އައްޑޫ ސިޓީގެ ރަށްތައް ގުޅުވާ ލިންކު ރޯޑަކީ އެ މަގެއްގައި އެތައް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެތައް ދަރިންގެ ފުރާނަ ދުނިޔެއާއި އަލްވަދާއު ކިޔާފައިވާ މަގެކެވެ. އެ މަގުގައި މި ހަފްތާގެ ތެރޭގައިވެސް އުމުރުން 28 އަހަރުގެ ޒުވާނަކު އެކްސިޑެންޓުވެ ވަނީ ނިޔާވެފައެވެ. އެއީ ކުއްޖެއްޖެ ބައްޕައެކެވެ. މީހެއްގެ ފިރިއެކެވެެ. ދެމަފިރިއަކު ބުރަ މަސައްކަތުން ބަލައި ބޮޑު ކުރި ދަރިއެކެވެ. އެ ޒުވާނާ މިފަނާ ކުރަނިވި ދުނިޔެއާ އަލްވަދާއު ކިޔާފައިވާއިރު އެފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރު ނުވުމަށް އެޅެން ހުރީ ކޮންކަހަލަ ފިޔަވަޅެއްތޯ ބެލުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ.

ފާއިތުވި ހޮނިހިރު ދުވަހު އެކްސިޑެންޓު ހިނގާފައި ވަނީ ލިންކް ރޯޑްގެ ކުނިކޮށި ހުންނަ ސަރަހައްދުގައެވެ. އެކްސިޑެންޓު ހިނގާފައި ވަނީ ބާރު ސްޕީޑުގައި ދުއްވަމުން އައި ކާރެއްގެ ކުރީ ކޮޅުުގައި ނިޔާވި ޒުވާނާ ދުއްވަމުން އައި ސައިކަލު ޖެހުމުންނެވެ. އެކްސިޑެންޓުގައި ޒުވާނާ ވަނީ ކާރުގެ ދަށުވެ، ޗިސްޗިސްވެފައެވެ. އޭނާގެ އަތާއި ފަޔާއި ކަނދުރާވެސް ވަނީ ބިނދިފައެވެ. ލައިގެން ހުރި އަންނައުނު ވެސް އޮތީ ބޭލިފައެވެ. ނަމަވެސް ކާރު ދުއްވަން ހުރި މީހާގެ މޫނުން ތަންކޮޅެއް ކަނޑައިގެން ދިޔުން ނޫން އެހެން ގެއްލުމެއް އޭނާއަށް ލިބިފައި ނުވެެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގައި އެކްސިޑެންޓުވި ކާރަކީ އާންމު ގޮތެއްގައި ރޭސް ޖަހަމުން ދުއްވާ ކާރެކެވެ. އަދި އެކްސިޑެންޓުވިއިރު އެ ކާރު ދުއްވަމުން ދިޔައީ އާދައާއި ހިލާފަށް ބާރަށެވެ. ނިޔާވި ޒުވާނާ ސައިކަލް ދުއްވަމުން ދިޔައީ އާދައިގެ ބާރުމިނެއްގައެވެ.

ލިންކު ރޯޑަކީ ފުރަތަމަ ހެދި އިރުގައިވެސް ރާއްޖޭގެ އެއްވެސް މަގެއްގައި ނާޅާ ވަރަށް އުސްކޮށް ސްޕީޑު ބްރޭކަރު އަޅާފައި އޮތް މަގެކެވެ. އަދި ފަހުގެ ތާރީހުގައި އެ މަގުގައި އެކްސިޑެންޓުތައް ގިނަ ވާން ފެށުމުން ބްރޭކަރުތައް ގިނަވެސް ކޮށްފައި ވެއެވެ. އެހެން ކަމުން މަގުގައި އެކްސިޑެންޓު ގިނަވަނީ ޑްރައިވަރުންގެ ސަބަބުންްތޯ ނުވަތަ މަގުގެ ގޮތުންތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ.

