އެންމެ ނުރައްކާތެެރި ފިތުނައަކީ ދީނީ ފިތުނަ ކަމަށް މިއަދުގެ ޚުތުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ޚުތުބާގައި އަލި އަޅުވާލައްވާފައި ވަނީ "ފިތުނައިން ރައްކާތެރި" ވުމުގެ މައްޗަށެވެ. ޚުތުބާގައި ވިދާޅުވީ، ދުނިޔެ އަކީ އިމްތިޙާނުގެ ގޮވައްޗެއް ކަމަށާއި، އަޖުމަ ބެލުމުގެ މަންޒިލެއް ކަމަށެެވެެެ. އިމްތިޙާނުގެ މައިދާނުގައި އެއްވެސް މީހަކު އިސްތިސްނާވެގެން ނުވާކަމަށް ޚުތުބާގައި ފާހަގަކުރެއްވިއެވެ.

"ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ފިތުނައިން ރައްކައުތެރިވެ އުޅުމަށް އަންގަވައި، ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "ތިޔަބައިމީހުންނާ ފިތުނަތަކަކާ ކުރިމަތިވާނެއެވެ. އެކަންތައްތަކުގައި ތެދުވެ ހުރި މީހާއަށް ވުރެ، އިށީނދެ އިން މީހާގެ ހެޔޮކަންއަދި (ފިތުނަވެރިކަމާ ގާތަށް) ހިނގާފައިދާ މީހާއަށް ވުރެ، (ދުރުން އެކަން) ބަލަން ހުރި މީހާގެ ހެޔޮކަން ބޮޑެވެ. އަދި (އެ ފިތުނައިގެ ތެރެއަށް ވަނުމަށް) ދުވާ މީހާއަށް ވުރެ، ހިނގާފައިދާ މީހާގެ ހެޔޮކަން ބޮޑެވެ. ފިތުނައިގެ ތެރެއަށް ވަދެއްޖެ މީހާ، އެ ކަމުގައި ހަލާކުވެ ހިނގައިދާނެތެވެ. ފަހެ، ފިތުނައިން ރެކި، ފިލަން ވަންނާނެ ތަނެއް ލިބުނު މީހާ، ފަހެ އެ ތަނަކަށް ވަދެ ރައްކައުތެރިކަން ހޯދައިފާހުށި ކަމެވެ!"

އެެގޮތުން އެންމެ ނުރައްކާތެރި ފިތުނަޔަކީ ދީނީ ފިތުނަ ކަމަށާއި، އެއީ ގެ އަޅާއާ އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދުގައިވާ ގުޅުން އިމްތިޙާނު ކުރެވޭ ފިތުނަކަމަށް ޚުތުބާގައި ވިދާޅުވިއެެވެ. މި އިމްތިޙާނު ގައި ފޭލްވާ މީހުން ފުރެދުމުގެ ތެރެއަށް ވެއްޓިގެން ދާނެ ކަމަށާއި، މިހެންވެ، ފިތުނައަކާ ނުލައި، މަރުގެންނެވުމަށް އެދިވަޑައިގެން، ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ މިފަދައިން ދުޢާ ކުރައްވާ ކަމުގައި ވެއެވެ.

"އަޅަމެންގެ ދީނުގައި އަޅަމެންނަށް މުޞީބާތެއް ނުލައްވާނދޭވެ!"

ފިތުނަ އަކީ ހިތަށާއި، ސިކުނޑިއަށް ޖެހޭ މުޞީބާތެއް ކަމަށާއި، އޭގެ ސަބަބުން ކެތްތެރީން ވެސް އާވާރާވެ، މަގުއޮޅި ދާކަމަަށް ޚުތުބާގައި ވިދާޅުވިއެެވެ.

"ފިތުނައިގެ ސަބަބުން ކިތައް މީހުން ޙައްޤުން އެއްކިބާވެ، ހަލާކުވެ ގޮސްފައި ވޭހެއްޔެވެ؟ ފިތުނަ އަކީ ދެކޮޅުވެރިކަމާއި، ބައިބައިވުން އުފެއްދުމަށް މަގު ފަހި ކުރުވާ ޝައިޠާނީ ޢަމަލެކެވެ. ޙަޤީޤަތާ ޚިލާފު ވާހަކަތައް ފެތުރުމަކީ، މީހުން ރުޅި އަރުވައި، ފިތުނައިގެ ހުޅު ރޯކުރުމަށް ބޭނުން ކުރެވޭ އެންމެ ބާރުގަދަ ވަސީލަތެވެ. ދޮގު ވާހަކަތައް ފެތުރުނަ ނުދިނުމަށް، ޚަބަރު ފަތުރާ ވަސީލަތްތަކަށް މުހިއްމު ދައުރެއް އަދާކުރެވިދާނެއެވެ. ޚަބަރުގެ ދޮގު ތެދު ބެލުމަށް އިސްކަން ދޭން ޖެހޭނެ އެވެ." ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

