އިމާމު އިސްމާޢީލު ބިން ޢުމަރު ބިން ކަޘީރު (އިމާމު އިބުނު ކަޘީރު އަވަހާރަވީ ހިޖުރީ ސަނަތުން 774 ވަނަ އަހަރު) ރަޙިމަހުﷲ، އެކަލޭގެފާނުގެ ތަފުސީރުގައި މުރުސަލާތު ސޫރަތުގެ ފުރަތަމަ ދިހަ އާޔަތް ތަފުސީރު ކުރައްވާފައިވަނީ އަންނަނިވި ފަދައިންނެވެ.

އެކަލެގޭފާނު ލިޔުއްވައެވެ.

"އިމާމު އިބުނު އަބީ ހާތިމް ރަޙިމަހުﷲ އަބޫ ހުރައިރާ ރަޙިމަހުﷲގެ އަރިހުން (ސަނަދު އުނިކުރެވިފައިއި) ރިވާކުރައްވައެވެ. : ( وَالْمُرْسَلاتِ عُرْفًا ) قال: الملائكة އެބަހީ އެއީ މަލާއިކަތުންނެވެ.

އަދި މަސްރުޤޫ އަދި އަބުއް ޟުޙާ އަދި އަދި މުޖާހިދު ރަޙިމަހުމުﷲ ގެ ގެ ކިބައިން ( އަޘަރު ރިވާކުރެވިފައިވާ ބޭކަލުންގެ ސަނަދު އުނިކުރެވިފައި) ހަމައެފަދައިން ރިވާވެފައިވެއެވެ.

އަދި އަބީ ޞާލިޙު ރަޙިމަހުﷲގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ ރަސޫލުބޭކަލުންނެވެ.. އަދި އެކަލޭގެފާނުގެ ކިބައިން އެހެން ރިވާޔަތެއްގައި އެއީ މަލާއިކަތް ބޭކަލުން ކަމަށް ރިވާވެގެންވެއެވެ. އަބޫ ޞާލިޙު، މިބަސްފުޅުތައްކަމަށްވާ الْعَاصِفَاتِ އަދި النَّاشِرَات އަދި الْمُلْقِيَاتِ އަދި الْفَارِقَاتِ ބަސްފުޅު ތަކުގެ ތަފުސީރެއް ކަމަށް ބަޔާންކުރައްވަނީ އެއީ މަލާއިކަތްބޭކަލުންކަމަށެވެ.

އައްޘައުރީ ރަޙިމަހުﷲ ސަލްމާ ބިން ކުހައިލްގެ އަރިހުން އަދި އެކަލޭގެފާނު މުސްލިމް އަލްބަތީން އަދި އެކަލޭގެފާނު އަލް ޢުބައިދައިނި ވިދާޅުވިކަމަށް ރިވާކުރައްވައެވެ. "ތިމަންކަލޭގެފާނު އިބުނު މަސްޢޫދު ރަޟިޔަﷲ ޢަންހުގެ ކިބައިން ( وَالْمُرْسَلاتِ عُرْفًا ) އާއި ބެހޭގޮތުން ސުވާލުކުރީމެވެ. ދެންއެކަލޭގެފާނު ވިދާޅުވިއެވެ. އެއީ ވަޔެވެ. އަދި ( فَالْعَاصِفَاتِ عَصْفًا* وَالنَّاشِرَاتِ نَشْرًا ) އާއި ބެހޭގޮތުންވެސް ވިދާޅުވެފައިވަނީ ހަމަ އެފަދައިންނެވެ. (އެބަހީ އެއީ ވައެވެ.) އަދި އެފަދައިން އިބުނު އައްބާސް އަދި މުޖާހިދު އަދި ގަތާދާ އަދި ރިވާޔަތެއްގައި ވާގޮތުން އަބޫ ޞާލިޙު ވިދާޅުވެފައިވެއެވެ."

