އެއްފަހަރެއްގައި ޢަބްދުލްމަލިކު ވަރަށް އަސަރުގަދަ ޚުތުބާއެއް ދެއްވިއެވެ. އެ ޚުތުބާ ދެއްވަމުން އަބްދުލްމަލިކު ކީރިތިކުރައްވާ ހާލު ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކިބައިން ފާފަފުއްސެވުން އެދި ވަޑައިގެން ދަންނަވަމުން ދިޔައެވެ.

" އޭ ހައްދަވާ ބޮޑުކުރެއްވި އިލާހެވެ. މިއަޅާގެ ފާފަތައް ވަރަށްވެސް ގިނައެވެ. އެހެނެއްކަމަކު އެފާފަތަކުގެ ކުރިމަތީގައި އިބަﷲ ގެ ރަޙުމަތުގެ ކުޑަމިންވަރެއްވެސް ވަނީ އެޔަށްވުރެ މާ ގިނަވެ ފުޅާވެގެންނެވެ.

އޭ ﷲ އެވެ. އިބަﷲ ރަޙުމަތުގެ ކުޑަމިންވަރަކުން މިއަޅާގެ ގިނަ ފާފަތައް ފުއްސަވާންދޭވެ."

ދެން މިބަސްތަކުގެ ވާހަކަ ޙަސަނުލް ބަޞަރީގެ ކަންފަތްޕުޅަށް ފޯރުމާއެކު އެކަލޭގެފާނަށް ކުރި އަސަރެއްގެ ބޮޑުކަމުން ކީރިތިކުރައްވަން ފެއްޓެވިއެވެ. އަދި ވިދާޅުވިއެވެ.

" މީހަކު ބުނެފައިވާ އެއްވެސް ބަހެއް ރަނުގައި ކަނޑާނަގައި ލިޔަންޖެހޭނެ ނަމަ އެބަސްތަކަކީ، އެބަސްފުޅުތަކެވެ. "

މާނައަކީ މީހަކު ބުނެފައިވާ ބަހެއްގެ މޮޅުކަމުން ބަހެއް ރަނުގައި ކަނޑާ ނަގަންޖެހޭނެ ނަމަ ލިޔަންޖެހޭނީ އަބްދުލްމަލިކު ވިދާޅުވި އެބަސްފުޅުތަކެވެ.

ޢަބްދުލްމަލިކަކީ ޢުމަރުބިން ޢަބްދުލްއަޒީޒުގެ އަނބިކަނބަލުންގެ ބައްޕާފުޅެވެ. އަދި އެއީ އުމަވީ ދައުލަތުގެ ވެރިކަންކުރެއްވި ބޭފުޅެކެވެ.

ނިމުނީ

ޙަސަނުލް ބަޞަރީ ރަޙިމަހުﷲއަކީ އުއްމު ސަލަމާ ރަޟިޔަﷲ ޢަންހާގެ އަރިހުގައި އުޅުއްވި ބޭކަނބަލަކަށް ލިބިވަޑައިގެންނެވި ބޭކަލެކެވެ. އެކަލޭގެފާނު އުފަންވެ ވަޑައިގަތީ ޢުމަރު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގައެވެ. އެއީ ހިޖުރައިން 21 ވަނަ އަހަރުއެވެ. އަދި ޢުޘްމާން އަދި ޢަލީ ރަޟިޔަﷲ ޢަންހުއާއި އުޅުއްވިއެވެ. އަދި ބޮޑެތި ތާބިޢީންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ޢިލްމުވެރި ދޫފަސޭހަ ބޭކަލެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުސަން

    އަލްހަސަނުލް ބަސަރީ އަކީ ﷲ ގެ ވަލީވެރިބޭކަލެއް

    1
    1
  2. ބަސަރީ

    މަވެސް ކީރިތި ކުރިން. ﷲގެ ވަލީވެރީންނަކީ ކޮންބައެއް؟