ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ފެން ތަޣައްޔަރުވެ ބޯލަން ސާފު ފެންފޮދެއްވެސް ނުލިބުމުގެ ސަބަބުން އެތައް މިލިޔަން މީހުން ބަލިމަޑުކަމުގެ ޝިކާރައަކަށް ވަނީ ވެފައެވެ. މިކަންތައް ފުރަތަމަ ފެށިގެން އައިއިރު އެ ގައުމުތަކުގެ މީހުންގެ މޭމަތީގައި އާއި ބުރިކަށީގައި އަދި އަތްތިލައިގައި ފޮޅުތައް ނަގާ، ފައިގެ ފަލަމަސްގަނޑުގެ ހަންގަނޑުގައި އާދަޔާ ހިލާފު ހަރު ތަންތަން ހުރެއެވެ. ބައެއް މީހުންނަށް ފައިގެ އިނގިލިތައް ކަޅުވުމެވެ. މީހުންނަށް މިބާވަތުގެ އަލާމާތްތައް ފެންނަކަން ޑޮކްޓަރުންނާއި ދިރާސާވެރިންނަށް ފާހަގަކުރެވެނީ 1980 ގެ އަހަރުތަކުގައެވެ. މާގިނަ ދުވޗަސްތަކެއް ނުވެ އޭގެ ސަބަބާއި ބަލި ތަހުލީލު ކުރެވުނެވެ. އެގޮތުން ކަމާއިބެހޭ މާހިރުން ބުނާގޮތުން މި އަލާމާތްތަކަކީ އާސެނިކް ވިހަވުމުގެ އަލާމާތްތަކެވެ.

1970 ގެ އަހަރުތަކުގައި ބަންގްލަދޭޝްގެ ކުޑަކުދިން ގިނަ އަދަދަކަށް މަރުވަމުން ދިޔައީ ލޭކްތަކާއި ކޯރުތަކުން ހަޑި ފެން ބޮއެގެން ޑިސެންޓަރީ އާއި ކޮލެރާ ފަދަ ބަލިތަކުގެ ސަބަބުންނެވެ. އެކަމާއި ގުޅިގެން ބަންގްލަދޭޝްގެ ސަރުކާރުން ވަނީ ޔުނިސެފްގެ އިސްނެގުމުގައި އެހީދޭ އިދާރާތަކާ އެކު ބިމުގެ އަޑިން ސާފު ފެން ނެގުމަށް ވަރަށް ބޮޑު މަސައްކަތެއް ފަށާފައެވެ. ޖެހިގެން އައި ދެ ދިހަ އަހަރު ދުވަހުގެ ތެރޭގައި އެތައް މިލިއަން ހޮޅި ވަޅުތަކެއް ލާފައި ބިމުގެ އަޑީގައި ފެންވަޅުތައް ބެހެއްޓުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ.

ކުޑަ ދުވަސްކޮޅަކަށް މަރުވާ ކުދިންނާއި މީހުންގެ އަދަދު މަދުވިނަމަވެސް 1990 ގެ އަހަރުތަކުގެ ތެރޭގައި މި މަޝްރޫއު ފެއިލްވެ، މަރުވާ މީހުންގެ އަދަދު އިތުރުވެގެން ދިޔައެވެ.

ސިއްހީ މާހިރުން ބުނާ ގޮތުގައި މިއީ ތާރީހުގައި ވެސް ބަންގްލަދޭޝްގެ އާބާދީއަށް އެންމެ އަސަރުކުރި އެއް ކަމެވެ. އޭގެ އަސަރު ދިހަ މިލިއަން މީހުންނަށް ވަނީ ކޮށްފައެވެ. ސަރުކާރާއި ޔުނިސެފާއި އެހެނިހެން އެހީދޭ އިދާރާތަކުން މިކަމާއި ގުޅިގެން އެއްޗެއް ނުބުނާއިރު ބަންގްލަދޭޝްގައި އާސެނިކް އާއި ގުޅުންހުރި ބަލިތަކުގެ ސަބަބުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 43،000 މީހުން މަރުވާ ކަމަށް އެއް ދިރާސާއަކުން ދައްކައެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އިންސާނުންގެ އަމަލުތަކުގެ ސަބަބުން ކުރިމަތިވާ މޫސުމީ ބަދަލުތަކުގެ ސަބަބުން ފެންބޮޑުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުން ހިމެނެއެވެ. ބިމުގެ އަޑީގައިވާ ފެނުގެ ސަޕްލައިއަށް ބަދަލު އައިސް އާސެނިކްގެ މިންވަރު މިހާރު ވަނީ އިތުރުވެފައެވެ. މި މައްސަލަ ބަންގްލަދޭޝްގެ އިތުރުން އެހެނިހެން ގައުމުތަކުގައިވެސް ދަނީ ފެތުރެމުންނެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ދުނިޔެ ހޫނުވުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާސެނިކް ތަޣައްޔަރުވެފައިވާ ފެނުގެ މައްސަލަ ވަނީ ސަމާލުކަމަށް އައިސްފައެވެ. ތަގައްޔަރުވެފައިވާ ފެނުގެ ސަބަބުން ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށް އަސަރުކުރެއެވެ.

