ޢިލްމުވެރިންގެ ބަސްފުޅުތަކާއި ޖިންނީންގެ ހަގީގަތަށް ބަލާއިރު، ޖިންނި އަކީ އިންސާނުންގެ ސޫރައަށް ބަދަލު ވެވޭ އެއްޗެވެ. ޖިންނި އިންސީންގެ ސޫރައަށް ބަދަލުވެގެންވާ ހާލަތުގައި ކައިވެނި ކޮށްފިނަމަ، ނުވަތަ ދެޖިންސުގެ ދެމެދުގައި ޖިންސީ ގުޅުން ހިންގުމަކީ ވެދާނެ ކަމަކެވެ. އަދި އޭގެ ސަބަބުން ދަރިން ލިބުމަކީވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް ޝައްކެއްނެއް ގޮތުގައި ދެޖިންސެއް ގުޅިގެން ލިބޭ ދަރި ވާނީ ދެޖިންސުންކުރެ އެއް ޖިންސަކަށެވެ. ނުވަތަ ދެޖިންސުން އެއްވެގެން އައުމަކީވެސް ވެދާނެކަމެކެވެ. މިވާހަކަތަކަކީ ކީރިތި ޤުރްއާނުގައި ނުވަތަ ކީރިތި ރަސޫލާގެ ސުންނަތުގައި ވާރިދުވެފައި ހުރި ވާހަކައެއް ނޫނެވެ.. ނަމަވެސް މިއީ އިލްމުވެރިން ގަބޫލުކުރައްވާ ގޮތެވެ.

ކީރިތި ޤުރްއާނުން އެނގެން އޮތް ޞަރީހަ ބަސްފުޅަކީ އިންސީންނާއި ޖިންނީން ކައިވެނި ކުރުމަކީ ހުއްދަ ނޫން ކަމެއް ކަމެވެ.

މާތް ﷲ އިންސާނުންނަށްޓަކައި ލައްވާފައިވަނީ އިންސާނުންގެ ޖޯޑެވެ. އަދި ކައިވެނި ކުރުމުގެ ހުއްދަ ދެއްވާފައިވަނީވެސް އިންސާނުން އިންސާނުންނާއެވެ. އެކަލާނގެ ވަހީކުރައްވާފައިވެއެވެ.

{والله جعل لكم من أنفسكم أزواجاً} النحل: 72.

މާނައަކީ: “އަދި މާތް ﷲ ތިޔަބައިމީހުންގެ ނަފްސުތަކުން ތިޔަބައިމީހުނަށްޓަކައި ތިޔަބައިމީހުންގެ ޖޯޑު އުފެއްދެވިއެވެ.”

އަދި ކައިވެނި ކުރުމުގެ ހުއްދަ ދެއްވައި އެކަލާނގެ ވަހީކުރައްވާފައި ވެއެވެ.

{ فانكحوا ما طاب لكم من النساء} النساء: 3.

މާނައަކީ: “ފަހެ ތިޔަބައިމީހުނަށް ކަމުދާ، ރަނގަޅު އަންހެނުންނާއި ތިޔަބައިމީހުން ކައިވެނި ކުރާށެވެ.”

އިމާމް އައްސުޔޫޠީ އެބޭފުޅާގެ ‘الأشباه والنظائر’ (ج 1، ص 257) ގައި ވިދާޅުވެފައިވެއެވެ. މިއާޔަތުގައި އެވާ ‘النساء’ (އަންހެނުން) ގެ މާނައަކީ އާދަމުގެ ދަރީންކުރެ އަންހެނުންނަށް ޚާއްސަ ނަމެކެވެ.” ހަމައެފަދައިން ސަލަފުންގެ ޢިލްމުވެރިންގެ އަރިހުން އެއީ ޙަރާމް ކަމެއް ކަމުގައި ސާބިތުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފަލާޙް

    ސޫރަތުއް ރަޙްމާން އިން ދޭހަވާ ގޮތުގައި އިންސާނުންނާއި ޖިންނިންނަށް ޖިންސީ ގޮތުން ގުޅުމެއް ހިންގިދާނެއެވެ. " އެއީ ރަހްމާން ސޫރަތުގެ 50 - 74 ކިޔާލާ!"

    އަދި ސުލައިމާނުގެފާނު ބިއްލޫރިން ގަނޑުވަރެއް ފެނުގެ މަތީގައި އެޅުއްވީ، އެކަލޭގެފާނުގެ

    ޙިކުމަތްތެރިކަމުން، ބަލްޤިސް އަކީ ޖިންނިއަކާއި އިންސިއެއް ގެ ގުޅުމުގެ ސަބަބުން

    ލިބުނު ކުއްޖެއްކަމަށް މީހުން ވާހަކަ ދައްކާތީ އެކަން ޔަޤީން ކުރުމަށް ކަމަށްވެސް

    އިސްލާމީ ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.

    • އެދުރު

      ތިޔަ ބޭފުޅާއަށް ރަޙްމާން ސޫރަތުން ތިޔަގޮތަށް ދޭހަވީތީ ހިތާމަ ކުރަން. އަލުން ރަނގަޅަށް ވިސްނުމާއެކު ކިޔާލުން ބުއްދިވެރި.