ބަޔަކު ހަމަހިމޭން ކަމުގެ ސުކޫތެއްގައި

މީހުން މަރުވުމުން އެމީހުންގެ ހަދާނުގައި ސުކޫތުގައި (ހަމަހިމޭންމަކާއި އެކު) ތިބުން މިވަނީ ވަރަށް އާންމު ކަމަކަށްވެފައެވެ. އެގޮތުން މިނެޓެއް ހާއިރު ކޮޅަށް ތެދުވެ މަރުވި މީހާގެ ހަދާނުގައި ތިބެއެވެ. ސައްތައިން ސައްތަ މުސްލިމު ގައުމެއްގައި މިފަދަ ކަންތަށް ކުރަމުން ގެންދާއިރު މިއީ މިކަން ކުރުން އެންމެ ރަގަނޅު ގޮތް ތޯ ބަލާލަން އެބަޖެހެއެވެ.

ގިނަ އިލްމުވެރިންގެ ނަޒަރުގައި ސުކޫތުގައި ތިބުމަކީ ބިދުއައެކެވެ. އަދި އެއީ މުންކަރާތެއްވެސް މެއެވެ.

ޝަހީދުން ނުވަތަ ބޮޑެތިމީހުން ނުވަތަ އެހެންބަޔަކުވިޔަސް މަރުވުމުން އެމީހުންގެ ފުރާނައަށް މާތްކޮށްހިތުމުގެ ގޮތުން ސުކޫތުގައި ކޮޅަށްތިބުމަކީ ނަބިއްޔާ صلى الله عليه وسلم އާއި ޞަހާބީ ބޭކަލުންނާ އަދި ޞާލިޙުބޭކަލުންވެސް ކުރައްވާފައިވާ ނުވާ، އަލަށް ތަޢާރަފުކޮށްފައިވާ ބިދުޢައެކެވެ. އެއީ ﷲ މަތިވެރިކުރުމާއި އެއިލާހަށް އިޚުލާޞްތެރިވުމާއި އެއިލާހު އެއްކައުވަންތަ ކުރުމުގެ އަދަބާ ޚިލާފުކަމެކެވެ.

ކާފިރުންގެ ތެރެއިން ބަޔަކު އެކަން ފެށުމުން މުސްލިމުންގެ ތެރެއިން ޖާހިލުބަޔަކު އެވަނީ އެކަމުގައި އެބައިމީހުންނާ ތަބާވެފައެވެ. އަދި އެބައިމީހުންގެ އެ ހުތުރުކަން ބޮޑު އާދަކާދައިގައްޔާއި އެބައިމީހުންގެ ބޮޑުންނާއި ވެރިންކުރެ ދިރިތިބީންނާއި މަރުވެފައިވާ މީހުންނާމެދު އެބައިމީހުން ޢަމަލުކުރާ ހައްދު ފަހަނައަޅާފައި އުޞޫލުތަކުގައި މުސްލިމުން އެވަނީ އެބައިމީހުންނަށް ތަބާވެފައެވެ.

ނަބިއްޔާ صلى الله عليه وسلم ވަނީ އެބައިމީހުންނާ ވައްތަރުވެގަތުން ނަހީކުރައްވާފައެވެ.

އިސްލާމީ ޢުރުފުގައި އޮންނަ ގޮތުން މަރުވެފައިވާ މީހުންގެ ޙައްޤުތަކުގެ ތެރޭގައި އެބައިމީހުންނަށްޓަކައި ދުޢާކުރުމާއި އެބައިމީހުންނަށްޓަކައި ޞަދަޤާތްކުރުމާއި އެބައިމީހުންގެ ރަނގަޅުވާހަކަތައް ދެއްކުމާ އަދި އެބައިމީހުންގެ ނުބައި ވާހަކަދެއްކުމުން ދުރުހެލިވުމާއި އެމީހެއްގެ ދަރަނި އަދާކޮށްދިނުން ފަދަ ކަންކަން ހިމެނެއެވެ. އަދި މިނޫނަސް ވަރަށް ގިނަ އަދަބުއަޚުލާޤުތައް އިސްލާމްދީނުގައިވެއެވެ. އަދި މުސްލިމު އަޚުންގެ ތެރެއިން ދިރިތިބިންނާއި މަރުވެފައިވާ މީހުންނާމެދުވެސް ހެޔޮކޮށް މުޢާމަލާތްކުރުމަށް އިސްލާމްދީންވަނީ ބާރުއަޅާފައެވެ.