އާސެނިކް އަކީ ގުދުރަތީ ގޮތުން ދުނިޔޭގެ ހިލައާއި ބިމުގައި ގިނައިން ހުންނަ އެއްޗެކެވެ. އެއީ ހަމައެކަނި ބަންގްލަދޭޝްގައި ނޫން ނަމަވެސް އިންޑިއާ، ޗައިނާ، ޓައިވާން، ވިއެޓްނާމް، އާޖެންޓީނާ، ޗިލީ، މެކްސިކޯ، ޔޫރަޕްގެ ބައެއް ހިސާބުތަކުގައި، އޮސްޓްރޭލިއާ ފަދަ ގައުމުތަކުން ވެސް ބިމުގެ ފެނުގައި މަތީ މިންވަރަކަށް ފެނިފައިވާ އިންއޮގަނިކް ފޯމުގައި ވަރަށް ވިހަ އެއްޗެކެވެ. އަދި އެމެރިކާގައިވެސް މިމައްސަލަ ވަނީ ފެންމަތިވެފައެވެ.

ތަޣައްޔަރުވެފައިވާ ފެނުން މީހުން އަވަހަށް ބަލިވާއިރު، އާސެނިކަކީ ނޭގި ހުއްޓާ މީހުން މަރުވާ ފަދަ ވިހަ އެއްޗެކެވެ. އެއީ ކުލައެއް ނެތް، ރަހައެއް ނެތް އަދި ވަހެއް ނެތް އެއްޗެކެވެ. ޓެސްޓް ނުކޮށް އެކަން ދެނެގަނެވޭނެ ގޮތެއް ނެތުމުން، އޭގެ އަސަރުތައް ފެންނަން ގިނަ އަހަރުތަކެއް ވަނީ ނަގާފައެވެ. ދިގު މުއްދަތަކަށް އެކްސްޕޯޒް ވުމަކީ ކެރެޓޯސިސް ކިޔާ އަތާއި ފައިގެ ހަންގަނޑު ހަރުވުމާއި، ހަންގަނޑުގައި ޕިގްމެންޓް ޖަހާފައިވާ ތަންތަން ފެނުމާއި އަދި ގޭންގްރީން އަށް މެދުވެރިވާ ލޭހޮޅިތަކުގެ ބައްޔެއް ކަމަށްވާ “ބްލެކްފޫޓް ޑިޒީޒް”އަށްވެސް މަގުފަހިވާ ކަމެކެވެ. އޭގެ ނުރައްކާތެރި އަސަރުތައް މީހުންގެ ހަށިގަނޑަށްކޮށް ހަންގަނޑާއި ފުރަމޭއާއި ފުއްޕާމޭ އަދި މުގުރުގެ ކެންސަރުގެ އިތުރުން ހިތުގެ ބަލިތަކާއި ހަކުރުބަލީގެ ނުރައްކާ އިތުރުވެއެވެ. އަދި އާސެނިކްގެ ސަބަބުން ބަލިވެ އިނުމާއި، ކުޑަކުދިންގެ ތަރައްޤީ ލަސްވުމާއި، ނޭވާލާ ނިޒާމުގެ ބަލިތަކާވެސް ގުޅުން ހުރި ކަމަށް ވަނީ މާހިރުން ވަނީ ބުނެފައެވެ.