ލިންކު ރޯޑުގެ ނުރައްކާތެރި ކަމާ ބޭހޭގޮތުން "ވަގުތު" އާއި ވާހަކަ ދައްކަމުން އައްޑޫ ސިޓީގެ ޒުވާނަކު ބުނީ އެކްސިޑެންޓުތައް ހިނގައި ދަނީ މަދު ބައެއްގެ އިހުމާލުން ކަމަށެވެ. އަދި އޭނާ ބުނީ ބާރު ސްޕީޑުގައި ދުއްވަން ލޯބި ކުރާ މީހުން، ބައެއް ފަހަރު، އެމީހުންގެ އަމަލުތަކުން އެހެން މީހުންގެ ފުރާނައަށް ނުރައްކާވާ ކަމާ މެދު ނުވިސްނާ ކަމަށެވެ.

އައްޑޫގައި އެކްސިޑެންޓެއް ހިނގި ސަރަހައްދެއް
އައްޑޫގައި އެކްސިޑެންޓެއް ހިނގި ސަރަހައްދެއް

"ދެރަށް ދޭތެރޭ 11 ވަރަކަށް ކިލޯމީޓަރު އޮންނަ އިރު ބައެއް މީހުން ދެ މިނެޓު ތެރޭ އެ 11 ކިލޯމީޓަރު ކަވަރު ކޮށްލާ. އެހާވެސް ބާރަށް ދުއްވާ. ދެން ވިސްނާލާ ވާނެވަރު." ލިންކު ރޯޑުގައި ބާރަށް ކާރު ދުއްވުމާ ބެހޭގޮތުން އައްޑޫ ސިޓީގެ ޒުވާނަކު ބުންޏެވެ.

"މަގުމައްޗަކީ އެންމެން އެއްކޮށް ބަލައިގެން ދުއްވަން ޖެހޭ ތަނެއް. އެންމެ މީހަކުވެސް ގަވާއިދާ ހިލާފަށް ގޮސްފިއްޔާ އެއޮތީ އެހެން އެންމެންގެ ފުރާނައަށް ނުރައްކާވެފައި." އޭނާ ބުންޏެވެ.

އެހެން ޒުވާނަކު "ވަގުތު" އާއި ވާހަކަ ދައްކަމުން ބުނީ ބައެއް އެކްސިޑެންޓުތައް ހިނގައި ދަނީ ލިންކު ރޯޑާއި ބެހޭގޮތުން އާންމުން ހޭލުންތެރިވެފައި ނުވާތީ ކަމަށެވެ.

"އެ މަގުގަ ހިނގި އެކްސިޑެންޓުތަކުގައި މަރުވެފައި އެބަހުރި މުޅިން އަލަށް އައްޑޫއަށް ގޮސް ވެހިކަލް ދުއްވި މީހުން. ބެންޑުތައް ނޭނގި އެކްސިޑެންޓުވެ. އެއް ފަހަރު ކައިވެންޏަކަށް މާލެއިން އައި ތިން މީހުން މަރުވި އެގޮތަށް." އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެކަން ހައްލު ކުރެވެން އޮތީ ލިންކު ރޯޑުގައި ރައްކާތެރިކޮށް ދުއްވުމާ ބެހޭގޮތުން އާންމުން ހޭލުންތެރި ކޮށްގެން ކަމަށެވެ. އަދި ނުރައްކާތެރިިި އެކްސިޑެންޓުތަކާއި ރައްކާތެރިކަމުގެ ފިވަޅުތަކާ ބެހޭގޮތުން ޒުވާނުން ހޭލުންތެރި ކުރުމަށް ހާއްސަ ވޯކްޝޮޕްތަކާއި ހޭލުންތެރި ކުރުމުގެ ހަރަކާތްތައް ރޭވުން ވަރަށްވެސް މުހިންމު ވެފައިވާކަމަށް އޭނާ ބުންޏެވެ.

