ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައި ސިފަވެފައި އޮންނަ ގައުމެކެވެ. ނަމަވެސް މުސްލިމަކަށް ވީތީ ކުރަން ލަދުގަންނަށް ޖެހޭނެ އެތަށް ކަމެއް މިކުޑަކުޑަ މުޖުތަމައުން ވެސް މިދަނީ ފެންނަމުންނެވެ. ވައްކަމާއި މާރާމާރީއެވެ. .ފޭރުމާއި މީހުންގެ ހައްޤުތަކަށް އަރައިގަތުމެވެ. މިހެންގޮސް އިސްލާމްދީނާއި ދުރު އެތަށް ކަމެއް މި ދަނީ މިގައުމުން ފެންނަމުންނެވެ.

މިގޮތުން އަދުގެ ރާއްޖޭގެ ބައެއް މީހުން، ޙާއްސަކޮށް އަންހެނުން، ޢަމްދަނީ ހޯދުމަށް ކުރާ އެއް މަސައްކަތަކީ ހަށިވިއްކުމުގެ ވިޔަފާރިއެވެ. ނުވަތަ ޒިނޭކޮށްގެން އާމްދަނީ ހޯދުމުގެ ވިޔަފާރިއެވެ. މިއީ އަޅުގަނޑުމެން މިއަދު ހިތާމަ ކުރަންޖެހޭވަރުގެ ކަމެކެވެ. އާމްދަނީ ހޯދާނެ ހަލާލު ދޮރުތަށް ހުޅުވިފައި ވަނިކޮށްވެސް، ހަރާމް ދޮރުން އާމްދަނީ ހޯދާ ދިވެހި އަންހެނުންގެ އަދަދު މިދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

ޒިނޭ ހަރާމް ކުރައްވާ މާތް ﷲ ސުބްހާނަހޫ ވަތަޢާލާ ވަހީކުރައްވާފައިވެއެވެ.

(وَلَا تَقْرَبُوا الزِّنَىٰ ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا) الإسراء 32

މާނާ: ”އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވެއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ"

އެހެންކަމުން ޝަރީޢަތްވަނީ ޒިނޭއަށް މަގުފަހިވާ ހުރިހާ ޒަރީޢާތަކާއި މަގުތަކާއި އެއަށް ވާޞިލުވާންއޮތް ގޮތްތައް މަނާކޮށްފައެވެ. އެގޮތުން އަންހެނުންނަށް ފުރިހަމަ ޙިޖާބުން ޙިޖާބު އެޅުމަށް އަމުރުކުރައްވައި އަންހެނުންނާއި ފިރިހެނުން އެބައިމީހުންގެ ބެލުން ތިރިކުރުމަށް އަންގަވައި ހިލޭ ފިރިހެނުންނާއި ހިލޭ އަންހެނުން އެކީ އެކަހެރިވެ ނުއުޅުމަށް ވަނީ އަމުރުކުރައްވާފައެވެ.

އެންމެ ނުބައިވެގެންވާ ފައިސާއަކީ ހަށިވިއްކައިގެންލިބޭ ފައިސާއެވެ. ހަށިވިއްކަމުން އުޅޭއަންހެނާ ރޭގަނޑުގައި އުޑުގެ ދޮރުތައް ހުޅުވާލެވޭ ވަގުތުގައި ކުރާ ދުޢާވެސް ﷲ ތަޢާލާ އިޖާބާ ނުކުރައްވާ ކަމުގައި ޙަދީޘްގައި އައިސްފައިވެއެވެ. ތިމާމެން ހަށިވިއްކުންފަދަ ނުބައިކަންތައް ކުރަނީ  ފަޤީރުކަމުން ދިރިއުޅޭނެ އެހެންގޮތެއް ނެތިގެންނޭ ބައެއް މީހުންބުނެފާނެއެވެ. އެހެން ނަމަވެސް މިއީ ޝަރީޢަތުގައި ﷲ ތަޢާލާ ކަނޑައަޅުއްވާފައިވާ ޙައްދުތައް ފަހަނައަޅައިދިޔުމަށް އޮތް ޢުޒުރެއް ނޫނެވެ. ﷲ ތަޢާލާ ވަނީ ޙަލާލް ގޮތުގައި ފައިސާހޯދުމަށް އެތައް ގޮތްތަކެއް މިބިންމަތީގައި ލައްވާފައެވެ.