އެއީ ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށް ވެސް އަސަރުކުރާ ކަމެއް،” އިންޓަނޭޝަނަލް ސެންޓަރ ފޯ ޑައިރިއާ ޑިޒީސް ރިސާޗް އިން ބަންގްލަދޭޝް (އައިސީޑީޑީއާރުބީ) ގެ އިސް ސައިންސްވެރިއެއް ކަމަށްވާ ރުބާނާ ރަގީބް ވިދާޅުވި އެވެ. ބައެއް ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ބަންގްލަދޭޝްގައި ވިހަވުމުގެ މިންވަރަކީ ޗެރްނޯބިލް ނިއުކްލިއާ ކާރިސާ ފަދަ އިންސާނުންގެ ސަބަބުން ކުރިމަތިވި އެހެން ކާރިސާތަކުގެ މިންވަރަށް ވުރެ މާ ބޮޑު މިންވަރެކެވެ. އެކަމަކު މަރުވި މީހުންގެ ސީދާ އަދަދު ހިސާބުކުރުމަކީ ގާތްގަނޑަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އޭގެ ސަބަބަކީ ކެންސަރަށް މެދުވެރިވާ ސަބަބުތައް ހޯދުމަށް ދިމާވާ ދަތިތަކުގެ ސަބަބުން ކަމަށް ވެސް ވިދާޅުވި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ލަފާކުރާ ގޮތުގައި މަދުވެގެން 70 ގައުމެއްގެ ގާތްގަނޑަކަށް 140 މިލިއަން މީހުން އާސެނިކް ތަޣައްޔަރުވެފައިވާ ފެން ބޯން ފަށައިފިއެވެ. ބަންގްލަދޭޝްގައި އެތައް މިލިއަން ބަޔަކަށް އޭގެ އަސަރު ވަނީ ކޮށްފައެވެ.

1998 ވަނަ އަހަރު ފެށި އަދި ބަންގްލަދޭޝްގެ ބޮޑު ބައެއް ހިމެނޭ ބްރިޓިޝް ޖިއޮލޮޖިކަލް ސާވޭއިން ކުރި ބޮޑު ވެލް ޓެސްޓިންގ ދިރާސާއަކުން ދައްކާ ގޮތުގައި %27 ޝެލޯ ޓިއުބް ވޭލްސް އެގައުމުގެ ގައިޑްލައިންތަކަށްވުރެ އިތުރުވެ، ގާތްގަނޑަކަށް 35 މިލިއަން މީހުންނަށް އަސަރުކޮށްފައިވެއެވެ. ގާތްގަނޑަކަށް 57 މިލިއަން މީހުން ޑަބްލިޔުއެޗްއޯގެ 10 މައިކްރޯގްރާމް ގައިޑްލައިންތަކާ ހިލާފު މިންވަރަކަށް ހުށަހެޅިފައިވާ ކަމަށް ދިރާސާއިން ދައްކައެވެ. އެއީ ގާތްގަނޑަކަށް އާބާދީގެ 45 އިންސައްތައެވެ.

ޑަބްލިޔުއެޗްއޯއިން ލަފާދީ އެމެރިކާ ފަދަ ގައުމުތަކުން ގެންގުޅޭ އާސެނިކް ސްޓޭންޑަޑްގެ ހަރުކަށި މިންގަނޑުން ވެސް އެކަށީގެންވާ ރައްކާތެރިކަމެއް ނުލިބޭ ކަމަށް ބަންގްލަދޭޝްގައި އާސެނިކް އަސަރުކޮށްފައިވާ ބޯފެނުގެ މެޕްތައް އުފެއްދުމުގައި ވަގުތު ހޭދަކުރި ފްރިސްބީ ވަނީ ބުނެފައެވެ.

އެމެރިކާގެ ބިމުގެ ފެނުގައި ވެސް އާސެނިކްގެ މިންވަރު މަތިވެފައިވާކަން ފާހަގަކުރެވިފައިވާއިރު، މަދުވެގެން 43 މިލިއަން މީހުން ބަރޯސާވެފައިވަނީ އަމިއްލަ ވަޅުތަކަށެވެ. އާންމު ބޯފެނުގެ ނިޒާމުތަކާ ހިލާފަށް މި ވަޅުތަކަކީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ރެގިއުލޭޓް ކުރާ ވަޅުތަކެއް ނޫނެވެ. ސައިންސްވެރިންނަށް ހޯދިފައިވާ ގޮތުގައި އަމިއްލަ ވަޅުތަކުގައި ހުންނަ އާސެނިކްގެ މިންވަރަށް މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުވެސް ކޮށްފާނެ ކަމަށާއި، އެއީ މިއަށްވުރެ ބޮޑަށް ފެންބޮޑުވުމާއި ކަނޑުގެ ލޮނުގަނޑު މައްޗަށް ދިއުމުގެ ސަބަބުން ކަމަށް މާހިރުން ބުނެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާރވޭއިން 2021 ވަނަ އަހަރު ކުރި ޤައުމީ ފެންވަރުގެ ދިރާސާއަކުން ދައްކާ ގޮތުގައި ބިން ހިއްކާ ދުވަސްވަރު ރައްކާތެރި ނޫން އާސެނިކްގެ މިންވަރަށް ހުށަހެޅޭ މީހުންގެ އަދަދު ގާތްގަނޑަކަށް %54 އިތުރުވެއެވެ. ޔޫއެސްޖީއެސް އިން ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި އޮހައިއޯ، މިޝިގަން، އިންޑިއާނާ، ކެލިފޯނިއާ އަދި މެއިން ސްޓޭޓްސް އަށް އެންމެ ބޮޑަށް އަސަރުކޮށްފައިވެއެވެ. މި ދިރާސާގެ ކޯ-އޮތޯރ ޔޫއެސްޖީއެސްގެ ރިސާޗް ހައިޑްރޮލޮޖިސްޓެއް ކަމަށްވާ މެލިސާ ލޮމްބާޑް ބުުނާގޮތުން ހެކިތަކުން ދައްކާ ގޮތުގައި ހިއްކާ ސަބަބުން ފެން ވަޅަކަށް ދަތުރުކުރާ މަގު ބަދަލުވެ، އޭގެ އޮކްސިޖަނާއި ޕީއެޗް ލެވެލްއަށް ވެސް ބަދަލު އައިސް ފެނަށް ގިރާލެވޭ އާސެނިކްގެ މިންވަރަށް އަސަރު ކުރާނެއެވެ.

