މަދްރަސާގެ ދައުރު ފުރިހަމައަށް އަދާކޮށްފި ނަމަ، އުއްމަތުގެ މުސްތަޤްބަލު އުޖާލާވާނެ ކަމަށް ހުކުތު ހުތުބާގައި ވިދާޅުވެއްޖެ އެވެ..

މިއަދު ހުކުރު ހުތުބާގައި ވަނީ ސްކޫލްތައް އަލުން ހުޅުވުމުން ދަރިވަރުން ސްކޫލަށް ފޮނުވުމަސް ނަސޭހަތްތެރިވެފައެވެ. "އުނގެނުމަށް ސަމާލުކަން ދިނުން" މި މައުޟޫ އަށް ކުރިއަށް ގެންދިޔަ އެ ހުތުބާގައި ވިދާޅުވެފައި ވަނީ އުއްމަތުގެ ޒުވާނުންގެ ލޭގެ ތެރޭގައި ޢިލްމާއި މަޢުރިފާ ދައުރުކުރަން ފެށުމުން، ޢިލްމުގެ ނޫރު ފެތުރި ޖާހިލުކަން ނެތިގެންދާ ކަމަށެވެ. އަދި ޤައުމުގެ މުސްތަގްބަލް އުޖާލާ ވާ ކަމަށާއި، އެހެެންކަމުން ކުދިންގެ އަޚްލާޤު ވެސް އެގޮތަށް ރީތިކޮށް ބައްޓަންކޮށްދިނުމަށް ހުތުބާގައި ނަސޭހަތްތެރިވިއެވެ.

އަދި އެޔާއެކު އިސްލާމް ދީނަށް ލޯބިކުރާ، އިސްލާމީ އުޞޫލުތަކުގައި ހިފަހައްޓާ، ހަރުދަނާ ދަރިންތަކަކަށް އެކުދިން ހެދުމަށް މުދައްރިސުންނާއި ބެލެނިވެރިން ގުޅިގެން މަސައްކަތް ކޮށްދިނުމަށާއި، ކުދީންނަށް ނަމާދު ކުރަން ދަސްކޮށްދީ، ކީރިތި ޤުރްއާން ކިޔަވައި ދިނުމަށް ބާރު އެޅުމަށް ނަސޭހަތްތެރިވެފައިވެއެވެ.

"ދަރިން ސާފުތާހިރު ޔުނިފޯމްތަކުގައި ފޮތް ދަބަސްތައް ކޮނޑުގައި އަޅުވައިގެން، މައިންބަފައިންނާ އެކު މަދްރަސާއަށް ދާ
މަންޒަރަކީ ވަރަށް ހިތްހަމަޖެހޭ މަންޒަރެކެވެ. ޤައުމުގެ ކުރިމަގު ބައްޓަންކޮށް އާރާސްތު ކުރަން ތިބި ދަރިން، އެކަމަށް ބޭނުންވާ ތަރުބިޔަތާއި، ތަޢުލީމާއި، ތަމްރީނު ހޯދުމަށް މަދްރަސާތަކަށް ދާ މަންޒަރު ރަމްޒުކޮށްދެނީ، ރައްޔިތުންގެ އެއްބައިވަންތަކަމާއި، ޤައުމު
ބިނާކުރުމުގައި އެންމެންގެ ބައިވެރިވުން އޮތް މިންވަރެވެ. " ހުތުބާގައި ވެއެވެ.

މިއަދުގެ ހުތުބާގައި މަދްރަސާތަކުގެ އިސް ވެރިންނަށް ނިސްބަތްކޮށް ހުތުބާގައި ވިދާޅުވެފައި ވަނީ މަދްރަސާ އަކީ ދަރިންގެ ދެވަނަ ހިޔާވަހި ކަމަށާ އެކުދިންގެ ހިތްތަކުގައި އިސްލާމީ ޢަޤީދާ ހަރުދަނާކޮށް، ދުނިޔޭގެ ވެއްޓަށް ހޭލުންތެރިކޮށް، އެ ކުދިން ބިނާކުރާ ތަނަކީ މަދްރަސާއެވެ. މަދްރަސާއިން މި މުހިއްމު ދައުރު ރިހަމައަށް އަދާކޮށްފި ނަމަ، އުއްމަތުގެ މުސްތަޤްބަލު އުޖާލާވާނެއެވެ.