އޭގެ ތެރޭގައި މަރުވެފައިވާ މީހުންނަށްޓަކައި ހިތާމަކުރުމުގެ ގޮތުން ސުކޫތުގައި ކޮޅަށް ތިބުން ނުހިމެނެއެވެ. އަދި ކިއެއް ހެއްޔެވެ. އެއީ އިސްލާމްދީނުގެ އުޞޫލުތަކާ ޚިލާފުކަމެކެވެ

ކަންމިހެން ހުރުމުން ނޭނގި ނަމަވެސް އަޅުގަނޑުމެން މި ކުރަމުންގެންދާ ކަންތަށް އަޅުގަނޑުމެން ހުއްޓާލަން އެބަޖެހެއެވެ. އަދި އެ ބިދުއައިން އަޅުގަނޑުމެންގެ ގައުމު ތާހިރުކޮށް އިސްލާމީ އުސޫލު ތަކާއި ހަމަ ތަކުގެ މަތިން އަޅުގަނޑުމެންގެ ކަންކަން ކުރިއަށް ގެންދަން އެބަޖެހެއެވެ.

ADS BY SHEESHA

ދިސަލަފިއްޔާ / ސުޢޫދީ ޢަރަބިއްޔާގެ ފަތުވާދޭ ދާއިމީ ކޮމިޓީ
2/427

27 ކޮމެންޓް

  1. މީނަ މީ ކޮންތާކުން ދީނީ އިލްމް އުނގެނިގެން އައިސް ހުރި މީހެއް ބާވެއޭ ހިތަށް އަރާ! ބަލަގަ ސުކޫތު ގެނައުމަކީ ދީނީ ކަމެއްތަ؟ ކިހިނެތް ވެފައިބާވެއޭ ހިތަށްއަރާ މި ތިބެނީ ނޫސް ނޫހަށް އާޓިކަލް ލިޔާއިރު؟

  2. ދީނީ ކަމެއްގެ ގޮތުގައި ކުރާ ކަމެއް ނޫން ސުކޫތެއް ގެނައމަކީ.. ދީނީ ކަމެއްކަމުގައި ކުރާނަމަދޯ ބިދުއަ އެއްގެ ގޮތުގައި ބެލެވޭނީ..... ގައުމުތަކުގެ ރައީށުން އައިމަ ބޮޑު ބަޑީގެ ސަލާމް އެއް އެރުވުންވެސް ދީނީ ކަމެއް ކަމަށް ހަދާފަނެ އުތަ

  3. ދީނަށް އިތުރުކުރެވޭ ކޮންމެ އާކަމަކީ ބިދުއައެއް، ކޮންމެ ބިދުއައަކީ ފާފައެއް ކޮންމެ ފާފައެއް ވާހުށީ ނަރަކައިގަ... ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔަސް ބިދުއަ ވާނީ ބިދުއަ އަށް... ކަލޭމެން އެ އަމަލުކުރުމާއި ނުކުރުން އެއީ ކަލޭމެންގެ ކަމެއް.. ﷲގެ ދަރުބާރުގައި ޖަވާބުދާރީވާންޖެހޭނެ ދުވަހެއް އެބައޮތް...
    ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުން ހުއްދަ ގޮތް ގޮތާއި ހުއްދަ ނޫން ގޮތްތައްވެސް ހުރޭދޯ...
    ބަލަ ދިވެހިންގެ ތެރޭގައި ހާދަ ރޯނުއެދުރުން ގިނައޭ ދޯ...
    ދިވެހިންނަކީ ފިސާރި ޓެލެންޓަޑް ބައެއް.. ކޮންމެ މީހަކަށްވެސް ކޮންމެ ދާއިރާއެއްގެ ކޮންމެ ކަމެއްވެސް އެނގޭދޯ... އެހާލަތަކާއި ގުޅޭގޮތުން އެމީހެއްގެ ދާއިރާ ބަދަލުވޭ.. ސަޅިބައެއް...
    ޖާހިލުބައެއް....

    • ބިދުއަ ވާނީ ބިދުއަ އަށްކަން ކަލެޔަށް އެނގޭއިރު ކަމެއް ބިދުއަ އަކަށްވަނީ ކޮންކޮން ޝަރުތުތަކަކާ އެކުކަން ކަލެޔަށް ނޭނގުމަކީ ސްކޫތުގެނައުން ބިދުއައަކަށް ވާންޖެހޭ ސަބަބެއް ނޫން.