ޔުނިސެފުން ބުނީ 1990 ގެ އަހަރުތަކުގެ ކުރީކޮޅު އާސެނިކް ތަޣައްޔަރުވެފައިވާ ފެނަކީ ނުރައްކަލެއްގެ ގޮތުގައި ދެނެގަތްހާ އަވަހަކަށް "ވަގުތުން ފިޔަވަޅު އަޅާނެ" ކަމަށެވެ. އެ ޖަމިއްޔާއިން ސަރުކާރާ ގުޅިގެން ވަޅުތައް ޓެސްޓްކުރުމާއި "އާސެނިކް ރައްކާތެރި" ވަޅުތައް އިންސްޓޯލްކުރުމާއި ޓްރީޓްމަންޓް ޕްލާންޓްތައް އިތުރުކުރުމާއި ތައުލީމީ ޕްރޮގްރާމްތައް ހިންގުމަށް 30 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރަމުން އަންނަ ކަމަށް ބަންގްލަދޭޝް ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވިއެވެ. އިންޖިނިއަރުންނާއި ސައިންސްވެރިން ގެންދަނީ ބަންގްލަދޭޝް އާއި އެހެން ތަންތަނަށް ވެސް ފިލްޓަރ ސިސްޓަމްތަކުން ފެށިގެން އާސެނިކް ނައްތާލުމަށް އިލެކްޓްރޯކެމިކަލް ޓެކްނިކްސް އާއި ހަމައަށް ހައްލުތައް ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެކަމަކު މި ޓެކްނޮލޮޖީތަކުގެ ގޮތުން ބަލާއިރު، ބަންގްލަދޭޝްގައި ކުޑަމިނުން "އެއްވެސް ކަމެއް ނުކުރެވޭ" ކަމަށް އައިސީޑީޑީއާރުބީގެ އެމެރިޓަސް ސައިންޓިސްޓް މުހައްމަދު ޔޫނުސް ވިދާޅުވިއެވެ. އަދި ފިލްޓަރުތަކަކީ ބެކްޓީރިއާ ތަޣައްޔަރުވުމަށް ފަސޭހަ އެއްޗެހި ކަމުން އެއް މައްސަލަ އަނެއް މައްސަލައަށް ބަދަލުކޮށް ނިމުމަކަށް ވެދާނެ ކަމަށާއި، އިތުރު ހައިޓެކް ހައްލުތައް ނިމުމަކަށް އަންނަނީ ބަންގްލަދޭޝްގެ ގިނަ ފަހަރަށް ވަރަށް ފަގީރު އަވަށްތަކުގެ މީހުންނަށް މާ އަގުބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.

"ހައްލަކީ ޑީޕް ޓިއުބް ވެލްސް ހެދުމެވެ،" ޔޫނުސް ވިދާޅުވިއެވެ.

ޗިލީގައި 250،000 އަށް ވުރެ ގިނަ މީހުން އާސެނިކް ތަޣައްޔަރުވެފައިވާ ފެން ބޮއެގެން ވަނީ ވިހަވެފައެވެ. އެ ފެން ރައްކާތެރި ފެނަށް ހެދުމަށް 12 އަހަރު ވަނީ ނަގާފައެވެ. އޭގެ 40 އަހަރު ފަހުން ވެސް ސައިންސްވެރިންނަށް ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި ފުއްޕާމޭ އާއި ބްލެޑާ ކެންސަރު ޖެހުން ގާތެވެ.

ކިޔުންތެރިންގެ ހިޔާލު