އަޅުގަނޑުމެންގެ މިޒަމާނުގައި ފާޙިޝްކަންތައްތަކަށް ހުރިހާ ދޮރެއްވަނީ ހުޅުވާލެވިފައެވެ. ޝައިޠާނާ ވަނީ އޭނާއާއި އޭނާގެ ބައިވެރިންގެ ޕްލޭންގެ ދަށުން ފާޙިޝްކަންތައްތަކަށް ހުރި މަގުތައް ގާތްކޮށްދީ ފަސޭހަކޮށްދީފައެވެ. އަދި އޭނާގެ މަގަށް މީސްތަކުންގެ ތެރެއިން ފާފަކުރާމީހުންނާއި ފާޖިރުން ތަބާވެ މީސްތަކުންގެ މެދުގައި ޢައުރަ ކަޝްފުކުރުންވަނީ ޢާއްމުކުރުވާފައެވެ. ޚާއްސަކޮށް އަންހެނުންގެ މޫނު ކަޝްފުކުރުމަށް ދެވޭ ދަޢުވަތަކީ ޝައިތާނާއާއި އޭނާގެ ބައިވެރިން ތަބައްރުޖަށް ދޭ ދަޢުވަތެކެވެ. އަދި ބެލުން ތިރިނުކުރުމާއި ޙަރާމް ތަންތަނަށް ބެލުން މިވަނީ ޢާއްމުވެފައެވެ. އަދި ދެ ޖިންސުގެމީހުން އެއްވެއުޅުންވެސް މި ވަނީ ޢާއްމުވެފައެވެ. އަދި ފާޙިޝް މަޖައްލާތަކާއި ފިލްމުތައް މިވަނީ ޢާއްމުވެފައެވެ. ޒިނޭ ޕާލާތައް މިވަނީ މުޖުތަމަޢުގައި ޢާއްމުވެފައެވެ. މިއީ ހުސް ޒިނޭއަށް މަގުފަހިވާން އޮތް މަގުތަކެވެ.

މިއަދު އަޅުގަނޑުމެންގެ ތެރޭގައި ޙަރާމްގޮތުގައި ލިބޭ ދަރިންގެ ޢަދަދު މިވަނީ އިތުރުވެފައެވެ. އަދި އެއީ އެހާބޮޑު ކަންތައްތައް ނޫންކަމުގައި މީސްތަކުންދެކޭ ވަރަށް މިކަންތައް މިވަނީ ޢާއްމުވެފައެވެ. މުޖުތަމަޢުގެ ކަށީގައި ހިފާފައިވާ ކަމެއްގެ ގޮތުގައެވެ. އަދި ބަނޑުގައި އޮއްވާ ޤަތުލު ކުރެވޭ ދަރިންގެ ޢަދަދުވެސް މިވަނީ އިންތިހާއަށް އިތުރުވެފައެވެ. މިއީ ޒިނޭގެ ނުބައި ނަތީޖާއެވެ.

