ކޮންމެ ދުވަހަކު ފުރަ މާލެއަށް ދުއްވާ އުޅަނދުފަހަރު އަންނަނީ އިތުރުވަމުންނެވެ. އަދި މިކަމުގެ ސަބަބުން މާލޭގެ ޓްރެފިކަށް ނޭދެވޭ އަސަރުތަށްވެސް އަންނަނީ ކުރަމުންނެވެ. މަގުތަކުގައި ދުއްވާ އުނޅަދުފަހަރުތަކަށް ހާއްސަ ގަވައިދުތަކެއް ޓްރާންސްޕޯޓް އޮތޯރިޓީއިން ވަނީ ކަނޑައަޅާފައެއެވެ. އަދި އުނޅަދުފަހަރު ދުއްވާ ފަރާތްތަށް ބޯލަބާ ކިޔަމަންވާން ޖެހޭނެ އުސޫލަތަކެއް ވަނީ ކަނޑައަޅާފައެވެ.

ނަމަވެސް ދިވެހި ކޮންމެ ރައްޔިތަކުވެސް ކޮށްލަން ޖެހޭ ސުވާލަކީ އެމީހަކަށް އެ ގަވައިދުތަކަށް ބޯލެނބޭ ތޯއެވެ. ނުވަތަ ނޫންތޯއެވެ. މިހެން މިދަންނަވާލަން ޖެހުނީ މާލޭ ބައެއް ހިސާބުތަކުގައި އުޅަނދުފަހަރު ދުއްވާ މީހުންގެ އަމަލުތަށް ހުންނަ ގޮތުންނެވެ.

ދުއްވާތަކެތި ދުއްވަން މަގު ހާއްސަކޮށްފައި އޮތް ނަމަވެސް މަގުގެ ދުވާރުގެ މަތިން ހިނގާފައިދާ މީހުންނަށް އުނދަގޫވާނެ ހެން ކާރު އަދި ސައިކަލާއި ޕިކަޕު ފަދަ އެއްގަމު އުނޅަދު ފަހަރު ޕާކްކޮށްފައި ހުންނަ މަންޒަރު މަދުން ނަމަވެސް ފެންނެއެވެ.

ތިމާގެ އަމިއްލަ ފައިދާއަށް ނުވަތަ ގެ ކައިރީގައި ޕާކްކޮށްލުމަށް ދުވާރު ބޭނުން ކުރާއިރު ދުވާރަކީ މަގު ބޭނުންކުރާ މީހުން ހިނގަން ހާއްސަކޮށްފައިވާ ތަނެކެވެ. އެތަންތަނަކީ އެއްވެސް ހާލެއްގައި ޕާކް ކުރުމަށް ކަނޑައެޅިފައި އޮތް ސަހަރައްދެއް ނޫނެވެ.

މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމަށް މެދުކެނޑުމެއް ނެތި ޓްރެފިކް ޕޮލިހުން ހަރަކާތްތެރިވި ނަމަވެސް ބައެއް ފަހަރު ޓްރެފިކް ޕޮލިހުންގެ ލޮލުގައި ކޮންމެ ކޮންމެ މަންޒަރެއް އަޅައި ނުގަނެދާނެއެވެ. ނަމަވެސް އޭގެ މާނައަކީ ޓްރެފިކް ޕޮލިހުން އައިސް ސައިކަލު ނުވަތަ ކާރުގައި ޖޫރިމަނާ ސްޓިކާ ޖަހައި އެ އުޅަނދުފަހަރު ޓޯޔާޑަށް ގެންދަން ދެން އަތް އުރާލައިގެން "އޯކޭ"ވެފައި ތިބުމެއް ނޫނެވެ. ގައިމު ގަވައިދުތަކަށް ކަމޭހިތާނަމަ ޓޯއެއްވެސް ނުކުރާނެއެވެ. އަދި ކިއެއްތަ، ޖޫރިމަނާއެއްވެސް ނުކުރާނެއެވެ.

އެހެންކަމުން މަގުތަކުގެ ބޭނުން ހިފާ އެންމެންނަށް ކަމޭހިތަން އެބަޖެހެއެވެ. ކުޑަކުޑަ އަމަލަކުން ބޮޑު ޖޫރިމަނާއެއް އައުމުގެ ބަދަލުގައި ގަވައިދުތަކަށް ބޯލަނބާ ނަމޫނާ ދައްކަން އެބަޖެހެއެވެ. އެމީހެއްގެ ފަރުދީ ޒިންމާ ނަގަން އެބަޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސައިލެންޓް މެޖޯރިޓީ

    ތިިމީހުން ތަބާވާނެ ޤާނޫނެއް ޤަވައިދެއް އަދިނެއް މިޤައުމުގަ ޖަންގަލީގެ އުސޫލު މިޤައުމުގަ އޮތުމަށް ބޭނުންވާ މީހުން ގިނައީ ޝުކުރިއްޔާ ވަގުތު ތިދިން މެސެޖަށް

  2. ުތުއްތުބެ

    ހިނގާ މީހުން މަގު މެދުން ހިނގިޔަސް އޯކޭ ދޯ؟

    • ވަހީދު

      ހިނގާމީހުން މަގުމައްޗަށް އަރަނީ ދުވާރު މަތިން ހިނގެން ނެތުމުން.