ހޭލުންތެރިކަން ފެތުރުމުގެ އިތުރުން، ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަކީ އެންމެ މުހިންމު އެއް ކަމެވެ. ދުއްވާއިރު ދުވެލި ހުންނަން ޖެހޭ މިންގަނޑުގައި ބަހައްޓައި ކެތްތެރިކަމާއެކު ދުއްވުމަކީ ހަގީގަތުގައި ހުރިހާ އެންމެނަށްވެސް ފައިދާ ހުރި ގޮތެވެ. އެހެން ނަމަވެސް ހަގީގަތަކީ މިއީ ގަވާއިދުތައް އެންމެ ރަނގަޅަށް ތަންފީޒުކޮށްގެން ނޫނީ ވާނެ ކަމެއް ނޫން ކަމެވެ. އަދަބުތައް ދޭން ޖެހޭ ކަންކަމުގައި ހަރުކަށި އަދަބު ދީގެން ނޫނީ ވާނެ ކަމެއް ނޫން ކަމެވެ.

އައްޑޫގައި އެކްސިޑެންޓެއް ހިނގި ސަރަހައްދެއް
އައްޑޫގައި އެކްސިޑެންޓެއް ހިނގި ސަރަހައްދެއް

ފަހުގެ ތާރީހުގައި ލިންކު ރޯޑުގައި ހިނގާފައިވާ އެކްސިޑެންޓުތަކުގައި ކުށްވެރިވާ ފަރާތް ހައްޔަރު ކުރުމަށްފަހު އެ މައްސަލަ ކުރިއަށް ގޮސްފައި ނުވާ ހާލަތުތައްވެސް ފެނިގެން ގޮސްފައި ވެއެވެ. އެހެން ކަމުން އެފަދަ ކުށްތަކަށް އަރައިގަންނަ މީހުން ސަލާމަތްވީއެވެ. ދުވަނަ ފަހަރަށް ދުއްވަން ފުރުސަތު ލިބުނީއެވެ. އަދި އެމީހުންނަށް ބޮޑު ހުކުމެއް ނުކުރެވުމުން އެހެން ފަރާތްތަކަށް އެކަމުން މިސާލެއް ދެއްކުމުގެ ފުރުސަތުވެސް ގެއްލިގެން ދަނީއެވެ.

"މީގެން ދުވަހަކު މިހެން ހައްޔަރު ކުރާ މީހަކަށް ބޮޑު ހުކުމެއް ކޮށް އޭތި މިސާލެއްގެ ގޮތުގައި ދެއްކިއްޔާ ދެން ގިނަ މީހުން ޖެހިލުންވާނެ. ދެން ނުކުރޭނެ ގިނަ މީހުންނަށް އެހާ ބާރަށް ދުއްވަން." އައްޑޫ ސިޓީގެ ޒުވާނަކު ބުންޏެވެ،

އައްޑޫ ލިންކު ރޯޑުގައި ހިނގައިދާ އެކްސިޑެންޓުތައް މަދު ކުރުމާ ބެހޭ ގޮތުން ސުވާލު ކުރުމުން ފުލުހުން "ވަގުތު" އަށް ވިދާޅުވީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަބަދުވެސް މަސައްކަތްތަކެއް އައްޑޫގައި ކުރަމުންދާ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ޓްރެފިކް އޮޕަރޭޝަންތައް ހިންމުންދާ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން މަހުދީ އިމާދު "ވަގުތު" އަށް ވިދާޅުވީ އެކްސިޑެންޓުތައް މަދު ކުރުމަށް އެޅެން ހުރި ފިޔަވަޅުތައް މިހާރު ބައްލަވަމުންދާ ކަމަށެވެ.

