މުޒާހަރާ ކުރި ސަރަޙައްދުގައި ފުލުހުންތަކެއް ޝީލްޑާއެކު - ވަގުތު އިމޭޖަސް: އަހުމަދު އަޝްހާދު އަބްދުﷲ

ދިވެހި ގާނޫނު އަސާސީގައިވާ ގޮތުން 18 އަހަރުން ދަށުގެ ކުދިންނަކީ ކުޑަކުދިންނެވެ. އެހެންކަމުން އެކުދިންގެ ކޮންމެ ކަމެއްގައި ކަހަކަ ގޮތަކަށް ބެލެނިވެރި ފަރާތެއް ހުރުން ލާޒިމެވެ. ޒަމާނުއްސުރެއް ކުޑަކުދިން ސިފަވެފައި އޮންނަނީ ހުދު ކާފޫރުކޮޅެއްފަދަ ބައެެއްގެ ގޮތުގައެވެ. އަދި ކުށްކުރުން މަދު ރިވެތި އަހުލާޤެއްގެވެރި ބައެއްގެގެ ގޮތުގައެވެ.

ނަމަވެސް ޒަމާން މިވަނީ ބަދަލުވެފައެވެ. ޒަމާނީ އޮއިވަރާއި އެކު ކުޑަކުދިން މިވަނީ މަގުތަކަށް ގިނަވެ ކުށްތަށް ކުރުން ގިނަވެފައެވެ. އެގޮތުން  ފަހަކަށް އައިސް ކުޑަކުދިން އެންމެ ބޮޑަށް ކުރާ އެއްކުށަކީ ސިޔާސީ ދާއިރާގެ އިސް ސަފުގައި ހަރަކާތްތެރިވުމެވެ.

ސިޔާސީ މީހުން ޖަހާ ބެރަށް ނަށަން އަދުގެ އެތަށް ކުޑަކުދިންނެއް ތިބި އިރު އެމީހުންގެ އޯޑަރަށް ކިޔަމަންވާ އެތަށް ކުދިންނެއް އެބަތިއްބެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ މުޒާހަރާތަކުގައި ކުޑަކުދިން ހަރަކާތްތެރިވާ މިންވަރު އިތުރުވުމެވެ.

ތެދެކެވެ. އެކުދިން ފަހަރުގައި ބޮޑެތިވެ ތަސައްވަރުފުދިފަިއވާ މީހުންނަށް ވުރެ  ދަޖަލުކުރުމުގައި މޮޅުވެދާނެއެވެ. ނުވަތަ ދޫފަރިތަވެފައި ހަލަނިވެދާނެއެެވެ. އެހެނެއް ކަމަކު އެއީ އެކުދިން ސިޔާސީ މައިދާނަށް ނެރެ ގުބޯ ހައްދަން ޖެހޭ ސަބަބެއް ނޫނެވެ. އަދި އެއީ އެކުދިން ލައްވާ ސިޔާސީ ބޭނުމަކަށް މަސައްކަތް ކުރުވަން ޖެހޭ ސަބަބެއްވެސް ނޫނެވެ.

18 އަހަރުން ދަށުގެ 90 އިންސައްތަ ކުދިންނަކީ ސުކޫލުތަކުގައި ކިޔަވާ ކުދިންނަށް ވީހިދު ސްކޫލުތަކުގެ ގަވައިދުގައިވެސް ކުދަކުދިން މަގުމަށްޗަށް ނެރެ އެކުދިން ލައްވާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ކުރުވުމާއި އަމިއްލައަށް ސިޔާސީ އެެއްވެސް ކަމެއްގައި ބައިވެރިވުމަކީ ކަނޑައެޅިގެން މަނާ ކަމެކެވެ.

ކަންމިހެން ހުރި ކަމުގައިވިޔަސް ފަހަކަށް އައިސް މާލޭގައި ސިލްސިލާކޮށް ކުރަމުން މިގެންދާ މުޒާހަރާތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިން  ދަނީ ބައިވެރިވަމުންނެވެ. މިކަމަކީ ހިތާމަ ހުރިކަމެކެވެ. އެއީ އެކަމުގެ ސަބަބުން އެކުދިންގެ މުސްތަގުބަލަށް ހިޔަނި އެޅޭތީއެވެ. އަދި އެހިޔަނިން ރެކެން އެތަކެއް އަހަރެން ހޭދަކުރަން ޖެހިދާނެތީއެވެ.

ކުޑަކުދިން ތިބެންވާނީ ކުޑަކުދިންގެ ގޮތުގައެވެ. މީސްމީޑިއާ އާއި ސީދާ ހަރަކާތުގައި ކުޑަކުދިން އަޑު އުފުލާ ސިޔާސީ މައްސަލަ ތަކުގެ ތެރެއަށް ބޯބާނައިގެން އުޅުމަކީ އެއްވެސް ހާލެއްގައި ކުޑަކުދިން ކޮށްގެންވާނެ ކަމެއް ނޫނެވެ. އަދި އެފަދަ ކަންކަމުގައި ކުޑަކުދިން ބައިވެރިވަނީ ނަމަ އެކަން އެކުއްޖެއްގެ ބެލެނިވެރިން ހުއްޓުވަން ޖެހެއެވެ. އެހެނީ އެފަދަ ކަންކަމުގެ ސަބަބުން ކުއްޖާއަށް ތަސައްވަރުވެސް ނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް ނުވަތަ ހިތާމައެއް ކުރިމަތިވެދާނެތީއެވެ.

ކުޑަކުދިންނަކީ ގައުމުގެ ކުރިމަގެވެ. އެހެންކަމުން ސިޔާސީ ފަރާތްތަކެއް ކަމަކު އެކުދިން  ލައްވާ  ކުށްތަށް ކުރުވައިގެން ނުވާނެއެވެ. އެފަދަ ކުށްތަށް އެކުދިންނަށް ފައިސާ ދީގެން ނުވަތަ އެނޫންވެސް ގޮތްގޮތަށް ކުރަނީ ނަމަ އެފަދަ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭނެއެވެ. ގައުމެއް  އިސްލާހުގެ ބަނދަރަށް ގާތް ކުރެވޭނީ އެ ގައުމެއްގެ އެންމެން ފަރުދީ ޒިންމާ ނަގައިގެންނެވެ. ކުޑަކުދިން ލައްވާ ކުއްތަށް ނުކުރަމާތޯއެވެ. އެކުދިންނަކީ ސިޔާސީ ފަރާތްތަކުގެ " ޕަޕެޓަކަށް" ނުހަދަމާތޯއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދެން ލަލަލާ. މިހާރު ފެނޭދޯ ވާގޮތް ކަލޭމެނަށް. އަގަރުންގެ ދަރިން މިގައުމުގަ ބޮޑުވާނީ ހުދުމުހުތާރު އެންމެންނާ ދެކޮޅަށް. ހާއްސަކޮށް ޔާމީނާ އޭނަގެ ގޭންގްއާ ދެކޮޅަށް.

  2. ބަރާބަރު ދާންވާނެ.