  3. ޑިމޮކްރަޓިސްޓް

    ތިޔަ ބޮޑެތި ސައިކަލުތައް ދުއްވާ މީހުންނަކީ މީހުނަށް ޖެއްސުންކުރުމަށް ތިމާއަތުގަ މާމޮޅުސައިކަލެއް އޮތްކަންދައްކަން އަޑުގަދަ ކޮށް ބާރަށް ދުއއވާނަގާ ބައެއް.. އަދި އެމީހުނަށް ހީވާކަހަލަމަގުތަކަކީ އެމީހުންގެ އަމިއްލަތަނެކޭ.. ތީގެން ސައިކަލެއް އަންނަންޏާ އެމީހިނަށް ތަންދައްކަން މަޖުބޫރުކުރުވާއެބަ..

  4. ރިޒާ

    ރީންދޫ ކުލައިގެ ސައިކަލެއް މީހާދަހާވައި ރަންގަޅު ރިޕޯޓަރެކޭ

  5. عبدالله سعيد ގދ.ގައްދޫ/ދަނބުފަށުވިގެ

    ޤާނޫނާއި ޤަވާޢިދަށް ޢަމަލުކުރާ މީހުންގެ ޢަދަދު އިތުރު ކުރެވޭނީ، އަދަބު ދީގެންތޯ ނުވަތަ ވިސްނައި ދީގެންތޯ މިއީ އުފެދޭ ސުވާލެކެވެ. އަދި މިރާއްޖޭގައި ބޭނުން ކުރަމުންގެންދާ ސްޓިކަރ އަކީ، މިކަމަށް އޮތް އެންމެ ރަނގަޅު ޙައްލުތޯ ސުވާލުއުފެދެއެވެ. ކުރިމަގުގައި ދެންއަންނަ ވެރިކަމެއްގައި މިކަންކަމަށް ސީދާ އެޑްރެސް ކުރެވޭނެކަމަށް ޤަބލުކުރެވެއެވެ.

  6. ޑީ

    މިހެންވަނީ ޤަވާއިދެއް ނަމުގަ އޮވެފައި މިކަން މިކަމަށް ފިޔަވަޅު ނާޅާތީ. ކޮރަޕްޝަން ދަށުން ގަރާޖްގަ ޖައްސާހާ ހަތަރު ފުރޮޅިލީ ވެހިކަލެެއް އެއޮންނަނީ މަގުމަތީ ދެފަރާތުގަ އަޅާފަ. ފިޔަވަޅު އަޅާނަމަ ނޭވާލާނެ ތަންކޮޅެއް އޮތީސް. ގަރާޖެއް ނަމުގަ ސަތޭކަ ވެހިކަލް. ކޮބާ ޤަވާއިދު.

  7. އައްޔު

    މިނިވަންކަން މީ

  8. ތުރާ

    ތުރާ ފިލުވުމުގެ ޤާނޫނުގެ ދަށުން މިއާރު އަމިއްލަ ފަރުދޔންނަށްވެސް މައްސަލަ ހުށަހެޅޭނެ.. އަވަހަށް އެކަމާ އުޅޭ.. އިސާހިތަކު "ދެ ތިން އަހަރު ތެރޭ" މައްސަލަ ނިންމާނެ ކަމަށް އުންމީދު ކުރަން..

  9. އަހްމަދު

    އެހެން އެކަން އެކުރަނީ ތިމާގެ މޮޅުކަން ދައްކަން. މިދިޔަ ހުކުރު ދުވަހު ސައިކަލުގާ ދިޔަ ދެޒުވާނަކު ބުރިޖަށް އަރަން އުޅުމުން ޕޮލިސް ހިފަހައްޓާފި. އެވަގުތު އަހަރެންނަށްވެސް އެހިސާބަށް އަރާ ހަމަވެއްޖެ. ސައިކލުގާ ލޯގަނޑު ނެތީމާ މަޑުކުރުވީ. ލޯގަނޑު ނެތި ނުދެވޭނޭ ބުނީމާ މަޑި ހުޅުވާލާފާ ދެލޯގަނޑު ނަގާ ހަރުކޮށްލާފި. މީހަމަ މޮޅުކަން ދެއްކުމެއް ނޫންތަ؟ އެޕޮލިހަށް އެވަގުތު އެސައިކަލަށް ބަލާނުލެވުނުނަމަ ދާގޮތަށް ދާނެ. އޭރން ބުނާނެ ލޯގަނޑު ނެތި މިއައީ ބުރިޖުހުރަސްކޮށްފައޭ. ކިހާސަޅި.