ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އަދިވެސް އިންސާނުންނަށް އެތަނެއްގެ ހަގީގަތް ނޭނގޭ އެތައް ތަނެއް އެބަހުއްޓެވެ. އަޅުގަނޑުމެންގެ ވަށައިގެންވާ ތަންތަނުގެ މައުލޫމާތުގެ ތެރެއިން އަޅުގަނޑުމެންނަށް އެނގެނީ ނިސްބަތުން ވަރަށް މަދު މައުލޫމާތެކެވެ. އިންސާނުންނަށް އަދިވެސް އެތަނެއްގެ މައުލޫމާތު މާރަނގަޅަށް ނޭނގޭ އެއްތަނަކީ ޔަމަންގެ ހަޟޮރްމައުތު ވާދީއޭ ކިޔުނު ސަރަހައްދުގައި ހުންނަ އާދަޔާއި ހިލާފު ވަޅެއްގެ މައުލޫމާތެވެ.
މިވަޅަށް ތަފާތު ނަންނަން ކިޔައި އުޅެއެވެ. އޭގެތެރެއިން އެއްނަމަކީ ބިއުރު ޖަހައްނަމަ އެވެ. އަދި އަނދިރި ވަޅުގެ ނަމުން ވެސް މިވަޅަށް ނަން ދެވިފައި ވެއެވެ. މީގެ އިތުރުން ބަރްގޫތު ވަޅު ވެސް މިވަޅަށް ކިޔައެވެ. މިވަޅުގެ ފުޅާ މިނުގައި 30 މީޓަރު އަދި ފުންމިނުގައި ގާތްގަނޑަކަށް 250 މީޓަރު ހުންނަ ކަމަށް ބުނެވެއެވެ.
މިވަޅާއި ގުޅޭ ގޮތުން ވަރަށް ގިނަ ވާހަކަތައް ދެކެވެއެވެ. އޭގެތެރެއިން އެއްވާހަކައިގައި ބުނަނީ ހަންޏަރު ވަންހައިގެ ރަސްކަލަކު އެރަސްގެފާންގެ ހަޒާނާތައް ފޮރުވުމަށް ޖިންނީން ލައްވައި ކޮނުނު ވަޅެއްކަމަށެވެ. އެރަސްގެފާން މަރުވުމުން ޖިންނީންތައް އެތަނުގެ މައްޗަށް ވެރިވެ އެތަނުގައި ދިރިއުޅެނީ ކަމަށް ބުނެވެއެވެ. ހިންޏީންގެ ބަހުން ބަރުގޫތުގެ މާނައަކީ ޖިންނީންގެ ރަށެވެ. ނުވަތަ ޖިންނީންގެ ބިމެވެ.
މިވަޅަކީ ނުބައި ނުލަފާ ޖިންނީން ބަންދުކުރެވިފައިވާ ޖަލެއް ކަމަށް ވެސް ބުނެވެއެވެ. އަދި އެއީ ކާފަރުތަކުންގެ ފުރާނަ ޖަމާކުރެވޭ ތަންކަމަށް ވެސް ބުނެވެއެވެ.
އެތަނަށް ޒިޔާރަތް ކުރި މީހުން ބުނާ ގޮތުގައި އެތަނުން ފެން އޮހޭ ކަހަލަ އަޑުތަކެއް އިވެއެވެ. އަދި އެތަނުގެ ވަކި ހިސާބެއްގައި ތަފާތު ވައްތަރުގެ ދޫނިތައް އުދުހޭ ތަން ވެސް ފެނެއެވެ. އަދި އެތަނުގައި ބިރުވެރި އެކި ވައްތަރުގެ ހަރުފަތަކާއި ސޫފިތައް ވެސް އުޅޭ ކަމަށް ބުނެވެއެވެ.
ޑްރޯންތައް ބޭނުން ކޮށްގެން ވެސް މިވަޅުގެ މަންޒަރުތައް ނެގުމަށް އެކި ފަރާތްތަކުން މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް ވަޅަށް ފޮނުވާ ޑްރޯންތައް ވަކި ހިސާބަކުން ކޮންޓްރޯލް ގެއްލި ވަޅުގެ ތެރެއަށް ވެއްޓޭ ކަމަށް އެމަސައްކަތް ކޮށްފައިވާ މީހުން ބުނެއެވެ.
ވަޅު ހުންނަ ސަރަހައްދަށް ފެނިފައި ވަނީ ހަނަފަސް ކަމެވެ. ވާދީގެ އެއްވެސް ސަރަހައްދަކުން ގަހެއް ނުވަތަ ފެނުގެ އެއްވެސް އަސަރެއް ނުފެނެއެވެ. ނަމަވެސް މިވަޅުގެ ވަކި ހިސާބެއްގައި ގަސް ފަޅާފައި ހުރެއެވެ. އަދި ވަޅުގައި ފެނުގައި އަސަރު ވެސް ހުރެއެވެ.