  4. ކާފަރުން ބަތްވެސް ކައި އަދި ސީވެސް ލާ. ހިނގާ އެކަންކަންވެސް ނުކުރަން

  5. ماشاءالله ވަރަށް ރަނގަޅު މައޫލޫމާތު ކޮޅެއް.

  6. ބިދުއަ އަކީ ދީނުގައި ނެތްކަމެއް ދީނީ ކަމެއްކަމަށް ހަދައިގެން ކުރުން. ސުކޫތަކީ ދީނީ ކަމަކަށް ހަދައިގެން ކުރާކަމެއްނޫން. އަދި ހުތުރުކަން ބޮޑުކަމެއްވެސް ނޫން. ކާފަރުންނާ ވައްތަރުނުވާން ބޭނުމިއްޔާ ޖުއްބާލައިގެން ސައުދީއަރަބިއްޔާއަށް އަވަހަށް ހިޖުރަކުރޭ. ގަމީސް ލައިގެން ފަޓުލޫނު ލައިގެން އުޅޭނެކަމެއް ނެތް.

  7. އަލީ ޔާމީން ކަލޭ ދީނީ އެއްޗެހި ނުލިޔޭ ބަޔަކު މަގުފުރެދިދާނެ

  8. މިރާއްޖެއަށް ތިމުންކަރާތެއް ގެނައިމިހަކީ މައުމޫނު، ތިހަކަލަ ހުރިހާ މުންކަރާތަކީ އޭނަގެ ފަރާތުން މިޤައުމަށް ވާރުތަވި ކަންތައްތައް، އަދި މިއަދުވެސް އެއުޅެނީ ޤައުމު ހަމަމަގަށް އެޅުނަނުދީ، ޤައުމު ފަސާދަކުރަން، އެވަރުގެ ޖާހިލު މީހަކު މިޤައުމުގެ ވެރިކަމުގައި ޢުމުރުދުވަސް ހޭދަކޮށްލަން ފުރުޞަތު ދެވުނީތީ މިއަދު ދިވެހިން މިއުފުލަންޖެހޭ ހުރިހާ ތަކުލީފެއްވެސް އުފުލަން މިޖެހެނީ، ދިވެހިންނަށް ޖެހިފައިމިވާ ހުރިހާ ވަބާއަކާ ފިތުނަ ފަސާދައިގެ ބައްޕައަކީ އޭނަ.

  9. ސިނގިރޭޓު ބުއިމާއި ވިއްކުމަކީ ރަސޫލާ ކުރެއްވި ކަމެއްތޯ؟

  10. ހަޜާމް ކަމެކޭ އެބައޮތްތޯ އެއްވެސް ދަލީލެއް ދައްކަވާ އިތޮތިއްތާ...ނަސާރާއިން ޔަހޫދީންކުރާ ކަންކަން ކުރުން ހަރާމްވަންޏާ މޮއިލްފީނާ އިންޓަނެޓާ އިންޖީނުލީ ދުއްވާ ތަކެތި ވެސް ހަރާމް އެއީ ހުސް ނަސާރާއިންގެ އާދަކާދަ އެމީހުންގެ އުފެއްދުން.. ޖަމަލު މަތީގަ ފަތްކޮޅު ހިފައިގެން ދަތުރުކުރުން އޮތީ .ދީނީ ކަމެއްގެ ގޮތުގަ ނުބެލެވޭ ސުކޫތު

    • މިއީ ކޮން ދީނެއްގެ ފިގުހު ޢިލްމުވެރިއެއް ކޮށްފައިވާ ކޮމެނޓެއްތަ؟ އަދި ނުވިތާކަށް ވަގުތު ނޫހުންވެސް މިކަހަލަ ދީނާ ޚިލާފު ކޮމެންޓް ޖަހާދޭންވޭ. އަހަރެމެންނަށް ވަރިހަމަ ސިޔާސީގޮތުން ކޮންމެ އެއްޗެއް ގޮތްވަސް. އެކަމަކު ދީނަށް ފުރައްސާރަކުރުން ހިލާ ދޫނުކުރާނަން.