ހޮނިހިރު ދުވަހު ހިނގައި ދިޔަ އެކްސިޑެންޓުގައި ކާރު ދުއްވަން ހުރި މީހާ މިހާރު ވަނީ ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހާފައެވެ. އޭނާ މިހާރު ހައްޔަރުގައި ހުރި އިރު، ގިނަ ބަޔަކު ތިބީ ނިޔާވި ޒުވާނާއަށް އިންސާފު ލިބި މި ހާދިސާއިން މިސާލެއް ދައްކާނެ ކަމުގެ އިންތިޒާރުގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޕޮފުބާ

    އަންނި ވެރިކަމަށް ނާރާތީ އަންނި ވެރިކަމަށް އެރީމަ އެއްވެސްމީހަކު ރާއްޖެއިން މަރެއްނުވާނެ

  2. ރައިން

    ޢެކްސިޓެން ނުހުއްޓުވޭނެ ކަލޯ އެއީމަޑުކުރެވޭނެ ކަނަތައްތަެް

  3. ޖަމީލް

    ދިވެހިރާއްޖޭގެ އެއްގަމު ދަތުރު ފަތުރާއި ބެހޭ ޤާނޫނު މިހާ ދޯހަޅިކޮށް އޮއްވާ މިފަދަ ކަންކަން ހައްލުކުރުމަކީ ވުމަށްވުރެ ނުވުން ގާތްކަމެއް. ކޮންމެކަމެއް ސިޔާސީކޮށްފަ އާއްމު ރައްޔިތުންގެ ރައްކާތެރިކަމަށް ހެދިފަ ހުންނަ ޤާނޫނުތަށް ވެސް ސިޔާސީ މީހުން ސިޔާސީ މަންފާއެއް ހޯދުމަށް ބޭނުން ގޮތަކަށް ބަދަލުުރަންޏާ މިނުވާނެ ރަނގަޅެއް. ބޭރު ޤައުމު ތަކުގެ ޑިމޮކްރަސީ ކޮޕީ ކުރާއިރު އެޤައުމުތަކުގަ މިފަަދަ ޤާނޫނުތަށް ހަދާ އަމަލުކުރާ ގޮތަށް ރާއްޖޭގަވެސް އަމަލު ނުކުރެވެންވީ ކީއްވެ؟ ޓްރެފިކް މައްސަލަ ތަކުގަވެސް ވަގުތުން ކޯޓަށް ގެންގޮސް ހުކުމްކޮށް ބަލަ. އޭރުން އެއްފަހަރާ ހައްލުވީ.

  4. ތުއި

    ތިޔަ މަގު ގަ ބާރަޢް ދުއްވުމެއްނޫން މައްސަލައަކީ. މަގު ހެދުމުގަ ބަލަންވާވަރަށް ނުބެލޭތީ ވާގޮތް މީ. މަގުގަ ހުންނަ ބޮޑެތި ބެންޑުތަކުގަ ކުރިންއަންނަ އުޅަނދު ނުސްފެނޭ. ޢެތަންތަނުގަ ސައިންބޯޑު ގިނަކޮށް އެފަދަ ދިމަދިމާލުގަ މަގު ދެބަޔަށް ޑިވައިޑްކުރަންޖެހޭ. އަދި މަގު ހަނިވުމުގެ ސަބަބުން އޮވަރޓޭކު ކުރުމަށް ކުރިމަތިން އަން އުޅަނދުގެ ކުރިމައްޗަށް އެރުން ނޫންގޮތެއްނެތް. ޓިމަގު އިތުރަށް ފުޅާކޮށް 4 ލޭން މަގަކަށް ބަދަލުކޮއްފަ. މެދުން ބައިކުރަން ފެނޭ

