ވައްކަމާއި ފޭރުމަކީ، މުޖްތަމު ފަސާދަކޮށް ނެެތިކޮށްލާ ވަބާއެއް ކަމަށާއި، މި ބައްޔަށް ދޭނެ ވެކްސިން ހޯދުމަށް މުޖްތަމައުތައް ނާގާބިލުވެފައިވާ ކަމަށް ހުތުބާގައި ވިދާޅުވެއްޖެ އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ނަސޭހަތްތެރިވެފައި ވަނީ ހަލާލު ގޮތުގައި މުދާ ޙޯދުމުގެ މުހިންމު ކަމަށާއި، އަދި ހަލާލު ނޫން މުދާ ހޯދުމުގެ ނުބައި ކަމާއި މެދުގައެވެ. ޚުތުބާގައި ވިދާޅުވެެފައި ވަނީ، ވައްކަމާއި، މަކަރާއި ހީލަތް، އަދި ފޭރުމުން އާންމުންގެ އަދި ދައުލަތުގެެ މުދަލަށް އަރައިގަތުމަކީ ދިވެހި މުޖްތަމައުގެެ ތެރޭގައި އޮތް އިޖްތިމާއީ ބަލިމަޑުކަމެއް ކަމަށެވެ. މި ވަބާގެެ ސަަބަބުން ގެއްލިގެެން ދަނީ ހަމައެކަނި އާންމުންގެެ މުދާ ނޫން ކަމަށާއި، ދައުލަތުގެ މުއައްސަސާތަކާއި އޮފީސް އަދި ވިޔަފާރިތަކާއި ކުންފުނިތަކަށްވެސް މިކަމުގެ ސަބަބުން ބޮޑެެތި ގެެއްލުންތަކެއް ލިބެެމުން އަންނަ ކަމަށް ޙުތުބާގައި ވަނީ ވިދާޅުވެެފައެވެެ.

ދިވެހި މުޖްތަމައުގައި ހިނގާ ވައްކަމާއި ފޭރުމުގެެ އެކި ކަންކަމަށް ބަލާއިރު، މަގުމަތިން ހިނގާ މީހުންގެ ދަބަސްތައް ޖަހައިގަނެގެން ދިއުމާއި، ގެއާއި އެެހެެނިހެެން ތަންތަނުގައި ހުންނަ މޯބައިލްފޯނު ފަދަ ތަަކެތި ވަގަށް ނެގުމާއި، އަދި އެހެނިހެން މުދާތައް ފޭރިގަަތުން ހިމެނެއެވެެ. އޭގެެ ތެރޭގައި މަގުމަތީގައި ޕަކުކޮށްފައި ހުންނަ ސައިކަލު ފަދަ އުުޅަނދުތައް ވަގަށް ނެގުން ވެސް ހިިމެެނެެއެވެެ.

އެެކި އުކުޅުތައް ބޭނުންކޮށްގެން، ބޭންކު އެެކައުންޓުތަކުގައި ހުންނަ ފައިސާ ޖަހައިގަތުމާއި، ބޭންކުތަކުން ފައިސާ ނަގައިގެެން ބޭރަށް ނިކުންނަ މީހުންނާއި އެެތަންތަނަށް ޖަމާކުރުމަށް ގެެންދާ ފައިސާ ޖަހައިގަތުން މީގެ ތެެރޭގައި ހިމެެނެއެެވެ.

އަދި ވިޔަފާރިކުރުމުގެ ނަމުގައި މީހުންގެެ ފިހާރަތަކަށް ވަދެެ އެތަންތަނުން ސެންޓާއި ހެދުންފަދަ މުދާތައް ވަގަށް ނެެގުންވެސް ހިމެނެެއެވެ. މީގެެ އިތުރުން އޮފީސްތަކުގެެ ތެރޭގައި ކުރެެވޭ ބިޑްތަކުންނާއި، ގެެނެވޭ މުދަލުން ވައްކަން ކުރުންވެސް މިކަންކަމުގެ ތެރޭގައި ހިމެނެއެވެ. މި ހުރިހާ ކަންކަމަކީވެސް ދިވެހިންގެ ތެެރޭގައި އާންމުވެފައިވާ ވައްކަންތަކެެވެ.

ޚުތުބަގައި ވިދާޅުވެފައި ވަނީ ވައްކަމާއި ފޭރުމަކީ، މުޖްތަމު ފަސާދަކޮށް ނެެތިކޮށްލާ ވަބާއެއް ކަމަށެވެ. އަދި މިއަދު މުޖްތަމައުތައް ވަނީ މި ބައްޔަށް ދޭނެ ވެކްސިން ހޯދުމަށް ނާގާބިލުވެފައި ކަމަށް ހުތުބާގައި ވަނީ ވިދާޅުވެެފައެވެެ.