    • ހުސޭނުބޭ ކަލޭ މައިތިރިވެބަލަ ކިހެނެތް ތިއުޅެނީ ކޮބާ އަންހެނުން ރަނގަޅުތަ ނޫންދޯ ހާދަ ނައްޓާފަ ތިހުންނަނީ ދޭބަލަ ހޮހަޅައެއްގަ ދިރިއުޅެން

  11. މައްސަލައަކީ ރޯނުއެދުރުން ގިނަވުން ކީރިތިޤުއާން އާއި ސުންނަތް ނޭގި ތިބެ ދީނުގާ އޮންނަގޮތޭ ކިޔާ ވާހަކަދެއްކުމާއި ކޮމެންޓް ކުރުން

  12. ކާފަރުން ކުރިން ކުރި އެހެނަސަ އިސްލާމުންފަހުން ކުރާ ބަޔެއްކަންތައް
    - ދަތް އުގުޅާ ބުރުހުން ދަތްއުގުޅުން.
    - ކަލްކިއުލޭޓަރުން ހިސާބު ހެދުން
    - ގައުމީ ސަލާން ކިއުން

    މިހެންގޮސް ދިގުލިސްޓެއް ލިޔެވުދާން.
    ހިމޭނުގެ ސުކޫތެއް ގެންނަނީ އިހްތިރާމް ކުރަން. ޢޭގަމައްސަލައަކި ކޮބާ؟

    • ކުޅުދުއްފުށިބއްލޫރިއެއަރޕޯޓް

      މަށަކަށް ނޭނގެ ކޮންމެ ދުވަހަކުވެސް ދީނޭ ކިޔައިނގެން ބަދިވަރެއް ދަމަންވާނެނު ތިމާމެންގެ މާތްކަން ދެއްކުންވިއްޔަ މައިގަނޑު ކަމަކީ އެކަމު އެ ދައްކަން އުޅޭވަރަކަށް ބޭލެނީ ސޯޓު

  13. ޚީޢްވެ ފުލައިޓްގައި ދަތުރުކުރަނީ. ޚީއްވެ މޯބައިލް ފޯން ގެންގުލެނީ.

  14. ބަލަގަ ސުކޫތުގަ ތިބެގެން ކުރާކަމަކީ މަރުވިމީހާގެ ޚިދުމަތްތައް ހަނދާންކުރުމާއި އޭނަގެ މަތިން ހަނދާންކުރުމާއި އޭނަޔަށް އިޙްތިރާންކުރާކަން އެންގުމައި އޭނަގެ ފުރާނަޔަށް ރަޙްމަތްލެއްވުން އެދި ދުޢާކުރުމެވެ. މިއީ ބިދުޢަކަށް ތި ހެދީ މިއަދުއެވެ.

  15. ބިދުއަ އަކީ ކޮބާކަން އެނގޭވަރުގެ މީހެއްބަާ ކޮމެންޓ ކުރީ

  16. ރަނގަޅު ގޮތް އޮޅުންފިލުވައިދިނުމަކީ އެނގޭމީހު ންގެ މައްޗަށް އޮތް ފަރުދީ ޒިންމާއެއް!! ސަބަބަކީ އޭެރުން ނޭނގޭ މީހުންނަށް އެކަމުގެ ޙަޤީޤީ ފައިދާ އާއި ގެއްލުމަކީ ކޮބައިކަން އެނގި ފަހުމްވާނެ!!!

  17. މަރުވެފާވާތިބޭ މީހުންގެ ހަނދާނުގައި ހެޔޮދުއާކުރުން ރަނގަޅު! ހެޔޮދުޢާކުރަންޖެހެނީ ކޮޅަށްނުތެދުވެ އޮށޯވެގެންތިބެބާ! ކޮޅަށްތެދުވެ ސުކޫތު ތެރޭގަ އެބަޔަކު ދުޢާކުރާބަހުރުވަޔަކުން ދުޢާނޫންތޯ އެކުރަނީ!

  18. ނަބިއްޔާ ސައްލަﷲ އ ވ. ޚުރއްވާފައި ނުވާ ކަންތައްތައް ކުރުމަކީ ބިދުއައެއް ނޫން. ބިދުއައަކަށް ވަނީ އެކަލޭގެފާނު ކުރައްވާފައިނުވާ ކަމެއް ސަވާބުހޯދުމުގެ ނިޔަތުގައި ކުރުމެވެ.

  19. ރަނގަޅު ލިޔުމެއް

  20. ބިދުއަ ލިސްޓް ވަރަށް ގިނަ