އިންސާނާ މަރަށް ހާޒރު ކުރެވޭ ވަގުތަކީ ސުންޕާކަން ބޮޑު ވޭންދެނެވި ވަގުތެއް ކަމަށާ އެ ވަގުތު ޖެހުމުގެ ކުރިން މަރަށް ތައްޔާރުވެ ހެޔޮ އަމަލުތައް ގިނަ ކުރުމަށް ހުކުރު ހުތުބާގައި ގޮވާލައިފިއެވެ

މިއަދުގެ ހުތުބާ ޚާއްސަ ކުރީ މަރު ހަނދާން ކުރުމުގެ މުހިންމު ކަމުގެ މައްޗަށެވެ. ހުތުބާގައި ވިދާޅުވެފައި ވަނީ އިންސާނާ މަރަށް ޙާޟިރުވުމުން ވަރަށް ގިނަ ކަންތައްތައް ހަނދާންވާނެ ކަމަށާއި، އޭނާގެ ވަށައިގެންވާ މީހުން ފެނުމުން އެމީހުންނާ ވާހަކަ ދައްކަން ބޭނުންވާނެ ކަމަށެވެ. އަދި ނުކުރެވި ހުރި ކަންކަން ކުރަންވެސް ބޭނުންވި ނަމަވެސް އެއްވެސް ކަމެއް އަދި ވާހަކައެއް ވެސް ނުދެއްކޭނެ ކަމަށް ހުތުބާގައި ވަނީ ވިދާޅުވެފައެވެ..

އަދި މަރަށް ހާޒިިރުވުން ކުރިމަތިން ފެންނާނީ މަލާއިކަތްބޭކަލުންގެ ޖަމާޢަތަކާއެކު މަލަކުލްމައުތުގެފާނު އޭނާގެ ފުރާނަ ހިއްޕަވަން ވަޑައިގަންނަވާތަން ކަމަށާއި އަނބިމީހާ އާއި ދަރިންނާއި ގާތްތިމާގެ މީހުންނާއި އެކުވެރިންނާއި ހެޔޮއެދޭ އެންމެންނާ ވަކިވާ މި ވަގުތު ހަނދާން ކުރަން ޖެހޭ ކަމަށް ހުުބާގައި ތަކުރާރުކޮށް ވިދާޅުވެފައި ވެއެވެ.

" ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ ރަސްކަލާނގެއެވެ." ވީމާ، އެކަނި އިނދެ، އަމިއްލަ ނަފުސާ މި ސުވާލުތައް ކޮށްލާށެވެ. ސުވާލުތައް ކޮށްލާށެވެ. ދީނުގެ އެންމެ މުހިއްމު ރުކުން ކަމުގައިވާ ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރެވޭ ހެއްޔެވެ؟ ޤުރުއާނުން އެއްވެސް މިންވަރެއް ކިޔެވޭ ހެއްޔެވެ؟ ހުރިހާ ނިޢުމަތްތައް ތަނަވަސްކޮށްދެއްވި، ގަދަކީރިތިވަންތަ ﷲ ގެ ކުޅަދުންވަންތަކަމާ މެދު ވިސްނާލިން ހެއްޔެވެ؟ ކުށްފާފަތަކާ ދުރުވެ، ހެޔޮ ކަންކަމަށް އަވަސްވެ ގަނެވޭ ހެއްޔެވެ؟ ހު ސުވާލުތަކުގެ ކުރިމަތީގައި އިސްޖަހާލަން ޖެހިއްޖެ މީހަކަށް، ހިތާމައިގެ ކޮޅެއްވެސް ނެތެވެ." ހުތުބާގައިވެއެވެ.

ހުކުރު ޚުތުބާގައި އިތުރަށް ވަނީ ﷲ އިންސާނުން މިދުނިޔެ ލައްވާފައިވަނީ އާޚިރަތް ބާއްޖަވެރިކުރުމަށްޓަކައި މަސައްކަތް ކުރާނެ މައިދާނެއްކަމުގައި ކަމާއި ދުނިޔެއަކީ ދާއިމަށް ދެމިގެންވާ ތަނެް ނޫން ކަން ހަނދާން ކޮށްދީފައެވެ.

އެހެންކަމުން ދުނިޔޭގައި ހެޔޮޢަމަލުތައް ގިނަކޮށްފި މީހާއަށް ކާމިޔާބީއާއި ފިލާހު ލިބޭނެ ކަން ހަނދުމަކޮށްދީ ހުތުބާގައި ވަނީ ނުބައި ޢަމަލުތައް ގިނަވެއްޖެ މީހާއަށްވަނީ ގެއްލުމާއި ހަލާކުކަމުގެ އިންޒާރުވެސް ދީފައެވެ

މިއަދުގެ ހުތުބާގައި މާތްﷲގެ ވަހީ ބަސްފުޅުތަކާއި ހަދީސްގެ އަލީގައި މި ދުނިޔެއަކީ ވަގުތީ ތަނެއް ކަން ވަނީ ހަނދާން ކޮށްދީފައެވެ.