އެޔަށްފަހު އިބުނު ކަޘީރު ރަޙިމަހުﷲ އިމާމު އިބުނު ޖަރީރުގެ ބަސްފުޅު ގެނައުމަށްފަހު ލިޔުއްވާފައިވެއެވެ. " ބަހުގެ ލަފުޒީ މާނައިން (އެބަހުގެ މުރާދެއްކަމަށް ފެންނަނީ) އެއީ ވައިރޯޅި ކަމަށެވެ. އެއީ ﷲ ތަޢާލާގެ މިވަޙީބަސްފުޅުގައި ވާ ފަދައިންނެވެ. وَأَرْسَلْنَا الرِّيَاحَ لَوَاقِحَ [ الحجر : 22]، وقال تعالى: وَهُوَ الَّذِي يُرْسِلُ الرِّيَاحَ بُشْرًا بَيْنَ يَدَيْ رَحْمَتِهِ [ الأعراف : 57]

ހަމައެފަދައިން الْعَاصِفَاتِ އަކީ ވައިރޯޅިއެވެ"

އެޔަށްފަހު މިބަސްފުޅަށް ބާރުގެނެސްދޭ ޢަރަބި ބަހުގެ މިސާލުތައް ދެއްކެވުމަށްފަހު އިމާމު އިބުނު ކަޘީރު ރަޙިމަހުﷲ ލިޔުއްވައެވެ.

"( فَالْفَارِقَاتِ فَرْقًا * فَالْمُلْقِيَاتِ ذِكْرًا * عُذْرًا أَوْ نُذْرًا ) އެބަހީ މަލާއިކަތްބޭކަލުންނެވެ. އެފަދައިން ވިދާޅުވީ އިބުނު މަސްޢޫދު އަދި އިބުނު އައްބާސް، މަސްރޫޤު، މުޖާހިދު، އަދި ރަބީޢު ބިން އަނަސް، އަދި السدي އަދި އައްޘައުރީއެވެ. މިތަނުގައި އެއްވެސް ޚިލާފެއް ނުވެއެވެ. ސަބަބަކީ ﷲ ގެ އަމުރުފުޅަށް ރަސޫލު ބޭކަލުންގެ އަރިހަށް ފައިބަވަޑައިގަންނަވަނީ މަލާއިކަތްބޭކަލުންނެވެ."

އެޔަށްފަހު އިމާމު އިބުނު ކަޘީރު ރަޙިމަހުﷲ إِنَّمَا تُوعَدُونَ لَوَاقِعٌ މިއާޔަތުގެ ތަފުސީރުގައި ބަޔާންކުރައްވައެވެ.

"(އިސްވެ ދިޔަ ) ހުވާގެ ބަސްފުޅުތަކުން ހުވާކުރެވޭ ކަމަކީ މިއީއެވެ. އެބަހީ: ޤިޔާމަތް އަންނާނެ ކަމާބެހޭގޮތުން އެބައިމީހުންގެ މައްޗަށް ވަޢުދުވެވޮޑިގެންފައިވާ ވަޢުދުވެ ވޮޑިގަތުމެވެ. އަދި (އެދުވަހުން) ތާޅަފިލި ގޮއްވާލެއްވޭ ގޮއްވާލެއްވުމެވެ. އަދި މީސްތަކުން މަހުޝަރު ބިމަށް ފޮނުއްވައި ފުރަތަމަ ވީ މީސްތަކުންނާއި އަދި ފަހުންވީ މިސްތަކުން އެއްތަނަކަށް އެއްކުރައްވާ ކުރެއްވުމެވެ. އަދި ކޮންމެ މީހަކު ކުރިކަމަކަށް ޖަޒާ ދެއްވޭ ދެއްވުމެވެ. ހެޔޮކަމަކަށް ހެޔޮޖަޒާއެވެ. ނުބައިކަންކަމަށް ނުބައި ޖަޒާއެވެ. މިހުރިހާ ކަމެއް ((لَوَاقِعٌ)) (މެދުވެރިވާ ހުއްޓެވެ. ދެކޭ ހުއްޓެވެ.) އެބަހީ: އެއްވެސް ޝައްކެއްނެތި އަންނަ ހުއްޓެވެ. (ނުވަތަ ކޮންމެ ގޮތަކުން ވިޔަސް މެދުވެރިވާ ހުއްޓެވެ)."