  5. ހާމިދު ދާއީ

    އެކްސިޑެންޓްތައް އައްޑޫ ސިޓީގައި ގިނަވަނީ، ގިނަ ވާންވެގެންނެވެ. އެހެނީ، ޒުވާނުން ބާރު ސްޕީޑުގައި ރޭސް ޖަހާއިރުވެސް އެމީހުން ހުއްޓުވާ އެމީހުންނަށް އަދަބު ދެވިފައި ނުހުންނާތީއެވެ. އަދަބު ދެވެން އެބަޖެހެއެވެ. ސރަވޭލަންސް ކެމެރާތައް މުޅި މަގުގައި އަޅާ ފުލުހުންގެ ޗެކް ޕޮއިންޓްތައް މަގުގައި އިތުރުކޮށް މޮނިޓަރ ކުރަމުން ދާން އެބަޖެހެއެވެ. އޭރުން ފެންނާނެ އާދަޔާ ހިލާފު ބާރު ސްޕީޑުގައި ދުއްވާފައިދާ ސައިކަލްތަކާއި ކާރުތައް. ފެނުމާއެކު އެ ވެހިކަލަކާ އެންމެ ކައިރީގައިވާ ޗެކް ޕޮއިންޓުގައި ތިބޭ ފުލުހުން އެވެހިކަން ހުއްޓުވުމަށް ބޭނުންކުރާ އާލާތްތައް މެދުވެރިކޮށް ހުއްޓުވާ، ވަގުތުން ތަހްގީގް ފެށޭނެ. އޭރުން ސީސީޓީވީ ކެމެރާއިން ހުންނާނީ ވެހިކަލް ޤަވާޢިދާ ހިލާފުވެފައިވާކަމުގެ ހެކި ކޯޓަށް ފޮނުވަން ލިބިފައި. ކަމުން ރެކުމުގެ ފުރުޞަތު ކުޑަވާނެ. ހަމަ ވަގުތުން ކޯޓަށް ހާޒިރު ކުރުވާ، އެ ދުއްވަން އުޅުނު މީހާގެ ލައިސަންސް ބާތިލުކޮށް، ފުރާނައަށް ނުރައްކާތެރިވާ ގޮތައް ދުއްވުމުގެ ކުށުގައި، 40،000 ހާސް ރުފިޔާއިން ޖޫރިމަނާކޮށް، ނުވަތަ 1 އަހަރުގެ ޖަލު ހުކުމެއް ނުވަތަ 2 އަހަރު ދުވަހުގެ ގޭބަންދު ހުކުމެއް ނުވަތަ 2 އަހަރު ދުވަހު ރިމޯޓު ރަށަކަށް އަރުވާލުން ފަދަ ހުކުމެއް ދެވިދާނެ. މީގެއިތުރުން ކުރެވުނު ކުށުގެ ކުޑަ ބޮޑު މިނުން ޖޫރިމަނާއާއި ބަންދުކުރާ މުއްދަތުތައް ކުޑަ އަދި ބޮޑުވެސް ކުރެވިދާނެ ގޮތައް ޤާނޫނު ހަދާ ތަންފީޒު ކުރަންޖެހޭ.
    އައްޑޫ އަށް އަލަށް ދާ މީހުންނަށް ހާއްސަ ހުއްދައެއް ލިބިގެން މެނުވީ ލިންކު ރޯޑު ހުރަސް ނުކުރެވޭނެ ގޮތެއް ހެދުން ފަދަ ފިޔަވަޅުތައްވެސް އެޅިދާނެ.

  6. އައްޑޫ މޮހަދާ

    މި މަގުގައި މިހާތަނަށް ހިގި އެކްސީޑެންޓް ތަކުގެ ތަފާސްތައް ކޮންމެވެސް ނޫހަކުން އާއްމުކުރެވިދާނެބާ؟ ނޫސްތަކުގައި އެ މައުލޫމާތު ރައްކާކުރެވިފައި ހުންނާނެތީ އަވަސްގޮތެއްގައި މި މައުލޫމާތު ލިބިދިނުން އެދެން. މިހާތަނަށް ހިގި އެކްސީޑެންޓްގެ އަދަދާއި، އެކްސިޑެންޓްގައި މަރުވިމީހުންގެ އަދަދާއި، ނުކުޅެދޭ ހާލަތްތަކަށް ބަދަލުވީމީހުންގެ އަދަދު ފަދަ މުހިންމު އަދަދުތައް... މިފަދަ އަދަދުތައް އެއްތަނަކުން ފެނުމުން މީހުންނަށް ކުރާ އަސަރުބޮޑުވާނެކަމަށްފެނޭ...

