ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މުޖްތަމައުގައި ތައުލީމު ފެތުރުމަށް ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ހާއްސަ އިސްކަމެއް ދެއްވި ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

"މުސްލިމް އަޙުންނޭވެ! މާތްﷲގެ މި އަމުރުފުޅާ އެއްގޮތްވާގޮތުގެ މަތިން މާތް ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމް މުޖްތަމައުގައި ތައުލީމު ފެތުރުމަށާއި މުސްލިމުންގެ ދަރިންނަށް ކިޔައިދެއްވުމަށް ވަރަށް ހާއްސަ އަހަންމިއްޔަތެއް ދެއްވިއެވެ. ހުދު އެކަލޭގެފާނު އެކަމުގައި އިސްވެ ބައިވެރިވެ ވަޑައިގެންނެވިއެވެ."

ހުތުބާގައި ވިދާޅުވީ ތައުލީމަށް އެކަލޭގެފާނު ދެއްވި އަހަންމިއްޔަތު ކަމުގެ ނަތީޖާއަކަށްވީ، ހޭލުންތެރި އިލްމުވެރި އުފެއްދުންތެރި އުންމަތެއް ދޮންވެ ފައްކާވުން ކަމަށެވެ. އަދި ފޮތްތައް ޝާއިރުކޮށް އައި އީޖާދުތައް ކުރި، އިންސާނީ އެއްބަނޑު އެއްބަފައި ކަމުގެ މާހައުލެއްގައި އެންމެން ދިރިއުޅުނު ހަޟާރަތެއް ގާއިމްވެގެން ދިޔަ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

"މުސްލިމުންގެ ހިތްތަކުގައި ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމް މި އިންދެވި އިލްމު އުނގެނުމުގެ އޮށްތަކުން ފެޅި ގަސްތައް ބިޔަވެ، މުޅި ދުނިޔެއަށް ފެތުރުނު އިލްމުގެ ނޫރާނީ ގަސްތަކުން ފޮޅުނު މާމެލާމެލިން ހުވަދުލައި، މީހުން ބިނާކޮށް އުފެއްދުންތެރި އުންމަތަކަށް އިސްލާމީ އުންމަތް ވިއެވެ."

މީގެ އިތުރުން މިއަދުގެ ހުކުރު ހުތުބާގައި ވަނީ މިފެށޭ ދިރާސީ އައު އަހަރު ދަރިވަރުން އަމަލު ކުރަންވީ ގޮތުގެ ހެޔޮ ނަސޭހަތްވެސް ދެއްވާފައެވެ.

"ލޮބުވެތި ދަރިވަރުންނޭވެ! މި ފެށޭ ދިރާސީ އައު އަހަރު ތިޔަ ކުދިންނަށް އިލްމީ ރޮނގުތަކުގައި އިތުރު ކުރިއެރުމާއި ތަރައްގީ ލިބޭތޯ މަސައްކަތް ކުރުމަށް އަޒުމް ކަނޑައަޅާށެވެ. އިތުރު ހަރަކާތްތަކުން ތިޔަ ކުދިންގެ މާހައުލަށް ދިރުން ދިނުމަށް އިސްނަގައި އިލްމީ މައިދާނަށް ނުކުންނާށެވެ. ތިޔަ ކުދިންގެ އިލްމާއި މައުރިފާއިންނާއި އެތަން އާލާކޮށް ދިރުވާށެވެ." ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ އެފަދަ ކާމިޔާބީތައް ހާސިލު ކުރެވޭނީ މަދަރުސާގެ ގަވާއިދުތަކަށް ބޯލަނބައި ހުރިހާ ކަމެއްގައި މަދަރުސާއަށް އެއްބާރުލުން ދީގެން ކަމަށެވެ. އަދި ދަރިވަރުންނަށްޓަކައި މައިންބަފައިންނާއި ދައުލަތުން ކުރަމުންދާ ހޭދަތަކާއި ފޯރުކޮށްދެމުންދާ ފުރުސަތުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފަންވެސް ހުތުބާގައި ވަނީ ގޮވާލައްވާފައެވެ.

 

ADS BY ASTERS

3 ކޮމެންޓް

 1. ދިވެހިއްޔަތު ހުރޭ ތިހެންކިޔާލަޔާލަ..... ސްކޫލުމިހާރުމާ މުހިއްމުވާނެ...

 2. ދިވެހިއްޔަތު

  ކީއްކުރާނީ.
  މިއަދުވެސް ހުކުރު ވަގުތު ދިވެހި، އިސްލާމީ ވަންތަ ކަމާއި ދުރު، އެތީސްޓު ވުމާއި ގާތް އޭލެވެލް ހެދުމަށް، ފެންވަރައިގެން ޔުނިފޯމް އަޅައިގެން ބައެއް ދަރިވަރުން ދިޔައީ އިސްކޫލްތަކަށް.
  ނަމާދު ކުރަން ވެސް ވާނެ، އިސްކޫލަށް ވެސް ދާން ވާނެ.
  ހުކުރު ވަގުތު ހުކުރު އަޅާފައެއް ނޫން އިސްކޫލަށް ދާން ވާނީ. އެކަމަކު އެތީސްޓު އޭލެވެލް އާދީއްތަ ދުވަހު ނޯވޭ.

 3. މާޝާ ﷲ