އެޔަށްފަހު ﷲ ސުބުހާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(فَإِذَا النُّجُومُ طُمِسَتْ) އެބަހީ: އޭގެ އަލިކަން ކެނޑޭ ވާހަކައެވެ. މި އާޔަތްތަކުގައި ވަހީކުރައްވާފައިވާ ފަދައިންނެވެ. وَإِذَا النُّجُومُ انْكَدَرَتْ [ التكوير : 2] وكقوله: وَإِذَا الْكَوَاكِبُ انْتَثَرَتْ [ الانفطار : 2].

(وَإِذَا السَّمَاءُ فُرِجَتْ) އެބަހީ: ފަޅިފަޅިވެ (އުޑު) ފަޅައިގެން ދާ ވާހަކައެވެ. އަދި އެތަނުގެ ދިމަތައް ފާޅުވެގެންދާނެއެވެ. އަދި އުޑު ހަލާކުވެގެންދާނެއެވެ."

( وَإِذَا الْجِبَالُ نُسِفَتْ ) އެބަހީ: އެ (ފަރުބަދަތައް ބުރަ ބުރައިގެން ވަކިވެގެން) ދާނެއެވެ. އަދި އެ ފެންނަންވެސް ނުހުންނަ ތަނުގައި އޭގެ އަސަރެއްވެސް ނުހުންނާނެއެވެ. އެއީ މިވަޙީބަސްފުޅުގައިވާ ފަދައިންނެވެ. وَيَسْأَلُونَكَ عَنِ الْجِبَالِ فَقُلْ يَنْسِفُهَا رَبِّي نَسْفًا * فَيَذَرُهَا قَاعًا صَفْصَفًا * لا تَرَى فِيهَا عِوَجًا وَلا أَمْتًا [ طه : 105 -107] وقال تعالى: وَيَوْمَ نُسَيِّرُ الْجِبَالَ وَتَرَى الأَرْضَ بَارِزَةً وَحَشَرْنَاهُمْ فَلَمْ نُغَادِرْ مِنْهُمْ أَحَدًا [ الكهف : 47]

އިމާމު އިބުނު ކަޘީރު ރަޙިމަހުﷲގެ މި ދިހަ އާޔަތުގެ ތަފްސީރު ނިމުނީ. ކުށެއްވާނަމަ އަޅުގަނޑާއި ޝައިތާނާގެ ކިބައިން. ކޮމާކޯޅީގައި އެވަނީ އިބުނު ކަޘީރު ރަޙިމަހުގެ ތަފުސީރު. އަދި ބުރެކެޓުގައި އާޔަތްފިޔަވައި އެވަނީ ތަރުޖަމާ ސާފުކުރުމަށް ވާ ނޯޓު. ޢަޘަރާއި އަދި ބައެއް ތަކުރާރު ވެފައިވާ ޤައުލުތައް އުނިކުރެވިފައި.

وصلى الله وسلم على محمد و آله صحبه, و الحمد لله رب العالمين

بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ

وَالْمُرْ‌سَلَاتِ عُرْ‌فًا ﴿١﴾ فَالْعَاصِفَاتِ عَصْفًا ﴿٢﴾ وَالنَّاشِرَ‌اتِ نَشْرً‌ا ﴿٣﴾ فَالْفَارِ‌قَاتِ فَرْ‌قًا ﴿٤﴾ فَالْمُلْقِيَاتِ ذِكْرً‌ا ﴿٥﴾ عُذْرً‌ا أَوْ نُذْرً‌ا ﴿٦﴾ إِنَّمَا تُوعَدُونَ لَوَاقِعٌ ﴿٧﴾ فَإِذَا النُّجُومُ طُمِسَتْ ﴿٨﴾ وَإِذَا السَّمَاءُ فُرِ‌جَتْ ﴿٩﴾ وَإِذَا الْجِبَالُ نُسِفَتْ ﴿١٠