ޚުތުބާގައި ވިދާޅުވެފައި ވަނީ ފިތުނައިން ސަލާމަތް ވެވޭނީ ހަމަބުއްދި ބޭނުންކޮށް، ރަނގަޅު ގޮތް ދެނެގަނެ، އެއަށް ޤައުމެއްގައި، ޞައްޙަ ތެދު މަޢުލޫމާތާއި ހުނަރު ފެތުރިއްޖެ ނަމަ ކަމަށެވެ. އަދި އެކަމުން އެ ޤައުމެއް ކުރިއަރާނެ ކަމަށާއި، ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ޤަދަރާއި ޢިއްޒަތް އުފުލޭނެކަމަށް ހުތުބާގައި ވެއެވެ.

އަދި ނަބަވީ ހިދާޔަތާއި، ޝަރްޢީ މިންގަޑު ކަމުގައިވާ ދީނުގެ މެދުމިނުން ކައްސާލައިފި ނަމަ، ހައްދު ފަހަނަޅާފައިވާ ޚިޔާލުތަކުގެ ދަލުގައި ޖެހި، ފިތުނައިގެ ކަނޑަށް ޣަރަޤުވެދާނެކަމުގެ އިންޒާރުވެސް ޚުތުބާގައި ވަނީ ދެެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޢަހު

    ޢެންމެ ފުރަތަމަ ފިތުނައިގެ ބޮޑުމީހާ ވެރިމީހަ

    7
    1
  2. ޙަސަނާ

    އިސްލާމްދީނަކީ ފިތުނައިގެ ދީނެއްނޫން އެންމެބޮޑުފިތުނައެއް އުފައްދަނީ ސިޔާސީމީހުން އެއީ ދޮގުވެރި މަކަރުވެރިބައެއް އެންމެހިދުކޮޅަކައްވެސް ސިޔާސީ ބޮޑުން ފިތުނަރޭވުން ހުއްޓައެއްނުލާނެ ރައްޔިތުންގުބޯހައްދާ ދައުލަތުގެހަޒާނާ އަންބޮޑިއައް ކަހާބައެއް އެއީއެބައިމީހިން އިސްލާމްދީނައްވެސް ކުރާނީފުރައްސާރަ...

    13
    1
    • ދޭ

      ދޭތިވެސް އެއްވަރު

      1
      1
  3. Anonymous

    އެންމެ ބޮޑު ފިތުނައަކީ ދައްޖާލުގެ ފިތުނަ. އެކަމަކު މިންބަރު ތަކުގައި އެވާހަކަ އެއް ނުދައްކާނެ.

  4. ޑެޑުއހފޯސް

    ޢިސްލާމް ދީނަކީ ރަޙުމަތުގެ ދީން ފިތުނައިގެ ދީނެއްނޫން އޮޅުވާނުލާ. ޢެކަމު ދީނުގަ ނުވާ ކަންކަން ދީނޭ ކިޔައިގެން ވާނީ ފިތުނަޔައް. ޚުތުބާ ވެސް ހައިޖެކު ކޮށްފި މީވަރަށް ނުރައްކާވި.

  5. މުވައްހިދް

    މަޑަ ކަށީގެ ފިކުރު މާ ބޮޑަށް ފެނޭ!

  6. ޑެޑުއހފޯސް

    ޢެންމެ ބޮޑު ފިތުނަޔަކީ ދައްޖާލު އަދި ތޯޤޫތުންތައް

  7. ޑަބިޔާ

    ރާއްޖޭގެ ވެރިމީހާ ކައިރީ އަހާލަބަލަ މަތިން އަންގަވާފަ ނޯވޭތޯ މަރައް މަރު ހިފަން. ވައްކަން ކުރީމަ އަތް ކަނޑަން. މަސްތުވާ އެއެއްޗިސް ބޭނުން ކުރީމަ އޮންނަ ހުކުން. ޒިނޭ ކުރީމަ އޮންނަ ހުކުމް މީގެން އެއްވެސް ހުކުމެއް ތަންފީޒް ނުކުރާ ތާކު އަދި އެކަން ކުރަން ބޭނުން ނުވާ ބަޔަކު ދުވަހަކުވެސް ތެދެއް ހަދަންއިގޭނެތޯ. ދެން ދީނޭ ކިޔާގެން ކޮން މޮޅު ވާހަކައެއް ދައްކާކަށް. ފިތުން އުފައްދަނީ ކަލޭމެން އިސްލާމް ވަރައް ސާފް

  8. ކާފަ

    ޑިމޮކްރަސީ އަކީ މިވަގުތަށް އެންމެ ބޮޑު ފިތުނަ...