ކީރިތި ޤުރުޢާނަކީ މާތްﷲ ގެ ވަޙީ ބަސްފުޅެވެ. އެ ފޮތް ކިޔަވައި އުނގެނިފި މީހަކީ ހަމަ ޔަޤީނުންވެސް ބާއްޖަވެރިއެކެވެ.

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީޘް ކުރައްވާފައިވެއެވެ.

((تَعَلَّمُوا الْقُرْآنَ وَاتْلُوهُ، فَإِنَ اللَّهَّ يَأْجُرُكُمْ عَلَى تِلَاوَتِهِ بِكُلِّ حَرْفٍ عَشْرَ حَسَنَاتٍ، أَمَا أَنِّي لاَ أَقُولُ الْم حَرْفٌ ، وَلَكِنْ أَلِفٌ حَرْفٌ وَلاَمٌ حَرْفٌ وَمِيمٌ حَرْفٌ)) [رواه الترمذي]

މާނައީ: "ތިޔަބައިމީހުން ޤުރުއާން އުނގެނިދަސްކުރާށެވެ. އަދި އެ ކިޔަވާށެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުން ޤުރުއާނުން ކިޔަވާ ކޮންމެ އަކުރަކަށް ދިހަ ސަވާބު ލިބޭނެއެވެ. (الم) ކިޔުމުން ދިހަ ސަވާބުލިބޭނެ ކަމުގައި ތިމަންކަލޭގެފާނު ޙަދީޘްނުކުރައްވަމެވެ. އެހެނެއްކަމަކު أَلِف އަކީވެސް އަކުރެކެވެ. لَام އަކީވެސް އަކުރެކެވެ. مِيم އަކީވެސް އަކުރެކެވެ. (އެހެންކަމުން އެއިން ކޮންމެ އަކުރަކަށްވެސް ދިހަ ސަވާބުލިބޭނެއެވެ.)"

އަދިވެސްރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.

«خِيَارُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ» [أخرجه أحمد: حديث/ 1317 (صحيح)]

މާނައީ: "ތިޔބައިމީހުންގެ ތެރެއިން އެންމެ ރަނގަޅު މީހަކީ ޤުރުއާން އުނގެނި، އެހެންމީހުންނަށް އެއުނގަންނައިދޭ މީހާއެވެ."

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.

(يُقَالُ لِصَاحِبِ الْقُرْآنِ: اقْرَأْ، وَارْتَقِ، وَرَتِّلْ كَمَا كُنْتَ تُرَتِّلُ فِي الدُّنْيَا، فَإِنَّ مَنْزِلَكَ عِنْدَ آخِرِ آيَةٍ تَقْرَؤُهَا))

މާނައީ: "ޤުރުއާނުގެ އަހުލުވެރިޔާއަށް ޤިޔާމަތްދުވަހުން ބުނެވޭނެތެވެ. ތިބާ ކިޔަވާށެވެ. (އަދި ކިޔަވަމުން ސުވަރުގޭގައި) މައްޗަށް އަރާށެވެ. އަދި ތިބާ ދުނިޔެމަތީގައި ތަރްތީލްކޮށް ކިޔެވިފަދައިން ތަރްތީލްކޮށްކިޔަވާށެވެ. ސުވަރުގެއިން ތިބާއަށްލިބޭ މަންޒިލަކީ ކިޔަވަމުން ކިޔަވަމުން މައްޗަށްއަރަމުންގޮސް އެންމެ ފަހުން ތިބާ ކިޔަވާ އާޔަތާއެކު ވާޞިލްވެވޭ ހިސާބެވެ." [أخرجه الترمذي: حديث/ 3914 صحيح ]

((الْمَاهِرُ بِالْقُرْآنِ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ وَالَّذِى يَقْرَأُ الْقُرْآنَ وَيَتَتَعْتَعُ فِيهِ وَهُوَ عَلَيْهِ شَاقٌّ لَهُ أَجْرَانِ) [متفق عليه]

މާނައީ: "ޤުރުއާން ކިޔެވުމުގައި ކުޅަދާނަމީހާ(މާހިރު) ވާހުށީ ވަޙީލިޔުއްވާ މާތް މަލާއިކަތް ބޭކަލުންނާއި އެކުގައެވެ. އަދި އުނދަގުލުން ކޮށަކޮށައިގެން ޤުރުއާން ކިޔަވާ މީހާއަށް ދެއަޖުރު ލިބޭ ހުށްޓެވެ."

މަސްދަރު: އިސްލާމްކިއުއޭ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޮޑު ޝޭޚު

    އަވަހަށް ދަސްކޮށްލާ. ހުރިހާ ދިވެހިން ހިތުދަސްކުރަން މަޖްބޫރު ކުރޭ

    • ކުޑަ ޝޭހު

      ދަސް ކުރަން ބޭނުން ނެތިއްޔާ ދަސް ނުކުރީމަ ވީނު. ކޮންމެހެން ހަޖޫ ޖަހާނެ ކަމެއްނެތް.