"ލޮބުވެތި މުސްލިމް އަހުންނޭވެ. އިސްލާމީ ރިސާލަތުގެ ކުރީކޮޅު މައްކާގައި މުސްލިމުން ވިކަމެތި ހާލުގައި ވަންހަނާކަން މަތީގައި ތިބި ހިނދުވެސް ބައިިއަތުލް އަގަބާގައި ކީރިތި މާތް ނަބިއްޔާ މުސްލިމުންގެ ކިބައިން އަހުދު ކަށަވަރު ހިއްޕެވި މުހިންމު ކަންކަމުގެ ތެރޭގައި ވައްކަން ނުކުރުން ހިމެނެއެވެ" ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

ވައްކަމާއއި ފޭޜުމުން ހޯދާ މުދާ އެ މުދާ ހޯދާ ފަރާތަށް ވަގުތީ އުފަލަކަށް ވީނަމަވެސް އެތަކެތި ވެގެން ވަނީ އެމީހެއްގެ އަނބިދަރިންގެ ހަލާކަކަށް ކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ. އެފަދަ މުދަލެއްގައި ﷲ ބަރަކާތް ނުލައްވާނެ ކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

މުސްލިމުންގެެ ތެރޭގައި ވައްކަމާއި ނާޖާއިޒު ގޮތުގައި މުދާ ހޯދުމު ވަބާ ފެތުރިފައި ވަނީ، އަފުރާދުންގެ މެދުގައި އޮންނަން ޖެހޭ ހަރުދަނާ އީމާންކަމާއި އަޤީދާ ބަލިކަށިވެ ދުންޔަވީ އެދުންތަކުގެ ޝިކާރައަކަށް އެމީހުން ވުމުގެ ސަބަބުން ކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެެވެ.

ޝައްކެއްވެެސް ނެެތް ގޮތުގައި މިއަދު އަޅުގަނޑުމެންގެ ހާލު މިވަނީ މުދަލާއި ފައިސާގެ ވާދަވެރިކަމުގައި ގުޅުންކަނޑައި އަދާވާތްތެރިވެ، އެއްވެސް ޖެހިލުމެއް ނެެތި މީހުންގެ ފުރާނައަށްވެސް ގެެއްލުންދޭންވެެސް ޖެެހިލުން ނުވާ ހިސާބުގައެެވެ. މީގެ ތެދުކަން ހާމަވަނީ ބައެއް ރަށްރަށުގައި ސޭޓުންނަށް ހަމަލާދީ އެެމީހުން މަރާފައިވާ ހާދިސާތަކުންނާއި، ފައިސާގެެ ދަހިވެެތިކަމުގައި މީހުން ރަހީނުކުރެެވޭ ހަބަރުތަކުންނެވެ" ޚުތުބާގައި ވިދާޅުވެފައި ވެއެވެެ.

ހުތުބާގައި ވަނީ ވައްކަމާއި ފޭރުމުން އަދި މަކަރާއި ހީލަތުން މީހުންގެެ މުދަލަށް އަރައިގަތުމުން ދުރުހެެލިވެެ ﷲ އަށް ތަޣުއާވެރިވެެ ތައުބާވުން އަވަސްކުރުމަށް ނަސޭހަތްތެރިވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސޯލިހު

    ރިސްތަތަކީ އަދި މާނުބާ ބައްޔެއް އަދި ނުރައްކާކަން ބޮޑުވަނީ އެކަންމިކުރަނީ ސަރުކާރުން ކަމައްވާތީ!

  2. އާސިދާ

    ތިޔައީ ވަރައްބޮޑު ތެދެއް މިހުރިހާކަނެއް މިގިނަވީ ހައްގައް ބަސްބުނަން ނުކެރޭ ފިނޑިން ގައިމުގަ ގިނަވެ މުދަލުގެ ހަހިވިތި ކަމުގެ މީހުން ގިނަވަމުން ދާތީ..

  3. ހޯހޯ

    100% އިސްލާން ގައުމެއްގަ މުޖުތަމަޢު ފޭލިވެއްޖެވާހަކަ ހުތުބާގަ ކީމާ އެއޮއްވާ ގޮތެއް....

  4. ނިނިި

    އިސްލާމީ ސަރީއަތް ތަންފީޒު ނުކުރާ ތާ މިއުޅެނީ ހުތުބާގަވެސް ވައްކަމުގެ ހުކުމަކީ އަތްކެނޑުމޭ ބުނަން ނުކެރިގެން.... ވެކުސިނޭ މިއާ ގުޅުވާކަށް ނުޖެހޭ...

    9
    1
  5. ލޮލ

    ވެކުސިނާ މިކަމާ ގުޅުވުމުގެ ބޭނުމަކީ އިސްލާމީ ސަރީއަތަށް ގޮންޖެހުން... އިސްލާމީ ސަރީއަތް ތަންފީޒު ނުކުރާތާންގައި ވައްކަމުގެ ހުކުމަކީ އަތްކެނޑުމޭ ވެސް ބުނެލަން ނުކެރުން.... ހުތުބާ ވެސް މިއަދު މިހަދަނީ އޮޅުވާލަން

    10
  6. އަހުމަދު އަމަން ސަމީރު

    Shareeah dhookollaafa ehn ehcheh genessa mibunany mi vabaa ah halleh nulibuney

  7. ބުރޯ

    ތިހުތުބާ ލިއުނީ މުސްލިމުންބާ ލަދުކޮބާ ...ދީނުގަ އެއް އޮތީ ވެކްސިން އަތް ކެނޑުން،،،،ﷲގެ ސަރިއަތް ގަބޫލު އެބަކުރެވޭތަ ...ތި ހުތުބާ ލިއުނު މީހުން ތައުބާވާން ޖެހޭނެ.....