"މި ބުރަ މަސައްކަތް ކުރެވޭނީ މަދްރަސާތަކުގެ ވެރިންނާއި، ބެލެނިވެރިން ގުޅިގެންނެވެ. އެ ދެފަރާތުގެ ލަނޑުދަނޑިތަކާއި، އުއްމީދުތައް އެކައްޗަކަށް ހަދައިގެންނެވެ. މމާތް ﷲ ގެ އަޅުތަކުންނޭވެ! ދަރިންނަށް ތަޢުލީމު ދިނުމާއި، އެ ކުދިން ތަރުބިޔަތު
ކުރުމުގައި އެންމެން އެއްބާރުލަމާ ހިނގާށެވެ! ޤައުމު ރަނގަޅު ގޮތުގައި ތަރައްޤީކޮށް، އެއްބައިވަންތަކަން މަތީ، ދެމެހެއްޓޭނީ އޭރުންނެވެ. " ހުތުބާގައިވެެއެވެ.

ހުތުބާގައި ވިދާޅުވެފައި ވަނީ، ރަސޫލާ ސައްލައްﷲ ޢަލައިހި ވަސައްލަމަ އިންސާނިއްޔަތަށް ބޭނުންވާ ފުރިހަމަ މަންހަޖު ކުރައްސަވާދެއްވި ކަމަށާއި، މުސްލިމުންނަކީ ލިޔަންކިޔަންދަން ބަަޔަކަށްވުމަށް އިރުޝާދު ދެއްވިކަން ހުތުބާގައި ހަނދާންކޮށްދީފައި ވެއެވެ. އަދި މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތަކުގެ ކިޔެވުން ގެންދިޔައީ އޭރު ކުރިއަށްގެންދެެވެން އޮތް އެންމެ ރަނގަޅަށް ކަމަށާއި، ދިރާސީ އާ އަހަރުގެ ކިޔެވުން އަލުން ފަށާއިރު ބެލެނިވެރިން ދަރިވަރުންގެ ސާފުތާހިރުކަަމަށް އިސްކަން ދީ ގައިދުރުކުރުމާއި، މާސްކް އެޅުން ފަދަ ކަންކަމަށް އިސްކަން ދިނުމަށް ވަނީ ގޮވާލާފައެވެ.

ހަމައެހެންމެ ބެލެނިވެރިން ދަރިވަރުން ސްކޫލަށް ފޮނުވަނީ ވަރަށް ބޮޑަށް އިތުބާރުކޮށްފައި ކަމުން އެ ދަރިވަރުން ރައްކާތެރިކަމާއި އަހުލާގަށް ސްކޫލުންވެސް ޚާއްސަ ސަމާލުކަމެއް ދޭންވާނެ ކަން ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ. ހުތުބާގައި ވަނީ މި ފެށޭ އާ އަހަރު ދަރިވަރުން ކިޔެވުމަށް ދޭ ސަމާލުކަން އިތުރުކޮށް އަހުލާގު ރަނގަޅު ބަޔަކަށް ވުމަށް ނަސޭހަތްތެރިވެފައެވެ.

މުދައްރިސުންނަސް އިހުތިރާމްކޮށް، ކުދިންގެ ތައުލީމަށް މައިންބަފައިންނާއި ދަރިވަރުން ކުރާ ޚަރަދުގެ އަގު ވަޒަންކުރުމަށް ވެސް ވަނީ ނަސޭހަތްތެރިވެފައެވެ.

އިސްލާމް ދީނަކީ ޢިލްމުގެ ދީން ކަމަށާ، އިސްލާމީ ރިސާލަތު ފެށުނީވެސް ކިޔެވުމަށް އަމުރުފުޅުކުރައްވަމުންކަން ހުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ.

މާތް ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ (ހުރިހާ ތަކެއްޗެއް ހެއްދެވި ރަސްކަލާނގެއެވެ. ގަނޑު ލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއީ، ޤަލަމުން (ލިޔަން) އުނގަންނައިދެއްވި ރަސްކަލާނގެއެވެ. އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ." ހުތުބާގަ އިވެއެވެ.

މާތްﷲގެ އިރުޝާދުފުޅާއި އެއްގޮތަށް ރަސޫލާ ސައްލައްﷲ ޢަލައިހިވަސައްލަަމަ މުސްލިމް ދަރިންނަށް ކިޔަވާދެއްވުމަށް ދެއްވި އިސްކަމުގެ ނަތީޖާ އަކީ، ހޭލުންތެރި، ޢިލްމުވެރި، އުފެއްދުންތެރި މުޖުތަމައު އެއް ވުޖޫދުވުން ކަމަށް ހުތުބާގައި ވަނީ ވިދާޅުވެފައެވެ.