އަދުގެ ރާއްޖޭގައި އާންމުކޮށް ޒިނޭކޮށް އުޅެނީ  ވިޔަފާރީގެ ގޮތުންނާއި ޝަހުވާނީ އެދުންތަކުގެ މައްޗަށް ތިމާގެ އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވޭ މީހުންނެވެ. ޒިނޭ އާންމުވެ ދިޔުމަކީ ޤިޔާމަތުގެ އަލާމާތެއް ކަމުގައި ވީހިދު މި ނުބައި ފާފަ މިގައުމުން އަބަދުގެ އަބަދަށް ފޮހެލަން އެބަޖެހެއެވެ. އަދި ހަށިވިއްކައިގެން އާމްދަނީ ހޯދަމުންދާ މީހުން ، އާމްދަނީ ހޯދާނެ ހަލާލު ގޮތްތަށް އެބަ ހޯދަން ޖެހެއެވެ.

ADS BY SHEESHA

އަދި ކޮންމެ ވަގުތަކުވެސް މަރު އައިސް ތިމާއާއި ބައްދަލު ކޮށްފާނެ ކަމަށް ތައްޔާރުވާން އެބަޖެހެއެވެ. ހަމަ ޔަގީނުންވެސް ކާމިޔާބު ލިބޭނެ މީހަކީ ހެޔޮކަންތަށްތަށްކޮށް ނުބައިކަންތަށްތަށް ކުރުމުން މަނާވެގެންވާ މީހާއެވެ.

ADS BY ASTERS

24 ކޮމެންޓް

 1. ހަށި ވިއްކުން އާއްމުވުމަކީ ގައުމުގެ ފަގީރުކަން ބޮޑު ވަމުން އަންނަށްކަަމުގެ ނިޝާން.

 2. އެއް ޖިންސުން ގުޅުން ހިންގުމަކީ ވެސް މިހާރު ރާއްޖޭގައި ވަރަށް އާންމު ކަމެއް.

 3. އަންހެނުންނަށް ނަސޭހަތްތެރިވާ ފަދައިން ފިރިހެނުންނަށްވެސް ނަސޭހަތްތެރިވުން މުހިންމު. ފިރިހެނުން އެކަހަލަ ކަންތަކުގައި ލާރި ހަރަދު ނުކުރާ ނަމަ ހަށިވިއްކާ މީހަކަށް ލާރިއަށް އެކަންތައް ކުރުމުގެ ޗާންސެއް ވެސް ނޯންނާނެދޯ.

 4. ހަށިވިއްކުން އެކަންޏެއްނޫން އެއްޖިންސުން ގުޅުން ހިންގުންވެސް

 5. ޢަހަރުމެންގެ ވެރިމީހާ ބުނީ ލާރިދީފޢި ގަންނަ އަންހެނުން ހިލޭ ނުވާނެޔޭ

 6. "އަދި ބެލުން ތިރިނުކުރުމާއި ޙަރާމް ތަންތަނަށް ބެލުން މިވަނީ ޢާއްމުވެފައެވެ. އަދި ދެ ޖިންސުގެމީހުން އެއްވެއުޅުންވެސް މި ވަނީ ޢާއްމުވެފައެވެ. އަދި ފާޙިޝް މަޖައްލާތަކާއި ފިލްމުތައް މިވަނީ ޢާއްމުވެފައެވެ"
  👆މިތިޔުމާ މަތީގަވާ ފޮޓޯ އާމރު ވިސްނާލުން އެދެން ވަގުތު..
  އަދި ޤުރުޢާނުގެ އާޔަތަކާ ތިފޮޓޯ އެތާކަށް ލުން އެއީ ބަލައި ގަނެވޭނެ ކަމެއްނޫން

 7. މިލިއުން ކިޔާލާފަ ދެން ހަށި ވިއްކާ މީހެއްވެސް ހަށިގަންނަ މީހަކުވެސް ނުހުންނާނެ

 8. YAY othy bunefa laari dheefa anheneh kairiyah gos kameh kuryma ok ey . Hiley nooney kameh kury laari dheefa ey. Ehen ve ma hiley anhenakah vefaeh netheh nu. Varah salaam. Dhen aiy jahaa 👏👏👏

 9. ވަރަށް ފުރިހަމަ މިލިޔުން....