އަލީގެ ފާނުގެ ފަރާތްޕުޅުން ރިވާ ކުރައްވާފައިވާ ރިވާއަތެއްގައި ވަނީ މީސްތަކުންގެ ތެރޭގައިވާ އެންމެ ނުބައި ދެވާދީއަކީ އަޙްޤާފްގެ ވާދީ އާއި ހަޟޮރުމައުތުގެ ބަރުގޫތޭ ކިޔުނު ވާދީއެވެ. އަދި މީސްތަކުންގެ ތެރޭގައިވާ އެންމެ ހެޔޮ ވަޅަކީ ޒަމްޒަމް ފެން ވަޅެވެ. އަދި މީސްތަކުންގެ ތެރޭގައިވާ އެންމެ ނުބައި ވަޅަކީ ބަރަގޫތުގައި ވާވަޅެވެ. ކާފަރުންގެ ރޫހުތައް އެވަޅުގައި ޖަމާކުރެވެއެވެ.
ހަޟޮރުމައުތުގެ އެކި ކަންކަން ދިރާސާ ކުރުމުގެ މަސައްކަތް އާކިއުލޮޖިސްޓުން ކުރަމުން އަންނަތާ މިހާރު ވެސް އެތައް އަހަރެއް ވެއްޖެއެވެ. ނަމަވެސް އެދިރާސާތަކުން ވެސް މިވަޅުގެ މާގިނަ މައުލޫމާތެއް ހޯދިފައެއް ނުވެއެވެ.
ތިޔަވާނީ ޔަމަނުން ނިކުންނަ އަލިފާން ނިކުންނަތަނައްވެސް
ބުނެއެއްނު އެންމެންފަހާ އަލިފާން ނިކުންނާނީ ޔަމަނުންނޭ
ބިރުވެތިވޭ އެންމެނޭ ކުޑަ ވަގުތު ތަކެއް އޮތީ
އަސްލުވެސް ކުޑަވަގުތު ކޮޅެއް ދެން އޮތީ އިމާމް އަންވަރު އައުލާކީ ވިދާޅުފެފައިވާ ގޮތުން ނަމަ އަލް މަލްހަމާ ( އިންސާނީ ތާރީޚް ދެކޭނެ އެންމެ ބިރުވެރި ހަނގުރާމަ ) ވަނީ ފެށިފަ ހުޅަނގުން ވަނީ ރަޝިއާ އަށް ނިއުކްލިއަރ އިންޒާރު ދީފަ ޢަރަބި ޒަޢީމުން ވަނީ މުސްލިމުންގެ ކަރަށް ފައިން އަރާ ޔަހޫދީންނާއި ބަޢިއަތު ހިފާފަ އިންޑިއާ / ޕާކިސްތާން ދެންމެ ދެންމެ ވެސް ނިއުކްލިއަރ ބޭނުން ކޮށްފާނެ ދައްޖާލު އޭނަގެ އެންމެ ފަހު ހަތިޔާރު " އަންހެނުންް " ކުރިއަށް ނެރެ " ހަމަހަމަ " ކަމުގެ ނަމުގައި މުޅި ދުނިޔެއަށް ފެމިނިޒަމް ލޒބއނޒމ އެއް ޖިންސުން ކައިވެނި ކުރުވުން އިންސާނީ ޙައްގެއްގެ ގޮތުގައި ނެރެފި ކުޑަ ކުދިންގެ ކިޔަވާ ފޮތްތަކުގަ " ވިއްސާރަދުނި " ޕްރޮމޯޓް ކުރުވަނީ ފާޅުގެ ! ސުބްޙާނަﷲ !
އައްސުވެސް ތަ؟ ކަޔޭ ފުރަތަމަ ވައިކުޑަ އަޅައިގެން ތައްޔާރުވޭ ބުރޯ
ވަރަށް އިންޓްރަސްޓިންގް...ތިކަހަލަ ވާހަކަތައް ވަގުތު އިން ފޮނުވައިދޭތީ ޝުކުރުވެރިވަން...ގިނަ ދިވެހިން އަސްލު ވަގުތު ނޫހައް ޝައުގުވެރިވަނީވެސް ތަފާތު ހަބަރު ގެނެސްދޭތީ...އަދި އިޒްރޭލުން ޢައްޒާޔަށް ބޮންއެޅި ދުވަސްވަރު...އެންމެ ވަރުގަދަ ޙަބަރުތައް ކެނޑިނޭޅި ގެނެސްދިނީ ވަގުތު އިން..
މޮޑަން މެސިނަރީ ބޭނުން ކޮއްގެން ސަރާތެރެއިން ވެލިއަޅާ ފުރާލީމަ ނިމުނީ އެހެން ނޫނިއްޔާ ޓޫރިސްޓް ގެސްޓު ހައުސް އަކައް ވިލެޖަކައް ހަދަންވީ
ތި ގައުމުގައި އުފެދޭ ކުނި ގެންގޮސް އަޅަންވީ ތިވަޅަށް... އޭރުން ކުނި މެނޭޖް ކުރެވުނީއެންނު ތި ގައުމުގެ...