ހުތުބާގައި އިތުރަށް ވަނީ ޢިލްމުތަކުގެ ތެރެއިން އެންމެ ޝަރަފުވެރި ޢިލްމަކީ ޝަރުޢީ ޢިލްމު ކަމަށާއި ހަމަ އެއާއެކު، އަހަރެމެންގެ ދިރިއުޅުމަށް މަންފާކުރަނިވި، އަދި ދެމެންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، ދުންޔަވީ ތަފާތު ޢިލްމުތަކުގައި ކުރިއަރައިދިޔުމަކީ ވެސް އިސްލާމް ދީން އަމުރުކުރާ ކަމެއް ކަމަށެވެ.

އެގޮތުން ހުޅަނގުގެ ޤައުމުތައް އަނދިރީގައި އޮތް އިރު، ބޭސްވެރިކަމާއި، ކެމިސްޓްރީއާއި، ފިޒިކްސްއާއި، ހިސާބާއި، ފަލަކީ ޢިލްމު ފަދަ ދާއިރާތަކުގައި މުސްލިމް ޢިލްމުވެރިންގެ ޚިދުމަތްތަކާއި، އީޖާދުތައް މެދުއުޑުގައި ފިޔަޖަހަމުން ދިޔައީ މި މަފްހޫމުގައި ކުރެވުނު ބިނާ ކުރަނިވި މަސައްކަތުގެ ސަބަބުން ކަމަށް ހުތުބާގައި ވެއެވެ. އަދި ޢިލްމީ ފޮތްތަކާއި ދިރާސާތައް ތަފާތު ބަސްތަކަށް ތަރުޖަމާ ކޮށް، ޝާއިޢު ކުރެވުނެވެ. މުޅި އިންސާނިއްޔަތަށް ފައިދާ އާއި ލާބަ ހުރި އާ އީޖާދުތައް ކުރި، ބޮޑު ޙަޟާރަތެއް ބިނާވި ކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެެވެ. ޢިލްމީ މި އުފެއްދުންތަކުގެ ސަބަބުން ދުނިޔޭގެ ލައިބްރަރީތައް މުއްސަނދިވެގެންދިޔަ ކަމަށް ވެސް ހުތުބާގައި ވިދާޅުވެފައި ވެއެވެ..

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހާލަތު

    މ. އަތޮޅު ތަޢުލީމީ މަރިކަޒުގެ މުދައްރިސުން އެންމެ ފުރިހަމަޔައް ތިޔަކަން ކުރަނީ މިޤައުމިހައި

  2. ދޮންފަނު ޙަސަނު

    ޚުތުބާއިން ކިޔާދިން ސުކޫލްތައް ވަރަށް ތައްޔާރުވެގެން ދިރާސީ އާއަހަރަށް ހޮރުން ނިކުންނަވައިފިއޯ! ތަޢްލީމަށް މިހާލަތުގައިވެސް ވަރަށް އިސްކަންދެޔޯ. ތައްޔާރުވީ ކިހާވަރަކަށްބާ! ހުޅުވާނެކަމެއްނޭގި ތަޢުލީމާއިބެހޭ ވަޒީރާ ނިއުޔިއަރ ކްރިސްމަސް ފާހަގަކުރަން އުޅުއްވާތާކު އުޅުއްވަމުން ޓްވީޓެއްކުރި 10 ވަރަކަށް ދުވަސްތެެރޭ ސްކޫލްގައި ކިޔަވަންފަށަން ތައްޔާރޭ! މިޓްވީޓެއް ފެނިގެން ސްކޫލުތައް ހޯގޮވަމުން ޓީޗަރުންނާއި ދަރިވަރުންނަށް އިންޒާރު ދެއްވީ މާލޭ ސްކޫލްތަކުގެ ދަރިވަރުންނާއި ޓީޗަރުން 10 ދުވަސްތެރޭ އަންނާށޯ. މީހުންތައްތިބީ ޗުއްޓީގަ އެތަންމިތާ! މިހާވަރަށް ތައްޔާރުވީ. ޚުތުބާ މެދުވެރިކޮށް އިތުރުފުޅެއް ހައްދަވާ ހުކުރުނަމާދަށް ދިޔަމީހުނަށް އެންގެވުމަކީ އާދަޔާ ޚިލާފު ކަމެއް!

  3. ޅަބޭ

    ކީއްވެތަ ހުތުބާގަ ސަރުކާރުން މިރާއްޖޭގަ ކިޔަވައިގެންތިބި މީހުނައް ވަޒީފާނުދޭ ވާހަކަދައްކަން ނުކެރިގެން ތިއުޅެނީ..