އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

"އެހެން އަވަށެއްގައި އުޅޭ އޭނާގެ އަޚަކަށް ޒިޔާރަތްކުރުމަށް ހަމަކަށަވަރުން މީހަކު ދިޔައެވެ. އަދި އޭނާ ދިޔަމަގުމަތީގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނާއަށް މަލާއިކަތް ބޭކަލެއް (އިންސާނެއްގެ ސޫރައިގައި) ދެއްކެވިއެވެ. ދެން އެމަލާއިކަތާޔާ ހިސާބަށް އައުމުން އެ މަލާއިކަތާ ދެންނެވިއެވެ. "ތިދަނީ ކޮންތަނަކަށް ޤަޞްދުކޮށްގެން ހެއްޔެވެ؟" ޒިޔާރަތްކުރިމީހާ ބުންޏެވެ. "އަހަރެން މިދަނީ މިއަވަށުގައި އުޅޭ އަހަރެން އަޚަކަށް ޒިޔާރަތްކުރާށެވެ" އެހިނދު ދެންނެވިއެވެ. "ތިބާ އޭނާތިބާއަށް ހެޔޮކަމެއް ބަދަލުގައި ލިބޭފަދަ ކަމެއް ކުރީމުހެއްޔެވެ؟" އެހިނދު އޭނާ ދެންނެވިއެވެ. "ނޫނެކެވެ. އަހަރެން ހަމައެކަނި ﷲ ޢައްޒަ ވަޖައްލައަށްޓަކައި އޭނާ ދެކެ ލޯބިވީއެވެ.

އެހިނދު މަލާއިކަތާ ދެންނެވިއެވެ. "އަހަރެންނަކީ ﷲގެ ފަރާތުން ތިބާގެ އަރިހަށް ފޮނުއްވުނު ފަރާތެކެވެ. ހަމަކަށަވަރުން ﷲ ތިބާ ދެކެ ލޯބިވެ ވޮޑިގަންނަވައެވެ. އެއީ ތިބާ އޭނާ ދެކެ ﷲއަށްޓަކައި ލޯބިވީ ފަދައިންނެވެ." ޙަދީޘް ބަސްފުޅު ނިމުނީ.

މަޞްދަރު: ޞަޙީޙް މުސްލިމް: 2567.

މި ޙަދީޘުން ލިބޭ ފައިދާތައް.
ހ. ﷲ ސުބުޙާނަހޫ ވަތަޢާލާއަށްޓަކައި ލޯބިވުމުގެ މާތްކަން. އެއީ ﷲގެ ލޯބި ލިބެނިވި ސަބަބެކެވެ.
ށ. އަދި ޞާލިޙު މީހުންނަށް ޒިޔާރަތް ކުރުމުގެ މާތްކަން.
ނ. އަދި ޒިޔާރަތްކުރުމަށްޓަކައި ދަތުރު ކުރުމުގެ މާތްކަން.
ރ. މަލާއިކަތް ބޭކަލުން އިންސާނުންނަށް ފެނިދާނެކަމާއި އަދި އެބޭކަލުން އިންސާނުންގެ ސިފައަށް ބަދަލުވެދާނެކަން.