، و لاحول ولا قوة إلا بالله

އަދި މިފަދައިން ހޭލެވިއްޖެނަމަ ވީހާވެސް ގިނައިން ތިމާ އެދޭ މިންވަރަކަށް ދުޢާކުރުން. ސަބަބަކީ ޞައްހަ ހަދީޘުން އެނގޭގޮތުގައި ރޭނގަޑުގައި ކުރެވޭ ދުޢާއަކީ އިޖާބުކުރައްވާނެ ދުޢާއެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. : ((من تعارَّ من الليل فقال: لا إله إلا الله وحده لا شريك له، له، له الملك و له الحمد، و هو على كل شيء قدير، الحمدلله، و سبحان الله، و لاإله إلا الله، و الله أكبر، و لاحول ولا قوة إلا بالله، ثم قال: اللهم اغفر لي، أو دعا، استجيب له، فإن توضأ قبلت صلاته.)) (1)

ޙަދީޘްގެ ތަރުޖަމާގެ މާނައީ: "ރޭގަނޑު ހޭލެވިއްޖެނަމަ ފަހެ لا إله إلا الله وحده لا شريك له، له، له الملك و له الحمد، و هو على كل شيء قدير، الحمدلله، و سبحان الله، و لاإله إلا الله، و الله أكبر، و لاحول ولا قوة إلا بالله މިފަދައިން ކިޔާށެވެ. އެޔަށްފަހު މިފަދައިން ކިޔާށެވެ. اللهم اغفر لي (މާނައީ: އޭ ﷲއެވެ. މިއަޅާގެ ފާފަ ފުއްސަވާށިއެވެ.) ނުވަތަ ދުޢާކުރާށެވެ. އެމީހެއްގެ ދުޢާ އިޖާބަކުރައްވާނެއެވެ. އަދި ވުޟޫކުރުމަށްފަހު ކުރާ ނަމާދު ޤަބޫލުކުރެއްވޭހުއްޓެވެ."

އަދި ތެދުވެ ވުޟޫކޮށް ރޭގަނޑު ނަމާދުކޮށްފިނަމަ އެނަމާދު އޭނާގެ ކިބައިން ޤަބޫލުކުރެވޭ ހުއްޓެވެ. ނުވަތަ މިދުޢާ ކިޔާށެވެ.

لاإله إلا أنت سبحانك، اللهم أستغفرك لذنبي أسألك و رحمتك، اللهم زدني علما، ولا تزق قلبي بعد إذ هديتني، و هب لي من لدنك رحمة إنك أنت الوهاب.

ވީމާ ނިދާއިރު މިޢަދަބުތަކަށް ރައްކާތެރިވުމުގެ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް ލައްވާށިއެވެ. އާމީން.

وصلى الله وسلم على محمد وآله صحبه أجمعين.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮއްކޮ

    "ޢަދަބުތައް" މިލަފުޒު ލިޔާއިރު، އަލިފުގައި ތިއްކެއް ނުޖަހާނެ. "އަދަބުތައް" މިގޮތަށް ލިޔާނީ. ރަނގަޅަށް ލިޔަންކިޔަން ދަސްކޮށްބަލަ.

  2. ވަރަށް ބޮޑު ކުށެއް ފާހަގަ ވެއްޖެ!

    މަޢާފާއިއެކު ދަންނަވަމެވެ! "05 ނިދާއިރު ކިޔާ އަންނަނިވި ޒިކުރުތައް ކިޔުން" މި މަޢުޟޫޢު ގެ ދަށުން: ދެވަނަ ބައިގައި، ސޫރަތުލް ފާޠިޙާ ކިޔެވުމަށްފަހު ބަޤާރާ ސޫރަތް ފެށިގެން ގޮސް (يفلحون) މިހިސާބަށް ކިޔެވުން. މިހެން އޮތުން މިއީ ކުށެއް ކަމަށް ޤަބޫލު ކުރެވެއެވެ. ސަބަބަކީ، އެއީ ބަޤަރާ ސޫރަތުގެ ފުރަތަމަ ފަސް އާޔަތުގެ ނިޔަލަށް ކިޔަވާ ވާހަކަ ކަމަށް ވާތީއެވެ. އެގޮތުން 5 ވަނަ އާޔަތް ނިމޭ ލަފްޒަކީ (مفلحون) އެވެ. (يفلحون) އެއް ނޫނެވެ.