ފެންނަ ފެނުމުގައި ތަފާތެއް ނެތެވެ. އެކަމަކު މީގެތެރެއިން ބައެއް ކަށްވަޅުތަކުގެ އަހުލުވެރިންވަނީ ނިޢުމަތުގައެވެ. އަނެއްބަޔަކަށް ގަދަފަދަ ޢަޛާބު ދެވެނީއެވެ. އޭގެތެރެއިން ބައެއް މީހުންނަށް ސުވަރުގޭގައި އެބައިމީހުންނަށް ލިބެނިވި މަންޒިލް ފެނިފެނިހުރެއެވެ. އޭގެތެރެއިން ބައެއް މީހުންގެ ކަށްވަޅުތަކަށް ސުވަރުގޭގެ މީރުވަސް ފޯރައެވެ. މި މަންޒަރު ފެނިފައި އެންމެ ހިތްހަރު މީހާގެ ހިތް ވެސް މަޑުވެގެން ދާނެކަން ޔަޤީނެވެ. ފަރުޟު ފަސް ނަމާދު ޤާއިމުކުރުމުގައި ފަރުވާކުޑަކުރެވޭ އަޚާއެވެ. އުޚުތާއެވެ. ބަރާބަރަށް ފަސް ވަޤުތު ނަމާދުކުރަން ފަށާށެވެ. ރަޙިމުގެ ގުޅުން ކަނޑާފައިވާ ފަރާތްތައް، އެ ގުޅުން އަލުން ޤާއިމުކޮށް ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތަން ފަށާށެވެ. ދުނިޔެވީ ދިރިއުޅުމަކީ ނިކަމެތި ކުރު ޙަޔާތެކެވެ. ދުނިޔެވީ ވާދަވެރިކަމުގައި އެއްބަޔަކު އަނެއް ބަޔަކާއި ހަސަދަވެރިވެ، ޢަދާވާތްތެރިވުން ހެޔޮނުވާނެއެވެ.

. ”لاَ تَبَاغَضُوا وَلاَتَحَاسَدُوا وَلاَتَدَابَرُوا وَلاَ تَقَاطَعُوا وَكُونُوا عِبَادَاللهِ إِخْوَانًا وَلاَ يَحِلُّ لِمُسْلِمٍ أَنْ يَهْجُرَ أَخَاهُ فَوْقَ ثَلاَثٍ“ މާނައަކީ، ”ތިޔަބައިމީހުން އެކަކު އަނެކަކާ ރުޅިވެރި ނުވާށެވެ. އެކަކު އަނެކަކާ ޙަސަދަވެރި ނުވާށެވެ. އެކަކު އަނެކަކަށް ފުރަގަސް ނުދޭށެވެ. އެކަކު އަނެކަކާ ގުޅުން ކަނޑައިނުލާށެވެ. ﷲގެ އަޅުންތަކެއްގެ ގޮތުގައި އެއްބަނޑު އެއްބަފައި އަޚުންތަކެއް ފަދައިން އުޅޭށެވެ. މުސްލިމަކަށް އޭނާގެ އަޚާއާ ރުޅިވެ، ވާހަކަ ނުދައްކައި ތިން ދުވަހަށްވުރެ އިތުރަށް ހުރުން ހުއްދަވެގެންނެއް ނުވެއެވެ.“رواه مسلم.

އެއްދުވަހަކު ޢަލީގެފާނު ޤަބުރުސްތާނަށް ޒިޔާރަތްކުރިއެވެ. އަދި (މީސްތަކުންނަށް ވަޢުޡު އިއްވެވުމުގެ ގޮތުން ޤަބުރުތަކާއި މުޚާޠަބުކޮށް) ވިދާޅުވިއެވެ. ”ތިޔަބައިމީހުންނަށް ފަހު ތިޔަބައިމީހުންގެ އަނބިންގެ ޙާލަތު އެނގޭ ހެއްޔެވެ؟ އެ އަނބިން މިހާރު އުޅެނީ އެހެން މީހުންނާއި އިނދެގެންނެވެ. ތިޔަބައިމީހުން ވަކިވެދިޔުމަށްފަހު، ތިޔަބައިމީހުންގެ ގެދޮރަށް ކަންތައްވި ގޮތް އެނގޭ ހެއްޔެވެ؟ އެ ގެދޮރުގައި މިހާރު އުޅެނީ އެހެން މީހުންނެވެ. ތިޔަބައިމީހުން ވަކިވެދިޔުމަށްފަހު، ތިޔަބައިމީހުންގެ މުދަލަށް ކަންތައްވިގޮތް އެނގޭ ހެއްޔެވެ؟ އެ މުދާ ތިބާގެ ވާރުތަވެރިންގެ މެދުގައި ބެހެވިއްޖެއެވެ. وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَى وَاتَّقُونِ يَاأُولِي الْأَلْبَابِ ﴾ [البقرة: 197] އަދި ތިޔަބައިމީހުން ދަތުރުމަތީގެ ކޮއްތު ލިބިގަންނާށެވެ! ފަހެ، ހަމަކަށަވަރުން އެންމެ މޮޅު ކޮއްތަކީ ތަޤުވާއެވެ. އޭ ބުއްދީގެ އަހުލުވެރިންނޭވެ! ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ތަޤުވާވެރިވާށެވެ!“ ފަޤީރަކަސް، މުއްސަނޖަކަސް، ޤަދަރުވެރިޔަކަސް، އާދައިގެ މީހަކަސް އެންމެ ފަހުން އޮންނަންޖެހޭނީ މިފަދަ ވަޅެއްގެ ތެރޭގައެވެ.

ދުނިޔެއަކީ ވަގުތީ ތަނެކެވެ. ދުނިޔޭގެ ކޮންމެ ކަމަކީވެސް ވަގުތީ ކަމެކެވެ. ކޮންމެ ޙާލަތަކީވެސް ވަގުތީ ކަމެކެވެ.

މުއުމިނު އަޅާ ކަށްވަޅުގެ ސުވާލުތަކަށް ޖަވާބުދީ ނިމުމުން އުޑުން ގޮވައިލެވޭނެއެވެ. ތިމަން އިލާހުގެ އަޅާ ތެދު ބުނެފިއެވެ. ސުވަރުގެއިން އޭނައަށް ދާނެއް ފަތުރާށެވެ. އަދި ސުވަރުގޭގެ ހެދުމުން އޭނާއަށް ހެދުން ލައްވާށެވެ. އަދި ސުވަރުގެއިން އޭނައަށް ދޮރެއް ހުޅުވައިދެއްވާށެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އެ ދޮރުން އޭނައަށް ސުވަރުގޭގެ ރާޙަތާއި މީރުވަސް އަންނާނެއެވެ. އަދި އޭނައަށްޓަކައި، އޭނާގެ ކަށްވަޅު އޭނާގެ ލޮލުކޮޅަށް ފެންނަ ހިސާބަށް ތަނަވަސް ވެގެންވާ ކަށްވަޅަކަށް ވެގެންދާނެއެވެ.

މަސްދަރު: އިލްމް އެމްވީ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަސްލުވެސް

    މިއީ ވަރަށް މުހިންމު ލިޔުމެއް. ކުރު ޖުމްލަތަކަކުން އެތައްހާސް ވާހަކައެއް ބުނެދީފައިވާ ލިޔުމެއް. ވިސްނާ ފިކުރުކުރާ މީހަކަށް މިވަރުވެސް ފުދެއެވެ.