  7. ތިމަންނަ

    އެންމެންގެ ރައްކާތެރިކަމަށްޓަކައި ގަޥާއިދާ ޚިލާފު ބާރުމިނުގައި ދުއްވާމީހުން ރައްޔަތުން ނިކުމެ "އަދަބެއް" ދޭން ފަށައިފިނަމަ ތިޔަކަން ހައްލު ވެދާނެ ކަމަށް ފެނޭ،

  8. އަބްދުބެ

    ކުރުކޮށް ފޮނިކޮށް ބުނާނަމަ ތިމާގެ ސަލާމަތާ ރައްކާތެރިކުރުމަށް އެންމެ ފުރަތަމަ ބަލަންޖެހެނީ ތިމާ އަމިއްލަޔަށް، އެހެން މީހަކަށް ނުވަތަ ބަޔަކަށް ތިމާ އެކަމަކުން ސަލާމަތް ވާން ނެތްނަމަ ސަލާމަތް ކޮށްދިނުމަކީ ނުވާނެކަމެކޭ ބުނެވިދާނެ. ވަރަށް ކުޑަ ކުޑަ ކަމަކުން މަގުމަތީ ހިނގާ ނުރައްކާތެރި އެކްސިޑެންޓް ތަށް މަދު ކުރެވިދާނެ. ފުރަތަމަ ކަމަކީ ދުއްވުމުގެ ލައިސަންސް ދޭންވީ ދަތުރު ދުއާ އާއި އޭގެ މާނަ ހިތުދަސް ކޮށް ކިޔާދިނުމުން. ކޮންމެ ވެހިކަލެއްގައި ، އިހަށް ނުވި ރައްކަލެއް ފަހުން ނުވެވިދާނެ ކަމުގެ ލިޔުން ކޮޅު ހަރުކޮށް ފެންނަން ހުންނަ ގޮތަށް ބެހެއްޓުން.

  9. މަގޭ

    ހޭލުންތެރިކަން ކުޑަވީމަ..

  10. ޤައުމު

    ދިވެހި ރާއްޖޭގަ ނޫޅޭ ޒިއްމާނަގާނެ ބަޔަކު. ޕޮލިސް ބޭސިކް ޓްރައިންގ ގައި، އެންޖަރީވެގެން އަންނަ ކުއްޖާވެސް ވަޒީފާއިން ކަނޑާލަނީ.
    މީއިންސާފެއް އޮތް ތަނެއްނޫން.
    ދ.ވާނީ ޑްރިލްސްކެއަރ އަކީ މުޤައްދަސް ތަނެއްގެ ގޮތުގައި ޓްރައިންގ ދަރިވަރުންގާތުގައި އެމީހުން ބުނަމުންދަނީ . ޖަހަންނަމަ.....

  11. ޢަލީ

    ކޮންމެހެން ޤާނޫނެއް ގޯސްވެގެނެއްނޫން މިއުޅެނީކީ، ދުއްވާމީހުން މަޑުން ބަލައިގެން ދުއްވީމަ ނިމުނީ ކޮންތާކަށްދާންތޯ އެހާބާރަށް އެ ދުއްވަނީ ހީވަނީ ލައިނުގަނެގެން އުޅޭހެން މާލެއަށް ބަލާއިރުވެސް ދިހަ މިނިޓުން ހިނގާފަ ނުދެވޭތަނެއްވެސް މި މާލޭގަ ނެތް. ދެން ކީއްކުރަން އަތްގަނޑު އޮޅާލެވެންއޮތް އެންމެ މައްޗަށް ނަގަންވީ.