 10. ހެޔޮބަހެއްނޫނީ ނުބުނާށެވެ..އަދި ވެސް ވަގުތު އެބައޮތް ކުރިއޮތްތަން އިސްލާހު ކޮށްލަންވީ.އެހެންވެ މިޢާޔަތްމެދުވިސްނާ ..(.لَا تَعْتَذِرُوا قَدْ كَفَرْتُم بَعْدَ إِيمَانِكُمْ ۚ إِن نَّعْفُ عَن طَائِفَةٍ مِّنكُمْ نُعَذِّبْ طَائِفَةً بِأَنَّهُمْ كَانُوا مُجْرِمِينَ) ތިޔަބައިމީހުން عذر ނުދައްކާށެވެ! ތިޔަބައިމީހުން إيمان ވުމަށްފަހު، ތިޔަބައިމީހުން ތިޔަތިބީ كافر ވެފައިކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ތެރެއިން ބަޔަކަށް ތިމަންރަސްކަލާނގެ عفو ކުރެއްވިޔަސް، އަނެއްބަޔަކަށް ތިމަންރަސްކަލާނގެ عذاب ދެއްވަމެވެ. އެއީ ހަމަކަށަވަރުން، އެއުރެން ކުށްވެރި ބަޔަކު ކަމުގައި ވީކަމަށްޓަކައެވެ. 66-At-Tawba

 11. ދެންްކީީވެެތޯ ޒިިނޭކުުރާ ވައްކަންކުރާ ފޭރޭ މީހުންގެ މަައްްޗަަށް އިިސްްލާމީ ޝަރިއަަތް ތަންްފީޒް ކުރުމަަށް ބާރު ނާާޅުއްްާވާ ޝެއިހުުން ތަށް ތިޔަ ތިއްބަވަނީ؟ މަރަަަށް މަރު ހިފާާފި ނަމަ ދެންހުރި ހުކުންތައް ވެސް ތަންފީޒު ކުރަންްޖެހޭނެ☺

 12. މިކަން ވެސް އާއްމުކޮށްދިނުމުގައި ނަޝީދުގެ މަސައްކަތް ވަރަށްބޮޑު އެއީ ލޮނުޒިޔާރަތް ކޮޅުގައި ޒޯންހަދައިގެން ރެޔާދުވާލު މިމަސައްކަތުގައި އުޅުނުކަން އެންމެން ދަނޭ

 13. ވަރައް ރަނގަޅު އާޓިކަލްއެއް.ޔާމީން ތިޔަ ފަދަ އާރޓިކަލް އެއީ މުޖުތަމައު އިސްލާހް ކުރުމައްޓަކައި އެޅޭ ފަރުދީ ޒިންމާއެއް.

 14. މިލިޔުން ކިޔާލީމަ ހީވަނީ ޒިނޭކުރަނީ ހަމައެކަނި އަންހެނުންހެން. ބަލަ ފިރިހެނުންވެސް އެކަމުގަ ހިއްސާވޭ.

 15. ބަލަ ހަށި ވިއްކަން އަންހެނުން އުޅޭ ވާހަކަ ލިޔުނީރު ހަށިނުގަންނަން ފިރިހެނުނަށް ނަސޭހަތްތެރިވިނަމަދޯ! ހިލޭ ވިޔަސް މިކަންކުރުމުގެ ގޯސްެވާހަކަވެސް

 16. ތިޔައީ ވަރަށް ބޮޑު ތެދެންް މިހާރު ގިނައީ ޒިނޭ

  ކުރާ އަންހެނުއް ނާއި ފިރިހެނުން

 17. ހަށިގަންނަ ފިރިހެނުންނަށް ހުރީ ކޮން އަޒާބެއްތޯ؟

 18. އަލީ ޔާމިން އަށް އެނގޭނީ ތިކަންތައް ވެސް،

 19. މީ ކިހާވަރަކުން ދާނެ އަލީ ޔާމީނެއްބާ!