ޔޫސުފް އާފް އަހުމަދު ގިޔާސް އަކީ އެކަނިވެރި މަންމައެއްގެ ތިން ކުދިންގެ ތެރެއިން އެއް ކުއްޖެކެވެ. 2016 ވަނަ އަހަރު ލޭގެ ކެންސަރު ޖެހި އޭގެ ފަހުން އޭނާ އަންނަނީ ފަރުވާ ހޯދަމުންނެވެ. މީގެ ކުރިން ވެސް އާފް އާއި އޭނާގެ އާއިލާގެ ވާހަކަ ވާނީ "ވަގުތު" ގައި ގެނެސްދީފައެވެ.

އާފް އަށް މީގެ ކުރިން "ވަގުތު އެހީ" އިން އައީ ދާއިމީކޮށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ނަމަވެސް "ވަގުތު އެހީ" ފަންޑުގެ ފައިސާ ހުސްވެފައި ވާތީ މިހާރު ފަންޑުން އެހީތެރިކަން ފޯރުކޮށެއް ނުދެވެއެވެ. އަހަރުތަކެއްގެ ފަރުވާ އަށް ފަހު އާފްގެ ހާލަތު މިހާރު އަންނަނީ ރަނގަޅު ވަމުންނެވެ. ނަމަވެސް އެހެން މީހުންގެ އެހީތެރިކަމަށް ނިހާތަނަށް ބޭނުންވެފައިވާ އާފްގެ އާއިލާ އަށް އަދިވެސް ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަން ބޭނުން ވެއެވެ. އާފް އަށް ލިބޭ އެހީ ޚަރަދު ކުރުމަށް ހަމަޖެހިފައި ވަނީ މަހުން މަހަށް ބަހާލައިގެންނެވެ. އެކަން "ވަގުތު އެހީ" އިން ކަށަވަރު ކުރާނެއެވެ.

އާފްގެ މަންމަ "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އާފް އަށް ކުރަމުންދާ ފަރުވާގެ އަސަރު މިހާރު ފެންނަމުން އަންނަ ކަމަށެވެ.

"މިހާރު ދަރިފުޅަށް ކީމޯ ދެނީ ކޮންމެ މަހަކު އެއްފަހަރު. ބައެއް ފަހަރު ހައިޑޯސް އާއި ރެޑިއޭޝަން ވެސް ދޭ. މިގޮތަށް ދަރިފުޅަށް ކީމޯ ދޭން ފެށީ 2017 ވަނަ އަހަރުގެ މާރޗް މަހުން ފެށިގެން. އެހެންކަމުން ދަރިފުޅަށް ކީމޯ ދީ އެއްކޮށް ނިމޭނީ އަންނަ އަހަރުގެ މާރޗް މަހު. މާތް ﷲ ގެ އިރާދަފުޅުން މިހާރު އާފް ރަނގަޅުކަން ފާހަގަކުރެވޭ. ނަމަވެސް ކެންސަރުގެ އަސަރު ހުރިތޯ ޔަގީން ކުރާނީ ކީމޯ ތަށް ދީ ނިންމުމަމަށް ފަހު" އާފްގެ މަންމަ ބުންޏެވެ.

މިހާރު އުމުރުން 5 އަހަރުގެ އާފްގެ ސިއްހީ ހާލަތުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން އިންޑިއާގައި ހޭދަކުރަން ޖެހުމުން ބޮޑު ހޭދައެއް އެކަމަށް ހޭދަވަމުން ދާތީ އާފްގެ އާއިލާއިން ވަނީ ދީލަތި ފަރާތްތަކުގެ އެހީތެރިކަމަށް ބޭނުންވެފައެވެ.

"މިތަނުގައި އެހާ ގިނަ ދުވަހު ތިބެން ޖެހުމުން ގެއެއް ހިފައިގެން އުޅެނީ. ގޭގެ ހުރިހާ ހަރަދުތަކެއް ބަލަހަށްޓަނީ އަޅުގަނޑުގެ މަންމަމެން. ދެން "ވަގުތު އެހީ" އިން. މަންމަމެންނަކީ ވެސް އެހާ ތަނަވަސް ބައެއް ނޫން. އެހެންކަމުން ވަރަށް ދަތިވޭ. އަދި އަޅުގަނޑުގެ ހުރޭ އާފް ނޫން އެހެން ދެ ކުދިން ވެސް. އެކުދިންގެ ކަންކަންވެސް ބަލަމުން ދަނީ ގޭކުދިންނާއި މަންމަމެން." އާފްގެ މަންމަ ބުންޏެވެ.

ބޭސް ފަރުވާގެ އިތުރުން އިންޑިއާގައި ހުރުމާއި ކުރަން ޖެހޭ އެހެނިހެން ހަރަދުތަށް ކުރުމަށް ކޮންމެ މަހަކު އެވްރެޖުކޮށް 1000 ޑޮލަރު ހޭދަވާ ކަމަށް އާފްގެ އާއިލާއިން ބުނެއެވެ.

ލޭގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ އާފްއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 9917787 (ފާތިމަތު ފަސާނާ) އާފްގެ ބޮޑުދައިތަ) ނަންބަރު ފޯނާއި ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

ޑޮލަރު އެކައުންޓް :7730000088392 ހާޝިމް މުހައްމަދު

ރުފިޔާ އެކައުންޓް :7730000053867 ފާތިމަތު ފަސާނާ

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. މި

  އާމީން

 2. ކޭ ބީ

  ކޮބާ ހުސްނުވާ އާސަންދަ. ނިކަމެއްޗަކަށް އެއްޗެއް ނުދޭތި އެއްޗެއް އޮތިއްޔާ ފަތުމަތުޔާބެ ގެ ބަނޑަށް

  • އައްޔު

   ކަލޯ ހަމަތަ ހުސްނުވާ އާސަންދަ އަކީ ބޭސްފަރުވާގެ ޚަރަދު
   ކޮބާތޯ އެތަނުގައި ތިބެންޖެހޭ ތިބުން ކެއިންބުއިން މިޚަރަދުތަކުގެ ވާހަކަ އެދައްކަނީ ތިބާ އަށްވެސް ކަމެއް ދިމާވުމުން އެކަމުގައި ހުރި ތަކުލީފާއި ވިސްނަންޖެހޭ ވިސްނުން އިނގޭނީ މާތްﷲ އެފަދަ ދުވަހެއް ތިބާ އަށް ނުދައްކަވާށި އާމީން

 3. ހސ

  މާތްﷲ އެކުޑަ ދަރިފުޅު އެކަަމުން ސަލާމަތް ކޮށްދެއްްވާާ ފާނދޭވެ...???????❤❤

 4. ÷ޮޕޮ

  އާމީން